ކުމާރު 2017 ގައި "މިހާރު" އަށް އިންޓަވިއު ދެއްވަނީ -- މިހާރު ފައިލް ފޮޓޯ
19 މެއި 2022 - 14:57
އަމީނިއްޔާ ސްކޫލުގައި 20 އަހަރު ވަންދެން އިކޮނޮމިކްސް ޓީޗަރެއްގެ ގޮތުގައި ހިދުމަތްކޮށްދިން، އަދި އެތައް ދަރިވަރުންނެއްގެ ލޯބި ލިބިފައިވާ މީނަކްޝީ ސުންދަރަމް ކުމާރު ނިޔާވެއްޖެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ތައުޒިޔާގެ މެސެޖެއްގައި ބުނެފައި ވަނީ އިންޑިއާގެ ޓީޗަރު ކުމާރަކީ 2000 ވަނަ އަހަރުން 2020 ވަނަ އަހަރަށް އަމީނިއްޔާގައި ކިޔަވައިދިން ޓީޗަރެއް ކަމަށެވެ. އޭނާއަކީ ދަރިވަރުންނާއި ބެލެނިވެރިން އަދި އެ ސްކޫލުގެ ވަރަށް ގިނަ މުވައްޒަފުންގެ ވެސް ލޯބި ހޯދައިފައިވާ ޓީޗަރެއް ކަމަށް ބަޔާނުގައި ބުނެފައި ވެ އެވެ.
ކުމާރު، 2017 ގައި "މިހާރު" އަށް އިންޓަވިއު ދެއްވަނީ -- ފައިލް ފޮޓޯ
އަމީނިއްޔާ ސްކޫލުގެ ޕްރިންސިޕަލް ނާޒްލީން ވާފިރު "މިހާރު" އަށް ވިދާޅުވީ ކުމާރަކީ ވަރަށް ހަރުދަނާ، ދަރިވަރުން ބަލައިގަންނަ ޓީޗަރެއް ކަމަށެވެ. އަދި އޭނާއަކީ ދަރިވަރުންނަށް ވަރަށް ރަނގަޅު ނަތީޖާއެއް ވެސް ހޯދައިދިން ޓީޗަރެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އަމީނިއްޔާ ސްކޫލުގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރި ޓީޗަރު ކުމާރު --
އަމީނިއްޔާ ސްކޫލުގައި ކުމާރު މުޅިން ވެސް ކިޔަވައިދިނީ އިކޮނޮމިކްސް މާއްދާ އެވެ. އެކަމަކު އިތުރު ހަރަކާތްތަކުގައި ވެސް ދަރިވަރުންނާ އެކު ކުމާރު މަސައްކަތްކުރި ކަމަށް ނާޒްލީން ވިދާޅުވި އެވެ.
"ކުދިންނަށް ވަރަށް ގައިޑް ކޮށްދެއްވާނެ ޑިސިޕްލިން ވެސް،" ނާޒްލީން ވިދާޅުވި އެވެ.
އަމީނިއްޔާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރުމަށްފަހު 2020 ވަނަ އަހަރު އޭނާ ރިޓަޔާކޮށް އިންޑިއާ އަށް ބަދަލުވި އެވެ. ނާޒްލީން ވިދާޅުވި ގޮތުގައި، ކުމާރުގެ އަންހެނުން ވަރަށް ކުރިން ވަނީ މަރުވެފަ އެވެ. އަދި އޭނާ މަރުވި އިރު އަންހެން ދަރިއަކު ހުންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖެ އިން ފުރުމުގެ ތިން އަހަރު ކުރިން ކުމާރު "މިހާރު" އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވާ ގޮތުގައި އޭނާގެ ދަރިވަރުން ގައުމުގެ ޒިންމާދާރު ބައެއްގެ ގޮތުގައި ފެނުމަކީ އޭނާ އަށް ލިބުނު ވަރަށް ބޮޑު ޝަރަފެކެވެ.
އަރަބި ދެ ގައުމެއްގައި ކުރިން ކިޔަވައިދިނުމަށް ފަހު ރާއްޖެ އައި ކުމާރު ބުނެފައިވާ ގޮތުގައި ރާއްޖޭން އޭނާއަށް އެންމެ ބޮޑަށް ފާހަގަކުރެވުނީ ދަރިވަރުންގެ ލޯތްބެވެ.
