ޖެންޑަރ މިނިސްޓަރ އާއިޝަތު މުޙައްމަދު ދީދީ އާއި އުރީދޫގެ އެމްޑީ ޚާލިދު އަލް އަލް ޚަމާދީ "އިސްެރަށްވެހިޕްލޭން" ތައާރަފްކުރަނީ --ފޮޓޯ:އޫރިދޫ
17 މެއި 2022 - 20:36
އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ ކޮށްގެން "އިސްރަށްވެހިޕްލޭން" ގެ ނަމުގައި 30 ޕަސެންޓްގެ ޑިސްކައުންޓާއި ހިލޭ ޑާޓާގައި ވައިބާ ބޭނުން ކުރެވޭނެ ޕޯސްޓް ޕެއިޑް ޕެކޭޖެއް އުރީދޫން މިއަދު ތައާރަފް ކޮށްފި އެވެ.
ދުނިޔޭގެ މުވާސަލަތާ ބެހޭ ދުވަހާ ގުޅުވައިގެން ތައާރަފްކުރި މި ޕެކޭޖުގެ ބޭނުމަކީ ދުވަހުގެ ޝިއާރުގައި ވާ ގޮތަށް އިސްރަށްވެހިންނަށް ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުން ކުރުމަށް ހިތްވަރު ދިނުމާއި ފާގަތި، ދުޅަހެޔޮ ދިރިއުޅުމެއް އެ މީހުންނަށް މަގުފަހިކޮށްދިނުން ކަމަށް އުރީދޫން ބުނެ އެވެ.
މި ޕެކޭޖް ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ އެވެ. އެ ހަފުލާގައި އޭނާ ވިދާޅުވީ، އުމުރުން ދުވަސްވީ މީހުން ފަސޭހަކަމާއެކު ޑިޖިޓަލް ދުނިޔޭގައި ބައިވެރިވާން އެ ޕެކޭޖުގެ ސަބަބުން މަގުފަހިވާނެ ކަމަށެވެ.
އިސްރަށްވެހިންނަށް ޙާއްޞަ!
— Ooredoo Maldives (@OoredooMaldives) May 17, 2022
60 އަހަރުން މަތީގެ ބޭފުޅުންނަށް މިހާރު ޕޯސްޓްޕެއިޑް ޕްލޭންތަކުން %30އާއި ހަމައަށް ޑިސްކައުންޓް ގެ އިތުރުން ވައިބަރ ބޭނުންކޮށްލުމަށް ހިލޭ ޑޭޓާ އަދި ކްލަބް ޕްރިމިއަރ ގޯލްޑް މެމްބަރޝިޕް.
60 (އައިޑީ ކާޑް ނަންބަރު) ޖެއްސެވުމަށްފަހު 929 އަށް SMS ކޮށްލައްވާ. pic.twitter.com/Zdh3kP0K9c
އުރީދޫ މޯލްޑިވްސްގެ އެމްޑީ އަދި ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވީ އިންޓަނެޓަކީ މިހާރު އަސާސީ ބޭނުންތަކަށް ވަރަށް މުހިންމު އެއްޗެއް ކަމަށާއި ޓެކްނޮލޮޖީ އަށް ބަރޯސާވެފައި ވަނީ ހަމައެކަނި މުވާސަލާތު ކުރުމަށް ނޫން ކަމަށެވެ.
