މުނިފޫހިފިލުވުން / ހޮލީވްޑް ކައިވެނި

ކޯޓްނީ ކާޑޭޝިއަން ކައިވެނިކޮށްފި

ކޯޓްނީ ކާޑޭޝިއަން އާއި އޭނާ ކައިވެނިކުރި ޓްރެވިސް ބާކާގެ ކައިވެނީގެ ފޮޓޯއެއް.

ސޯޝަލް މީޑިއާގެ މޯގުލް އާއިލާ ކާޑޭޝިއަން އާއިލާގެ ކޯޓްނީ ކާޑޭޝިއަން ކައިވެނިކޮށްފި އެވެ.

ރިއެލިޓީ ޓީވީ އިން މަގުބޫލުކަން ހޯދި އާއިލާގެ ސަޕޯޓާ އެކު "ޕޫޗް" ނަމަށް ކިޔާ ކުންފުންޏެއް ހިންގާ ކޯޓްނީ ކައިވެނިކޮށްފައި ވަނީ އޭނާ ރައްޓެހިވެގެން އުޅުނު ޓްރެވިސް ބާކާއާ އެވެ.

ލަވަކިޔުންތެރިޔާ ޓްރެވިސް އާއި ކޯޓްނީ ރައްޓެހިވެފައި ވަނީ މިދިޔަ އަހަރުގެ ތެރޭގަ އެވެ. އަދި އެއަށް ފަހު، ކައިވެނި ކުރުމަށް ޓްރެވިސް ޕްރޮޕޯސް ކޮށްފައި ވަނީ މި އަހަރުގެ ކުރީކޮޅުގަ އެވެ.

އެ ދެމީހުން އެންމެ ފުރަތަމަ ދިމާވީ ކޯޓްނީގެ ރައްޓެއްސެއްގެ ފަރާތުންނެވެ.

އެ ދެމީހުން ކައިވެނިކޮށްފައިވާއިރު، އެއީ ކޯޓްނީގެ ފުރަތަމަ ކައިވެންޏެވެ. އޭނާގެ ކުރީގެ ލޯބިވެރިޔާ ސްކޮޓް ޑިސިކްއާ އެކު އޮތް ގުޅުމަށް ތިން ކުދިން ތިބެ އެވެ.

ޓްރެވިސްގެ އެއީ ތިންވަނަ ކައިވެންޏެވެ. ކުރީގެ ކައިވެންޏަކަށް އޭނާގެ އަންހެން ދަރިއަކު ހުރެ އެވެ.

3 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 22%
icon sad icon sad 22%
icon angry icon angry 44%
icon wow icon wow 0%
icon inlove icon inlove 11%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޗީޒް

19 May 2022

ކޯޓްނީގެ ފުރަތަމަ ކައިވެނި. އޭނާ ކުރިން ކައިވެންޏެއް ނުކުރޭ.

The name is already taken The name is available. Register?

ޓްރެވިސް

19 May 2022

ހަބަރުގަ އެއޮތީވެސް ކޯޓްނީގެ ފުރަތަމަ ކައިވެނި ކަމަށް. ނޫސްވެރިން ފަހުން އެޑިޓް ކުރީތަ

The name is already taken The name is available. Register?

ޙޙ2022

19 May 2022

ކޮން ކޯޓެއްތަ... ބޮއިހަލަކި

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454