ޝާހީ އާއިލާގެ މެމްބަރުން 2018 ވަނަ އަހަރު ބޭއްވި ރަސްމިއްޔާތަކަށް ބަކިންހަމް ޕެލެސްގެ ބެލްކަނީގައި.
08 މެއި 2022 - 07:20
އިނގިރޭސި ރާނީ އެލިޒަބަތު ދޭއެއްގެ ރަނިކަމަށް 70 އަހަރު ފުރުން ފަހާގަކުރަން ބާއްވާ ހަފުލާގައި އާންމުންނަށް މަރުހަބާ ކިޔުމަށް ޝާހީ އާއިލާގެ މެމްބަރުން ޝާހީ ގަނޑުވަރު ބަކިންހަމް ޕެލެސްގެ ބެލްކަނީ އަށް ނިކުންނަވާއިރު، އެކަމުގައި ބައިވެރިވުމުގެ ދައުވަތު ޕްރިންސް ހެރީގެ އާއިލާ އަށް ނުދޭން ނިންމައިފި އެވެ.
ރާނީގެ އަހަރީދުވަހުގެ ހަފުލާގައި ބައިވެރިވެވަޑައިގަތުމަށް ޕްރިންސް ހެރީ އާއި އަނބިކަނބަލުން މޭގަން މާކްލް ވެސް އިނގިރޭސިވިލާތަށް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
އަންނަ މަހު ދޭއްގައި އޮންނަ އެ ހަފުލާގައި ބެލްކަނީ އަށް ނިކުންނަވާނީ ޝާހީ އާއިލާގެ ޒިންމާތައް އަދާކުރައްވާ ބޭފުޅުން އެކަނި ކަމަށް ޝާހީ އާއިލާގެ ތަރުޖަމާނު ވިދާޅުވި އެވެ. އެކަމާ ގުޅިގެން އާންމުން ދަނީ ޝާހީ އާއިލާ އަށް ފާޑުކިޔަމުންނެވެ.
ޕްރިންސް ހެރީ އާއި މޭގަން 2020 ގައި ވަނީ ޝާހީ އާއިލާގެ ޒިންމާތައް ދޫކޮށްލައްވައި، ދިރިއުޅުން އެމެރިކާ އަށް ބަދަލުކުރައްވައިފަ އެވެ.
2018 ވަނަ އަހަރު ބޭއްވި ރަސްމިއްޔާތެއްގައި ރާނީ އެލިޒަބަތު އާއި ޕްރިންސް ވިލިއަމްސްގެ ދެކަނބަލުންނާ އެކު ޕްރިންސް ހެރީގެ ދެކަނބަލުން ބަކިންހަމް ޕެލެސްގެ ބެލްކަނީގައި.
ބްލެކަނީގެ ހަފުލާ އަށް ދައުވަތު ނުދޭ ބޭފުޅުންގެ ތެރޭގައި ރާނީ އެލިޒަބަތުގެ ދެވަނަ ދަރިކަލުން ޕްރިންސް އެންޑްރިއު ވެސް ހިމެނެ އެވެ. ޕްރިންސް އެންޑްރިއު އަށް ދައުވަތު ދީފައި ނުވަނީ އޭނާގެ މައްޗަށް ކުރެވޭ ޖިންސީ ފުރައްސާރައިގެ ތުހުމަތާ ގުޅިގެން ޝާހީ ޒިންމާތަކުން އެކަހެރިކޮށްފައި ވާތީ އެވެ.
ރާނީ އެލިޒަބަތު އަކީ އިނގިރޭސި ތަހުތުގައި އެންމެ ގިނަ ދުވަހު އިންނެވި ކަމަނާ އެވެ. މި މަހު އެކަމަނާގެ އުމުރުފުޅުން 96 އަހަރުވީއިރު، މިދިޔަ ފެބްރުއަރީ މަހު ހައެއްގައި ވަނީ އެކަމަނާގެ ރަނިކަމަށް 70 އަހަރު ފުރުން ފާހަގަކޮށްފަ އެވެ. އެކަމަކު އެ މުނާސަބަތު ރަސްމީކޮށް ފާހަގަކުރަން ނިންމާފައި ވަނީ އަންނަ މަހު 2-5 އަށެވެ.
އަހަރީދުވަސް ފާހަގަކުރުމަށް އިންގްލޭންޑްގެ މަގުތަކުގައި ބޮޑު ހިނގާލުމެއް ބާއްވަން ނިންމާފައިވެ އެވެ. އެ ހިނގާލުމުގައި މުނިފޫހިފިލުވުމުގެ ދާއިރާގައި އުޅޭ 10،000 ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ރާނީ އިންތިޒާމުކުރައްވާ ތެންކްސްގިވިންއަކާއި ޝާހީ ގަނޑުވަރުގެ ބޭރުގައި ބާއްވާ ލައިވް ކޮންސާޓަކާއި އަދި މިލިޓަރީ ޕެރޭޑެއް ވެސް އޮންނާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުއްޅަވައްފަލު ރަނި
11 May 2022
ދެރަ ނުވޭ ހެރީ. އަހަރެމެންގޭގެ ބެލްކަނީ އަށް ނިކުމެލަން ހަމަ ބޭނުން އިރަކު އަންނަންވީ.
ރާނީނާ
10 May 2022
ޑައިނަސޯއިން އެނބުރި ދުނިޔެއަށް އައިސް އެލިޒަބަތު ފެނުނީމާ އަހާލަނީ "ޔޯ ވދފ ލިޒީ ޔޫ ސްޓިލް ހިއަރ" - ޖޯކެއް ކިޔާލަދޭ ހިތްވީ މާހައުލު އުފާވެރިކޮށްލަން.
ކޭޓްގެ މުނިމާމަ
09 May 2022
ޒީލަ ގަދަ އަންހެނާކާ ޖެހި ހަލާކުވި ސޮރެއް ތިޔާ ހެރީއަކީ.
ސަންފަ
08 May 2022
އެއްޗެތި ކިޔުމުގެ ބޭނުމެއް ނެތް ބެލްކަނީގަ ބައިވެތި ނުކޮށްގެނެއް އެމީހުން އަމިއްލައަށް ޝާހީ ލަގަބު ދޫކޮށްލާފަ ދިޔަ ބަޔެއް. ޝާހީ މީހުންގެ ކަމެއްގައި ބައިވެތިކުރާނެ ކަމެއް ނެތްތާ.
ރާ ނީ
08 May 2022
އަހަރެން މުސްކުޅި ކަމުން ވާ ނުވާ އެއް ނޭގޭ
އެކަމް ސަޅި ކޮމެންޓެއް އިނގޭ!
09 May 2022
ކަޑައެއްނު! މުސްކުޅިއެއްގެ ވާހަކަ މައިގަނޑު ވާހަކައަކީ މީގެ.