މަރިޔަމް ޝިޔާމާ، ކްލާހެއްގައި ކިޔަވައިދެނީ.
30 ޖުލައި 2025 - 16:08
ޗުއްޓީ ކައިރިވަމުން ދިޔަ ވަރަކަށް މަރިޔަމް ޝިޔާމާ އެންމެ ބޮޑަށް އިންތިޒާރު ކުރަމުން އައީ ހަޔާތުގައި ކުރާ ފުރަތަމަ އުމްރާ ދަތުރަށެވެ. މިދިޔަ ބުރާސްފަތި ދުވަހު ސްކޫލްތަކުގެ ފުރަތަމަ ޓާމު ނިންމައި ރިޕޯޓު ފޮތް ދީ، ސްކޫލުތައް ބަންދުވުމުން އާއިލާގެ ބައެއް މީހުންނާ އެކު، ހޮނިހިރު ދުވަހު އޭނާ އުމްރާގެ ދަތުރު ފެށީ އުފާވެރި މޫނަކާ އެކުގަ އެވެ.
އެކަމަކު، ރ. ފައިނު ސްކޫލުގައި ޓީޗަރަކަށް އުޅޭ މަރިޔަމްގެ ފުރަތަމަ އުމްރާ ވެގެން ދިޔައީ އޭނާގެ ފަހު ދަތުރަށެވެ.
މަރިޔަމް، 39، ނިޔާވީ ފުރަތަމަ އުމްރާ ނިންމައި، މަދީނާ އަށް ގޮސް އެނބުރި އައި މަގުމަތީގައި ގުބާ މިސްކިތުގައި ދެ ރަކުއަތުގެ ނަމާދެއް ކުރިތާ އިރުކޮޅެއް ފަހުންނެވެ. އެއީ ރާއްޖޭގެ ގަޑިން މިއަދުގެ މެންދުރު އެކެއް ޖަހާކަށްހާއިރެވެ.
ފައިނުން ވާހަކަ ދެއްކި މީހަކު ބުނީ، މަރިޔަމް އުމްރާ އަށް ފުރިއިރު ވެސް ސިއްހީ ބޮޑު މައްސަލައެއް ނެތް ކަމަށެވެ.
ރިޕޯޓު ފޮތް ދިން ދުވަހު ވެސް، އޭނާގެ މޫނު މަތިން އާއްމުކޮށް ފެންނަ ހިނިތުންވުމާ އެކު، ސްކޫލްގެ ކުދިންނާއި ބެލެނިވެރިންނާ ބައްދަލުކޮށް، ވާހަކަ ދެއްކި ކަމަށް ބުންޏެވެ.
"ކްލާސް ކޮންޓްރޯލް ކުރަން ވެސް މަރިޔަމް ވަރަށް މޮޅުވާނެ. އޭނަ ކިޔަވައިދޭ ގަޑިއެއްގައި ވިއްޔާ ކުދިން ތިބޭނެ ރަނގަޅަށް އަޑުއަހަން. ހުރިހާ ކުދިންނާ ވެސް ވަރަށް ލޯބިން ވާހަކަ ދައްކާނީ،" ފައިނުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
އޭނާ ބުނީ މަރިޔަމްގެ ކުއްލި ވަކިވުމަކީ އެ ރަށުގެ ސްކޫލަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކެންޑަލް ޖެނާ
31 July 2025
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ
އައިމިނާ
31 July 2025
އަޅުގަޑުގެ ޙަޔާތުގަ ދިވެއްސަކު މަދީނާގަ ނިޔާވިޚަބަރު އަޑުނާހަން.
އައިމިނާ
31 July 2025
ބުނެވޭ ގޮތުން އަޑުއިވޭ ގޮތުން ހާދަ ހެޔޮ މަރެކޭ. މަދީނާގަ . ނަބަވީގަ ކަށުނަމާދު. މައްޔިތާއަށް ހެޔޮ ރަޙްމަތް ލައްވާށި. ހައްދަވާ ގެންގުޅުއްވާ އިލާހް.
މަނަވަރު
31 July 2025
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ މާތް ﷲ މައްޔިތާގެ ފުރާނަ މަތިވެރިވެގެންވާ ޖަންނަތުލް ފިރުދައުސްގައި ލައްވާށި! އަދި އާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށި! آمیـــــــــــــن یارب العالمين
ސެލެޑާ
31 July 2025
نَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ ހާދަހާ އުފާވެރި ނިމުމެކޭ. މަރުހޫމާއަށް ޖަންނަތުލް ފިރުދައުސް މިންވަރުކޮށްދެއްވައި އާއިލާއަށް ކެތްތެރިކަން ދެއްވާނދޭވެ! އަޅަމެންގެ ނިމުންވެސް އަމާންކޮށްދެއްވާންދޭ އާމީން..
އައިމިނާރާނީ
31 July 2025
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ
ހަސަންބޭ..
31 July 2025
ކަރުނަ ހިލޭހާ އުފާވެރި ނިމުމެއް.. މަސްޔިތާއަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާނދޭ.. އާމީން...
ޔޫކޭ
31 July 2025
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ
ޚާލިދު ވަޙީދު
31 July 2025
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ މާތް ﷲ މައްޔިތާގެ ފުރާނަ މަތިވެރިވެގެންވާ ޖަންނަތުލް ފިރުދައުސްގައި ލައްވާށި! އަދި އާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށި! آمیـــــــــــــن یارب العالمين
ދޮންއަލީ
31 July 2025
اناّلله واناّاليه راجعون. މާތް الله މަރްހޫމުގެ ފާފަ ފުއްސަވައި، ރަޙްމަތް ލައްވާށި! އަދި ޢާއިލާއަށް ކެތްތެރިކަން ދެއްވާށި! آمين!