ފުލުހުންގެ މައި އިދާރާ-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
13 މެއި 2022 - 19:22
އުތުރުގެ ރަށެއްގައި ކުޑަކުދިންތަކެއް އެހެން ކުއްޖަކަށް އަނިޔާކުރި މައްސަލަ ބަލަން ފަށައި ކުއްޖާއަށް ފަރުވާ ދީފައިވާ ކަމަށާއި މައްސަލަ ހައްލުކުރުމަށް ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން މިރޭ ބުނެފި އެވެ.
ރަށެއްގައި ސްކޫލު ކުދިންތަކެއް، ކުއްޖެއްގެ ގައިގައި ތަޅައި އަނިޔާކުރުމުގެ އިތުރުން އެ ކުއްޖާއަށް ބުލީކުރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ.
މިކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން ޖެންޑާ މިނިސްޓްރީން ބުނީ އެ ހާދިސާއާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާ ކަަމަށާއި އަނިޔާގެ ޝިކާރައަކަށްވި ކުއްޖަށް ފަރުވާ ވެސް ދީފައިވާ ކަމަށެވެ.
ކުއްޖާއަށް އަނިޔާކުރީ އުމުރުން 18 އަހަރުން ދަށުގެ ކުދިންތަކަކަށްވާތީ އެ މައްސަލަ ޖެންޑާ އިން ބަލަމުން އަންނަނީ ކަމާ ގުޅޭ އެހެން އިދާރާތަކާ ގުޅިގެން ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
ފުލުހުން ވެސް ތަހުގީގުކުރަމުން އަންނަ މި މައްސަލާގައި، އަނިޔާ ލިބުނު ކުއްޖާ އާއި އެ ކުއްޖާގެ އާއިލާއަށް ދޭން ޖެހޭ ނަފްސާނީ އެހީތެރިކަން ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެޝަން ސާވިސަސް އިން ދޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. އަދި އެ ހާދިސާ ހިނގި ރަށުގެ ސްކޫލު ކުދިންނަށް އަމާޒުކޮށް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސް އާއި ފެމިލީ އެންޑް ޗައިލްޑް ސާވިސް ސެންޓަރު ގުޅިގެން ސެޝަންތަކެއް ވެސް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
ޖެންޑާ އިން ބުނި ގޮތުގައި ސްކޫލުގެ މެނޭޖްމަންޓުން އަންނަނީ މި ކަމުގައި ޝާމިލުވާ ކުދިންގެ އާއިލާއާ ގުޅިގެން އެ މައްސަލަ ހައްލުކުރުމަށެވެ.
ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސް އިން ކުރި ޓްވީޓެއްގައި ބުނީ އެޑިއުކޭޝަން މިނިސްޓްރީ އާއި ރަށު ކައުންސިލްގެ އިތުރުން ރަށުގެ އިޖުތީމާއީ ބަދަހި މަދަދުވެރިން (އިބަމަ) މެމްބަރުންނާއި ފުލުހުން ގުޅިގެން މައްސަލަ ބަލަމުން އަންނަ ކަމަށެވެ.
ކުއްޖާއަށް އަނިޔާކުރާ ވީޑިއޯ ދައުރުވަމުންދާތީ އެ ސާވިސް އިން ވަނީ އެ ވީޑިއޯގެ ސަބަބުން ކުއްޖާއަށް ފަހުން ވެސް ނަފްސާނީ އަސަރުކުރާނެ ކަމަށާއި އެހެންވެ ކުއްޖާގެ ކަރާމާތަށް ގެއްލުންވާ އެ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުނުކުރުމަށް އެދިފަ އެވެ.
