ވިއަވަތި ކޮންފަރެންސްގެ ރިޔާސަތު ރައީސް ބަލަހައްޓަވާ އިރު، މިނިސްޓަރު އަސްލަމާއި އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ އާއި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އަރިހުގައި. -- ފޮޓޯ | ރައީސް އޮފީސް
28 މެއި 2022 - 19:07
ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭން، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ފަސޭހަ އިން ހެދިދާނެ ގޮތެއް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެދެއްވި އެވެ. ފުރުސަތު ލިބުމާ އެކު ބައެއް ކައުންސިލަރުން ކުރެއްވީ ޝަކުވާ އެވެ. ސުވާލަކަށް ވީ މިނިސްޓަރު އެ ވިދާޅުވިިހާ ފަސޭހަ އިން އެކަން ކުރެވެން އޮތް ނަމަ ހައްލު ނުހޯދިި އަހަރެއް ވޭތުވީ ކީއްވެގެންތޯ އެވެ.
ބައެއް ކައުންސިލަރުން ވިދާޅުވީ، ރަށު ތަރައްގީއާ ގުޅިފައިވާ ނިންމުންތައް ލޭންޑް ޔޫސް ޕްލޭނާ ހެދި ހުއްޓިފައިވާ އިރު، މިކަމުގައި ހައުސިން މިނިސްޓްރީގެ ފުރިހަމަ އެއްބާރުލުން ނުލިބޭ ކަމަށެވެ. މިނިސްޓަރު އަސްލަމް ހައްލު ކިޔައިދެއްވިހާ ފަސޭހަތަކެއް މިނިސްޓްރީގެ ތެރެއިން ފަހިނުވެ އޮތް ކަމަަށް ވިދާޅުވި އެވެ.
ގާނޫނީ ބާރުވެރިކަން ދީ ކައުންސިލްތައް ހިންގަން ފެށިތާ އަހަރެއްވި އިރު ލޭންޑް ޔޫސް ޕްލޭން ފާސްކުރަން ހައުސިން މިނިސްޓްރީއަށް ހުށަހެޅީ 55 ކައުންސިލުންނެވެ.
ކައުންސިލަރުންނަށް ޝަކުވާ ހުށަހަޅަން ހުޅުވާލުމުގެ ކުރިން ރައީސް ވިދާޅުވީ އަހަރެއްހާ ދުވަސް ވި އިރު އެ މައްސަލައަށް ހައްލު ހޯދިފައި އޮންނަން ޖެހޭ ކަމަށެވެ. އެކަމަކު، ހުރި ދަތިތަކަށް ހައްލެއް ނުހޯދި ހުރުމާ އެކު ދެން އޮތީ އަވަހަށް ގޮތްތަކެއް ނިންމުން ކަމަށް ވިދާޅުވި އެވެ.
އިރާދަކުރެއްވިއްޔާ، ތި ބޭފުޅުންގެ ތި މައްސަލައަށް ހައްލު އަންނާނެ: ރައީސް
ރައީސް ރިޔާސަތު ބެލެހެއްޓެވި ކޮންފަރެންސްގައި، ހުރާ ކައުންސިލްގެ ރައީސް އަހްމަދު އީސާ އެއްސެވީ ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ހައުސިން މިނިސްޓަރު އުޅުއްވީ ކޮންތާކުތޯ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ލާމަރުކަޒީ ނިޒާމު ގެންނެވުމުގައި ކުރައްވާ މަސައްކަތުގައި ރައީސްގެ ސްޕީޑާ އެއްވަރަށް ވަޒީރުންގެ އެއްބާރުލުން ނުދެއްވަނީތޯ ވެސް އެއްސެވި އެވެ.
ކޮންފަރެންސްގައި އީސަ ވާހަކަ ދައްކަވަނީ: ލޭންޑް ޔޫސް ޕްލޭން ލަސްވުމުގައި އޭނާ ދެއްކެވީ ހައުސިން މިނިސްޓަރުގެ ގޯސްތައް. -- ފޮޓޯ | ރައީސް އޮފީސް
ބ. މާޅޮހު ކައުންސިލްގެ ރައީސްގެ އަބްދުﷲ ޝުޖާއު ވިދާޅުވި ގޮތުގައި ތިން މަސް ދުވަހުގެ ތެރޭގައި ހަދަން ޖެހޭ ޕްލޭންތައް ނުހެދި ވަނީ އެއްބާރުލުން ނުލިބިގެންނެވެ. އެއާ އެކު އިހްތިސާސް ކަނޑައެޅުމުގައި ހުރި ދަތިތައް ވެސް އޭގެތެރެއަށް ވަދެ ކައުންސިލްތަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިނިސްޓަރު އަސްލަމް މިއަދު ދެއްކެވީ ލޭންޑް ޔޫސް ޕްލޭން ހަދަން ޖެހޭ ތިން މަހުގެ ތެރެއިން ފުރަތަމަ މަހުގެ ތެރޭގައި ދައްކަވަން ޖެހޭ ވާހަކަތަކެއް ކަމަށެވެ.
