17 މެއި 2022 - 14:01
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ދިން ބޮމުގެ ހަމަލާގެ ހަގީގަތް ފޮރުވުމަށް ސަރުކާރަށް ވާގިވެރިވާ ކަމަށް ބުނެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސެއިން) އަށް ނަޝީދު ކުރެއްވި ތުހުމަތާ ގުޅިގެން އެ މަނިކުފާނަށް ފިޔަވަޅު އަޅައިދޭން އެދި ހުށަހެޅުއްވި މައްސަލަ މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީން މިއަދު ބަލައިގެންފި އެވެ.
އިމްތިޔާޒު އަދި ސުލޫކު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އެ މައްސަލަ ބަލައިގަތުމަށް ހުށަހެޅުއްވީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) އެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ މަޑުއްވަރީ ދާއިރާގެ މެންބަރު އަދި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފެވެ.
ނަޝީދުގެ މައްސަލަ ބެލުމަށް ފާސްވީ ކޮމިޓީގެ ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަހަތްޕުޅުގައި ހުންނެވި ހުސައިން ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވީ، އޭނާގެ މައްޗަށް ނަޝީދު ކުރެއްވި ތުހުމަތުތަކަކީ އިމްތިޔާޒު ލިބިވަޑައިގަންނަވާ ވާހަކަތަކެއް ނޫން ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސަކީ ވެސް ގާނޫނުއަސާސީ އާއި ކަމާބެހޭ ގާނޫނުތަކުގެ ހުދޫދުގެ ތެރޭގައި އަމަލު ކުރައްވަން ޖެހޭނެ ބޭފުޅެއް ކަމަށް ހުސައިންގެ މައްސަލައިގައި ވެ އެވެ.
ނަޝީދަށް ދިން ހަމަލައިގެ މައްސަލަ ކަމާގުޅޭ އިދާރާތަކުން ބަލަމުންދާއިރު، އެއްވެސް އަސާސެއް ނެތި މަޖިލީހުގެ މެންބަރަކަށް އަމާޒުކޮށް، އެ ހަމަލާގައި ބައިވެރިވި ކަމަށް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަކީ އޭނާގެ އިމްތިޔާޒުތަކާއި ހައްގުތަކަށް އުނިކަން އަންނަ ގޮތަށް ކުރެއްވި ހަގީގަތެއް ނެތް ތުހުމަތުތަކެއް ކަމަށް ހުސައިން ވިދާޅުވި އެވެ.
އެހެންވެ، އެ ތުހުމަތުތަކުގެ ހަގީގަތް ބަލައި ގަވާއިދުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅެއް އަޅައި ދިނުމަށް ހުސައިން އެދިވަޑައިގަތެވެ.
މޭ 6 ގެ ހަމަލައާ ގުޅުވައިގެން، ހުސައިންގެ ލޭ ހޭކިފައިވާ ކަމަށް ނަޝީދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިދާރީ ބައެއް މުއައްޒަފުންނާއި މަޖިލިސް މެމްބަރުން ގުޅިގެން ހަދާފައިވާ ވަޓްސެޕް ގްރޫޕެއްގަ އެވެ. ހުސައިން ވަނީ އެ ވަޓްސެޕް ގްރޫޕަށް އެ ދުވަހު ނަޝީދު ފޮނުއްވި މެސެޖުތަކުގެ ކޮޕީ ދިނުމަށް އެދިވަޑައިގެންފަ އެވެ. އަދި އެ މެސެޖުތައް ކަމާބެހޭ މުއައްސަސާތަކަށް ހުށަހެޅުއްވާނެ ކަމަށް ވެސް ހުސެއިން ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިއްޔެމިއަދު
18 May 2022
އަންނި އިއްޔެ ބުނި ވާހަކައެއް މިއަދު އޮންނާނީ އެކްސްޕަޔަރވެފައި. އެއީ ފުހެވުނު އެއްޗަކަށްވެފައި. ކެމްޕޭނަށް އެ ދެއްކިހާ ވާހަކަތަކާ އޭގެ ފަހުން ކަންކަން ވީގޮތަށް ބަލާއިރު އަނދުން އަތުގަ ލޭހޭކުނީތީ އެކަމަށްވެސް މަރުހަބާކިޔަންވެފަ އޮވެދާނެ. އެކަމު އަމިއްލަ ކަމެއްވީތީ ތިކަން ފަހަރެއްގަ ސީރިއަސްވެދާނެ. މޑޕގެ އެއްފަޅިން ހިންގާ ކޮރަޕްޝަނާ ކުރާ ވައްކަމުގެ ވާހަކަ ކެމްޕޭނަކަށް ދައްކާފަ އެކަންކަން ނުބަލާ އޮއްބާލާ ވަރިހަމަކޮށްލާ ޒާތުގެ ޕާޓީއެއް އެމްޑީޕީއަކީ.
އަހުމަދު.
18 May 2022
ނަސިދަށް މިހާރު ދެއްކޭ ނުދެއްކޭ ވާހަކައެއް ނޭނެގެނީ ތޯއްޗެ.
އަސްލު...
17 May 2022
ބޭނުންއެއްޗެއް ބޭނުންމީހަކަށް ހިތަށް އެރިކޮންމެ އެއްޗެއް ބުނުމުގެ ފުރުސަތު އެކަކަށްވެސް އޮވެގެން ދެވިގެން ނުވާނެ، އަޅުގަނޑުގެ ނަޒަރުގަ ތިކަންނުބައްލަވައިފިނަމަ ފަހުން ދުވަހަކު ހުސެންއަށް ގެއްލުމާ ކުރިމަތިވާނެ....
ކޮރަލް
17 May 2022
އެމްޑީޕީގެ އެއްވެސް ގުނަވަނަކުން ތިޔަ މައްސަލަ އެއް ނުބަލަ އެވެ. މިއީ އެމްޑީޕީއިން ބަލަން ޖެހޭ މައްސަލަ އެކެވެ.
އަހުމަދުބޭ
17 May 2022
ތިކަން ކުރަން މާލަސްވެއްޖެ، ނަސީދަކަށްވެސް ހިތުހުރިހައި ވާހަކައެއް ދެއްކިގެންނުވާނެ
އުދުހޭ
17 May 2022
ތިރިން ތުވާލި އަނދެ މަތިން ތުވާލި ގައިގަ އޮޅާލައި ބޫޓަށް އަރައިގެން ތިބޭ ހިނދުކޮޅުގެ ވަގުތުތަކުގައި އެތެރެކޮއިލުގެ މީހުން ދައްކާ ސިއްރުވާހަކަތަކުގެ ކަންކަން އަނދުންހުސެންނަށް ކައިރިން ފެނިފައޮތުމަކީ އަންނި ޖެހިލުންވާ ސަބަބުކަމަށް ވިސްނޭ.
ސީޒަން ޖެކްޝަން
17 May 2022
މޮސްޓާމެން އާދަންމެން ކޮންމޮޔައެއްވެގެން މަތިންބައިޖެހިންގެން މިއުޅެނީ؟
ޖުއްބާ
17 May 2022
ކެނެރީގޭ ނަޝީދައް އަނދުން ހުސޭނައް ބިރުދެއްކިދާނެ. އެކަމު ދެން ނަޝީދަކައް ނުކެރޭނެ ފައްޔާޒާ ވައިއެޅެންވެސް.