25 މެއި 2022 - 13:50
ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް މިހާރު ކުރަމުންދާ ހަނގުރާމައާ ބެހޭ ގޮތުން ރަޝިޔާގެ އިސް ވެރިއަކާ އެކުގައި އެއްވެސް މަޝްވަރާއެއް ކުރައްވާ ނަމަ ކުރައްވާނީ، ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިންއާ އެކުގައި އެކަނި ކަމަށް ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ އިއްޔެ ވިދާޅުވެއްޖެ އެވެ.
ސްވިޒަލޭންޑްގެ ޑާވޯސްގައި މިހާރު ކުރިއަށްދާ ވޯލްޑް އިކޮނޮމިކް ފޯރަމްގައި، އޮންލައިންކޮށް ބައިވެރިވެވަޑައިގެން އިއްޔެ ދެއްވި ތަގުރީރުގައި ޒެލެންސްކީ ވިދާޅުވީ ހަނގުރާމަ ހުއްޓުމާ ބެހޭ ގޮތުން ރަޝިޔާ ސަރުކާރުގެ އެއްވެސް މަންދޫބަކާ އެކުގައި މަޝްވަރާ ނުކުރައްވާނެ ކަމަށެވެ. އަދި މެދުވެރިއަކު ބޭނުންކުރައްވައިގެން ޕުޓިންއާ އެކުގައި މަޝްވަރާއެއް ނުކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޒެލެންސްކީ ވިދާޅުވީ މިހާރު ހިނގަމުންދާ ހަނގުރާމައިގެ ހަގީގަތް، ރަޝިޔާގެ ރައީސް ޕުޓިން އަށް އެއްވެސް ވަރަކަށް ފަހުމްވާ ނަމަ، މި ހަނގުރާމަ އަށް ސުލްހަވެރި ހައްލެއް ހޯދުމަކީ އުނދަގޫ ކަމެއް ނޫން ކަމަށެވެ. އަދި ރަޝިޔާ ސިފައިން މިހާރު ވެސް ޔޫކްރޭންގެ ބައެއް ބިންތައް ހިފާފައިވާއިރު، އެ ހުރިހާ ބިމެއް އަލުން އަނބުރާ ޔޫކްރޭންގެ ބާރުގެ ދަށަށް ގެނެވެންދެން، ޔޫކްރޭންގެ ސިފައިން ހަނގުރާމަ ކުރަމުން ދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހަނގުރާމަ ހުއްޓައިލުމުގެ މަޝްވަރާތައް ކުރަން ބޭނުން ނަމަ، ރައީސް ޕުޓިން ފުރަތަމަ ކުރައްވަން ޖެހޭނެ ކަމެއް ކަމަށް، ރައީސް ޒެލެންސްކީ ވިދާޅުވީ، ފެބްރުއަރީ 24 ވަނަ ދުވަހު ހަނގުރާމަ ފެށިއިރު ރަޝިޔާ ސިފައިން ތިބި ހިސާބަށް، ރަޝިޔާ ސިފައިން ފަހަތަށް ޖެއްސުމެވެ. ހަނގުރާމަ ފެށުމަށް ފަހު ރަޝިޔާ އިން ޔޫކްރޭނާ އެކުގައި މަޝްވަރާތަކެއް ފެށީ، ހަނގުރާމަ ހުއްޓައިލަން ނޫން ކަމަށާއި، އެއީ ހަމަލާތައް އިތުރަށް ވަރުގަދަކުރުމަށް ވަގުތު ހޯދުމަށް ފެށި ކަމެއް ކަމަށް ވެސް ޒެލެންސްކީ ވިދާޅުވި އެވެ.
މީގެ އިތުރުން ގައުމާ މުޚާތަބު ކުރައްވައި ރޭ ދެއްވި ވީޑީއޯ މެސެޖެއްގައި ޒެލެންސްކީ ވިދާޅުވީ ރަޝިޔާ ސިފައިންނަށް ލިބިގެންވާ އަސްކަރީ ހުރިހާ ގާބިލުކަމެއް، ޔޫކްރޭންގެ އިރުމަތީ ދޮންބާސް ސަރަހައްދު ހިފުމަށްޓަކައި މިހާރު ބޭނުން ކުރަމުންދާ ކަމަށެވެ. އަދި ދޮންބާސް ސަރަހައްދުގައި ރަޝިޔާ ސިފައިން ހަމަލާ ދެމުން ދަނީ، ތަސައްވަރު ކޮށްލަން ވެސް ދަތި ގޮތަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޔޫކްރޭން ސިފައިންގެ ދިފާއީ ހަމަލާތަކުގެ ކުރިމަތީގައި، ކުރިއެރުންތައް ނުލިބޭތީ، ރަޝިޔާ ސިފައިންގެ ކިބައިގައި ހުރި ހުރިހާ ބާރެއް ބޭނުންކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ ގޮތުން ދޮންބާސް ސަރަހައްދުގެ އެންމެ ބޮޑު ހަތަރު ސަހަރަށް ރަޝިޔާ ސިފައިންގެ މިސައިލާއި ބޮންތައް އޮއްސަމުން ދަނީ އެއްވެސް ބެލުމެއް ނެތި ކަމަށް ޒެލެންސްކީ ވިދާޅުވި އެވެ.
