ކުޅިވަރު / ޗެމްޕިއަންސް ލީގު

ފުޓްބޯޅައިގެ ރަސްގެފާނު ރެއާލުން ޔޫރަޕްގެ ޗެމްޕިއަންކަން 14 ވަނަ ފަހަރަށް ހޯދައިފި

ރެއާލްގެ ކުޅުންތެރިން އުފާފާޅު ކުރަނީ ކުރަނީ: މިއީ ޔޫރަޕްގެ ކްލަބް ލެވަލްގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް އެކްލަބުން ކާމިޔާބު ކުރި 14 ވަނަ ފަހަރު --- ފޮޓޯ: އޭއެފްޕީ

29 މެއި 2022 - 02:37

23 comments

ޕެރިސް (މެއި) - ލިވަޕޫލްގެ މައްޗަށް 1-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ދުނިޔޭގެ ފުޓްބޯޅައިގެ ރަސްގެފާނު ރެއާޅްއިން ޗެމްޕިއަންސް ލީގު، 14 ވަނަ ފަހަރަށް ކާމިޔާބުކޮށްފި އެވެ.

ޕެރިހުގައި ހުންނަ ފްރާންސްގެ ގައުމީ ސްޓޭޑިއަމްގައި ކުޅުނު މެޗަށް ސަޕޯޓަރުން ވަނުމުގައި ދަތިތަކެއް ދިމާވުމުން މެޗު ފެށުން ގާތްގަނޑަކަށް ބައި ގަޑިއެއްހާއިރަށް ލަސްވި އެވެ. މެޗު ފެށިގެން ނިމެންދެން ގިނަ ހަމަލާތަކެއް އުފެއްދީ ލިވަޕޫލުންނެވެ. އެޓީމުން ޖުމުލަ 24 ހަމަލާއެއް ފޮނުވާލި އެވެ. ރެއާލް އަށް އުފެއްދުނީ އެންމެ ހަތަރު ހަމަލާ އެވެ. ލިވަޕޫލުން އުފެއްދި ނުރައްކާތެރި ނުވަ ފުރުސަތެއް، ރެއާލްގެ ކީޕަރު ޓިބޯ ކޯޓްއާ ހުއްޓުވި އެވެ.

ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ވަނީ ފުރަތަމަ 11 އިން ފަބީނިއޯ އާއި ތިއާގޯ އަލްކަންޓާރާ އަދި ފްރާންސް ޑިފެންޑަރު އިބްރާހިމާ ކޮނާޓޭ ހިމަނައިފަ އެވެ. ފޯވާޑް ލައިނުގައި މުހައްމަދު ސަލާހާއި ސަޑިއޯ މާނޭއާ އެކު ކޮލަމްބިއާ ފޯވާޑް ލުއިސް ޑިއާޒް އަށް ވެސް ފުރުތަމަ 11 އިން ފުރުސަތު ދިނެވެ.

ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީ ވަނީ 2018 ވަނަ އަހަރުގެ ފައިނަލުގައި ފެށި ފަސް ކުޅުންތެރިން ކަމަށްވާ ކަރީމް ބެންޒެމާ އާއި ޑެނީ ކާވަހާލްގެ އިތުރުން މިޑްފީލްޑް ޓްރިއޯ؛ ލޫކާ މޮޑްރިކާއި ޓޯނީ ކްރޫސް އަދި ކަސެމީރޯ ފުރަތަމަ 11 ގައި ހިމަނައިފަ އެވެ.

ފުރަތަމަ ހާފުގައި އެންމެ ބިޒީ ކޮށް ފެނުނީ ކޯޓުއާ އެވެ. މެޗު ފަށައިގެން ރެއާލުން ރަނގަޅަށް ކުޅެވޭތޯ މަސައްކަތް ކުރި ނަމަވެސް އެޓީމަށް މާ ރަނގަޅު ފުރުސަތެއް ތަނަވަހެއް ނުކުރެވުނެވެ. ފުރަތަމަ 15 މިނިޓު ފަހުން ލިވަޕޫލުން އިތުބާރާ އެކު ކުޅެ، ވަނީ ގިނަ ފުރުސަތުތަކެއް ހޯދައިފަ އެވެ. ސަލާހް ފޮނުވާލި ތިން ހަމަލާއެއް ކޯޓްއާ ދިފާއު ކުރި އެވެ. އަދި ތިއާގޯ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއެއް ވެސް ހުއްޓުވި އެވެ.