އުތުރުގެ ރަށެއްގައި ކުޑަކުއްޖަކަށް ގަނާ ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ދައުރުވަމުންދާތީ އެކަމާއި ގުޅިގެން ދަންނަވަމެވެ. މިކަމުގެ މަޢުލޫމާތު ލިބިގެން މި ސަރވިސް އިން ދަނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަން އާއި ރަށުގެ ކައުންސިލް އަދި ރަށުގެ އިޖުތިމާޢީ ބަދަހި މަދަދުވެރިން (އިބަމަ) 1/2
— Child and Family Protection Service (@cfps_mv) May 13, 2022
އާންމުވި ވީޑިއޯ އިން ފެންނަނީ ކުއްޖާގެ ގަމީހުގައި ހިފައިގެން ގަދަކަމުން ވަލުތެރެއަށް ގެންގޮސް އެ ކުއްޖާ ބިންމައްޗަށް ވައްޓާލައި އަނިޔާކުރަނިކޮށެވެ. އެ ކުއްޖާގެ ގައިގައި ދަނޑިބުރިއެއް ކަހަލަ އެއްޗަކުން ވަރަށް ބާރަށް ތަޅައި އަނިކުރެ އެވެ. ކުއްޖާގެ ބުރަކައްޓާއި އަތާ ދިމާލުގައި ދަނޑިބުރިން ތެޅުމުން އެކުއްޖާ ރޮ އެވެ. އެކަމަކު އެވަރަށް އަނިޔާ ލިބުނުއިރު ވެސް އަނިޔާ ލިބޭ ކުއްޖާ ރައްދުގައި އެއްވެސް ކަމެއް ނުކުރެ އެވެ.
އޭގެ ފަހުން ކުއްޖާއަށް ވަރަށް ބޮޑަށް އެ ކުދިން ބުލީކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިންޓެލްޖެންސް
14 May 2022
ކުޑަކުދިން، އަންހެނުން އަދި އުމުރުން ދުވަސްވީ މީހުން ހިމާޔަތް ކުރުމަށް ޖެނޑާރ ގެ ފަރާތުން އިންޓެލްޖެންސް ޑިޕާޓްމަންޓް އެއް ހިންގަން ޖެހޭކަމަށް ފެނޭ
އާބިދާގެ ބަޔާން
14 May 2022
އަނިޔާ ލިބުނު ކުއްޖާއަށް ފިޔަވަޅު އަޅާ ކުށްވެރި ނުވިއްޔާ ކިތަންމެހާވެސް ރަނގަޅު.
ކުޗީ
14 May 2022
ކޮންފަރުވާ އެއްތޯ ދެދުވަހަކުން ދެވޭނީ. ނަފްސާނީ ގޮތުން އުކުއްޖާފަކީރު މިހާރު ހުންނަނީ ވާއެއްޗެއް ވެފަ. އަދި ހުރޭ ކުޑަކުދިންނަށް އޮންބާޑެއް. ބޮޑު މުސާރަދީފަ މީއަޅެ ކީއްކުރަން މީހެއް ބާއޭ ހިތަށް އަރާ. މިކަހަލަ ކިތަށް ހާދީސާ ދުވާލަކު މިރާއްޖޭގައި ހިނގާނެބާ. ދެން ގޭންގްތަށް އުފެދޭ ވާހަކަ މިދައްކަނީ.
ރަހުމަތު ސުކިރަން
14 May 2022
ބަލަ ކޮން ފިޔަވަޅެއް އަޅާނީ. އެއީ ކުޑަ ކުދިންނެއްނު. އެހެންވީމަ އޯކޭ ވާނެއްނު
އިޙްސާސް
14 May 2022
ތިފެނުނީ އޭގެ އެންމެ ސީންއެއް. ޖެންޑާ މިނިސްޓްރީއަކީ ނިދާފައޮތްތަނެއް. ކަމެއް ފެންމަތިވީމާ ނޫނީ ކަމެއް ދަންނަބައެއް ނޫން.
