ސައީދު ޔޫސުފް.
07 މެއި 2022 - 10:47
ޒަމްޒަމް ހައްޖު އެންޑް އުމްރާގެ ބެލުމުގެ ދަށުން އުމްރާއަށް ދިޔަ ދިވެއްސަކު ނިޔާވެއްޖެ އެވެ.
ކުއްލިއަކަށް ހާލު ދެރަވެގެން ފަރުވާދެމުންދަނިކޮށް ރޭ މެންދަމު ނިޔާވެފައި ވަނީ ރ. މީދޫ މީހެއް ކަމަށްވާ ސައީދު ޔޫސުފެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ސައީދުގެ ނިޔާވީ ވަރަށް ބޮޑަށް ގޭސްޓްރިކްވެގެން މެޔަށް ތަދުވާތީ، މައްކާގައި ހުންނަ ކިންގް ފައިސަލް ހޮސްޕިޓަލަށް މީގެ ތިން ދުވަސް ކުރިން ދައްކައި ފަރުވާ ހޯދަމުން އަންނަނިކޮށެވެ.
ރޯދަ މަހުގެ ފަހު ދިހައިގައި އުމްރާގެ އަޅުކަމަށް ސަައީދު ފުރީ އޭނާގެ އާއިލާގެ ގިނަ ބަޔަކާ އެކުގަ އެވެ. އޭގެ ތެރޭގައި ސައީދުގެ އަނބިމީހާ އާއި ތިން ދަރިން ހިމެނެ އެވެ.
އާއިލާގެ މެމްބަރުންތަކަކާ އެކު ސައީދު އާއި އޭނާގެ ދަރިފުޅު އުމްރާއަށް ފުރަން ވެލާނާ އެއާޕޯޓުގައި.
ސައީދު ނިޔާވީ އުމްރާގެ އަޅުކަން ފުރިހަމަކުރުމަށް ފަހު، ރާއްޖެއަށް އަންނަން ތައްޔާރުވަމުންދަނިކޮށެވެ.
ޒަމްޒަމް ގްރޫޕްގެ ފަރާތުން މިހާރު އަންނަނީ ޖަނާޒާގެ ކަންކަން ފުރިހަމކޮށް މިއަދުގެ ވަގުތެއްގައި މަސްޖިދުލް ހަރާމް ގައި ސައީދުގެ މައްޗަށް ކަށުނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖެއްސޭތޯ ބަަލަމުންނެވެ.
އުމްރާއަށް ގޮސް އުޅެނިކޮށް ރޯދަ މަހު އެހެން ދިވެއްސަކު ވެސް ނިޔާވެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ށަވިޔަނި
07 May 2022
اللهم اغفرله وارحمه وادخله في الجنة آمين
މުޙައްމަދު
07 May 2022
انا لله وانا اليه راجعون
މައްކާ
07 May 2022
إنّا لله وإنّا إليه راجعون ތިމާތް ބިމުގައި ނިޔާވުމަކީ ކޮންފަދަ ބޮޑު ޝަރަފަކާއި ހެޔޮކަމެއް
ހެޔޮއެދޭ
07 May 2022
إنّا لله وإنّا إليه راجعون މާތްﷲ، މައްޔިތާގެ ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށި. އަދި ޢާއިލާއަށް ކެތްތެރިކަން ދެއްވާށި. آمین
ޝާތިރު
07 May 2022
انا لله وانا اليه راجعون