ލިވަޕޫލުން ފޮނުވާލި ހަމަލާއެއް ކޯޓްއާ ދިފާއު ކުރަނީ: ފުޓްބޯޅައިގެ އެނަލިސްޓުން ފާހަގަކުރި ގޮތުގައި ޗެމްޕިއަންސް ލީގު ފައިނަލެއްގައި ކީޕަރަކު ދެއްކި އެންމެ މޮޅު ކުޅުން ކޯޓްއާ މިރޭ ވަނީ ދައްކާފަ --- ފޮޓޯ: އޭއެފްޕީ

ލިވަޕޫލުން އެންމެ ނުރައްކާތެރި ހަމަލާ ފޮނުވާލީ މާނޭ އެވެ. އޭނާ އޭރިއާ ތެރެއިން ކަސެމީރޯ ކައިރިން ނައްޓާފައި ފޮނުވާލި ބާރު ބޯޅަ ތިރީ ކަނަށް ވަންނަން ދަނިކޮށް ކޯޓުއާ ދިފާއު ކުރި އެވެ. ކޯޓުއާ ޖެއްސި ބޯޅަ ގޯލު ދަނޑީގައި ޖެހިފައި ކުޅުމުގެ ތެރެއަށް އައި ނަމަވެސް ކޯޓުއާ ވަނީ މިފަހަރު ބޯޅަ އޭނާގެ އަތަށް ނަގައިފަ އެވެ.

މެޗުގެ 42 ވަނަ މިނިޓުގައި ރެއާލަށް ލިބުނު އެންމެ ރަނގަޅު ފުރުސަތުގައި ބެންޒެމާ ލަނޑު ވެސް ޖެހި އެވެ. އޭރިއާ ތެރެއަށް މަތިން އައި ބޯޅަ އޭނާ ކޮންޓްރޯލް ކުރި ނަމަވެސް މާ ރަނގަޅަށް ފޮނުވާ ނުލެވި ގޯލު ކުރިމައްޗަށް ޖައްސާލުމުން ފެޑެރިކޯ ވެލްވާޑް ޖަހަން އުޅެނިކޮށް ކޮނާޓޭ އާއި ފަބީނިއޯ ހުރަސް އެޅުމުން ބެމްޒެމާ އަށް ބޯޅަ ލިބުމާ އެކު އޭނާ ވަނީ ގޯލުތެރަށް ބޯޅަ ފޮނުވާލައިފަ އެވެ. އެކަމަކު ވެސް ތިން މިނިޓުގެ ވީއޭއާރު ރިވިއު އަކަށް ފަހު ނިންމީ، ވެލްވާޑް ފައިގައި ބޯޅަ ޖެހުނު ވަގުތު އޭނާ ހުރީ އޮފްސައިޑުގައި ކަމަށެވެ.

ޕެރިގުގައި މިރޭ ޖެހި ހަމައެކަނި ލަނޑު ޖެހީ 59 ވަނަ މިނިޓިގައި ވިނީޝަސް ޖޫނިއާ އެވެ. ފެޑެރިކޯ ވެލްވާޑޭ ނަގައިދިން ހުރަހެއް ވިނީޝަސް ޖެހީ އާނޯލްޑްގެ ފަހަތުގައި ހުހަށް ހުރެ ގޯލު ތެރަށް ފޮނުވާލައިގެންނެވެ،\

