ލަންކާގައި ތެޔޮ ގަންނަން ކިޔޫ ޖައްސާފައި: ޑީސަލްގެ އަގު ވަނީ 64 ޕަސެންޓް ބޮޑުވެފައި. --ފޮޓޯ:އޭއެފްޕީ
22 އެޕްރީލް 2022 - 16:44
ކޮލަމްބޯ (އެޕްރީލް 22) - ޑޮލަރަށް ޖެހި މުދާ އިމްޕޯޓްކުރަން ދަތިވެފައިވާ ސްރީ ލަންކާގެ އިންފްލޭޝަން ޖެހިޖެހިގެން ހަ ވަނަ މަހު ރެކޯޑް މިންވަރަކަށް މައްޗަށް ޖެހިއްޖެ ކަމަށް ރަސްމީ ޑޭޓާ އިން ދައްކައިފި އެވެ.
ނޭޝަނަލް ކޮންޒިއުމާ ޕްރައިސް އިންޑެސް (އެންސީޕީ) ވަނީ މާޗް މަހު 21.5 ޕަސެންޓް މައްޗަށް ޖެހިފަ އެވެ. މިއީ މީގެ އަހަރެއްހާ ދުވަސްކުރިއާ ބަލާއިރު 5.1 ޕަސެންޓް އިތުރު މިންވަރެކެވެ.
ކާބޯތަކެތީގެ އަގު މާޗް މަހު ވަނީ 29.5 ޕަސެންޓް މައްޗަށް ޖެހިފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް ސެންސަސް އެންޑް ސްޓެޓިސްޓިކްސްގެ ހިސާބުތަކުން ދައްކަ އެވެ. ލަންކާގައި ތަކެތީގެ އަގު އަދިވެސް މައްޗަށް ދާނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ. ސަރުކާރުން ހިންގާ ތެޔޮ ކުންފުނިން ވަނީ އާއްމު ދަތުރުފަތުރުގައި ބޭނުންކުރާ ޑީސަލްގެ އަގު 64.2 ޕަސެންޓް ބޮޑުކޮށްފަ އެވެ.
ލަންކާގެ އިގްތިސާދީ ހާލަތު ދައްވުމުގެ ނަތީޖާއެއްގެ ގޮތުން އާއްމުން ނުކުމެ މުޒާހަރާކޮށް، ރައީސް ގޯޓާބޭ ރާޖަޕަކްސާގެ އިސްތިއުފާ އަށް ދަނީ ގޮވާލަމުންނެވެ.
ލަންކާ އިން މިހާރު ދަނީ އިގްތިސާދު ހަމައަކަށް އެޅުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ ބެއިލްއައުޓް ޕްރޮގްރާމަކާ ގުޅޭ ގޮތުން މަޝްވަރާ ކުރަމުންނެވެ. ނަމަވެސް އައިއެމްއެފްގެ އެހީ އަށް ވެސް ހުރަސް އެޅިފައި ވަނީ ލަންކާގެ 51 ބިލިއަން ޑޮލަރުގެ ބޭރުގެ ދަރަނި ދެއްކޭނެކަމުގެ ޔަގީންކަން ނެތުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑައރޯ
23 April 2022
ރާއްޖެ އަޅާކިޔާލަމާ، މިއަރު ފެށުނުއިރު ޕެޓްރޯލް ލީޓަރެއް އުޅެނީ 12ރ މިހާރު 17ރ. އެއީ 40% އަގު އުފުލުމެއް. ދެން ކަރަންޓް، ފެން، މީއްޗިއްސަނީ ސަބްސިޑައިޒް ކޮއްފަ ހުއްނަ އެއްޗެއް. ކާބޯތަކެތި ޑީ ފުލޭސަން އުޅޭ ހެންހީވަނީ. ރޯދަމަހު ބާޒާރުގަ އަގުތަ ދަށަދިޔަތަން ފެނުނީ. ސަރުކާރުގެ އާމްދަނީ (ޓެކްސް) މާބޮޑުތަނުން އިތުރެއްނުވޭ. ޢެކަމު ހަރަދު ކޮންމެ އަހަރަކު އަންނަނީ ބޮޑުވަމުން. ނަތީޖާއަކަ ވަނީ ބޭރު ދަރަނި އަހަރުން އަހަރަ އުފުލެމުން ދިއުން.
