ހުޅުމާލެ ނިރޮޅުމަގުގައި ހުންނަ ޕާކިން ސިސްޓަމްގައި މީހެއްގެ ކާރެށް ޕާކްކޮށްފައި-- ފޮޓޯ: ފަޔާޒު މޫސާ / މިހާރު
17 މެއި 2022 - 06:45
ހުޅުމާލޭގައި ބޭނުންނުކޮށް ހުރި މެކޭނިކަލް ޕާކިން ސިސްޓަމްތައް އަލުން މަރާމާތުކޮށް، އެތަންތަން ބޭނުންކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއްޔެ ބުނެފި އެވެ.
ދުއްވާ އެއްޗެހި ގިނަވެ، ޕާކްކުރާނެ ޖާގަ ނެތުމުން އެކަމަށް ހައްލެއް ގެނައުމަށް މާލެ އާއި ހުޅުމާލޭގައި މެކޭނިކަލް ޕާކިން ސިސްޓަމްތަކެއް ހެދީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. އެކަމަކު ބޭނުންނުކޮށް ހުރުމުން ޕާކިން ސިސްޓަމްތައް ދަބަރަށްވީ އެވެ.
ހުޅުމާލޭގައި ހުރި ތަންތަން ހުރީ މަސައްކަތް އެއްކޮށް ނުނިމި ބަހައްޓައިފަ އެވެ. މަސައްކަތް ނުކޮށް ގިނަ ދުވަސްވުމުގެ ސަބަބުން ޗޭނުތައް ކަނޑައިގެން ގޮސް، ބައެއް ސިސްޓަމުތަކުގައި ދަބަރު ޖަަހައި ކަރަންޓު ސާމަނަށް ވެސް ގެއްލުންވެފައި ވަނިކޮށް އަލުން އެ ސިސްޓަމްތައް ހެދުމުގެ މަަސައްކަތް އަންނަނީ ކުރަމުންނެވެ.
އެޗްޑީސީގެ މީޑިއާ އޮފިޝަލަކު، "މިހާރު" އަށް ވިދާޅުވި ގޮތުގައި ހުޅުމާލޭގެ އެކި ތަންތަނުގައި ހަދާފައިވާ ޕާކިން ސިސްޓަމްތަކުގެ މަސައްކަތް އަލުން ފަށައިގެން ކުރިއަށް ގެންދަނީ އެތަންތަން އަލުން ބޭނުންކުރުމަށެވެ.
އޮފިޝަލް ވިދާޅުވީ އެ ޕްރޮޖެކްޓްގެ ދަށުން، އާރުސީސީން ހަދަމުން އަންނަ މިސްކިތް ކައިރީގައި ހުރި ޕާކިން ސިސްޓަމް އެހެން ތަނަކަށް ބަދަލުކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދާ ކަމަށެވެ. އެ ޕާކިން ސިސްޓަމް ބަދަލުކުރަނީ އެތަނާ މާދުރު ނޫން ހިސާބަކަށް ނަމަވެސް ބަދަލުކުރާ ސަބަބު ސާފެއް ނުވެ އެވެެ.
ހުޅުމާލޭގައި ގާއިމުކުރި މެކޭނިކަލް ޕާކިން ސިސްޓަމެއްގެ މަސައްކަތް ކުރަނީ.
އެ ޕާކިން ސިސްޓަމްތައް އަލުން ބޭނުންކުރުމަށް މަސައްކަތް ފަށާފައި ވަނީ ހުޅުމާލޭގެ އާބާދީގެ ބޮޑުވެ ވެހިކަލްތައް ޕާކުކުރުމުގެ ދަތިތަކާ ވެސް ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއްގަ އެވެ.
"ހުޅުމާލޭގެ އެކި ތަންތަނުގައި ހުރި ޕާކިން ސިސްޓަމްތަކުގެ މަސައްކަތް ފަށައިގެން ކުރިއަށް އެބަދޭ. މި ތަންތަނުގެ އަލުން ބޭނުންކުރަން ފެށުމުން ޕާކިން މައްސަލަައަށް ލުޔެއް ލިބޭނެ،" އޮފިޝަލް ވިދާޅުވި އެވެ.
ހުޅުމާލޭގައި އިމާރާތްކޮށްފައި މެކޭނިކަލް ޕާކިން ސިސްޓަމެއް-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ކުރިން ވިދާޅުވެފައިވާ ގޮތުގައި ހުޅުމާލޭގެ ޕާކިން ސިސްޓަމުތަކުގެ މަސައްކަތް ނުނިމި އޮތީ އޭރު އެ ކުންފުންޏަށް ދިމާވި މާލީ ދަތިތަކުގެ ސަބަބުން މަސައްކަތް ހަވާލުކުރި ފަރާތަށް ފައިސާ ނުދެއްކި އޮތުމުންނެވެ. އެކަމަަކު ބައިބަޔަށް ބަހާލައިގެން އެ ފައިސާ ދައްކަމުންދާ ކަމަށް މިދިޔަ އަހަރު އޭނާ ވިދާޅުވި އެވެ.
ބެެލެވޭ ގޮތުގައި އެ މަސައްކަތް އަލުން ފަށާފައި މިވަނީ އެ ފައިސާ ދެއްކުމުންނެވެ.
