އިޒްރޭލް ސިފައިންގެ މީހަކާ، ފަލަސްތީނުގެ އަންހެނަކު ޖަދަލު ކުރަނީ. --ފޮޓޯ:އޭއެފްޕީ
21 އެޕްރީލް 2022 - 12:21
އިޒްރޭލު ސިފައިން ރޭ ދަންވަރު އަގްސާ މިސްކިތަށް ހަތިޔާރާ އެކު ވަދެގަނެ، އެ ތަނުގެ ތެރޭގައި ނަމާދުކޮށް ގުރްއާން ކިޔެވުމުގަޔާއި އިއުތިކާފްގައި ތިބި ފަލަސްތީނު ރައްޔިތުންނަށް ހަމަލާ ދީ، ގިނަ އަދަދެއްގެ ބަޔަކު މިސްކިތުން ބޭރަށް ނެރެލައިފި އެވެ.
ފަލަސްތީނުގެ ނޫސްތަކުން ބުނާ ގޮތުގައި އިޒްރޭލު ސިފައިންނާއި ފުލުހުން ރޭ ދަންވަރު އަގްސާ މިސްކިތަށް ވަދެގަނެ އެ ތަނުގެ ތެރޭގައި އަޅުކަމުގައި ތިބި ފަލަސްތީނު ރައްޔިތުންގެ ތެރެއަށް ކަރުނަގޭސް ޖަހައި ރަބަރު ވަޒަން ބޭނުންކޮށްގެން ބަޑިޖެހި އެވެ. އަދި މިސްކިތުގެ އެތެރޭގައި ތިބި ފަލަސްތީނު މީހުންތައް، ބާރުގެ ބޭނުންކޮށް މިސްކިތުން ބޭރަށް ނެރުނެވެ.
އަގްސާ މިސްކިތުގެ ހުރުމަތް ކެނޑުމުގެ އިތުރުން، އިޒްރޭލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ރޭ ދަންވަރު ވަނީ، ގާޒާގެ ދެކުނު ސަރަހައްދާއި މެދުތެރޭގައި ހުރި ފަލަސްތީނުގެ ހަނގުރާމަވެރިންގެ ބައެއް ތަންތަނަށް ހަމަލާ ދީފަ އެވެ.
The Israeli occupation forces detain a #Palestinian young man in Damascus Gate area in the occupied city of Jerusalem. pic.twitter.com/0ZczkLPuhU
— Wafa News Agency - English (@WAFANewsEnglish) April 20, 2022
އިޒްރޭލު ސިފައިންނާއި ފުލުހުން އަގްސާ މިސްކިތުގެ ހުރުމަތް ކަނޑަމުންދާ މައްސަލައިގައި، ހަމާސް ޖަމާއަތުގެ ސިޔާސީ ގޮފީގެ ވެރިޔާ އިސްމާއީލް ހަނިއްޔާ ވަނީ ވަރަށް ބޮޑަށް އިޒްރޭލަށް ފާޑުވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ބާރުގެ ބޭނުންކޮށް އަގްސާ މިސްކިތުގެ ތެރެއަށް ވަދެގަތުމުން އެ މިސްކިތަށް ލިބިގެންވާ އިސްލާމީ ހައިސިއްޔަތު ބަދަލުކޮށްލެވިދާނެ ކަމަށް އިޒްރޭލުން ގަބޫލު ކުރާނަމަ، އިޒްރޭލު އޮތީ ވަރަށް ބޮޑު ވަހުމެއްގެ ތެރޭގައި ކަމަށެވެ.
"މީގެ ކުރިން ކަލޭމެން ބޭއްވި ދިދައިގެ ހިނގާލުން ނާކާމިޔާބު ކޮށްލި ފަދައިން، އަގްސާ މިސްކިތަށް ތިޔަ އަރައިގަންނަ އަރައިގަތުން ވެސް އަހަރެމެން ނާކާމިޔާބު ކޮށްލާނަން. އަހަރެމެން އަދި މިތިބީ ހަނގުރާމައިގެ ވަރަށް ކުރީކޮޅުގައި. ޔަހޫދީ ވަޒަންވެރިން ހިންގާ އުދުވާނީ އަމަލުތަކުގެ އަގު އިޒްރޭލުން އަދާކުރަންޖެހޭނެ. އަގްސާ މިސްކިތުގައި އަޅުކަންކުރާ ފަލަސްތީނު ރައްޔިތުން، އެ މިސްކިތުގެ ދިފާއީ އައްޑަނައިގެ ގޮތުގައި ސާބިތުވެ ތިބޭނެ،" އިސްމާއީލް ހަނިއްޔާ ވިދާޅުވި އެވެ.
