ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން، އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސްއާ، އެޕްރީލް 26، 2022 ގައި ކްރެމްލިންގައި ބައްދަލުކުރައްވަނީ، --އޭއެފްޕީ
27 އެޕްރީލް 2022 - 11:39
ޔޫކްރޭންގައި ރަޝިޔާ ސިފައިން ކުރަމުންދާ ހަނގުރާމަ ކުރިއަށް ދިޔަ ކަމަށްވިޔަސް، ދެ ފަރާތުގެ މެދުގައި ވާހަކަ ދައްކައިގެން ސުލްހަވެރި ހައްލެއް ހޯދުމުގެ އުންމީދު އަދިވެސް އެބަ އޮތް ކަމަށް، ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން، އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް އަށް ދަންނަވައިފި އެވެ.
ރަޝިޔާގެ ރިއާސީ ގަނޑުވަރު ކްރެމްލިންގައި އިއްޔެ ގުޓަރެސްއާ ބައްދަލުކުރައްވަމުން، ރައީސް ޕުޓިން ވިދާޅުވީ ހަނގުރާމައިގެ ހަރަކާތްތައް ކުރިއަށް ދިޔަސް، ޑިޕްލޮމެޓިކް ދާއިރާ އިން މައްސަލަ ހައްލު ކުރުމުގެ ފުރުސަތު އަދިވެސް އެބަ އޮތް ކަމަށެވެ.
"އަހަރެމެން މިދަނީ މިހާރު ވެސް މަޝްވަރާ ކުރަމުން، ވާހަކަ ދެއްކުމަށް އަހަރެމެން ދެކޮޅެއް ނުހަދަން،" ޕުޓިން ވިދާޅުވި އެވެ.
ދިގު މޭޒެއްގެ ދެކޮޅުގައި ދެ ބޭފުޅުން ތިއްބަވައިގެން ކުރިއަށް ގެންދެވި ވާހަކަތަކުގައި، ޕުޓިން ވިދާޅުވި ގޮތުގައި ޔޫކްރޭންގެ ވެރިރަށް ކިޔޭވްގެ ރަށް ބޭރުގައި އޮންނަ ބުޗާ އަވަށުގައި ރަޝިޔާ ސިފައިން ގަތުލުއާންމެއް ހިންގިކަމަށް ކުރި ތުހުމަތުތަކާ ގުޅިގެން، ސުލްހައިގެ ވާހަކތައް މަގުން ކައްސައިލި އެވެ.
އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް
"ބުޗާގައި އެ ކުރި ކަމަކީ ރަޝިޔާ ސިފައިންނާ އެއްވެސް ގޮތަކުން ގުޅުން ހުރި ކަމެއް ނޫން، އެއީ އަހަރެމެން ވަރަށް ހިތްހަމަނުޖެހުނު ތުހުމަތުތަކެއް. ރުޅިއެރުވުމުގެ އެ ތުހުމަތުތައް އުފަންކުރުވީ ކޮން ބައެއް، ކޮން މަގްސަދެއްގައިކަން ވެސް އަހަރެމެންނަށް އެނގޭ. އަދި އެކަމުގައި މަސައްކަތް ކުރީ ކޮން ކަހަލަ ބައެއްކަން ވެސް އެނގޭ،" ޕުޓިން ވިދާޅުވި އެވެ.
ގުޓަރޭސްއާ އެކުގައި ކުރެއްވި މަޝްވަރާތަކުގައި ރައީސް ޕުޓިން ވަނީ، އެ ގައުމުގެ ރައްކާތެރިކަން އެހެން ގައުމުތަކުން ކަށަވަރުކޮށްދޭ ބައިނަލްއަގުވާމީ މުއާހަދާއެއް އެކުލަވައިލުމަށް ހުށަހަޅުއްވައިފަ އެވެ. އޭގެ ބަދަލުގައި ޔޫކްރޭން ނޭޓޯގައި ބައިވެރިނުވުމާއި ބޭރު ގައުމެއްގެ އަސްކަރީ މަރުކަޒެއް ޔޫކްރޭންގައި ގާއިމު ނުކުރުމުގެ އިތުރުން، ނިއުކްލިއާ ހަތިޔާރު ނުގެންގުޅޭ އަދި ވަކި ފަރާތަކަށް ނުޖެހޭ ގައުމެއްގެ ގޮތުގައި، ޔޫކްރޭން އޮތުން ހިމެނެ އެވެ.