ހިދާޔާ
14 May 2022
ތީ ހުސް ބޭކާރު ވާހަކަ. ގަދަމީހާ ގަދަވާނީ. ފަނޑިޔާރުންނާ މިނިސްޓަރުން މުސާރަ ނަގައިގެން ތިބޭނީ. ބުނާނީ ކުޑަކުދިންވީމަ އެހެނޭ މިހެނޭ. އެޅޭނެ ފިޔަވަޅެއް ނެތް. ކުޑަވެގެން ފިޔަވަޅު ނޭޅެންޏާ އެ ކުޑަ ކުއްޖާގެ ބައްޕަ ނޫނީ މަންމަ ޖަލުގަ ބާއްވަން ވީ ނުން ދަރިން ތަރުބިއްޔަތު ނުކުރެވުމުގެ ސަބަބުން ހިންގާ ލާއިންސާނީ ޖަރީމާ ތަކުގެ ޒިންމާ ނަގަން.
ހާއިބްރީ
14 May 2022
18 އަހަރާ އަޅުވާފަ ބައިތިއްބާ ކޮންމެފަދަ ޖަރީމާއެއް ހިންގިޔަސް. ޝަރީއާގަ އޮންނަ ގޮތަށް ބާލިޣުވެ ބުއްދި ސަލާމަތުން ހުރި ނަމަ އިތުރަށް ބެލުމެއްނެތި ޝަރީއަތް ހިންގެންޖެހޭ. ދެން ބުނޭ އިންސާނާ ހެއްދެވި ފަރާތަށްވުރެ ހުޅަނގުގެ ދޮންމީހާގެ ދިރާސާތު މާބޮޑަށް ރަނގަޅޭ އަހަރުމެންތެރޭ ހުރި މައްސަލަތަށް ހައްލުކުރަން.
އެއްޗެއް ބުނީމަ ގޯސްވާނީ ބުނާ މީހާ
14 May 2022
ތެދެއް ތިބުނީ..18 އަހަރު ވަންދެން އެއީ ކުޑަ ކުދިން ކަމުގަ އެވެރިންގެ ޤާނޫނުގަ ފާސްކޮށްފަ މުސްލިމު ޤައުމުތަކުގަވެސް އެގޮތަށް އަމަލުކުރަން މަޖުބޫރުކޮށް ޤާނޫނުތައް ހަދާފަ އެއޮންނަނީ ޅަޒުވާން ޖީލުތައް ހަލާކުކޮށްލުމުގެ މަކަރުވެރި ރޭވުމެއްގެ ދަށުން..މީގެ އެއް ހެއްކަކީ އެވެރިން ހަރުކަށިފިކުރު ނައްތާލާށޭ ކިޔައިގެން މުސްލިމު ޤައުމުތަކުގަ އެހިންގާ ކަންކަމާ ގާތަށްވެސް ކަންބޮޑުވެގެން ޑުރަގުގެ ވަބާގަ ޖެހިފަ ތިބި ޒުވާނުންގެ ތުރާލުން ސަލާމަތްކޮށްދެން ނޫޅޭކަން.
ޙަސީ
14 May 2022
ޜާއްޖޭގެ ސްކޫލުތަކުގައި ބުލީކިރުން ނޫން ކަމެއް އޮޥޭތަ؟ ގެއިންވެސް ސްކޫލުންވެސް އެންމެ ބޮޑަށް ދަސްކޮށް ދޭންވީ އިންސާނިއްޔަތުކަން ، ޢަދަބު އަޚުލާޤު، އަނެކުންނަށް ކަމޭހިތަން، ޢޯގާތެރިވާން.
979797
14 May 2022
ގާނޫނު އިސްލާހުކޮއް މިފަދަ ކުދިން ބޮޑުވުމުން ހުކުމް ތަންފީޒު ކުރަންވީ. އެހެންނޫނީ ރަނގަޅު ކުދިން ގެ ދުވަސް ދުއްވާލަނެ މި ގުރޫޕްތައް. މުސްތަގްބަލްގަ ވަޒީފާ ދޭއިރުވެސް މިކަން ރެކޯޑުން ފެންނަން ޖެހޭ.
ކަޅުބުޅާ
14 May 2022
އޮއްބާލާން އެއުޅެނީ، އަނިޔާ ލިބުނީ ނިކަމެއްޗެއްގެ ދަރިޔަކަށް. ޖެންޑާރ އިން އުޅޭނީ ބޮޑުން ފޫބުޑުން ނުނެއްޓިގެން.