ފިނޭންސް މިނިސްޓަރު މަޖިލީހުގެ ކޮމިޓީގައި ވާހަކަދައްކަވަނީ. އޭނާ ވިދާޅުވީ، އެންމެ ބޮޑު ދަރަންޏެއް ދައްކަން އޮތީ 2026ގައި ކަމަށް--ފޮޓޯ: ނިޝާން އަލީ/މިހާރު
26 މެއި 2022 - 14:07
ދައުލަތުން މިހާތަނަށް އެއް އަހަރުގެ ތެރޭގައި އެންމެ ބޮޑު އަދަދަކަށް ދަރަނި ދައްކަން އޮތީ 2026 ވަނަ އަހަރު ކަމަށާއި އެއީ 600 މިލިއަން ޑޮލަރު (9.2 ބިލިއަން ރުފިޔާ) ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
އިގްތިސާދީ ކޮމިޓީގައި އަމީރު ވިދާޅުވީ، މިދިޔަ އަހަރު ސަރުކާރުން ނެގި 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ގެ ސުކޫކު ދައްކަން ޖެހޭނީ 2026 ވަނަ އަހަރު ކަމަށެވެ. އަދި ކުރީ ސަރުކާރުން އަބޫ ދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް ފަންޑު (އޭޑީއެފްޑީ) އިން ނެގި 100 މިލިއަން (1.5 ބިލިއަން ރުފިޔާ) ގެ ލޯނު ތިން އަހަރަށް އަނބުރާ ދެއްކުން ފަސް ކުރުމާ ގުޅިގެން އެ ލޯނަށް ދައްކަން ޖެހޭ ފައިސާ ވެސް 2026 ވަނަ އަހަރު ދައްކަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަމީރު ވިދާޅުވީ، 2026 ވަނަ އަހަރުގެ ދަރަނި އަދާކުރުމަށް ކުރިއަރާލައި ރޭވުންތަކެއް ރާވަން ޖެހޭނެ ކަމަށެވެ.
"ރާއްޖޭގެ ދަރަނި އެންމެ ބޮޑަށް ހައިކްވެގެން ދާނީ 2026 ވަނަ އަހަރު. އެއަށް ވުރެ ކުރިން ޖެހޭނެ ލައިބިލިޓީ މެނޭޖްމެންޓް އެކްސަސައިޒެއް ހިންގައިގެން ދަރަނި މެނޭޖްކުރުމަށްޓަކައި މަސައްކަތް ކުރަން،" އޭނާ ވިދާޅުވި އެވެ.
އިގްތިސާދީ ކޮމިޓީގައި މެންބަރުން މިނިސްޓަރު އަމީރާއި ސުވާލު ކުރައްވަނީ.
ސުކޫކުގެ ދަރަނި އަދާކުރަން 2026ގައި ޖެހޭ އިރު މިދިޔަ އަހަރު ނެގި 7.7 ބިލިއަން ރުފިޔާގެ ތެރެއިން ގާތްގަނޑަކަށް ތިން ބިލިއަން ރުފިޔާ ހޭދަކުރީ 2017 ވަނަ އަހަރު ދައުލަތުން ނެގި "ސަނީ ސައިޑް" ބޮންޑުގެ ފައިސާ އަނބުރާ ދެއްކުމަށެވެ. އެ ބޮންޑުގެ ބާކީ ނުދައްކައި އޮތް 62 މިލިއަން ޑޮލަރު (950 މިލިއަން ރުފިޔާ) އަންނަ މަހު ދައުލަތުން ދައްކަން ޖެހޭނެ އެވެ. އަމީރު ވިދާޅުވީ، އެ ދަރަނި އަދާ ކުރާނެ ފައިސާ ސަރުކާރުގައި އެބަހުރި ކަމަށެވެ.
ދަރަނި އަދާކުރަން މިދިޔަ އަހަރު ދައުލަތުގެ ބަޖެޓުން 7.7 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. އެހެން ނަމަވެސް މި އަހަރު ދަރަނި އަދާކުރަން ހޭދަކުރަނީ 5.7 މިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރަށް ވުރެ 18 ޕަސެންޓް ދަށް އަދަދެކެވެ. ރާއްޖޭގެ ތާރީހުގައި ވެސް ރެކޯޑު އަދަދަކަށް 2026 ގައި ދަރަނި ދައްކަން ޖެހޭ އިރު އެއީ މި އަހަރާ އަޅާ ބަލާއިރު އެއީ 60 ޕަސެންޓުގެ އިތުރުވުމެކެވެ.
އަމީރު ވިދާޅުވީ، 2026 ވަނަ އަހަރު ބޮޑު ދަރަންޏެއް އަދާކުރަން ޖެހުނު ނަމަވެސް ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ދަރަނި ދެއްކުމުގައި އެއްވެސް މައްސަލައެއް ކުރިމަތިނުވާނެ ކަމަށެވެ.