ރެއާލްގެ ލަނޑު ޖެހި ވިނީޝިއުސް ޖޫނިއާ އުފާފާލު ކުރަނީ --- ފޮޓޯ: އޭއެފްޕީ

މި ލަނޑަށް ފަހު ލިވަޕޫލުން ނަތީޖާ އެއްވަރު ކުރަން ގިނަ ފުރުސަތުތަކެއް ތަނަވަސް ކޮށް ވަނީ ގިނަ ހަމަލާތަކެއް ފޮނުވާލައިފަ އެވެ. ނަމަވެސް ރެއާލްގެ ތަފާތަކަށްވީ ކީޕަރު ކޯޓުއާ އެވެ. އޭނާ ވަނީ ސަލާހު ފޮނުވާލި ތިން ހަމަލާއެއް ދިފާއު ކޮށް، ބަދަލު ކުޅުންތެރިއެއް ގޮތުގައި ކުޅެން އެރި ޖޮޓާ ފައިގައި ޖެހިފައި ގޯލަށް ވަންނަން ދިޔަ ބޯޅައެއް ވެސް ދިފާއު ކޮށްފަ އެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނު ކޯޓުއާ ވަނީ ފައިނަލުގައި ނުވަ ސޭވް ކޮށް، ޗެމްޕިއަންސް ލީގު ފައިނަލެއްގައި އެންމެ ގިނަ ސޭވް ކުރި ކީޕަރުގެ ރެކޯޑް ހޯދައިފި އެވެ. މީގެ އިތުރުން ރެއާލްގެ ޑިފެންސުން ވެސް ވަނީ ލިވަޕޫލްގެ އެޓޭކްތައް ހުއްޓުވުމުގައި މުހިއްމު ދައުރެއް އަދާ ކޮށްފަ އެވެ.

މި ދެޓީމު 1981 ވަނަ އަހަރުގެ ޕެރިހުގައި ކުޅުނު ޔޫރަޕިއަން ކަޕް ފައިނަލުގައި ވާދަކޮށް ލިވަޕޫލް ކާމިޔާބު ކުރީ ވެސް މި ނަތީޖާއިންނެވެ. މިއާ އެކު ރެއާލް މެޑްރިޑުން އެންމެ ފަހުން ޗެމްޕިއަންސް ލީގު ފައިނަލުގައި ކުޅުނު އަށް ފަހަރު ވެސް ވަނީ ކާމިޔާބު ކޮށްފަ އެވެ. އެންމެ ފަހުން 2018 ވަނަ އަހަރު ރެއާލުން މުބާރާތް ކާމިޔާބު ކުރީ ވެސް ލިވަޕޫލް ބަލި ކޮށްފަ އެވެ.

މިއާ އެކު ރެއާލްގެ ކޯޗު ވަނީ ހަތަރު ފަހަރު މުބާރާތް ކާމިޔާބުކުރި ފުރަތަމަ ކޯޗުގެ މަގާމް ހޯދައިފަ އެވެ. މީގެ ކުރިން ވެސް ރެއާލް އާއެކު ޗެމްޕިއަންސް ލީގު ނެގި ކޯޗު ވަނީ އޭސީ މިލާނާ އެކު ވެސް ދެ ފަހަރު މުބާރާތް ކާމިޔާބު ކޮށްފަ އެވެ.

މެޗުގައި ބެންޒެމާ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނަސް ތަށި އުފުލާލީ ކެޕްޓަން މާސެލޯ އެވެ. މި ސީޒަނަށް ފަހު އޭނާ ޓީމު ދޫކޮށްލަން ނިންމާފައި ވާއިރު މިއީ މާސެލޯ ރެއާލާ އެކު ޗެމްޕިއަންސް ލީގް ކާމިޔާބުކުރި ފަސްވަނަ ފަހަރެވެ.\

މި ސީޒަނުގެ ސްޕެނިޝް ލަ ލީގާ ވެސް ކާމިޔާބު ކުރީ ރެއާލް މެޑްރިޑެވެ.

23 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 17%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 33%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކޫލަރު

29 May 2022

އަސަރު ކޮއްފިދޯ

The name is already taken The name is available. Register?

އމ ފ އ

29 May 2022

ޔުއެފާގެ ސްޕޮންސަރަށް ތަށި ލިބިއްޖެ.

The name is already taken The name is available. Register?

ވގ ރއލ

29 May 2022

ޔުއެފާގެ އެހީގަ ރެއާލުން ތަށި ނެގުން އެއީ ކާމިޔާބީއެއް.

The name is already taken The name is available. Register?

އދކލ ސރ

29 May 2022

ހަޖަމް ކޮށްލާދެން. ހަހަ. ވަރަށް ވެދުން.

The name is already taken The name is available. Register?

ބީ.އެސް.ބީ ވެންގާ

29 May 2022

ހަލޮ ހަލޯވް. ލިވަރފޫލު ބޯއީސް އަށް ކުލޮޕު ބޭބެ އާއި ސެފެރިން ބޭބެގެ ސަލާމް. އޯކޭތޭންކްސްބާއި..

The name is already taken The name is available. Register?

