.
01 މެއި 2022 - 09:26
ޑީސީގެ ސުޕަހީރޯ ފްރެންޗައިޒް "އާކުއާމޭން"ގެ ކުރިއަށް އޮތް ފިލްމުން، އެކްޓަރު އެމްބާ ހާޑް ބޭރު ކުރުމަށް 2.2 މިލިއަނަށް ވުރެ ގިނަ މީހުން ޕެޓިޝަނެއްގައި ސޮއިކޮށްފި އެވެ.
އެކްޓަރު ޖޮނީ ޑެޕް އާއި އޭނާގެ ކުރީގެ އަންހެނުން އެމްބާ ހާޑުގެ މައްސަލަ ކޯޓުގައި ކުރިއަށްދާއިރު، އެ މައްސަލައާ ގުޅިގެން ހާޑް އާ ދެކޮޅަށް ގިނަ ބަޔަކު އަންނަނީ ތެދުވަމުންނެވެ. އޭނާ ޑެޕަށް ނަފްސާނީ އަދި ޖިސްމާނީ ގޮތުން އެކި ކަހަލަ އަނިޔާތަކެއް ކޮށްފައިވާ ކަމުގެ އެކި ކަހަލަ ހެކިތައް ފެންމަތިވަމުން ދާއިރު ޑެޕްގެ ފޭނުންގެ އަޑު ދަނީ ގަދަވަމުންނެވެ.
އެންމެ ފުރަތަމަ އެ މައްސަލަ ފެންމަތިވުމާ އެކު، 2017 ވަނަ އަހަރުގައި ވެސް، ހާޑް ޕްރޮޖެކްޓުތަކުން ބޭރު ކުރުމަށް ފޭނުން ތަފާތު ޕެޓިޝަންތައް ހެދި އެވެ.
ޕްރޮޑަކްޝަންތަކުން ޑެޕް ބޭރު ކުރަމުން ދިޔައިރު، ހާޑަށް ގިނަ ޕްރޮޖެކްޓުތަކުން ޖާގަ ލިބެމުން ދިޔަ އެވެ. އާކުއާމޭންގެ ދެވަނަ ފިލްމުން ހާޑަށް ޖާގަ ދޭނެ ކަމަށް ފިލްމުގެ ޕްރޮޑަކްޝަން ވޯނާ ބްރޯސް އިން ބުނީ އެ ދުވަސްވަރުގަ އެވެ.
މިހާރު ފިލްމު ރިލީޒްކުރުމަށް ކައިރިވެފައިވާއިރު، އެ ފިލްމުން ހާޑް ފެންނާނެތީ ޑެޕްގެ ފޭނުން އަންނަނީ އެ ފިލްމުން ހާޑް ބޭރުކޮށް އަލުން ރޯލު ރީކާސްޓް ކުރުމަށް ގޮވާލަމުންނެވެ. އެކަމަށް ހާއްސަ ޕެޓިޝަނެއްގައި މިހާރު ދެ މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ސޮއިކޮށްފަ އެވެ.
އެއާ އެކު ވޯނާ ބްރޯސްގެ އެތެރޭގެ ބައެއް ލީކްތަކުން އެނގޭ ގޮތުގައި ހާޑްގެ ސީންތައް ވަނީ ކުރުކުރަން ނިންމައިފަ އެވެ. އަދި މުޅި ފިލްމުގައި އޭނާ ފެންނާނީ 10 މިނެޓަށް ކަމަށް ވެސް ބައެއް ލީކްތަކުން އެނގެ އެވެ.
އެ ހުރިހާ ކަމެއް އެނގޭނީ ދެން އަންނަ އަހަރުގެ މާޗު މަހުގެ ތެރޭގައި އާކުއާމޭންގެ ދެވަނަ ފިލްމު ނެރުމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހޯދުން
02 May 2022
Remove Amber Heard from Aquaman 2 މިހެން ޖަހާފައި ސާޗްކޮށްލީމާ ފެންނާނެ. ސައިޓަކީ ޗޭންޖް.އޯގް
މެޓުބޭބެ
02 May 2022
ކޮއްކޮއަށް އަދި ސަރޗްކުރަން ދަސްނުވަނީ.. ބޭބެ ސަރޗްކުރީމައި ހުރިހާ ވާހަކަތަކެއް ފެނޭ.
ޖޯނީ ޑެޕް ފޭންސް
01 May 2022
ކޮބާތަ ތި ޕެޓިޝަން އަހަރުންވެސް ސޮއި ކުރާނަން
ކޮބާ ކޮމެންޓު
01 May 2022
ނާސިސްޓު އަންހެނެއް. އެއީ ހަގީގަތަކީ. ކުރިން މިތަނުގައި ކުރި ކޮމެންޓު ސެންސަރު ކުރި.