ބޮލީވުޑްގެ އެކްޓަރު ދީޕިކާ ޕަޑުކޯން: މިއަހަރުގެ ކާންސް ފިލްމު ފެސްޓިވަލުގެ ޖޫރީގައި އޭނާ ހިމެނޭ.
28 އެޕްރީލް 2022 - 08:05
ބޮލީވުޑްގެ ބަތަލާ ދީޕިކާ ޕަދުކޯން، ކާންސް ފިލްމު ފެސްޓިވަލްގެ ޖޫރީންގެ ލިސްޓުގައި ހިމެނިއްޖެ އެވެ.
ދީޕިކާ ވިދާލީ، 2007 ވަނަ އަހަރު ނެރުނު ފިލްމު، "އޯމް ޝާންތި އޯމް" އިންނެވެ. އެ ފަހަރު ފިލްމުފެއާ އެވޯޑް ވެސް އޭނާ އަށް ލިބުނެވެ. ފަހުން، ސަންޖޭ ލީލާ ބަންސާލީގެ "ބަޖިރާއޯ މަސްތާނީ" އާއި "ޕަދްމާވަތު" އާއި "ރާމް ލީލާ" އަދި "ޕީކޫ" ކަހަލަ ފިލްމުތަކުން ހިންދީ ސިނަމާގައި އޭނާ އަންނަނީ ވިދަމުންނެެވެ.
ބޮލީވުޑްގައި ބޮޑު ކާމިޔާބީއެއް ލިބިފައިވާ ދީޕިކާ ވަނީ ހޮލީވުޑްގައި ވެސް މަސައްކަތްކޮށްފަ އެވެ.
މި އަހަރު ބާއްވާ 75 ވަނަ ކާންސް ފިލްމް ފެސްޓިވަލްގެ ޖޫރީގެ ރައީސަކީ ފްރެންޗް އެކްޓަރު، ވިންސެންޓް ލިންޑަން އެވެ. ދީޕިކާގެ އިތުރުން ޖޫރީގައި ދެން ހިމެނެނީ އިނގިރޭސި އެކްޓަރު/ޑައިރެކްޓަރު ރެބެކާ ހޯލް، ސްވިޑެންގެ އެކްޓަރު ނޫމީ ރަޕޭސް، އެމެރިކާގެ ޑައިރެކްޓަރު/ސްކްރީންރައިޓާ ޖެފް ނިކޮލަސް، އީރާނުގެ ޑައިރެކްޓަރު/ލިޔުންތެރިޔާ އަސްގަރު ފަރްހަދީ، އިޓަލީގެ އެކްޓަރު/ޑައިރެކްޓަރު ޖޭސްމީން ޓްރައިންކާ، ފްރާންސްގެ އެކްޓަރު/ޑައިރެކްޓަރު ލޭޑްޖީ ލީ އަދި ނޯވޭގެ ޑައިރެކްޓަރު ޖޯޝިމް ޓްރިއާ އެވެ.
މި އަހަރުގެ ކާންސް ފިލްމް ފެސްޓިވަލް އޮންނާނީ މެއި 17-26 ގެ ނިޔަލަށް ފްރާންސްގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރޭކާ 65
29 April 2022
ދީޕިކާ އަކީ 2000 ގެ އަހަރުތަކުގެ ނިއު ރޭކާ! ރޭކާ އާ ވ ވައްތަރު!
ޏަސިިދު
28 April 2022
ކާން - ފްރެންޗް ބަސް ތަކުގެ ފަގަތުގަ އޮންން އެސް ސައިލަންޓް