ލަންކާގެ ބޮޑުވަޒީރު މަހިންދާ ރާޖަޕަކްސާ. --ފޮޓޯ:އޭއެފްޕީ
23 އެޕްރީލް 2022 - 23:33
ކޮލަމްބޯ (އެޕްރީލް 23) - ސްރީ ލަންކާގެ އިދިކޮޅު ފަރާތްތަކުން ޑިމާންޑްކުރަމުންދާ ގޮތަށް ވަގުތީ ސަރުކާރެއް އުފެއްދި ނަމަވެސް ބޮޑުވަޒީރަކަށް ވާނީ އޭނާ ކަމަށް މިހާރުގެ ބޮޑުވަޒީރު މަހިންދާ ރާޖަޕަކްސާ ވިދާޅުވެއްޖެ އެވެ.
ބޮޑުވަޒީރު އިސްތިއުފާ ދެއްވައި ވަގުތީ ސަރުކާރެއް އުފެއްދުމަށް އެދިވަޑައިގެން ކުރީގެ މިނިސްޓަރު ޑުލަސް އަލަހައްޕެރުމަސް ފޮނުއްވި ސިޓީ އަށް ރައްދު ދެއްވުމަށް ރާޖަޕަކްސާ ވަނީ ވަގުތީ ސަރުކާރަކީ ކޮބައިތޯ އޭނާއާ ސުވާލު ކުރައްވައިފަ އެވެ.
"އެންމެން އެއްބަސްވުމަކަށް ނާދެވި ވަގުތީ ސަރުކާރެއް އުފައްދާނީ ކިހިނެއް؟ ވަގުތީ ސަރުކާރެއް އުފެއްދި ނަމަވެސް ބޮޑުވަޒީރަކަށް ވާނީ އަޅުގަނޑު. އެހެން މީހަކު ބޮޑުވަޒީރަކަށް ގެންނާކަށް ގިނަ މީހުން އެއްބަހެއް ނުވާނެ،" ރާޖަޕަކްސާ ވިދާޅުވި އެވެ.
ލަންކާގެ އަމިއްލަ ޓީވީ ޗެނަލަކަށް ދެއްވި އިންޓަވިއުއެއްގައި ރާޖަޕަކްސާ ވިދާޅުވީ އޭނާ އިސްތިއުފާ ދެއްވުމަށް ޕާލަމެންޓުގެ އެއްވެސް މެންބަރަކު އެދިފައިނުވާ ކަމަށެވެ.
"ބައެއް މެންބަރުން އެހެން ބުނެފާނެ. އެކަމަކު އަޣުލަބިއްޔަތު މެންބަރުން އަޅުގަނޑު އިސްތިއުފާ ދިނުމަށް ބޭނުމެއް ނުވާނެ،" ރާޖަޕަކްސާ ވިދާޅުވި އެވެ.
ރައީސް ގޯޓާބޭ ރާޖަޕަކްސާގެ ބޭބޭފުޅު ވިދާޅުވީ ގޯލް ފޭސްގައި މުޒާހަރާކުރާ މީހުންނާ ބައްދަލުކޮށް މަޝްވަރާ ކުރުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.
ތަކެތީގެ އަގުބޮޑުވެ އަދި އަސާސީ ބައެއް ތަކެތި ވެސް ހޯދަން ދަތިވުމާ ގުޅިގެން އެތައް ހާސް ބަޔަކު ނުކުމެ މުޒާހަރާ ކުރާ އިރު އެ މީހުންގެ މައިގަނޑު ޑިމާންޑަކީ ރައީސް އާއި ބޮޑުވަޒީރު އިސްތިއުފާ ދިނުމެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްޑޫޅް
24 April 2022
އެ މަނިކުފާނު "އަޅުގަނޑު" މިހެން ވިދާޅުވެ މުހާތޮބު ކުރައްވަނީ ކޮން މަނުފާނަކަށްބާ؟
އާނއެ
24 April 2022
ބޮޑުވަޒީރުކަމަކީ ދެވިހިފާ ކަމެއް. މިގައުމުގެ ބޭފުޅާއަށް އެ މަގާމަށް އަދި އެރޭނެ ގޮތް ނުވެގެންވެސް އެބަ ލައްކަވަރު ވޭ.