ތަފާތު މައުލޫމާތު ހޯދުމާއި އިގްތިސާދު ކުރިއެމާއި ފުރިހަމަކަމާއެކު ސިއްހީ ހިދުމަތް ދިނުމުގައި ވެސް ޓެކްނޮލޮޖީ ވަރަށް ބޮޑު ދައުރެއް އަދާކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޓެކްނޮލޮޖީ އަށް އަންނަ ކުރިއެރުންތަކުގެ މަންފާ ހުރިހާ އުމުރެއްގެ މީހުންނަށް ވެސް ކަށަވަރު ކުރަން ޖެހޭނެކަން ފާހަގަކުރައްވައި ހާލިދު ވިދާޅުވީ، މިހާރަށް ވުރެ ބޮޑަށް ޑިޖިޓަލް ދުނިޔޭގައި އުމުރުން ދުވަސްވީ މީހުންގެ ބައިވެރިވުން އިތުރުކޮށް، އާ ފުރުސަތުތަކާ ގުޅައިލާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި އިސްރަށްވެހިންގެ ދިރިއުޅުން މުއްސަނދި ކުރުމުގައި އެ ކުންފުނިން ދެމިތިބޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
މި ޕެކޭޖް ހާއްސަ ކޮށްފައި ވަނީ އުމުރުން 60 އަހަރުން މަތީގެ މީހުންނަށެވެ. އަދި ޕެކޭޖާއެކު ލިބޭ 30 ޕަސެންޓްގެ ޑިސްކައުންޓާއި ވައިބާ އަށް ހާއްސަ ހިލޭ ޑާޓާގެ ހިދުމަތުގެ އިތުރުން ޕެކޭޖު ނަގާ ކަސްޓަމަރުންނަށް ކްލަބް ޕްރިމިއާ ގޯލްޑް މެމްބަ ޝިޕާ އެކު ރާއްޖެއާއި ރާއްޖެ އިން ބޭރުގެ މަގުބޫލު ބްރޭންޑްތަކާއި ވިޔަފާރިތަކުން ހާއްސަ އޮފާތައް ވެސް ލިބޭނެ އެވެ.
Technology has transformed our lives connecting us to new opportunities, improving our health & overall quality of life. Today as we mark #WorldTelecommunicationDay, we reaffirm our commitment to our ongoing efforts to ensure that all ages are included and benefit through digital pic.twitter.com/MQRlX9NTi5
— Ooredoo Maldives (@OoredooMaldives) May 17, 2022
އިސްރަށްވެހިންގެ ޖިސްމާނީ، އިޖްތިމާއީ އަދި ނަފްސާނީ ދުޅަހެޔޮކަން ހޯދައި ދިނުމުގެ ގޮތުން އުރީދޫން ރާއްޖޭގެ އެކި ރަށްރަށުގައި ޑިޖިޓަލް ލިޓްރަސީ ޕްރޮގްރާމްތަކާއި ހޭލުންތެރިކުރުމުގެ ސެޝަންތައް މި އަހަރު ވެސް ކުރިއަށް ގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. މިއީ 2018 ވަނަ އަހަރުން ފެށިގެން އެ ކުންފުނިން ސިލްސިލާކޮށް ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރަމުން އަންނަ ކަމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
1206
18 May 2022
ދެން 60 އަހަރު ނުފުރޭ މީހަކު ނުހުންނާނެ. ނާއެހެންނަ. ބަނޑު ކެއުމަކަށް ސިމް ވިއްކާ ގައުމެއް މިއީ، ލިޔުމެއް ހާ ހިސާބުވެސް ދޭކަށް ނުޖެހޭ. ހިތާމަޔަކީ ސިޔާސަތު ކަނޑައަޅާ ފަރާތްތަކަށް ނުވިސްނޭކަށް މީހަކަށް ސިމެއް ވިއްކާ ހިސާބު އެ އުފެދެނީ ނުވަތަ އުފެދެން ފުރުސަތު ދެވެނީ ޑިޖިޓަލް ޝަޚުސަކަށް. އެއީ، އަންއަޔަޑެންޓިފަޔަބަލް ޝަޚުޞަކަށް ވެއްޖެއްޔާ ކުށް ކުރުމުގެ މަސްދަރަކަށް، ނުވަތަ އަނިޔާގެ ލިބުމުގެ މަސްދަރަކަށް އެ ވުން، ނުވުމަށް ވުރެ ގާތް.
އުފާއުފާ
18 May 2022
ސާބަހޭ އުރީދޫ! އަހަރުމެންގެ " އެންމެބޮޑު" " އެންމެފާސްޓު " " އެންމެދޮށީ " ޤައުމީ ނެޓުވޯކަށް މިވަރުކޮށްނުލެވޭ! އުރީދޫގެ އަމިއްލަ ސެޓެލައިޓު ބޭނުންކުރުމުގެހުއްދަ ދީފިނަމަ، ވަރަށްބޮޑުތަނުން އަގުހެޔޮކޮށްދޭނެކަން ކަށަވަރު. މަށްހީވަނީ އިންޓަރނެޓު ހިލޭކޮށްދޭނެހެން.