އަސްލުހާލަތު22

29 May 2022

އަންނޮލޮއްޓީއަކީ ލޮލުގެ އެސްފީނާ ގަދަ ގޮލައެއް ނޫނީ ސިހުރު ވެރިއެއްކަމަށް ބޮޑަށް ބެލެވެނީ.. ޔޫއެފާއިން އެކަން ތަހުޤީޤު ކުރަން އެބަޖެހޭ.. ކޯޗު ކޮށްދިނުނުގެ ގޮތުން އިރުޝާދެއްވެސް ނުދޭ ޖެހި ބުދެއް ހެން ހުރެފަ ލޮލެއް އަރުވާލަނީ އެހިސާބުން އިދިކޮޅު ޓީމު މެޅޭ ކިތަންމެ މޮޅަށް ކުޅުނަސް..

The name is already taken The name is available. Register?

ރަދީފްއޮފިޝަލް

29 May 2022

އަންޗެލޯޓީ އެއީ މޮޅު ކޯޗެއް.އެކަކުވެސް މިކަމަށް ދެބަހެއް ނުވާނެ.ނަމަވެސް ސުވާލަކީ އެވަޓަންގަ ހުރި އިރު ތިބުނި ސިހުރު މަސައްކަތް ނުކުރީ ކީއްވެ ބާ؟؟ ހަމަ އަހާލެވުނީ. ރުޅި ނާންނައްޗޭ ބްރަދާ.

The name is already taken The name is available. Register?

އެވަޓޯނިއަން

29 May 2022

އެވަޓަން ގަ އޮތް ޓީމާ ބަލާފަ އެމީހުން އޮތީ ވަރަށް ކުރީގަ.. ގަދަ 4 ގަވެސް ހިފަހަށްޓާލި ދުވަސްކޮޅަކު.. ހަމަ ތިޔަ ލިވަޕޫލު އެމީހުންގެ ދަނޑުގަ ބަލި ކުރީ ވެސް އަންޖަލޮއްޓީ އެވަޓަންއާއެކު.. އަންޖަލޮއްޓީ ދިޔަ ފަހުން އޮތީ ރެލިގޭޝަނާ ކައިރީފަ.. ޓީމު އެތެރެ ފަނިވެ އީޕީއެލްގެ އެހެން ޓީމު ތަކާ ވާދަ ނުކުރެވޭ ކަޑަ ޓީމެއް އޮތީމަ ކިތަންމެ މޮޅު ޖަާދޫއެއް ސިހުރެއް ވެސް ވޯކެއް ނުކުރާނެ ދޯ؟؟

The name is already taken The name is available. Register?

ލެއްގިކޮމިޝަނަރ

29 May 2022

އެވަޓަންގަ އެކަންޏެއްނޫން. ޕީއެސްޖީގަވެސް މާބޮޑުކާމިޔާބީއެއް ނުލިބޭ. ބެޔާން މިއުނިކުން ނަތީޖާ ދަށްވެގެން ވަޒީފައިން ވަކިބެސްކުރި. ތިބުނާހާމޮޅުނަމަ މިކަހަލަ ކަންކަމެއް ނުހިގާނެތާދޯ؟ ޔޫއެފާގެ އެހީތެރިކަން އެންމެ ފަސޭހައިން ލިބެނީ ރެއާލްއަށް ވީމަ އެންޗެލޮޓީއެއްނޫން މަހުއްޓަސް ތިތަށިނެގޭނެ. ހުރިހާ ޝުކުރެއް ހައްގުވަނީ ޔޫއެފާއަށް.

The name is already taken The name is available. Register?

ވހ56ވޔ65ޔ

29 May 2022

މޮޅު ކުޅުންތެރިން ތިބޭ ޓީމެއްގަ ތިޔަ ބުނާ މޮޅު ނަތީޖާ ނެރެދެވެނީ///އެވެޓަންގަ ޗޮކުން ދިޔައީ މޮޅު ކޯޗު

The name is already taken The name is available. Register?

ޒައިކް

29 May 2022

ކާމިޔާބެއް ނުކިބޭކަމެއް ނޭނގޭ އޮތީ ލީގު ނަގާފަ ބޮޑުކޮށް އޭރު މިހަާރު އޮތް ވަރު ގަދަ ސްކޮޑެއް ވެސް ނޫން އޮތީ.. ބަޔާނުގަ ވެސް އަދި ފުރަތަމަ ސީޒަނުގަ ބަޔާނު ސެމީއަށް ވެސް ގެންދިޔަ ރެފްރީގެ ގޯސް ޑިސިޝަނަކުން ފައިނަލަށް ނުގޮސް ކެޓީ ކިރިޔަ ކިރިޔާ.. ދެން ހަޖަމު ނުވާ މީހުން ރެފުރީއޭ ކަޑޭ ފަޅޮލޭ ކިޔާނެ.. ރޭގަވެސް ރަނގަޅު ގޯލެއް އޮފްސައިޑޭ ކިޔާފަ ރިއާލަށް ނުލިބި އޮތީ.. ނަމުގަ ރެފުރީ ރިޔާލުގަ

The name is already taken The name is available. Register?