"އެއް ދުވަހު އަޅުގަނޑު މަގުމަތިން ދަނިކޮށް، ކުޑަކުއްޖަކު އުރަށް ޖަހައިގެން ހުރި އަންހެން ކުއްޖަކު ސާއޭ ކިޔާފައި މަގު ހުރަސްކޮށް ދުއްވައިގެން އިރު، ކިރިޔާ މަގުމަތިން ދިޔަ ދުއްވާ އެއްޗެއްގައި ނުޖެހުނީ. އެ ކުއްޖާ އައުމުން އަޅުގަނޑު އޭނާއާ ދިމާއަށް ހަޅޭއްލަވައިގެންފިން ކީއްހޭ ތިކުރަނީ ކިޔާފައި،" ކުމާރު ބުނެފައި ވެ އެވެ.
"އެކަމަކު އެއަށް އަޅާނުލައި ވަރަށް ބޮޑަށް ހެވިފައި ހުރެގެން އެހީ ސާއޭ އަޅުގަނޑު އެނގިއްޖެހޭ."
Dharivarunge loaibaa eku umuruge bodu bai Rajjey gai
The most trusted news source in the Maldives
Mihaaru
2017 ގައި ކުމާރު "މިހާރު" އަށް ދިން އިންޓަވިއު
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔުމްނާޒ
19 May 2022
މިސަރ އަކީ އަޅުގަނޑު މަގުމަތިން ފެނިގެން އަބަދުވެސް ވާހަކަ ދައްކަން އަންނަ ޓީޗަރެއް. ވަރަށް ގިނައިން ދިމާވާނެ. ކޮންމެވެސް އެއްޗެއް ބުނެލާ، އަބަދުވެސް މަޖާ ކޮމެންޓެއް ކޮށްލާފަ ދާނީ. ‘ޔޫ އާ ގްރޮއިން ހޮރިޒެންޓަލީ..’ ވަކިވި ހަބަރު އަޑު އިވުމުން ވަރަށް ދެރަ ވެއްޖެ.
ކޯޗެކޭ
20 May 2022
ނޭނގުނޭ ތިޔަ ވިދާޅުވި ބަހުގެ މާނައެއް، ނޭނގުނޭ
ކުރުނބާ
19 May 2022
ކުމާރު ސަރ އަށް ހެޔޮރަހްމަތްލައްވާށި
ކާށި
21 May 2022
ކުރުނބާ އަށް ހެޔޮވިސްނުން ދެއްވާށި. ޢައިރު މުސްލިމަކަށް ހެޔޮރަހްމަތްލެއްވުން އެދި ދުއާ ކުރުމަކީ މުސްލިމުންނަަަށް ހުއްދަކަމެއްނޫން.
2007 ދަރިވަރު
19 May 2022
ވަރަށް ދެރަވެއްޖެ. ކުމާރު ސަރ އަކީ ވަރަށް މޮޅު، ވަރަށް އިންސްޕަޔަރިންގް ޓީޗަރެއް. ކުމާރު ސަރ ގެ ސަބަބުން އެ އަހަރު އިކޮނޮމިކްސް ކިޔެވީ ވަރަށް ޝައުގުވެރިކަމާއެކީ. މާތް ﷲ ހެޔޮ ރަހުމަތް ލައްވާށި
ރަހްމަތް
21 May 2022
ޢައިރު މުސްލިމުންނަށް ހެޔޮރަހްމަތްލެއްވުންއެދި ދުއާ ކުރުމަކީ މުސްލިމަކަށް ހުއްދަކަމެއްނޫން.
ފެންޓާސްޓިކް 4
19 May 2022
ކުމާރް ސާރ އަކީ އެއްވެސް ކުއްޖަކަށް ތަފާތު ކުރުމެއް ނެތި، ވަރަށް ކިޔަވާދޭހިތުން، އޯގާތެރިކަމާއެކު ކިޔަވައިދިން ޓީޗަރެއް. ކްލާސްރޫމް އާއި ޓިއުޝަން ކްލާސް ތަކުގައި ކިޔެވުމުގެ އިތުރުން ކިޔައިދިން ލައިފް ލެސަންސް އަދި ދިން ނަސޭހަތްތައް އަބަދުވެސް ހަނދާހުރޭ. ‘you either get through it, climb over it or go around it’. Thank you, Kumar Sir. May you rest easy and you will be remembered.