އިނގިރޭސި ރާނީ އެލިޒަބެތު ޕެރޭޑެއް ބައްލަވާލައްވަނީ.
27 އެޕްރީލް 2022 - 06:41
އިނގިރޭސި ރާނީ އެލިޒެބަތު ތަހުތުގައި އިންނަވާތާ 70 އަހަރު ފުރުން ފާހަގަކުރުމަށް އަންނަ ޖޫން މަހު ބާއްވާ ހާއްސަ ހިނގާލުމުގައި މުނިފޫހިފިލުވުމުގެ ދާއިރާގައި އުޅޭ 10،000 ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އެޑް ޝީރަން ފަދަ މަޝްހޫރު އިނގިރޭސި ލަވަކިޔުންތެރިން ފެންނާނެ އެ ހަރަކާތުގައި 100 އަށް ވުރެ ގިނަ އިނގިރޭސިވިލާތުގެ "ގައުމީ ހަޒާނާ" ނުވަތަ އެ ރަސްކަމަށް އަގުހުރި ހިދުމަތްތައް ކޮށްދިން ޝަހުސިއްޔަތުން ވެސް ބައިވެރިވާނެ އެވެ. އެމީހުން ދާނީ ރާނީ އަށް މަރުހަބާ ކިޔުމަށް ބާއްވާ ހިނގާލުމަކަށެވެ.
އެ ހަރަކާތް އޮންނާނީ ޖޫން މަހު 2-5 އަށް އޮންނަ ހަރަކާތުގައި އެންމެ ފަހު ދުވަހު އެ މުނާސަބަތު ނިންމާލުމުގެ ގޮތުންނެވެ.
އެ ދުވަސްތަކުގައި އޮންނަ އެހެން ހަރަކާތްތަކުގައި ތެރޭގައިި ތެންކްސްގިވިންއަކާއި ޝާހީ ގަނޑުވަރު ބަކިންހަމް ޕެލެސްގެ ބޭރުގައި ބާއްވާ ލައިވް ކޮންސާޓަކާއި އަދި މިލިޓަރީ ޕެރޭޑެއް ވެސް ހިމެނެ އެވެ.
ރާނީ އަށް މަރުހަބާ ކިޔުމަށް ބާއްވާ ތިން ކިލޯމީޓަރުގެ އެ ހިނގާލުމުގައި މިލިޓަރީ ބޭންޑުތަކާއި ނެށުންތެރިންނާއި ކުޅިވަރު ކުޅުންތެރިންނާއި ފިލްމާއި ތިއޭޓާ އަދި މިއުޒިކްގެ ދާއިރާގައި މަސައްކަތްކުރާ ގިނަ ބަޔަކު ބައިވެރިވާނެ އެވެ.
އެ ހަރަކާތް އިންތިޒާމުކުރާ ފަރާތުން ބުނި ގޮތުގައި ލައިވްކޮށް ދައްކަން ނިންމާފައިވާ އެ ހަރަކާތް ދުނިޔޭގެ އެކި ހިސާބުތަކުން އެއް ބިލިއަން މީހުން ބަލާނެ އެވެ. އަދި އެ ހިނގާލުމަށް އެކަނި 19.1 މިލިއަން ޑޮލަރު ހޭދަކުރެ އެވެ.
ރާނީ އެލިޒަބަތު އަކީ އިނގިރޭސި ތަހުތުގައި އެންމެ ގިނަ ދުވަހު އިންނެވި ކަމަނާ އެވެ. މި މަހު އެކަމަނާގެ އުމުރުފުޅުން 96 އަހަރުވީއިރު، މިދިޔަ ފެބްރުއަރީ މަހު ހައެއްގައި ވަނީ އެކަމަނާގެ ރަނިކަމަށް 70 އަހަރު ފުރުން ފާހަގަކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަކުންބޭ
27 April 2022
ކެނެރީގެ ނަޝީދުވެސް އެހެންވީމަ ތާ ކިންގް ހެދިފަ އެ ހުންނަނީ، ވަރަށް ރޯޔަލް ވެފަ، ފެއިލްވުމުންވެސް އަލުން ވެރިކަމަށް އާދެވޭތޯ ބަލަނީ، ފެއިލް ވާ އެކަކުވެސް މިޤައުމުގަ ވޯޓް ދީގެން ނުވާނެ، ފިރަތަމަ ޓާރމް އިން ފެއިލްވާ މީހުންނާ 2 ވަނަ ޓާރމް ފުރިހަ ކުރާ ފަރާތްތަށްކަށް ޖެހޭނީ އާ ލީޑާރުންނަށް ފުރުޞަތު ދޭން.
ފަހުދު
27 April 2022
70 އަހަރު ވީެިރުވެސް ރަސްކަމެއް އޮތްތަނަކުން ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމައް ގޮތްކިޔަނީ
ޝަމްސުއްދީނު
27 April 2022
ބޭކާރު ރަސްކަމެއް. ރަސްކަމަކީ ރަނގަޅު ކަމެއްނަމަ ދޫނި ރާއްޖޭގަވެސް މުހައްމަދު ފަރީދުގެ ހާންދާނުގެ ރަސްކަން ދެމެހެއްޓީސް.