ލަންކާގެ ބޮޑުވަޒީރު މަހިންދާ ރާޖަޕަކްސާ. --ފޮޓޯ:އޭއެފްޕީ
25 އެޕްރީލް 2022 - 14:43
ކޮލަމްބޯ (އެޕްރީލް 25) - ރީތި ގޮތުގައި 2015 ވަނަ އަހަރު މަގާމުން ވަކިވި ގޮތަށް މިފަހަރު ވެސް ބޮޑުވަޒީރުގެ މަގާމުން މަހިންދާ ރާޖަޕަކްސާ އިސްތިއުފާ ދިނުމަށާއި ނޫން ނަމަ މަގާމުން ވަކިކުރާނެ ކަމުގެ އިންޒާރު ޕާލަމެންޓުގެ މެންބަރުންތަކެއް ދީފި އެވެ.
ވެރިކަންކުރާ ޕާޓީން ވަކިވުމަށް ފަހު ޕާލަމެންޓުގައި އިންޑިޕެންޑެއްގެ ގްރޫޕެއްގެ ގޮތުގައި މަސައްކަތްކުރާ މެންބަރުންގެ މި އިންޒާރު އައިސްފައި ވަނީ، ވަގުތީ ސަރުކާރެއް އުފެއްދި ނަމަވެސް ބޮޑުވަޒީރަކަށް ވާނީ އޭނާ ކަމަށް ރާޖަޕަކްސާ ވިދާޅުވުމާ ގުޅިގެންނެވެ.
"އާއްމު ރައްޔިތުން އެދޭ ގޮތަށް ބޮޑުވަޒީރު އިސްތިއުފާ ނުދެއްވައިފި ނަމަ، ދެން ޖެހޭނީ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައިގެން މަގާމުން ދުރުކުރަން،" ނޭޝަނަލް ފްރީޑަމް ފްރަންޓުގެ ޖަޔަންތާ ސަމަރަވީރާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގައުމަށް މިހާރު ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދޭނީ ސަރުކާރު އިސްތިއުފާދީ ވަގުތީ ސަރުކާރަކާ ވެރިކަން ހަވާލުކޮށްގެން ކަމަށެވެ.
ރާޖަޕަކްސާ ހޮނިހިރު ދުވަހު ވިދާޅުވީ ވަގުތީ ސަރުކާރެއް ގާއިމްކުރި ނަމަވެސް ބޮޑުވަޒީރުގެ މަގާމު އަދާކުރައްވާނީ އޭނާ ކަމަށާއި ޕާލަމެންޓުގެ މަދު މެންބަރަކު ނޫނީ އޭނާގެ އިސްތިއުފާ އަށް އެދި ގޮވާލާފައިނުވާ ކަމަށެވެ. އަދި ގިނަ މެންބަރުންގެ ތާއީދު އޮތީ އޭނާ އަށް ކަމަށް ވިދާޅުވި އެވެ. މުޒާހަރާތަކުގައި އިސްކޮށް އުޅޭ މީހުންނާ ބައްދަލުކޮށް މަޝްވަރާ ކުރުމަށް ތައްޔާރަށް ހުންނެވި ކަމަށް ވެސް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިޏަލީ
25 April 2022
އިސްތިއުފާ ދިނަސް ބޮޑުވަޒީރު ކަމުގު ހުންނަނީ އަޅުގަޑު_ ރާއްޖަޕްސާ.
ރަދީފު ބިން ރަފައިދާ
25 April 2022
ރީތިގޮތުގާ އިސްތިއުފާނުދޭނެކަމަށް ރާޖަޕަކްސަ ބުނަނީ.