އެ ހަތަރު ސަހަރަކީ، ޔޫކްރޭން ސިފައިން އެންމެ ވަރުގަދަ އަށް ރައްދު ހަމަލާތައް ދެމުންދާ، ލީމާން އާއި ޕޮޕަސްނާ އާއި ސީވިއެރްޑޮނެޓްސް އަދި ސްލަވިއަންސްކް އެވެ. މިހާރު ވެސް ޔޫކްރޭންގެ ބައެއް ބިންތައް ރަޝިޔާ ސިފައިންގެ ބާރުގެ ދަށަށް ގެންގޮސްފައިވާ އިރު، އެ ބިންތައް މިނިވަންކުރުމަށްޓަކައި ބައިނަލްއަގްވާމީ މުޖްތަމައުގެ އެހީތެރިކަން ބޭނުންވެ އެވެ.
އެ ގޮތުން، ޒެލެންސްކީ ވިދާޅުވީ ދާއިމީ ގޮތެއްގައި ޔޫކްރޭނަށް އަސްކަރީ ހަތިޔާރު ލިބޭނެ ގޮތް ވެގެން ނޫނީ، ރަޝިޔާގެ އުދުވާނީ އަމަލުތަކުގެ ކުރިމަތީގައި ޔޫކްރޭންގެ މިނިވަންކަން ދިފާއު ނުކުރެވޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބުލް
28 May 2022
ލެއްގި ކޮމިޝަނަރު ބެހެގެން ދާތީ ސަލީމް އިދުރީސް ފަލިޖަހާ އިބަ އެދިމާލަށް އެހެންވެ ހަބަރެއް ނުވަނީ ?
ޕޫޓިން
27 May 2022
އެހެންތަ.. އެކަމް މަށެއް ނޫޅެން ކަލެއާއި ވާހަކަ ދައްކާ ހިތަކުން..
ހުސެންދީ
26 May 2022
އަދި ވަގުތުދީ ގިނަ މީހުން މަރުވެ ގައުމު ބިކަވެ ސުންނާފަތި ވަން ދެން. އޭރުން ކަލޭ ކޮންމެ މީހަކާވެސް ވާހަކަ ދަތއްކާނެ
ކާފަދ
26 May 2022
ވަކަރުގޭ ސޮރެއް ކަންނޭގެ. ހަނގުރާމަ ފެށުމުގެ ކުރިން 700 މިލިއަން ޑޮލަރ އަދި ހަނގުރާމައަށް ލިބުނު އެހީތަކުން 5 ބިލިއަން ޑޮލަރ އޮތީ މިސޮރުގެ ޖީބުގަ.
އަފްރާސިޔާބު
25 May 2022
ޕުޓިން ނޫޅޭ ޖޯކަރަކާ ބައްދަލުކުރާކަށް. އެމެރިކާއާ ޔޫރަޕުގައިހުރި ބައު ހަތިޔާރުކޮޅެއް މިޖޯކަރަށް ލިބުނީމާ ހީކުރީ ރަޝިޔާގެ ބާރު ދުއްވާލެވޭނެކަމަށް. ކަލޯ ކަލޮއަށް ބައު ހަތިޔާރާއި ލާރިކޮޅެއް ދިން ޔޫރަޕު އެންމެ ފަހުން ޕުޓިންގެ ބަސްއަހައިގެން ރަޝިޔާގެ ފައިސާ ރުބެލް ދީފައި ތެޔޮގަންނަން އެނިންމީ. ބުނީ ޕުޓިންއާ ދިމާއަށް އެއްލި ގާބުރި ޖެހުނީ އެއްލި މީހާގެ ބޮލުގަޔޭ. ބޭސް އަޅަން ދާންޖެހުނީ ޕުޓިން ކައިރިއަށޭ. ޕުޓިން މަޑުކުރަނީ އާންމުން އެސަހަރުތަކުން ނެރުމަށް
ބީރުބޮލު ވަޒީރު.