ރަޝިޔާ ސަރުކާރުގެ މަންދޫބުންނާއި ޔޫކްރޭން ސަރުކާރުގެ މަންދޫބުންނާ ދެމެދު ތުރުކީ ވިލާތުގައި ފެށި ސުލްހައިގެ ވާހަކަތައް ހުއްޓުމަކަށް އައީ، ރަޝިޔާ ސިފައިން ހިފައިގެން ތިބި ޔޫކްރޭންގެ ސަރަހައްދެއް ކަމަށްވާ ބޫޗާ އިން ރަޝިޔާ ސިފައިން ފައިބައިގެން ދިއުމަށް ފަހު، އެ ސަރަހައްދުން މަރާލާފައިވާ އާންމުންގެ ހަށިތަކެއް ފެނުމާ ގުޅިގެންނެވެ. ހުޅަނގުގެ މީޑިއާތަކުން ތުހުމަތުކުރާ ގޮތުގައި އެއީ ރަޝިޔާ ސިފައިން އެ ސަރަހައްދު ހިފައިގެން ތިބި އިރު ހިންގި ގަތުލުއާންމުގެ ނަތީޖާއެވެ.
We are committed to finding ways to create the conditions for effective dialogue and the conditions for a ceasefire as soon as possible @antonioguterres says at the start of meeting with Russian Foreign Minister Sergey Lavrov. pic.twitter.com/BKsmeiqiX2
— Stéphane Dujarric (@StephDujarric) April 26, 2022
ސެކްރެޓަރީ ޖެނެރަލް އަށް ރައީސް ޕުޓިން ދެންނެވި ގޮތުގައި ރަޝިޔާ ސިފައިން ފަށާފައިވާ އަސްކަރީ ހަރަކާތަކީ، ޔޫކްރޭންގެ އިރުމަތީ ސަރަހައްދުގައި ދިރިއުޅޭ ރަޝިޔާ ބަހުން ވާހަކަ ދައްކާ ދަރިކޮޅުގެ މީހުން ތަހައްމަލް ކުރަމުންދާ ކެކުޅުންތަކަށް ނިމުމެއް ގެނައުމަށްޓަކައި، އަޅަން ޖެހުނު ވަރަށް މާޔޫސީ ފިޔަވަޅެކެވެ.
ދެ ބޭފުޅުންގެ ބައްދަލުކުރެއްވުމަށް ފަހު، ސެކްރެޓަރީ ޖެނެރަލްގެ ތަރުޖަމާނު ސްޓެފަނީ ޑުޖަރިޗް ވިދާޅުވީ ޔޫކްރޭންގެ މަރިއުޕޯލްގައި ރަޝިޔާ ސިފައިންގެ ހިސާރުގެ ދަށުގައި ހުރި ދަގަނޑު ކާރުޚާނާގެ ތެރޭގައި ތާށިވެފައި ތިބި އާންމުން އެ ތަނުން ނެރުމުގައި ބައިނަލްއަގުވާމީ ރެޑް ކްރޮސް އާއި އދ. އިން ބައިވެރިވުމަށް، ޕުޓިން އެއްބަސްވެވަޑައިގަތެވެ. އަދި މިކަން ތަންފީޒު ކުރުމުގެ ގޮތުން، އދ.ގެ ކަމާ ގުޅުން ހުރި އިދާރާތަކާއި ރަޝިޔާގެ ދިފާއީ ވުޒާރާއާ ދެމެދުގައި އިތުރު މަޝްވަރާތައް ކުރިއަށް ދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަލީމު އިދުރީސް
28 April 2022
