ލުބުނާނުގެ ހިޒްބުﷲ ޖަމާއަތުގެ ލީޑަރު ހަސަން ނަސްރުﷲ: ސީރިއާ ސަރުކާރަށް ތައުރީފް ކުރި.
26 ޑިސެމްބަރ 2016 - 12:17
ދިމިޝްގު (ޑިސެމްބަރު 26) - އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށުން ސީރިއާގެ ހަލަބު ސިޓީ މިނިވަން ކުރުމަކީ ރައީސް ބައްޝާރުލް އަސަދުގެ ވެރިކަން ވައްޓާ ނުލެވޭނެ ކަމުގެ ހެއްކެއް ކަމަށް ލުބުނާނުގެ ޝިއައީ ޖަމާއަތް ހިޒްބުﷲ ގެ ލީޑަރު ހަސަން ނަސްރުﷲ ވިދާޅުވެއްޖެ އެވެ.
"ހަލަބުގެ ކާމިޔާބީ އަށް ފަހު ބުނެވިދާނެ ސީރިއާގެ ވެރިކަން ވައްޓާލަން މަސައްކަތް ކުރާ މީހުން ފެއިލް ވެއްޖެ ކަމަށް،" ސީރިއާ ސިފައިންނާ އެކު 2013 ވަނަ އަހަރުން ފެށިގެން ހަނގުރާމަ ކުރަމުންގެންދާ ހިޒްބުﷲ ގެ ލީޑަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސީރިއާގެ އެންމެ ބޮޑު ދެ ސިޓީ ކަމަށްވާ ވެރިރަށް ދިމިޝްގާއި ހަލަބުގެ ފުރިހަމަ ކޮންޓްރޯލް އޮތީ އަސަދަށް ކަމަށެވެ. އަދި ހިމްސް، ހަމާ، ލަޓަކިއާ، ޓަރްޓުސް، ސްވެއިޑާ ފަދަ ބޮޑެތި ސިޓީތަކުގެ ބާރު ވެސް އޮތީ ސީރިއާ ސަރުކާރަށް ކަމަށް ވިދާޅުވި އެވެ.
ހަލަބު މިނިވަން ކުރުމުގައި ސީރިއާ ސިފައިންނާ އެކު ހިޒްބުﷲ ގެ ހަނގުރާމަވެރިން ވެސް ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ.
ނަސްރުﷲ ވިދާޅުވީ ހަލަބުގައި ކުރީ ހަގީގީ ހަނގުރާމައެއް ކަމަށާއި މި ހަނގުރާމަ އިން ސީރިއާ ސިފައިންނަށް ކާމިޔާބު ލިބުމުން އެ ގައުމަށް ސިޔާސީ ގޮތުން ހައްލެއް ހޯދިދާނެ ކަމުގެ އުއްމީދު ބޮޑުވެއްޖެ ކަމަށެވެ.
ސީރިއާ ސަރުކާރާ ދެކޮޅަށް 2011 ވަނަ އަހަރު ހަނގުރާމަ ފެށި ފަހުން މިހާތަނަށް ވަނީ 310،000 މީހުން މަރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަލީ
26 December 2016
ބައްސާރުލް އަސަދަކީ ސީރިއާގައި ވެރިކަން ކުރާތާ ވަރައް ދުވަސް ވެއްޖެ. އަދި އޭނާގެ ބައްޕަ ހާފިޒުލް އަސަދަކީ އެތައް އަހަރެއްވަންދެން ވެރިކަންކުރި މުސްލިމުންގެތެރޭ މަގުބޫލު ވެރިއެއް. ސުންނީންނާއި ޝިއައީ އަދި ކްރިސްޓިއަން ގަބީލާތައްވެސް ސުލްހައިގަ ސީރިއާގަ އުޅެވުނު.
ހަސަނު
26 December 2016
އުފާވެރި ހަބަރެއް..
ހަލަބް
26 December 2016
މިއީ މުސްލިމުންނަށް ލިބުނު އުފާވެރި ޚަބަރެއް ނޫން.
ާއަައްޔަ
27 December 2016
ރަނގަޅު ވާހަކައެއް
ތޯއްޗެ
26 December 2016
ހަލަބުގައި ބައިބައި ވެފައިވާ ގުރޫޕްތަކެއް ހަތިޔާރު ހިފައިގެން ތިބެ އަޑު އުފުލީ. އެއީ ހަމަ ކުދި ސިޔާސީ ޕާޓީތަކެއް. ނަސްރާއި ފަތަހަ ލިބޭނީ ﷲ ވަކީލްކޮށް އެކަލާނގެ ޝަރީއަތް ހިންގަން މަސައްކަތްކުރާ ބަޔަކަށް. އިންޝާﷲ އެފަދަ ބަޔަކު އަންނާނެ އަދި ތިތަން ފަތަހަކުރާނެ
ސައްޕު
26 December 2016
ހަލަބު ފަތަޙަކުރެވުނީ ރަޝިޔާގެ ބޮޑު މަދަދު ލިބިގެންނެވެ. އަދި މިކަމުން ރަޝިޔާގެ ކުރިމަތީގައި، ކިތަންމެ ފުއްޕިއަސް "ސުޕަރ" ކިޔައިގެން އުޅޭ ގައުމާ، "ގްރޭޓް" ކިޔައިގެން އުޅޭ ގައުމުވެސް ތިބެންޖެހެނީ ހިމަވެފައިކަން ދުނިޔެއަށް ހާމަ ވެއްޖެދޯއެވެ؟