Fire erupted at one of the windows overlooking the southernmost building inside the Al-Aqsa Mosque compound as a result of #Israeli forces' firing of stun grenades earlier today.#AlAqsaUnderAttack #SaveAlAqsaMosque pic.twitter.com/PKQaoUpymZ
— Wafa News Agency - English (@WAFANewsEnglish) April 20, 2022
އިޒްރޭލު ސިފައިން ގާޒާ އަށް ރޭ ދިން ހަމަލާތައް އަމާޒުކުރީ ގާޒާގައި އާންމުން ދިރިއުޅޭ އިމާރާތްތަކެއް ހުރި ސަރަހައްދުތަކަށެވެ. އެހެންކަމުން އާންމުންގެ ގެދޮރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ފަލަސްތީނުގެ އިދާރާތަކުން ބުނެ އެވެ. ނަމަވެސް މީހެއްގެ ފުރާނައަށް ގެއްލުމެއް ނުލިބޭ ކަމަށްވެ އެވެ.
ރައްދުގައި ފަލަސްތީނުގެ ހަނގުރާމަވެރި ޖަމާއަތްތަކުން ވަނީ، އިޒްރޭލަށް އަމާޒުކޮށް ރޮކެޓްތަކެއް ފޮނުވާލައިފަ އެވެ. އިޒްރޭލުން ބުނި ގޮތުގައި ގާޒާގެ ތެރެއިން އިޒްރޭލަށް ފޮނުވައިލި ހަތަރު ރޮކެޓެއް، އިޒްރޭލުގެ ވައިގެ ދިފާއީ ނިޒާމުން ހަމަލާދީ ވައިގެ ތެރޭގައި ވަނީ ގޮއްވާލައިފަ އެވެ. އޭގެ އިތުރުން އެއް ރޮކެޓް، އާންމުން ދިރިއުޅޭ ސަރަހައްދަކަށް ވެއްޓުނު ނަމަވެސް، މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށް އިޒްރޭލުން ބުންޏެވެ.
މިދިޔަ ހުކުރު ދުވަހުން ފެށިގެން އިޒްރޭލު ސިފައިން ގެންދަނީ، އަގްސާ މިސްކިތުގެ ހުރުމަތް ކަނޑައި، ހަތިޔާރާއެކު މިސްކިތުގެ ތެރެއަށް ވަދެ، އަޅުކަމުގައި ތިބޭ ފަލަސްތީނު މީހުންނަށް ހަމަލާދީ ޖެއްސުން ކުރަމުންނެވެ. އިޒްރޭލު ސިފައިން މިސްކިތުގެ ތެރެއަށް ދިން ހަމަލާތަކުގައި މިހާތަނަށް 160 އަށް ވުރެ ގިނަ، ފަލަސްތީނު ރައްޔިތުން ވަނީ ޒަހަމްވެފަ އެވެ.
