އެމެރިކާގެ ލޮސް އެންޖެލަސްގައި ހުންނަ ބެޓީ ވައިޓްގެ ގެ: އެ ގެ 10 މިލިއަން ޑޮލަރަށް ވިއްކާލަން އިއުލާންކޮށްފައިވޭ.
28 އެޕްރީލް 2022 - 08:01
މިދިޔަ އަހަރު ޑިސެމްބަރުގައި މަރުވި އެމެރިކާގެ ކުޅަދާނަ އެކްޓަރު އަދި ކޮމީޑިއަން ބެޓީ ވައީޓްގެ ލަގްޒަރީ ގެ 10.5 މިލިއަން ޑޮލަރަށް ވިއްކާލަން އިއުލާންކޮށްފި އެވެ.
"ދަ ގޯލްޑެން ގާލްސް" އާއި "ދަ މެރީ ޓައިލާ މޫރީ ޝޯ" އިން ގިނަ ބައެއްގެ ލޯބި ހޯދި ބެޓީގެ ގެ ވިއްކާލަން އިއުލާންކުރި އިރު، އެ ގެއަށް އިމާރާތްކުރި ފަހުން 50 އަށް ވުރެ ގިނަ އަހަރުވެއްޖެ އެވެ.
އެމެރިކާގެ ލޮސް އެންޖެލަސްގައި ހުންނަ ބެޓީ ވައިޓްގެ ގެ: އެ ގެ 10 މިލިއަން ޑޮލަރަށް ވިއްކާލަން އިއުލާންކޮށްފައިވޭ.
ސްޓްރޯކެއް ޖެހިގެން، އުމުރުން 99 އަހަރު ބެޓީ މަރުވިއިރު، އޭނާ ވަނީ 70 އަހަރު ހޮލީވުޑްގައި މަސައްކަތް ކޮށްފަ އެވެ.
ހޮލީވުޑްގެ އެކްޓަރު ބެޓީ ވައިޓް: ސްޓްރޯކެއް ޖެހިގެން އޭނާ މަރުވީ މިދިޔަ އަހަރު.
އެމެރިކާގެ ލޮސް އެންޖެލަސްގައި ހުންނަ ބްރެންޓްވުޑް ޕާކް ކިޔާ އެ ގެ އިމާރާތްކުރީ 1952 ގަ އެވެ. ވަރަށް ރީތި ވިއުއެއް ވެސް އިންނަ އެ ގޭގައި ހަ ކޮޓަރި އާއި ޕޫލްއަކާއި ތިން އަކަކިލޯމީޓަރުގެ ހުސް ބިމެއް ވެސް އޮވެ އެވެ. އެ ބިމުގައި ވަނީ ގަސް އިންދާ ފުރާލައިފަ އެވެ.
އެމެރިކާގެ ލޮސް އެންޖެލަސްގައި ހުންނަ ބެޓީ ވައިޓްގެ ގެ: އެ ގެ 10 މިލިއަން ޑޮލަރަށް ވިއްކާލަން އިއުލާންކޮށްފައިވޭ.
ވޯލް ސްޓްރީޓް ޖާނަލްގައިވާ ގޮތުން، ބެޓީ އާއި އޭނާ ތިން ވަނަ އަށް ކައިވެނިކުރި އަދި މިހާރު މަރުވެފައިވާ ޓީވީ ޕާސަނަލިޓީ އެލެން ލުޑެން އެ ގެ ގަތީ 1968 ވަނަ އަހަރު އެވެ. އެއީ އެމީހުން ކައިވެނިކުރިތާ ފަސް އަހަރު ފަހުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑއިން
28 April 2022
ތިހާ ބޮޑު ގެޔައްގެ އެކަނި އެޅެން ހާދަ ފޫހިވާނެޔޭ. ހާދަ ބޮޑު ހަރެދެކޭ، ވިނަ ކޮށުމާ، ގަސްތަކަ ފެންދިނުމާ، ޕޫލް ސާފް ކުރުމާ، އެތައް ބައިވަރު ކޮޓަރިޔެއް، ފަާހާނަޔަކާ. ބޮޑު މަށެއްކައި ގަޑެއް މަށައް ފެންނީ. މީހުން ކަންތަކާ ހަވާލު ކުރިޔަސް، ރިސޯޓެއް ހިއްގާ ވަރަށް މީހުން ބޭނުންވާނެ. މާހިންހަމެ ޖެހޭ 1 ނޫނީ 2 ކޮޓަރީގެ އެޕާންޓްމަންޓް އެއްގަ އުޅެން. ފައިސާ ހުއްޓަސް.
މަރިޔަމަ
28 April 2022
ޖާބިރުއައް ދަންނަވާލަންވީނޫން އޭނަ ގަންނާނެ ޔަޤީން.