ފ. ނިލަންދޫގައި ވޯޓުލުމަށް ފަހު ކަރުދާސްކޮޅު ދައްކަނީ: ވޯޓު ކަރުދާސް ފޮޓޯ ނެގުން މި އިންތިހާބުގައި އޮތީ މަނާކޮށްފައި.
14 މެއި 2022 - 11:38
މާލެ އާއި ރަށްރަށުގައި މިއަދު ކުރިއަށްދާ އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބުގެ ވޯޓުލުމުގެ ތެރެއިން ފ. ނިލަންދޫގައި ވޯޓުލުމަށް ފަހު ވޯޓް ކަރުދާސް ދައްކަން އަންގާ ކަމަށް ބުނާ މައްސަލައެއް ފެންމަތިކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު އަދި މި އިންތިހާބުގައި ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީގެ ތަރުޖަމާނު މުހައްމަދު ވަހީދު (ވައްޑެ) ޓުވީޓް ކުރެއްވި ވީޑިއޯއެއްގައި ފެންނަނީ މީހަކު ވޯޓް ކަރުދާހުގައި ފާހަގަޖެހުމަށް ފަހު، ވޯޓު ކަރުދާސްކޮޅު ފޮއްޓަށް ލާން ދަމުން ވީޑިއޯ ކުރަން ހުރި މީހާ އަށް އެ ދައްކާ ތަނެވެ.
ވައްޑެ ވިދާޅުވީ ނިލަންދޫ ވޯޓުލާ މަރުކަޒަށް ވޯޓުލާން ދާ އެންމެން ފާހަގަޖެހުމަށް ފަހު، ކަރުދާސްކޮޅު ދައްކަން އަންގާ މައްސަލައެއްގެ ޝަކުވާ ލިބިފައިވާ ކަމަށެވެ. ވޯޓު ކަރުދާސް ދައްކަން އަންގަނީ އެ މަރުކަޒުގައި ވޯޓުލުމުގެ ކަންކަން މޮނީޓާކުރަން ހުރި އޮފިޝަލެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފ. ނިލަންދޫގައި ވޯޓު ލުމަށްފަހު ވޯޓު ކަރުދާސް ދައްކަން އަންގަމުން އެބަގެންދޭ. މިއީ ޕާޓީން ނެރެފައިވާ ވޯޓުލުން ކުރިޔަށް ގެންދާނޭ ގޮތުގެ އުސޫލުތަކާ ޚިލާފު ކަމެއް. އަދި ވޯޓުން މަކަރު ހަދަން ހިންގާ ކަމެއް. @MDPSecretariat @anasabdulsattar @mimaniq53 @ali_niya pic.twitter.com/aoxMnPe2pn
— Waddey (@waddey_) May 14, 2022
"އަޅުގަނޑުމެން މިހާރު ވާނީ މި މައްސަލަ އިންތިހާބާ ބެހޭ ކޮމިޓީއަށް ހުށަހަޅާފައި،" އޭނާ ވިދާޅުވި އެވެ.
އިންތިހާބާ ގުޅިގެން އިތުރު ޝަކުވާތައް ވެސް ދަނީ ކުރަމުންނެވެ. ހުޅުމާލޭގެ ވޯޓުލުން ގާޒީ ސްކޫލްގައި ބާއްވަން ނިންމާފައި ވަނިކޮށް، އެއްވެސް އެންގުމަކާ ނުލާއި ކުއްލިއަކަށް މިއަދު ހެނދުނު ހުރަވީ ސްކޫލަށް ބަދަލުކުރި މައްސަލަ ވެސް ވަނީ ބޮޑުވެފަ އެވެ.
މިއަދު ހެނދުނު ނުވައެއް ޖެހިއިރު ފެށި އިންތިހާބުގެ ވޯޓުލުން މުޅި ރާއްޖޭގައި، ހަވީރު ހަތަރެއް ޖަހަންދެން ކުރިއަށް ގެންދާނެ އެވެ. އިންތިއާ އެކު ޗެއާޕާސަން ކަމަށް ވާދަކުރައްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އެވެ.