Watch: Israeli settlers are trying to break the barrier to reach Damascus Gate.#FreePalestine pic.twitter.com/DRfs0zyYnR
— Wafa News Agency - English (@WAFANewsEnglish) April 20, 2022
އިޒްރޭލު ފުލުހުން ބުނި ގޮތުގައި އެ މީހުން އަގްސާ މިސްކިތަށް ވަނީ، އެ ސަރަހައްދަށް ޒިޔާރަތްކުރާ ޔަހޫދީންނަށް މަގު އަމާންކޮށްދިނުމުގެ ގޮތުންނެވެ. ޔަހޫދީން އަގްސާ މިސްކިތަށް މިފަހަރު ވަނީ، ޔަހޫދީންގެ އީދުލް ފުސްހު ފާހަގަކުރުމުގެ ގޮތުންނެވެ. ޔަހޫދީންގެ އީދުލް ފުސްހަކީ، ފިރްއައުނުގެ އަނިޔާވެރިކަމުން ސަލާމަތްވުމަށް، ބަނީ އިސްރާއީލު ވަންހައިގެ މީހުން މިސްރުން ފައިބައިގެން ދިޔުން ފާހަގަކުރާ މުނާސަބަތެވެ. އީދުލް ފުސްހު ފާހަގަކުރުން އޮންނަނީ ކޮންމެ އެޕްރީލް މަހެއްގެ 15 ވަނަ ދުވަހުން ފެށިގެން ހަފުތާއެއްގެ މުއްދަތަށެވެ.
އިޒްރޭލާއި ޖޯޑްންއާ ދެމެދު 1994 ވަނަ އަހަރު ސޮއިކޮށްފައިވާ ސުލްހައިގެ މުއާހަދާގެ ދަށުން، އަގްސާ މިސްކިތުގެ އެންމެހައި ކަންތައް ރާވައި ހިންގާނީ، ޖޯޑްން އިން ހިންގާ ވަގުފް ފަންޑެއްގެ ބެލުމުގެ ދަށުން އަދި އިޒްރޭލުގެ ސަލާމަތީ އިންތިޒާމުތަކާ އެކުގަ އެވެ. މި އެއްބަސްވުމުގެ ދަށުން އަގްސާގެ ކަންތައް ހިންގުމަށް ހަމަޖައްސާފައިވާ އިންތިޒާމުތަކުގެ ތެރޭގައި، އަގްސާ މިސްކިތުގެ ގޯތިތެރޭގަ އާއި މިސްކިތުގެ ތެރޭގައި އަޅުކަން ކުރުމަށް ޔަހޫދީން ވަނުމަކީ މަނާކަމެކެވެ.
އޭގެ ބަދަލުގައި ޔަހޫދީންނަށް އަޅުކަމުގެ ކަންތައް ކުރިއަށް ގެންދެވޭނީ، އަގްސާ މިސްކިތް ހިމެނޭ ސަރަހައްދުގައި ހުންނަ ހުޅަނގު ފާރު ނުވަތަ ބުރާގު ފާރު ކައިރީގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވިކިލީކުސް
23 April 2022
ޔަހޫދީންގެ ބައިގަނޑުގެ މައްޗަށް މުސްލިމުން ނަޞްރު ހޯދާނެ.
ބަސްޓީ
22 April 2022
ފަލަސްތީނުގެ އެހެން ސިޔާސީ ޕާޓީ ތަކާ ޚިލާފަށް ހަމާސް އަކީ އަރަބި ގައުމު ތަކުގެ ސަރުކާރުތަކާ ގުޅުން ކުޑަ ޕާޓީއެއް. އަރަބި ގައުމުތަކުން ބަލަނީ ހަމާސް އާއި އިޒްރޭލާ ތޮަަޅޭ ތޮޅުންގަޑުގެ ތެރެއަށް ނުވަދެ ތިބުމަށް.
އަހުމަދު މުހައްމަދު
21 April 2022
އަހަރެމެންނާ ކޮންބެހޭކަމެއް.ކާބޯތަކެތި އަގުބޮޑުވާތި ކަންބޮޑުވަނީ
ވިކިލީކުސް
23 April 2022
އަހުމަދު މުހައްމަދު ދެން ފެންނާނީ ކަލެޔަށް ގިނަގިނައިން ކާބޯތަކެތި. ކަލެޔާ ނުބެހެވޭވަރަށް ކަލޭ އަށް އަގުބޮޑެތިކޮށް ކާތަކެތި ފެންނާނީ. ދުވާލު ކައިގެން ރޯދަނުހިފާތިބޭ ޔަހޫދީން ކުރާ ކަންތައްކަލޭ ތިޔަ އުޅެނީ ފޮރުވަން. ނުފެންނަކަމަށް ހަދަން. ކަލެއަށް ހެޔޮ ވިސްނުން ދެއްވާށި.