"އެ ދުވަހު އެ ވާހަކަ ދެއްކި ނަމަ 55 ރަށުގެ ލޭންޑް ޔޫސް ޕްލޭނެއް ނޫން މިނިސްޓްރީއަށް ވަދެފައި އޮންނާނީކީއެއް. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި 95 ޕަސެންޓުގެ ކައުންސިލްތަކުގެ ލޭންޑް ޔޫސް ޕްލޭން އޮންނާނީ މިނިސްޓްރީއަށް ވަދެފައި،" އޭނާ ވިދާޅުވި އެވެ.
ވިއަވަތި ކޮންފަރެންސްގައި ކައުންސިލްގެ ރައީސް ވާހަކަ ދައްކަވަނީ. -- ފޮޓޯ | ރައީސް
އޭނާ ވިދާޅުވީ ލޭންޑް ޔޫސް ޕްލޭނަށް ހައްލު ހޯދައި ދިނުމުގައި މާބޮޑަށް ވެސް ލަސްވެއްޖެ ކަމަށެވެ. ކައުންސިލްތަކުން ރުޅި އަންނަން ޖާއިޒު ކަމަށް ވިދާޅުވި އެވެ.
ކައުންސިލްތަކުގެ ބެލެނިވެރި ފަރާތް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯ އަފްޝަން ލަތީފު މިއަދު ވެސް ވިދާޅުވި ގޮތުގައި، ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭންތައް ނުނިމި ލަސްވަނީ އެކަމާ ގުޅޭ ތަޖުރިބާކާރުން ރާއްޖޭގައި މަދުވުމާއި ކައުންސިލްތަކުން އެ ކަމަށް ކުރަން ޖެހޭ ހަރަދު ބޮޑުވުމުންނެވެ. އެލްޖީއޭ އަށް ވެސް އެކަމުގައި އެހީތެރިކަމެއް ފޯރުކޮށްދެވެން ނެތް ކަމަށް ވިދާޅުވި އެވެ.
ކައުންސިލަރުންގެ ކަންބޮޑުވުންތައް ރައީސް އައްސަވަނީ: މި ކޮންފަރެންސުން ޝަކުވާތަކަށް ހައްލެއް ލިބޭނެ ކަމަށް ވިދާޅުވި. -- ފޮޓޯ | ރައީސް އޮފީސް
އޭނާ ވިދާޅުވި ގޮތުގައި ލޭންޑް ޔޫސް ޕްލޭނުގެ މައްސަލައަށް ހައްލު ހޯދުމުގައި ކައުންސިލްތަކަށް އަވަސް ހައްލެއް ހޯދައިދޭން ޖެހެ އެވެ.
ކައުންސިލަރުންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ފަހު، މިނިސްޓަރު އަސްލަމް ވަނީ އޭނާ ދެއްކެވި ވާހަކަ ދިފާއު ކުރައްވައިފަ އެވެ.
އޭނާ ވިދާޅުވީ ޕްރެޒެންޓޭޝަންގައި އޭނާ ދެއްވީ ޓެކްނިކަލް ހައްލެއް ކަމަށެވެ. އެއީ، މިނިސްޓަރުން އާއްމުކޮށް ދައްކައި އުޅޭ ކަހަލަ ވާހަކައެއް ނޫން ކަމަށާއި އެކަމަކު ވެސް އެއީ އެކަން ކުރެވެން އޮތް ގޮތެއް ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، ލޭންޑް ޔޫސް ޕްލޭން ހެދުމުގައި ހުރި ދަތިތައް ފިލުވާލެވެން ކައުންސިލްތަކަށް އެބައޮތެވެ. ޒަމާނީ ޓެކްނޮލޮޖީގައި އެކަން ކުރާނެ ގޮތުގެ ތަފްސީލްތައް ކައުންސިލަރުންނާ ހިއްސާކުރައްވަމުން ވިދާޅުވެ ދެއްވީ ޑްރޯންއަކުން ރަށް ފޮޓޯ ނަގައިގެން ލޭންޑް ޔޫސް ޕްލޭން ހެދިދާނެ ގޮތެކެވެ.
ކޮންފަރެންސްގައި ކައުންސިލަރަކު ސުވާލުކުރައްވަނީ. -- ފޮޓޯ | ރައީސް އޮފީސް
މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި ލޭންޑް ޔޫސް ޕްލޭނަކީ ރަށެއްގެ ބިން ބޭނުންކުރާނެ ގޮތް ދައްކައިދޭ ޗާޓެވެ. އެއީ، ރަށުގެ ގޯތި ދޭނެ ސަރަހައްދުތަކާއި ކުޅިވަރާއި އިންޑަސްޓްރިއަލް ކަންކަން ކުރާނެ ސަރަހައްދުތައް ކަމަށް ވިދާޅުވި އެވެ.