25 May 2022
މަ މިހުންނަނީ މީނާގެ ދިފާއުގާ މިތާއުޅޭ ލެއްގި ކޮމިޝަނަރާއި ސަލީމް އިދުރީސް ބުނާ އެއްޗެއް ބަލަން އެ ދެމީހުން ހީކުރަނީ އެމީހުންނޫނީ އެއްޗެއް އެނގޭ އެއްޗެއް ވިސްނޭ މީހަކު ނޫޅޭނޭ. ބައިޑަން ޒެލެންސްކީއަށް ބޮނޑިދީފަ ފިލިގޮތަށް ސަލީމް އިދުރީސާއި ލެއްގި ކޮމިޝަނަރުވެސް ފިލީ. ޕޫޓިންޖެހި ހިސާބު ދިމާވޭ. ދިމާނުވީ އެމެރިކާ އާއި ޔޫރަޕުންޖެހި ހިސާބު. އެމެރިކާ މީހުން ބައިޑަން ނަގާ ހޫރާލާނެ. ބަލާތި.
ރަދީފްއޮފިޝަލް
25 May 2022
މީނާގެ ދިފާއުގަ ނިކުންނާނެ ސަލީމްއިދްރީސް އަދި ކަނޑުކޮސް ލެއްގިކޮމިޝަނަރ.
ލަލަލަލަލަލަލާ
25 May 2022
ކަލޭ ކަހަލަ ހުޅަގުގެ ޕަޕަޓެއް ކުރިމަތީ އަދި މުޅި ދުނިޔެ ބޮޑު ހަގުރާމައަކަށް ހުށަހެޅިގެންދާނެ ފަދަ ގޮތަކަށް އެމެރިކާ ބުނެގން ހަރަކާތްތެރިވާ ފިލްމުކުލޭ މޮޔަކަލޭގެ އަށް ޖެހޭނީ ރަޝިޔާގެ އުންޑަތައް ހަފަން. ޕުޓީން ނޫޅޭ ކަލޭ ކަހަލަ ފިލްުކުޅޭ މޮޔައަކާ ވާހަކަ ދައްކާކަށް. ތީ ބޮޑު މޮޔައެއް. ޔަހޫދީ އަކަށް ވާތީ މާފޮނި ބޮޑުވެގެން ތި އުޅެނީ.، ރަގަޅު ބޮޑިއެއް ޕުޓިން އަތުން ބޯނެ އަދި. ތިހުރީ ނުފުރޭގޮތްވެސް ހަދާފަ ޓްރެޕްކޮށްފަ. ދެން ލަލަލަލަލަލަލާ
އިލްޔާސް
25 May 2022
ޕުޓިންއަކީ މުސްލިމެއްތަ
ބީރުބޮލު ވަޒީރު.
25 May 2022
އިލްޔާސަށް އެނގޭތަ. ވަރަށްގިނަ މީހުން ގަބޫލުކުރާގޮތުގައި ޕޫޓިން ހުރީ އިސްލާމްވެގެން. ފާޅު ނުކުރަނީ. އޭނާގެ އެކުސް ވައިފް މުސްލިމެއްކަން މިހާރު ކަށަވަރުވެފައިވަނީ. އަންހެން ދަރިވެސް ކުރިސްޓިއަން އޮތޮޑެކުސްއޭ ކިއައިގެން އުޅެނީ. މުސްލިމްވެފައޭ އޭނާގެ ރައްޓެހިން ބުނަނީ. ފައްޅިއަކަށް ނުދޭ. ރަލާ އޫރުމަސް ބޭނުން ނުކުރާކަނަށްވޭ.
ސައްދާމު
25 May 2022
ކިހާދުވަހެއްވަންދެން އެމެރިކާނުންނަށް ހަތިޔާރު ދެވޭނީ!
ބީރުބޮލު ވަޒީރު.
25 May 2022
އެމެރިކާ އަތަކު ނެތް ޔޫކުރޭނަށް ދޭނެ ހަތިއާރެއް. އެމެރިކާއަށް އެނގޭ ޔޫކުރޭނުގެ ފެންފޮދެއްވެސް އެމެރިކާއަށް ދެން ނުލިބޭނެކަން. ދަރަންޏަށް ހަތިއާރު ނުދޭނެ. ސަބަބަކީ ޔޫކުރޭނުގެ ބަނދަރު އަދި ހުރިހާ ގުދުރަތީ މުއްސަނދިކަން އޮތް ހިސާބު ރަސިއާވަނީ ހިފާފަ. މިހާރު އެތާހުރި ބޯ ގޮވާފަހުރި ޔަހޫދީ ކާޓޫނު ފިލްމުކުޅޭ ޖޯކަރު ޒެލެންސްކީ.