ނުނން
24 April 2022
ވެރިކަމަށްބޫތުކައިފަ ؟؟
ށަވިޔަނި
24 April 2022
މުޅިން އާބަޔަކު ގެނަސްގެން ނޫނީ ހެޔޮބަދަލެއް އަންނާނެހެން ހީނުވޭ.
ބީރުބޮލު ވަޒީރު.
24 April 2022
ރަނގަޅު. ވަކިމީހަކު ވަކިވަރެއް ނުވާނެ. ދެން އަންނަ މީހާ ކާނެވަރެއް ނުވެސް އިނގޭ. އަހަރުމެންވެސް ހީކުރިން މައުމޫނު ބެއްޔާ ނަގާ ހޫރާލީމަ ދެން ވައްކަމެއް ނުކުރާނޭ. ގައިމު ދަރަންޏެއް ނުވާނޭ. އެކަމަކު ކަންވީ އިދިކޮޅަށް. ޔާމީން ބެއްޔާ ނަގާ ހޫރާލީމަ ހިތައްއެރި ދެން ބުރޯއެއް ނުހުންނާނޭ. ފަނޑިޔާރު ގެއަށް އަތެއް ނުބާނާނޭ. އެކަމަކު މިހާރު ހުރީ މާބޮޑު ބުރޯއެއް. ފަނޑިޔާރު ގެއަށް އެތިބީ ހަތަރެސްފައި ބާނައިގެން.
ދގދސެފ×
24 April 2022
މިގައުމިގާވެސް މީހަކު އެބަތެޅޭ ބޮޑުވަޒީރަށްނުވެވިގެން. ސޮއިނަގާ ފަތެއްވެސް ދަތުރުކުރި. މިހާރު އެފަތް ކަތުރުފަތްނުކާކަމެސް ނޭންގޭ.
ފަލަޕެޓީ. ހައްޖަ
24 April 2022
ލަދުކުޑަ. ގައުމު އޮޔާ ލާފަ
ގަމާރުރަދީފް
24 April 2022
ލަންކާ ގައި މިހާރު ވެރިކަން ކުރާ އެންމެން ދުރައްޖައްސާ އެހެން ބައެއް ވެރިކަމާ ހަވާލު ވެގެން ނޫނީ، މިހާރު ލަންކާ އޮތް ހާލަތަކުން އަރައިނުގަނެވޭނެ.
ކީކޭ ދޯ ބުނާނީ
24 April 2022
ހަމަ އައްނި
ދެކުނު އޭޝީއާއަށްޖެހިފައޮތް މުސީބާތް
24 April 2022
އަންނި ރާޖަޕަކްސާ މޯދީ މީހަމަ އެއްފޮތުން ކިޔަވައިގެން ތިބި ކުދިންކޮޅެއް
ރަދީފު ބިން ރަފައިދާ
24 April 2022
ތިއެންމެން ކިޔެވީ އެއްފޮތަކުންނޭ. ފެންނަގޮތުން ދިހަބާރަފޮތުންނޭ. ދެންނުކިރާކަށް ކަމެއްނެތޭ މަދަރިންނޭ. ދެންވެސްކިޔަނީ އިންސާނުންނޭ.
އާން ކީކޭ ބުނާނީ
24 April 2022
އަންނި އިސްތިއުފާ ދިނީ. މީނާ މި ބުނަނީ ނުދޭނަމޭ! ދެނޯ؟
މާސްޓަރ
24 April 2022
އެއީ ޔާމީނު ފަދަ ވެރިއެއްކަމަށް ބުނެ، އަތްޖެހީވެސް ހަމަ ކަލޭމެން. މިހާރު އަންނި އަށްވީ ދޯ!
ދެން ބުނާނީ
24 April 2022
އަންނި އިސްތިއުފާ ދީފަ ބުނީ ދިނީ މަޖްބޫރުންނޭ އަލުން ވެރިކަން ބޭނުމޭ. އެގޮތުން އަދިވެސް އެ މަސައްކަތުގަ އެއުޅެނީ. ރާޖަޕަކްސާ އިސްތިއުފާ ނުދޭނަމޭ ބުނާކަން ރަގަޅުތާ އެކަމާ ދޮގުނުހަދާ.