ދައުލަތުގެ ދަރަނި މި އަހަރު ނިމޭ އިރު 103 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ލަފާކޮށްފައިވެ އެވެ. މިއީ އުފެއްދުންތެރިކަމުގެ ނިސްބަތުން 112 ޕަސެންޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދުއްލިސާ
28 May 2022
2026 އައުމުގެ ކުރިން މިނިސްޓްރުގެ ކުޅަދާނަކަމާއެކު މިއަހަރު ހުރިހާ ދަރަނި ދައްކާ ޚަލާސްކޮށްލާ، އޭރުން ދެން އަންނަ ސަރުކާރަކަށް އެކަމާ އުޅެން ނުޖެހޭނެ
ޖާބެ
27 May 2022
2023 ނުލިބޭނެކަން ޔަޤޫންވާތީވެ ދެންއަންނަ ސަރުކާރަކައް ބާރުބޮޑުވާގޮތައް މިކަންމިކުރަނީ… ޕްރޮޖެކްޓްތަކުން މުސްދިވީ މިމީހުން…
ބުހުތާން
27 May 2022
ފިނޭސް މިނިސްޓަރ ލަންކާއިން އިބުރެތެއް ހާސިލުކޮއްބަލަ
ޝަފީރު
27 May 2022
ތިޔަ ދެއްކީ އަހަރެމެން ނިކަމެތި ދިވެހިން މިދައްކާވާހަކައިގެ ކުޑަ ތަންކޮޅެއް. މިވެރިކަމުގައި ޤައުމު ދަރުވާލާފައި 5 އަހަރު ވެރިކަންކޮށްފައިގޮސް އެއްބަޔަކު ޔޫކޭގައި އަނެއްބަޔަކު ޑުބާއި އާއި އެމެރޭޓްސްއަށް ގޮސް ބޮޑެތި ކުންފުނިތަކުން ހިއްސާ ގަނެގެން އެތާއޭތިބޭނީ. ދަރަނިދެއްކޭނޭ ތިޔަގޮވަނީ ލަދު ހަޔާތް ކުޑަކަމުންނޭ. ބުނާތީ އަޑުއަހަމޭ ފިނޭންމިނިސްޓްރީން އާންމުވިޔަފާރި ވެރިންނަށް ބިލުގެ ފައިސާވެސް ދެނީ ހަދިޔާއެއް ޖަމާކޮށްދިނީމައޭބުނާތީ. ކޮބައިހޭ ލަދު.
ލަމީރު
28 May 2022
2017 ގަ ނެގި ސަނީސައިޑް ލޯންވެސް އެބަދައްކާ
ޢިކްލީލް
27 May 2022
މަޖްލިސް މެމްބަރުކަންކޮއްފައި ތިބޭ މީހުންނަށްދޭ އިނާޔަތްތަކާއި، ކޮމިޓީ އެލަވަންސްތަކާއި، އިންތިޚާބަށް ކުރާ ޚަރަދުތަކާއު، ޕާޓީތަކަށް ކުރާ ޚަރަދުތަކާއި، ކުދި ކުދި އާބާދީ ހުރިރަށްތަކުގެ މީހުން ތަރައްޤީވެފައިވާ ރަށްތަކަށް ބަދަލުކޮށް އެމީހުންނަށް ކުރާ ޚަރަދުތައް ހުއްޓާލުމާއި، ރާއްޖޭގެ އުފެއްދުންތެރިކަން (ދަނޑުވެރިކަން، ލޮނު އުފެއްދުން، ކަހަތައިން ކަރަންޓް އުފެއްދުން، ) މިކަހަލަ ކަންތައްތައް ކުރަން އެބަޖެހޭ!
ދަ އިކޮނޮމިސްޓް
27 May 2022
ދަރަނި ނުނަގާވެސް މިގައުމު ތަރައްގީ ކުރެވޭނެ. އެވަރަށް މިގައުމަށް ފައިސާ ވަދޭ. އެކަމަކު ކާންޖެހޭބައި ބޮޑުވީމަ ރައްޔިތުންގެ ބޮލުގަ ދަރަނި އަޅުވާފަ ބޮޑެތި ލޯނުތައް ނެގީމަ އޮންނާނީ ދަރަނި ބޮޑުވެފަ.
މާޒީ ހާދީ
27 May 2022
ވަރިކަމަށް އައި ބޭފުޅަކު 24 ފަރާތަކަށް ދައުލަތުގެ ސޮވެރިން ގެރެންޓީ ދީގެން ޗައިނާގެ އެގްޒިސް ބޭންކުން 1.8 ބިލިއަން ޑޮލަރުގެ ލޯނު ހޯދާދީފައިވޭ ދެންވރިކަުން ދައިބާފަ ގުދޯ ގުދޯ ގޮވަނީ. ހަމަ އެއްކަލަ މީހުންތައް މާސާފުކަމއް ހެދިގެން ސަހަލު މީހާކު ނެތޭ.
ޙަސަން ކުރުސީ
27 May 2022
ރާއްޖެ ދަރަނިވެރި ވާތީ ހައްލު ކުރަން ވެރިކަމަށް އައި މީހުން!
ދިއްދޫމީހާ
27 May 2022
އެއްމެ ބޮޑު ދަރަނިއެ ދައްކަން ޖެހެނީ އިންޑިޔާއަ ބަލަ ކަލޭމެން ވެރިކަމަށް އަންނަން ދެއްކި ވާހަކައަކީ ހަރަދު ކުޑަކޮއްފަ ލޯނު ނެގުން ހުއްޓާލުން، ހަރަދު ކުޑަކުރަން ބަލާއިރު ގްރޭޑް ހަތެއްގެ ފެންވަރުވެސް ނެތް މީހުންނަ ޓޫރިޒަމް މިނިސްޓްރީ އިން ވަޒީފާ ދީފަ އެހުންނަނީ، ކަލޭމެންގެ ފެންވަރު މިހާރު އިންގޭ..
ޜާޖާ
26 May 2022
ސޮވެރިން ފަންޑުވެސް ދިރުވަަލާފައޮތީ