މި އިންތިހާބުގެ އިތުރަށް އަންހެނުންގެ ރޫހުގެ ރައީސް ކަމާއި ޒުވާނުންގެ ހިތްވަރުގެ ރައީސަކު ވެސް މިއަދު ހޮވާނެ އެވެ. މި މަގާމުތަކުގެ ތެރެއިން އަންހެނުންގެ ރޫހަށް މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމާ ވާދަކުރައްވަނީ ސަފާތު އަހްމަދެވެ. ޒުވާނުންގެ ހިތްވަރުގެ ރައީސް ކަމަށް ވާދަކުރައްވަނީ މުހައްމަދު އަންސަރާއި ރިފްގާ ޝިހާމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަސަން ކުރުސީ
14 May 2022
ޤައިމު ޑިމޮކްރެޓިކް ހަމަތަކާއި ރިވެތި މިސާލާއެކު ވޯޓުލާ ހަމައެކަނި ޕާޓީޔޯ މިއީ؟
ޣަމަސް
14 May 2022
މީހަކު އޭނާ ވޯޓު ކަރުދާސް ދެއްކުމަކީ އެމީހެއްގެ މައްސަލައެއް.. ވީޑިއޯއިން ފެންނަނީ އެންމެ މީހެއް… އެހެންވީމަ އޮފިޝަލު ގޯހެއްނުވޭ
އަބްދުއް
14 May 2022
ވައްޑެއަށް ނޭގުނަސް އެކަން (ވިޑިއޯ) ކޮއްފަވަނީ ނިލަންދޫގަހުރި އިންތިގެ މަން ދޫބް އެހެން ވީމާ މިކަމަކީ ފައްޔާޒް އައް ނިލަންދޫގަ ވޯޓްލާ މީހުންގެ ބޮޑު % ވޯޓުންލިބޭތީ އެކަންކަން ގަޑުބަޑުކުރަން ފޮނުވިސޮރު ކޮއްފަވާކަމެށްކަން!ހެހެހެ ތިއޮއްތީ ވާ އަންނި ފެކްސަނެށް.
ޖުލައި
14 May 2022
އިންތި ބަލިވަނީބާ
ސޮއިބޮ
14 May 2022
ނިލަންދޫގަ އެމްޑީޕީ ރަޖިސްޓްރީގަ 3 މީހުން ހަމަވިއަސް ނަސީބު.
މުހައްމަދު އަހްމަދު
14 May 2022
ނިލަންދޫއަކު ނުވެސް އޮންނާނެ ތިޔަ ބުނާ ވަރުގެ ކީއްކުރަން، ކުޑަވެސް ތާއީދެއް އެމްޑީޕީއަކަށް. އެކަން އެނގޭނެ އެންމެ ބޮޑު ހެއްކަކީ، ނިމިޔަ މަޖިލިސް އިންތިޚާބުގައި އެމްޑީޕީން ވާދަނުކުރާ ހަމައެކަނި ދާއިރާ އެއީ
ވެނީލާ
14 May 2022
މޯލްޑިވިއަން ޑިމޮކްރަޓިން ކަމުންގޮސް ހައްދު ފަހަނައަޅާފައިވާ ޕާރޓީ. ދެޓް އިސް ދަ ރީޒަން މޯސްޓް އޮފް ދަ މޯލްޑިވިއަންސް ލަވް ދިސް ޕާރޓީ. ޕަކާސް.
ޑްރާމާކުޅެންފެށީ.
14 May 2022
އިންތި ބަލިވާނެކަން ޔަގީންވާތީވެ، ބަލިވީމަ މައްސަލަ ޖައްސަން ސްޓަންޓުތައް ޖައްސަނީ. ދެން ނަތީޖާ ނެރެން ފެށީމަ ގޮވަން ފަށާނެ އޮޅުވާލީޔޭ، އެތައް ހާސް ޝަކުވާއެއް ލިބިއްޖެޔޭ، ޕާރޓީގެ ދަފުތަރުގަ ނެތް މީހުން ވޯޓުލިއްޔޭ. ނަތީޖާ ގަބޫލެއް ނުކުރަމޭ.
ބިލް ކުލިންޓަން
14 May 2022
ތީ މަށަށްވެސް ގަބޫލުކުރެވޭގޮތް.
ލޭމް
14 May 2022
ކުޅެފައިން ޑްރާމާއަކާ ބޮޑަށް ވަައްތަރީ
ރަދީފު ބިން ރަފައިދާ
14 May 2022
ހާދަނުލަފާވީމައޭ ވޯޓުކަރުދާސް ދައްކާނީ.
އަބްދު
14 May 2022
އެނުލަފާ ކަންދެއްކީ އެތާގަ ހަޅުތާލުހެދި އަންނި ފެކުސަނުގެ މަންދޫބު ގަވައިދާ ޚިލާފައް އެތެރޭގައި ފޮޓޯނަގާ ވީޑިއޯ ކުރަންފެށުމުން އެހެންވީމާ ކޮބައިތޯ ނުލަފާ މީހުންނަކީ
ބުރޯގެ
14 May 2022
ބުރޯގެ ބާރު ހާދަހައި ގަދައޭ ދޯ