11 މެއި 2022 - 12:06
ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން މިހާރު ތައްޔާރުވަމުން ދަނީ، ރަޝިޔާ އިން މިހާރު ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ދިގު މުއްދަތަކަށް ދަންމައިލުމަށް ކަމަށް، އެމެރިކާގެ ޖާސޫސީ އިދާރާ އިން ބުނެފި އެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ފަތިހު ފެށި ހަނގުރާމަ އަށް ތިން މަސް ފުރެން ދާއިރު، ރަޝިޔާ ސިފައިން ވަނީ ޔޫކްރޭންގެ އިރުމަތީ ސަރަހައްދުން ބޮޑު ބައެއް ހިފައިފަ އެވެ. އަދި ޔޫކްރޭންގެ ދެކުނުން ކަޅު ކަނޑުގެ އައްސޭރީގައި އޮންނަ ބަނދަރު މަތީ ސަހަރެއް ކަމަށްވާ މަރިއުޕޯލް ހިފައި، ޔޫކްރޭންގެ އިރުމަތިން ފެށިގެން ދެކުނު ސަރަހައްދާ ހަމައަށް މިހާރު އޮތީ ރަޝިޔާ ސިފައިންގެ ބާރުގެ ދަށުގަ އެވެ.
ޔޫކްރޭނާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ރަޝިޔާ އަށް މި ކުރިއެރުންތައް ލިބުނަސް، އަވަސް މުއްދަތެއްގައި ހަނގުރާމަ ހުއްޓައިލުމުގެ ވިސްނުމެއް، ރަޝިޔާގެ ރައީސް ޕުޓިން ނުގެންގުޅުއްވާ ކަމަށް، އެމެރިކާގެ ޖާސޫސީ އިދާރާ އިން ބުނެ އެވެ. ހަނގުރާމަ ފެށުމާ އެކު، ރަޝިޔާ ސިފައިން އަމާޒު ހިފީ ޔޫކްރޭންގެ ވެރިރަށް ކިޔޭވް ހިފުމަށެވެ.
ނަމަވެސް މަހަކަށް ވުރެ ގިނަ ދުވަސްވެގެން ދިޔައިރު ވެސް، އެކަމުގައި ކާމިޔާބެއް ނުލިބުމުން، ރަޝިޔާ ސިފައިންގެ މިސްރާބު ބަދަލުކުރީ، ޔޫކްރޭންގެ އިރުމަތިން ވަކިވެގަތުމަށް މަސައްކަތް ކުރާ ދޮންބާސް ސަރަހައްދަށެވެ. އެ ސަރަހައްދުގައި ތިބި، ޔޫކްރޭން ސަރުކާރާ ދެކޮޅު ހަނގުރާމަވެރިންގެ ބައިވެރިވުމާ އެކު، ރަޝިޔާ ސިފައިން ވަނީ އެ ސަރަހައްދުގެ ބޮޑު ބައެއް ހިފައި، ޔޫކްރޭނާ ވަކިކޮށްލައިފަ އެވެ.
އެމެރިކާގެ ސެނެޓްގެ ކޮމިޓީ ބައްދަލުވުމެއްގައި މައުލޫމާތު ދެއްވަމުން، ނޭޝަނަލް އިންޓެލިޖެންސްގެ ޑިރެކްޓަރު އެވްރިލް ހެނިސް ވިދާޅުވީ ޔޫކްރޭންގެ އިރުމަތީގައި އޮންނަ ދޮންބާސް ސަރަހައްދުގެ އިތުރުން ވެސް ޔޫކްރޭންގެ އެހެން ބިންތަކެއް ހިފުމަށް ރައީސް ޕުޓީން ބޭނުންވާ ކަމަށެވެ. އެހެން ނަމަވެސް، ރައީސް ޕުޓިންގެ އެ މަގްސަދު ހާސިލުކޮށްދެވޭ ވަރަށް، ރަޝިޔާ ސިފައިންގެ ކިބައިގައި ހަނގުރާމައިގެ ގާބިލުކަން މިހާރު ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރައީސް ޕުޓިން މިހާރު ބޭނުންވާ އަނެއް ކަމަކީ، ހަނގުރާމައިގެ ސަބަބުން އެމެރިކާ އާއި ވިލާތުގެ ގައުމުތަކުގެ އިންފްލޭޝަން ރޭޓް މަތިވެ، ކާބޯތަކެތި ލިބުން ދަތިވުމުގެ އިތުރުން ތެލާއި ގޭހުގެ އަގުތައް މައްޗަށް ގޮސް، އެމެރިކާ އާއި ވިލާތުގެ އިއްތިހާދުން ޔޫކްރޭނަށް ދެމުން އަންނަ އަސްކަރީ އެހީތެރިކަން މިހާރަށް ވުރެ ކުޑަވެގެން ދިއުމެވެ.