ހުޅުމާލޭގައި ގާއިމުކުރި ޕާކިން ސިސްޓަމުތަކުގައި 200 އަށް ވުރެ ގިނަ ކާރު ޕާކުކުރެވޭނެ އެވެ.
މުޅި މާލެއަށް ދިމާވެފައިވާ ޕާކިން މައްސަލަ ހައްލުކުރަން އޭރު ފެށި އެ މަޝްރޫއުއަށް 58 މިލިއަން ރުފިޔާ ހަރަދުވާނެ ކަަމަށް ސަރުކާރުން ބުނެފައިވެ އެވެ.
ސިނަމާލޭ ބްރިޖް ބޭނުންކުރަން ފެށި ފަހުން ހުޅުމާލެ އަށް ދަތުރުކުރާ މީހުންގެ އަދަދު އިތުރުވެ ޕާކިންގެ މައްސަަލަ ވަނީ އިތުރަށް ބޮޑުވެފަ އެވެ. އެޗްޑީސީން އަންނަނީ ޕާކިން ބިލްޑިންގެއް އަޅައި އެ މައްސަަލަ ހައްލުކުރުމަށް ވެސް މަސައްކަތް ކުރަމުންނެެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދުބޭ
17 May 2022
އަދި ނުވޭ ތިކަމާ އުޅޭކަށް އަދި ބޮލަކަށް ނުވެއްޓެ އެއްނު، ކީކޭދެން ބުނާނީ ތަނުގައި ހުރި އެއްޗެއްގައި ދަބަރު ޖެހިމަކާނޫން ދޯ އުޅެންވީކީ؟ މިއީ ކޮންފަދަ ބޮޑެތި ގެއްލުންތޯ ތިކަންކަމަށް އިހުމާލްވި ފަރާތްތަކަށް ފިޔަވަޅު އެޅެންވާނެ،
ޖަމީލުބެ
17 May 2022
ތިތަން މަރާމާތުކުރުމުގެ ކުރިން، ތިތަން ހަލާކުވަން ދޫކޮއްލިމީހުން ހޯދާ، އެމީހުންގެ ފައިސާއިން ތިތަން މަރާމާތުކުރަންޖެހޭނީ. ތިފަދަ ގެއްލުންތަކުގެ ބަދަލު ސަރުކާރުން އުފުލުމަކީ ދެކޮޅުޖެހޭކަމެއް ނޫން!
ވަހުސީ
17 May 2022
2023 ތައްޔާރުވަނީ ދޯ މިއޮއް ހުރިހައިދުވަހުވެސް އެތަން ހުރި
ބޮޑުމީހާ
17 May 2022
ތި ޔާމިނު ހެދި ތަނެއް ހެޔޮނުވާނެ ތިތަނާ ގާތްވާން. ވޯޓްކައިރިވާވަރކަށް ހިޔާ ފްލެޓާއި ޕާކިންގތަކާއި ރަންވޭތައް އޮޕަރޭޓްކުރަން އުޅޭހެންހީވޭ. އެކަމަކު މިސަރުކާރުގަ ނެތް އެ ފެންވަރެއް
އަހުމަދުބެ
17 May 2022
ހުޅުމާލެ ޕްލޭންކުރިއިރު ޕާރކިންއަށް އެކަށީގެންވާ ސްޕޭސް ނެތީ. އެޗްޑީސީ ތިގެންގުޅޭ ތޮއްޖައްސައިގެން ބޮޑު ނަފާހޯދުމުގެ ވިސްނުމާހެދި މިތަން ހަލާކުވަނީ.
އަނެއްކާ
17 May 2022
ތިއީ ރާއްޖެއަށް ކސމުދާކަމެއްނޫން.
ށަވިޔަނި
17 May 2022
ބޭކާރު ކަމެއް ތިތަންތަން ނަގާފަ ޕާކިންގ ބިލްޑިންގްތައް އަޅަންވީ.
ފޫހި
17 May 2022
ތިޔަތަންތަން ހަދާފަ ތަންކޮޅެއް ހެޔޮއަގުގަެި ދީބަލަ
ކޮވެލި
17 May 2022
ކޮންމެވެސް ބަޔަކަށް ފައިސާ ގަނޑެއް ދޭންވެގެން ކުރާ ބޭކާރު ކަމެއް. ޕާކިން މެނެޖް ކުރާނެ ގޮތުގެ ޕްލޭނެއް ނެތި ކިހިނެއް ތިކަން ޙައްލު ކުރާނީ.
އަހުމަދުއަލޯ
17 May 2022
ތިކިޔޭ އެއްޗެއް އެބަ އެނގޭތަ؟ ޕާކިން މެނޭޖުކުރުމުގެ ޕްލޭނުގެ ބައެއް ސިސްޓަމްތަށް ރިޕެއަރކޮށް ބޭނުންކުރަން ފެއްޓުން.
ބޮޑުމީހ
17 May 2022
4 އަހަރުވީއިރު ކަމެއް ނުވި ބަޔަކަށް އިތުރު ކަމެއް ވާނެކަމަށް އުއްމީދުކޮށްގެން ނުވާނެ. ސްލޯ ސަރުކާރެއް މަތިބަރު ސަރުކާރެއް އެއްވެސް އަމާޒެއް ނެތް ސަރުކާރެއް