ބޯޓުން، މީހަކު ބިސް ކޭހެއް ބާލުވަނީ.-- ފައިލް ފޮޓޯ: މިހާރު
23 މެއި 2022 - 10:15
ބައެއް ފިހާރަތަކުން ކުނިވެފައި ހުރި ބިސް ވިއްކާ ކަމަށާއި އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު އިލްތިމާސްކޮށްފި އެވެ.
އެ އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނީ މާލޭގެ ފިހާރަތަކުން ވިއްކާ ބިސް ކުނިވެފައި ހުންނަ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. އަދި އެ ކަހަލަ ބިސް ބޭނުންކުރުމަކީ އާއްމު ސިއްހަތަށް ނޭދެވޭ އަސަރުކުރާ އަދި ކާބޯތަކެތީގެ ޒަރީޔާއިން ނުރައްކާތެރި ބަލިތައް ފެތުރުމުގެ ފުރުސަތު އޮތް ކަމެއް ކަމަށް ބަޔާނުގައި ބުންޏެވެ.
އެމްއެފްޑީއޭއިން ބުނީ ފިނިކޮށްފައި ހުންނަ ބިސް ރައްކާތެރިކަމާއެކު ބެހެއްޓޭނީ ގިނަ ވެގެން ތިން މަސް ދުވަހަށް ކަމަށެވެ. ފިނި ނުކުރާ ބިސް 28 ދުވަހުގެ މުއްދަތަކަށް ބެހެއްޓޭއިރު، މުއްދަތު ހަމަވާ ތާރީހަށްވުރެ އަވަހަށް ވެސް ބިސްކުނި ވުމުގެ ފުރުސަތު އޮންނާނެ ކަމަށް އެ އޮތޯރިޓީން ބުނެ އެވެ.
"މުއްދަތު ހަމަނުވި ކަމުގައި ވިޔަސް، ހުންނަންޖެހޭ ފިނި ހޫނުމިނަށް ނުބަހައްޓާ ނަމަ ބިސް ކުނިވުމުގެ ފުރުސަތު ވެސް އޮންނާނެ،" ބަޔާނުގައި ބުންޏެވެ.
"ވީމަ، ބިސް ވިއްކަން ބަހައްޓާއިރު ރައްކާކުރުމަށް ކަނޑައަޅާފައިވާ ފިނިހޫނުމިން ކޮންޓްރޯލްކޮށް، މުއްދަތު ހަމަވާ ތާރީހު އެނގޭގޮތަށް ބިސް ވިއްކަން ބެހެއްޓުމަށް އަންގަމެވެ. އަދި ބިސް ގަންނަ ފަރާތްތަކުން މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކުރަމެވެ،"
ރޯދަ މަހަށް ފަހު ކޮންމެ އަހަރަކުހެން ވެސް ދުވަސްތަކެއް ވަންދެން ކުނި ބިސް ވިއްކާ ކަމުގެ ޝަކުވާތައް އޮވެ އެވެ. ރޯދަ މަހަށް ރާއްޖެ އަށް ވަރަށް ގިނަ އަދަދަކަށް ބިސް އެތެރެކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސައިއްޓެ
23 May 2022
މިހެންވީމަ އިންޑިއާއިން ގެންނަ ބިހަށް ވުރެ ރަނގަޅު ބިސް ގެންނަންވީ. އިންޑިޔާއިން ބިސް ފޮނުވާ ސަޕްލަޔަރުގެ މައްސަލައެއް މީގަ އޮތްތޯ ވެސް ތަހުގީގު ކުރަންޖެހޭ. ރާއްޖެ ގެންނަ 4 ބިހުން 3 ބިސް ކުނިތޯ ވެސް ބަލަން ފެނޭ.
ވިސްނާށޭ
24 May 2022
ތީގަ ބޮޑަށް ވައްތަރީ ރާއްޖޭގައި ތިވިއްކާމީހުން ރަގަޅުބިސް އިންޑިޔާއިންގެނެސްފައި ހުއްޓަސް އެތައް ދުވަހެއްވަންދެން ހޫނުގައި ބަހައްޓާ ބިސް ކުނިވީމަވެސް ވިއްކާކަން. ތިމާމެންނަށްް ދިމާވާ މައްސަލަ އެހެންމީހުންގެ ބޮލަށް ޖެހުމަކީ ބައެއް އިންސާނުންގެ އާދައެއް. ބިހުގައި ތާރީޚުޖެހުން މުހިއްމު.
ޢެޑްމުންޑޯ
23 May 2022
މީ ވަރަށް މަޖާ ގައުމެއް !!! ކުނިބިސް ވިއްކުމަކީވެސް ހުއްދަ ކަމެއް ! ޑްރަގު ވިއްކުމަކީވެސް ހުއްދަކަމެއް ! ޒަހަރު ވިއކިއަސް އޯކޭ ، ސަރުކާރުން މިއަންގަނީ ގަންނަމީހުން ސަމާލުވުމަށް ، ވިއްކުމަކީ މައްސަލައެއްނޫންކަނަށް !!!
