ކުޅިވަރު / ޒަލަޓާން އިބްރަހިމޮވިޗް

އުމުރުން 40 އަހަރުގައި ކަކުލުގެ އަނިޔާއާއެކު ވެސް އިބްރަހިމޮވިޗް ދުލެއް ނުދިން

ޒްލަޓާން އިބްރަހިމޮވިޗާއި އޭސީ މިލާނުގެ ކުޅުންތެރިން ސެރީ އޭގެ ތަށްޓާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލިޔޯން، ފްރާންސް (މެއި 26) - އިޓަލީގެ އޭސީ މިލާނާ އެކު 11 އަހަރު ފަހުން ސެރީ އޭ ކާމިޔާބުކުރި ސްވިޑެންގެ ފޯވާޑް ޒްލަޓާން އިބްރަހިމޮވިޗް ވޭތުވެދިޔަ ހަ މަސްދުވަހު ކުޅުނީ ލިބިފައިވާ ކަކުލުގެ ލިގަމެންޓަށް ލިބިފައިވާ އަނިޔާ އަށް ފަރުވާ ނުހޯދާ ކަމަށް އޭނާ ބުނެފި އެވެ.

އިބްރަހިމޮވިޗް މިއަދު ސޯޝަލް މީޑީއާގައި ހިއްސާކުރި ޕޯސްޓުގައި އޭނާ ބުނެފައި ވަނީ އޭނާގެ ވާތު ކަކުލުގެ ލިގަމެންޓާ ނުލައި ކުޅުނު ހަ މަސްދުވަހު އެތައް ވޭނެއް ތަހަންމަލް ކުރި އިރު ވެސް އޭނާގެ އަމާޒަކަށްވީ މިލާންގެ ކުޅުންތެރިންނާއި ކޯޗަށް ވީ ވައުދު ފުއްދުން ކަމަށެވެ.

މިދިޔަ އާދިއްތަ ދުވަހު އޭސީ މިލާނުން ސީޒަންގެ ފަހު މެޗު ކާމިޔާބު ކޮށް ލީގުގެ ތަށި ހޯދައި ދިނުމުގައި އެހީވި އިބްރޮހިމޮވިޗްގެ ކަކުލުގެ ލިގެމެންޓް ސާޖަރީއެއް ފްރާންސްގެ ލިޔޯންގެ ހޮސްޕިޓަލެއްގައި ހެއްދިކަން މިލާނުން ވަނީ އިއުލާންކޮށްފަ އެވެ. އަދި ސާޖަރީގެ ސަބަބުން އަށް މަސް ދުވަހަށް އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށް ވެސް ވަނީ ހާމަ ކޮށްފަ އެވެ.

ސާޖަރީ އަށް ފަހު ކަކުލުގެ އެކްސްރޭ ފޮޓޮއަކާ އެކު އޭނާ ހިއްސާކުރި ޕޯސްޓުގައި ލިޔެފައި ވަނީ ފާއިތުވި ހަ މަސްދުވަހު އޭނާ ކުޅުނީ "ކަކުލުގެ ލިމެންޓާ ނުލައި" ކަމަށާއި، މި މުއްދަތުގައި 20 އިންޖެކްޝަން ޖަހަން ޖެހުނު އިރު ހަފްތާއަކު އެއްފަހަރު ހަފްތާއަކު އެއް ފަހަރު "ކަކޫ ހުސްކުރަން" (އާތްރޯސެންތެސިސް/ފްލުއިޑް ޑްރެއިން ކުރަން) ޖެހުނު ކަމަށެވެ. އަދި ޓީމާ އެކު ފަރިތަކުރެވުނީ އެންމެ 10 ދުވަހު ކަމަށް ވެސް އޭނާ ލިޔެފައި ވެއެވެ.

"ކޮންމެ ދުވަހަކު ތަދު ކަނޑުވަން ބޭސް ކެއިން. ތަދު އިހުސާސް ވާލެއް ބޮޑުކަމުން ނިދެނީ ވެސް ކިރިޔާ. ދަނޑު މަތީގައި އަދި ދަނޑުން ބޭރުގައި ވެސް މިފަދަ ވޭނެއް މީގެ ކުރިއަކުން ތަހަންމަލް ނުކުރަން. ނުކުރެވޭ ވަރުގެ ކަމެއް އަހަރެން މި ކުރީ،" އޭސީ މިލާނުން އިޓާލިއަން ލީގު އެންމެ ފަހުން ކާމިޔާބުކުރި ދެ ފަހަރު ވެސް ޓީމުގައި ހިމެނުނު ކުޅުންތެރިޔާގެ ސޯޝަލް މީޑިއާގައި ލިޔެފައި ވެއެވެ.

"އަހަރެންގެ ސިކުނޑީގައި އޮތީ އެންމެ މަގްސަދެއް. އެއީ އަހަރެންގެ ޓީމު ކުޅުންތެރިންނާއި ކޯޗު، އިޓަލީގެ ޗެމްޕިއަނުންނަށް ހަދައިދޭން ބޭނުންވީ، އެއަހަރެން ވާނީ އެމީހުނަށް އެވައުދު ވެފައި. މިއަދު އަހަރެންގެ ލިގަމެންޓާއެކު އިތުރު ޓްރޮފީއެއް އެބަ އޮތް."

އުމުރުން 40 އަހަރުގެ ފޯވާޑަށް މި ސީޒަނުގައި ގިނަ އަނިޔާތަކާ ކުރިމަތި ވި ނަމަވެސް އޭނާ ވަނީ މިލާނަށް ސެރީ އޭ ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާ ކޮށްފަ އެވެ. ލީގުގައި ކުޅުނު 23 މެޗުން އޭނާ ވަނީ އަށް ގޯލު ޖަހައި ތިން ގޯލު ޖަހަން ފުރުސަތު ތަނަވަސް ކޮށްދީފަ އެވެ.

އަންނަ މަހުގެ ނިޔަލަށް އިބްރަހިމޮވިޗްގެ ކޮންޓްރެކްޓް ހަމަވާއިރު، އިޓަލީގެ މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުގައި އޭސީ މިލާނުން އޭނާގެ ކޮންޓްރެކްޓް އިތުރު އަހަރަކަށް އާކުރާނެ އެވެ.

0 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 75%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 25%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454