އެމެރިކާގެ ޑިފެންސް އިންޓެލިޖެންސް އޭޖެންސީގެ ޑިރެކްޓަރު ސްކޮޓް ބެރިއާ ވެސް ސެނެޓް ކޮމިޓީގެ ބައްދަލުވުމުގައި ވިދާޅުވީ ރަޝިޔާ ސިފައިންނާއި ޔޫކްރޭން ސިފައިންގެ ވެސް، ހަނގުރާމަ ކުރުމުގެ ގާބިލްކަން މިހާރު ވަރަށް ބޮޑަށް ކުޑަވެފައިވާ ކަމަށެވެ. އަދި ޔޫކްރޭންގައި ކުރަމުންދާ ހަނގުރާމަ އަވަސް ކުރިމަގެއްގައި ހުއްޓައިލަން އުޅޭ ކަމުގެ އެއްވެސް ނިޝާނެއް ރަޝިޔާ އިން ނުފެންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަލީމު އިދުރީސް
12 May 2022
ހަނގުރާމަ ކުރައް ޕުޓިއްޖެހި ހިސާބު ގޯސްވެ ރޫސީންގެ ކަރުބުޑު މިހާރުވެސްވަނީ ލޭރަހަލައިފަ! ޕުޓިންހުރީ މިޓުޜީގޮތުންނާ ސައާސިޔާސިގޮތުންނާ ފޭލުވެފަ
މީޒްލީ ( ދައުނބުލި)
11 May 2022
ސަލީމް އިދްރީސް ސަލިއްޓެމެން ވަރަށް ތިލަކޮން ވަކަކޮން ރީސާޗް ހަދަނީ! ކުޑަކޮން ކޮސްވެސް ގޮވާނެ! އެކަމަކު ހަޤީގަތަކީ ތިޔަ ހަގުރާމަ ރީތި ގޮތުގައި އަވަސް މުސްތަޤްބަލެއްގައި މިހުއްޓޭނެކަން! އެމެރިކާއާއި އީޔޫގެ ކަރުބުޑުގައި ރަގަޅަށް ލޭރަހަ ލާ ހިސާބުން މީގަ ވައިގައި ހިފާނީ!
ބީރުބޮލު ވަޒީރު.
11 May 2022
މީގެ ކުރިން އެމެރިކާއިން ބުނީ މޭ މަހުގެ 9 ގެ ރަސިއާއިން ކާމިޔާބު އިޢުލާންކޮށް ހަނގުރާމަ ހުއްޓާނޭ. މިހާރު ވާހަކަ ބަދަލުވީ. އެމެރިކާގެ ސީ އައި އޭ އަށްވުރެ އަހަރުމެންގެ ބުނުން މާ ސީދާ ދޯ؟ އަހަރުމެން އޭރުވެސް ބުނިން މިއީ ދިގުދެމިގެންދާނެ ހަނގުރާމައެކޭ. ޔޫރަޕާ އެމެރިކާ ހޭނެތޭވަރަށް އިންފުލޭޝަން އުފުލޭނެ. އެހިސާބުން މި ހަނގުރާމައަށް ޔޫރަޕާ އެމެރިކާ ވަންނާނެ. މިވާހަކަ ގަބޫލް ނުކުރަނީ މިތާއުޅޭ ލެއްގި ކޮމިޝަނަރާ ސަލީމް އިދުރީސް. މ
ސަލީމު އިދުރީސް
11 May 2022
ކަލޯ ބީރުބޮލުވަޒީރު ކޮއެއްޗެއް ބަލަވައިގެންތޯ ހޭދެބައި ވެފަހުރެގެން ކޮމެއްޓުކުރަނީިި؟ޔޫރަޕާ އެމެރިކާ އިންފުލޭނެއް އައިސްގެން ހެތޭއިރު ދިވެން ހަމަހޭގަ ތިބޭނެކަމައް ގަބޫލު ކުރަންތޯ؟އަރެމެން ހަނގުރާމަޔާ ދެކޮޅީ އެހެންވެ!ރިޒުގުދެެއްވަނީ އެކަލާންގެ ކަމައްވިއަސް ދިވެހިރާއްޖެގެ އިގުތިސޯދުގެ ބޮޑުބަޔަކީ ޔޫރަޕުންއަންނަ ފަތުރުވެރިން! ތިމާ ހިންހަމަ ނުޖެހުމުން ދުނިއެއެއްކޮއް ފުނޑޭ ވަރު ހަނގުރާމައެއްގެ ޖޯސުއައިސްގެން އުޅެނީ ނަފުސާނީގޮތުން ތިބައިގަނޑުހަމަނޫންވެ
ށަވިޔަނި
11 May 2022
މޮޔަނުގޮވާ. ކަލޭގެ ބޮޑާކަމުގައި ސިއްކަޖެހޭދުވަސް ކައިރިވީ ان شاء الله. ﷲ މިދީނަށް ޣައިރު މުސްލިމުންގެ ފަރާތުންވެސް ނަޞްރު ދެއްވާ.