އައްލާ
23 May 2022
ދެން ފުޑްއެންޑް ޑްރަގް އޮތީރިޓީ މީ ކިއްކުރާތަނެއް. ކޮންމެ މަހަކު ބަރާބަރަށް މުސާރަޔާ އޯވަޓައިމް ނަގައިގެން ކުރާކަމެއް ހަރާމް. ކުނިބިސް، ކުނިމަސް ވިއްކިޔަސް އެކަން ހުއްޓުވާ މީހަކު ނޫޅެ.
މިސްޓަރ ޓިނޭ
23 May 2022
ތިޔަކަމަކީ އާންމު ކަމެއް، ބިސްކޭހުގަ އެކްސްޕައިރީ ޑޭޓެެއް ޖަހާފައިނދޭ، އެކަމު އެޔަކާ އެތެރޭގައި ހުންނަ ބިހަކާ ވާކަމެއް ހަރާމް، އެކަން ބަލާނެ ބަޔަކު ނެތް، ވިޔަފާރިވެރިން ގެނެސްގެން އުޅޭ ކޯލިޝަން ގައި، ރައްޔިތުންނަށް ކުނިބިސް، މަހުޖަނުން އަތުން ސަރުކާރަށް ލިބެންޖެހޭ ފައިސާ ކޮޅުވެސް ބަލަނީ ކުޑަ ކުރެވޭތޯ
ބުރުސޫރަރީތިތުއްތުމަނިކު
23 May 2022
ސަމާލުވެގެން އަބަދުވެސް މިތިބެނީ. އެކަމަކު ވިޔަފާރިވެރިޔާ ބެނުންގޮތަކަށް ބޭނުން އަގަކަށް ވިއްކަނީ. ބައެއްކަހަލަ ތަރުކާރީ މޭވާަތަށް ގަނެގެން ގެއަށް ގެނެސްބަލާލާއިރު ފީވެފަ ކުނިވެފަ ހަލާކުވެފަ. ދާނީ ކޮންތަނަކަށް. ބޮޑުވިޔަފާރިވެރިޔާއަށް ކުލިކުޑަކޮށްދީފަ މެދުފަނތީގެމީހުން ބެނުން ގޮތަކަށް ކުޑަވިޔަފާރިވެރިޔާ ގަންނަންދާމީހާ ފޭރެނީ. ބޮޑުއެތި ކުޑައެތި ކާލާއުސޫލު.
ސިންގާ
23 May 2022
ފިހާރަތަކުން ކުނިބިސް..ރަށުތެރެއިން ކެނަބިސް.ގޯސްގޯހެއް ނޫން.
ގެދޮރު ނެތް މާލޭމީހާ
23 May 2022
ފިހާރަތަކުން ކުނިބިސް ކޭސް ނުވިއްކާ އިރެއް ދިޔަތޯ? ނޭނގޭތީ ހަމަ އަހާލީ
ނޯމީސާ
23 May 2022
މި ރޯދަ މަހު ގަތް ބިސް ކޭހުގައި ގިނައީ ކުނި ބިސް އެ ބިސްތައް ބޭނުންނުކުރެވިގެން ކަންމަތީ ފިހާރައިން ގަތީމަ ވެސް ކުނި ބިސްތައް ލައްވާލީ
ނިކަމެތިރައްޔިތުމީހާ
23 May 2022
ތިޔަށް ވުރެ ކުރިން ތި އެމް އެފް ޑީ އުވާލާ! ތީ ބޭކާރު ތަނެއް! އަހަރަމެން ވެސް ތި ޒާތުގެ އާރުނެތް ބަޔާނެއް ނެރެލާނަން! ތި ތަނަކީ ގާނޫނެއް ގަވާއިދެއް ތަބްފީޒު ކުރެވޭ ބަޔެއް ނަމަ އެއްވެސް ފިހާރައަކށް ވަދެ އެތަންތަން ޖޫރިމަނާ ނުވަތަ ބަންދު ކުރާނެ! ފިހާރަތަކުގަ ހުންނަ ބިހެއްގެ އަތް ލުމެކޭ އޫރެއްގަ އަތްލުމެކޭ ތަފާތެއް ނެތް! އެހާ ވެސް މުޑުދާރު. އަނެއްކާ ސައުވީސް ބިހުން ހައެއްކަ ބިސް ވެސް ކަމަކު ނުދޭ!
އިޙްސާސް
23 May 2022
މަމަ ހުޅުމާލޭގައި ހުރި ރެޑްވޭވް މެގަ މޯލް އިން ގަނެގެން ގެންދިޔަ ބިސް ޓުރޭއަކުން ރަނގަޅީ އެންމެ 6 އެއްކަ ބިސް. މިދެން ކިހާ ދެރަކަމެއް.