ލަވްލީ ސޯނަމް
23 April 2022
ލަންކާގެ ގާމެންޓް ފެކްޓަރީތަށް ކުރިން އައްޑޫގަ ތިބިގޮތަށް އަދި ގެނެސްބަ ޕްލީޒް
ސިންދުރެއްލި
23 April 2022
އަހަރެން އެންމެ ދެރަވަނީ ރާއްޖެ އޮތީ އަދި މާ ދުރަކުނޫންކަމުގައި ވާތީ. ދައުލަތަށް އާމްދަނީ ލިބެން އޮތް ކަމެއް ވިއްޔާ ކޮންމެވެސް އެއްޗެކޭ ކިޔާފަ އެބަ އެޔެއް ހުއްޓުވާ. ކުންފުނިތަކުން ނަގާފަ ހުރި ލޯނު ދައްކަން އެބޭނުންވާ ލާރި ދޭން އާންމުން ދެކޮޅުހަދާ. އެންމެ ހަރަދު ބޮޑުވާނެހާ ގޮތްތަކަކަށް އެބަ ސަރުކާރުން ހަމައެކަނި ވައުދޭ ކިޔާފަ ނިންމާ. މުސާރަތައްް އެބަ ބޮޑުކުރޭ. ބޭރަށް ކުރާ ދަތުރުތައް އެހާ ގިނަ. އިސްރާފު ބޮޑު... ވިސްނަންޖެހޭ އެބަ މިކަންކަމާ.
ޑައިޜ
22 April 2022
އަގުބޮޑު ކުރަނީ ޑިމާންޑް އޮއިވަރު ކުޑަކުރަން. އެއްޗެހި އަގު ބޮޑުވީމާ ގަންނާނެ މީހުން މަދުވާނެ. ފޮރިން ކަރަންސީ ރިސޯވްއައް ލުޔެއްލިބޭނެ. ދެން އައި، އެމް، އެފް ލޯނު ދިނުމުގެ ސަރުތުތަ ކުރާނެ ވެލްފެއި ހަރަދުތަ ކުޑަކުރުން، މިސާލަކަ ރާއްޖެނަމަ، އެއި. ޢެމް، އެފުން ސަރުތަކަ ކުރާނީ އާސަންދު ހިއްޓާލުން، ކަރަންޑް ސަބް ސިޓީ ހުންޓާލުން. ލަންކާ ސަރުކާރުން މިހާރު އެހަދަނީ ރަގަޅަ. ރައްޔިތުން ކިތަންމެ ރުޅިއަޔަސް ހިތި ބޭސް ބޮއިގެން ރަގަޅު ވާންއޮތީ.
އިކޮނޮމިސްޓޭ
22 April 2022
ލަންކާގައި ހުރި ދުނިޔޭގެ ފެކްޓަތީތަކާ އަދި ދުނިޔޭގެ އޮފީސްތައް ރާއްޖެ އަށް ބަދަލު ކުރަންވީނު ދޯ. އޭރުން ލަންކާގެ ކަންކަން ބަލަހައްޓާނީ ދިވެހި ރާއްޖެއިން. އޭރުން ރާއްޖޭގެ އިގްތިސޯދު ދުވެލި ސުޕަސޮނިކް އަށް ބަދަލުވެ ދިޔަދޮވިތަކުން ފައިބާނީ ހުސް ޑޮލަރު
ގޮތް ހުސްނުވޭ
22 April 2022
ރާއްޖޭގެ ދައުލަތުގެ މުދަލެއްގެ ގޮތުގައި ވުމަށް ލަންކާ ރުހުމުގައި ރާއްޖޭގެ ބެލުމުގެ ދަށަށް އަންނަންވީނު.
ރަދީފު ބިން ރަފައިދާ
22 April 2022
ގޯޓާބޭ އިސްތިއުފާ! އަދިވެސް ވެރިކަމާ ބަގުޑިބައްދަނީ.