"އެ މެޕް ނުޖެހޭ އެކި ބޭނުމަށް މީހުން ޗާޓު ކުރަހާފައި ހުންނަން،" މިނިސްޓަރު ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވީ 35 ރަށުގެ ޗާޓު މި ފަހުން ވެސް މިނިސްޓްރީން ކުރަހާފައިވާ ކަމަށެވެ. އެ ޗާޓުތައް ލޭންޑް ޔޫސްޕް ލޭން ކުރަހަން ފުދޭ ކަމަށް ވިދާޅުވި އެވެ.
ވިއަވަތި ކޮންފަރެންސްގައި އެލްޖީއޭގެ ސީއީއޯ އަފްޝަން ވާހަކަ ދައްކަވަނީ. -- ފޮޓޯ | ރައީސް އޮފީސް
އޭނާ ވިދާޅުވި ގޮތުގައި ގާނޫނު ބައެއް ފަހަރަށް ކައުންސިލްތަކާއި ހައުސިން މިނިސްޓްރީގެ މުވައްޒަފުން ވެސް މާނަކުރަނީ މާ ބޮޑަށެވެ. ނޫން ނަމަ ފަސޭހަތަކާ އެކު ޕްލޭން ނިންމާލެވޭނެ ގޮތްތައް ފެންނާނެ އެވެ.
ލޭންޑް ޔޫސް ޕްލޭން ހެދުމުގައި ކައުންސިލްތަކަށް ދިމާވާ ކަންކަމުގައި ހައްލު ހޯދަން އަންނަ މަހުގެ 3-5 އަށް ބައްދަލުވުމެއް ބާއްވަން ވަނީ ނިންމައިފަ އެވެ. މި ބައްދަލުވުމުން، ހައްލެއް ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް އަސްލަމް ވިދާޅުވި އެވެ.
ލޭންޑް ޔޫސް ޕްލޭންގައި އޮތް ހައްލަކަށް ބައެއް ކައުންސިލަރުން ހުށަހެޅީ ގާނޫނަށް ބަދަލު ގެނައުމަށެވެ. އެކަމަކު ލާމަރުކަޒި ކޮމިޓީގެ މުގައްރިރު އަދި ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް (ނިޔާ) ވިދާޅުވީ ގާނޫނަށް ބަދަލު ނުގެނެސް ވެސް ލޭންޑް ޔޫސް ޕްލޭންގެ މައްސަލަ ހައްލުކުރެވޭނެ ކަމަށެވެ. އެކަން ކުރެވެން އޮތީ އޭނާ ހުށަހެޅުއްވި ގޮތުގައި ބިނާ ވެށި ޕްލޭންގެ ތެރެއިން ކަމަށް ވިދާޅުވި އެވެ.
ވަކި ގޮތެއް ނުނިމުނަސް ވިސްނުން ހުރީ، ގާނޫނު އިސްލާހުކުރަން ޖެހޭ ނަމަ އެކަންކޮށްގެން ވެސް ކައުންސިލްތަކަށް އެކަން ފަހިކޮށްދިނުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
1206
30 May 2022
ލަހޭ. ލަސް. ލަސް ނޫނީ ކޮން ކަމެއް. ފިނިހަކަ ވެސް އެބަ ހިންޏާއިގެން ދެވަރުން އެއްވަރު އެބަވޭ. ސްލޯލިހު އަށް ވ. ވެދުން
ދިއްދޫމީހާ
29 May 2022
އަސްލަމް އަބަދުވެސް ދައްކާނީ ޓެކްނިކަލް ހައްލް، ހިޔާ ފުލެޓްތަކަށްވެސް ދެއްކީ ޓެޖްނިކަލް ހައްލް، އެއީ ކޮތަރު ކޮށީގެ ނަމުން ނަންދިނުން، ކަލޭމެން ރަނގަޅުވާނީ ހޮޅުހަށި ތަކުގާ ކުރުވާހަކަ ކިޔަން ދެން ޖީބް ބޮޑުކުރަން، އަސްލަމްގެ އަމިއްލަ ފޯން ބިލްދެއްކީ ކިހެނެއްކަން އިންގޭނުން..
ބޮޑުހުދޭނު
29 May 2022
ރިޔަހަދާ ލޭންޑްޔޫޒްޕުލޭނަކީ ދުވަހަކުވެސް ހަދާނިމޭނެ އެއްޗެއްނޫން.