ޕުޓިންގެ މިސާލަކީ އަތް ތުރުތުރު އަޅާ ބެޔެއް ދާންޏަކުން ތުންހިމަ ފުޅިއަކައް ފެންފުރަން އުޅި ފެންފޮދެއް ފުޅިއައް އެތެރެ ނުވެގެން ރުޅި އައިސްގެން ދާނި ބިންދާލާފަ ބޯކޮޅު ވަތައް ވަޅަައް ފުންމާ ލާމަރުވާން މަސައްކަތް ކުރުން! އެހެންވެގެން މިއަދުވެސް ނިއުކުލިއަ ހަމާލާގެ އިންޒާރު ދިނީ! އެބެޔައް ވެސް އެނގޭނެ ނިއުކުލައާ ހަނގުރާމަޔެއްގަ ރޫސީވިލާތް ވެސްއަނދާނެކަން! ނިއުލިއާ ހަނގުރާމާގަ އިޒުރޭލު ރޫސީން ފަޅިއައް އެރުން ވަރައް ގާތްކަމައް ފެންނަނީ
ތިންކް
27 April 2022
ދިވެހި ރާއްޖެ ޗައިނާ އާއި ގުޅުން ބަދަހި ކުރީމަ އިންޑިއާއިން މިރާއްޖެ އަށް އަރައި ހަގުރާމަ ކުރާން ފަށައިފި ނަމަ ދިވެހިން އަމިއްލަ ދިފާއުގައި ހަގުރާމަ ކުރާނެއެވެ. އެ ހާލަތުގައި ދިވެހިންނަށް އެހީވެ ދޭ ބަޔަކަށް އެއްޗެހި ގޮވަން ވީހެއްޔެވެ. ނޫނީ ށުކުރު ކުރަން ވީހެއްޔެވެ.
ނިއުޓްރަލް
28 April 2022
ދިވެހި ރާއްޖެއާއި އިންޑިއާ އަކީ ބިމުގެ ގޮތުން ގުޅިފަ އޮތް ގައުމެއް ނޫން.. ތިބޭފުޅާގެ ގޯއްޗާއި ޖެހިގެން އޮންނަ ކުޑަކުޑަ ގޯއްޗެއްގަ އިބޭފުޅާ އެންމެ ރުޅިއަންނަ މީހުން ތި ގޯއްޗަށް އަމާޒު ކޮށްފަ ބަޑި ބަހައްޓާތަން ބަލަން ކެތްވާނެ.. އެވެސް މާ ދުރުގަ އުޅޭ ބަޔަކު އެ ގޯއްޗަށް އައިސް.
ސޮރީކު
27 April 2022
ޕުޓިން ބޯޑޮކްސް ޖަހައި ރޫފިލުވާފައި އިންނަހެން ހާދަ ހީވެޔޭ.
ބީރުބޮލު ވަޒީރު.
27 April 2022
އެމެރިކާއަށް ވެގެން މިހަނގުރާމަ ހުއްޓިއަކަ ނުދޭނެ. ސުލްހައެއްވެސް ނުވާނެ. މި ހަނގުރާމައިގެ ދިގެއް ކުރެއް އެއްވެސް މީހަކަށް ނޭނގޭ.
ބަރަނި
27 April 2022
މިހަގުރާމަ ނިމެން ޖެހެނީ ހަގުރާމަ ފެށިމީހުން ހުއްޓައިލީމަ. އަސްކަރީ ގޮތުން ބަލިކަށި ގައުމަކަށް އެމީހުންގެ މިނިވަންކަން ދިފާއު ކުރުމަށް އެހީ ވުމަކީ ކުށަކަށް ވެގެން ނުވާނެ.
އަހައްމާގ
27 April 2022
މި ހަގުރާމައިގައި ޔުކްރޭނަށް އެމެރިކާއިން 3 ބިލިއަން ޑޮލަރުގެ ދީލަތި އެހީވެ ދީފި. މިއީ ގައުމެއްގެ މިނިވަން ކަމުގެ ދިފާއުގައި ރައްޔިތުން ވާ ގުރުބާނީ އަށް ދެވުނު އެހީއެއް.