ޖާބެ
29 May 2022
މިފަސް އަހަރަކުނުވާނެ ލާމަރުލަޒީ ކިޔާފަ ސޫޓާ ބޫޓު ކައުންސިލަރުން ލައްވާ ގުނބޯ ހައްދާ ކެއުމައް ދައުވަތުނއަރުވާ ދެއަތްބަދެފަ އަނގައިގަ ޓޭޕްއަޅާފަ ލާމަރުކަޒީ ބާރު… މިގޮތައް މައުމީނުގެ 30 އަހަރު ރައްރަށުގަ ކަޑަވެސްޖެހި ހެއްހެއް
1206
29 May 2022
ތަޖުރިބާ ހުރި މީހުން ސިޔާސީ ގޮތުން އިދިކީލި ވީމާ، ބޭރުކޮށްލާފައި މި ކިޔަނީ ތަޖުރިބާއޭ. އަފްޝަކަސް، އަސްލަމަކަށް، ތިޔ ގޮތަށް ސިޔާސަތު ހިންގައިގެން ލިބޭނެ މޮޅެއްދޮޅެއް ނެތް. މި މީހުން މި ކޮމެންޓު ކިޔާނެ ކަމެއްވެސް ނޭނގެ. އެކަމަކު އަހަރުމެންގެ އަނގަ ގަދަ ކަމުން ގޮވެނީ.
ޖޯން
29 May 2022
މާލޭ ރައްޔިތުން މާލޭ ވަށައިގެން ހިއްކާ ގެވަޅު ނަގާ އުފަލުގަ އުޅެންވީ. ހަމަ އެހެން އަހަރުމެން އާރު ޓީސް އަހަރުމެން ބޭނުންގޮތަކަށް ރަށް ކުރަހާ ރަށާ އަތޮޅު ތަރައްގީ ކުރަން ދޫ ދޭންވީ. ހުވާ ކަށަވަރު މާލެ އޮތް ކޮޅަށް ބޯލާނެ މީހެއްވެސް ނުވާނެ. ގަޓް ހުރިއްޔާ ދޫ ދީބަލަ. ނުކެރޭނެ. އެއަތޮޅަކުން ލިބޭ ރިސޯޓް ޓެކްސް ވެސް އެއަތޮޅަކަށް. އޭރުން އަހަރުމެން އަމިއްލައަށް ރަށާ އަތޮޅު ތަރައްގީ ކޮށްލަފާނަން.
ބޮޑުމީހާ
29 May 2022
މި ސްލޯ ސަރުކާރުގައި މާ ބޮޑު ކަމެއްވާނެކަމަށް އުއްމީދުކުރާނެކަމެއް ނެތް
ޖޯން
29 May 2022
ކީކޭތަ މީނަކީ. ނެތްތަ ވީޑިއޯ އެއް. ކޮން ޑްރޯންއެއްގެ ވާހަކަތަމީ. އަގައިން ނާރާ މީހެއް މީ. އެއްފަހަރު ބުނާނެ މިނިސްޓްރީގަ މިކަން ކުރަން މީހުން ނެތިއްޔޭ. ކީއްވެހޭ މިނިސްޓްރީ އަށް ހުށަހަޅަން ޖެހެނީ އަދިވެސް. ކައުންސިލުން ބޭނުންގޮތަކަށް ކުރަހާ ބިން ބޭނުން ކުރަން ދޫ ނުދެވެނީ ކީއްވެހޭ. ލާ މަރުކަޒުވެގެން އައި ތަފާތެއް ދައްކަބަލަ އެއް ކަމެއްގަ ވެސް.
ކަނީރާ
28 May 2022
އަސްލަމް، އަސަދު، އަލީ ހާޝިމް، މިއީ ހުސް އަނގައިން ހިފަހައްޓާ މީހުން!
ފަށަން
28 May 2022
ލޭންޑް ޔޫސް ޕްލޭން އަކީ ކައުންސިލް ހެދެންޖެހޭ އެއްޗެއް. މާލޭގެ ލޭންޑް ޔޫސް ޕްލޭން ފާސްކޮށްގެން މުޅިމާލެ ތޮށްޖެއްސި ބަޔަކު ރަށްރަށާ މާދުރުގަ ތިބި ބަޔަކު ލައްވާ ލޭންޑް ޔޫސްޕލޭން ފާސް ކުރުމަކީ ބޮޑު ޖޯކެއް. ރަތްތަތުން ބޭނުންވާގޮތަކަށް އެރަށެއްގެ ކައުންސިލް އިން ބިންބޭނުން ކުރާނެ ގޮތް ނިންމީ މަ ނިމުނީ. ކޮންމެކަމަކަށް ފުރަމާލެ އަށް ފޮނުވާކަށް ނުޖެހޭ. ލާމަރުކަޒު ކުރުމަކީ އަޅުދާސް ކުރުވުމެންނުން.