ޒައިކް

29 May 2022

އެވަޓަނޭ؟؟ އެ ފުޓުބޯޅަ ކުޅޭ ބައެއްތަ؟؟ މަންޑި ކުޅޭ ޓީމެއް ގޮވައިގެން ކާކަށް ތައްޓެއް ލިބޭނީ؟؟ އަޅެ ބުނެބަލަ މިދިޔަ 30 އަގަރު ތިޔަބުނާ މީހުންނާއެކު ލީގު ހޯދި ކޯޗަކު؟ އަންޖޫ ހުރި އިރު އެމީހުން އޮތީ ކުރީގަ

The name is already taken The name is available. Register?

ރަދީފްއޮފިޝަލް

29 May 2022

ދިވެހި ހުރިހާ ރެއާލް ފޭނުންނަށް މަރުހަބާ.ސައިކް ބުރެއް އޮންނާނެ ދޯ.ހެހެހެހެހެހެހެ. #ހަލަމެދްރިދް

The name is already taken The name is available. Register?

ލެއްގިކޮމިޝަނަރ

29 May 2022

ރެއާލްގެ ފޭނުން ސައިކަލް ބުރެއް ބޭވިޔަސް ނުބޭވިޔަސް އެއީ ރަދީފަކާ ބެހޭކަމެއްނޫން. އާސެނަލް ޗެމްޕިއަންސްލީގު ކުޅޭދުވަހަކުން ބޭފުޅާވާނެ މާލޭގެ ހުރިހާ ބޮޑެތި މަގުތަކުގަ ސައިކަލް ދުއްވަންވާނެ. ހިތާމަޔަކީ އެދުވަސް އަންނާނެ ދުވަހެއް ނޭންގޭތީ

The name is already taken The name is available. Register?

އަހުމިއްޓޭ

29 May 2022

ލެއްގިކޮމިޝަނަރ ކަލޭ އަނގަ ނުބާނާ ދިމާލެއް ނެތް.ރަދީފް ކޮމެންޓެއް ކޮއްފިނަމަ އަބަދު ރައްދު ދޭ ބޮޓެއްތަ ކަލޭތި.

The name is already taken The name is available. Register?

އަހުމިއްޓޭ

29 May 2022

ހާދަ މޮޅަށޭ ސްޓެޓިސްޓިކް ތިބަލަނީ. ލިވަޕޫލުން އުފެއްދީ 16ހަމަލާ. އެވެސް ގޯލަށް އަމާޒުކުރެވުނީ 9. 24 ހަމަލާއެއްނޫން.

The name is already taken The name is available. Register?

އަސޭލާ

29 May 2022

ލިވަފޫލަށް އިންނަނީ ސީޒަނެއްގަ ލިބެންޖެހޭ ހުރިހާ ހިތްދަތި ކަމެއް ލިބިފަ ރެއާލްމެޑްރިޑް ކައިރިން ސަލާމަތްވެވޭނީ މަދު ފަހަރެއްގަ އެއީ ފުޓްބޯޅަ ކުލަބްތަކުގެ ރަސްގެފާން ލިވަޕޫލަށް ކުޅި ކުޅެވޭނީ ކުޅި ކުޅެވޭކަހަލަ ޓީމްތަށް ކައިރީގަ މިސާލަކަށް އާސެނަލް ޗެލްސީ ޔުނައިޓެޑް މަން ސިޓީ ބާސެލޯނާ

The name is already taken The name is available. Register?

ގތ ވގ

29 May 2022

ޔޫއެފާގެ މެއިން ސުޕޮންސަރ. އެހެންވީމާ ތަފާތުވާނެ ތުރީޓު ކުރާގޮތް... ގެޓުވޭތަ

The name is already taken The name is available. Register?

ލެއްގިކޮމިޝަނަރް

29 May 2022

މަރުހަބާ ރެއާލް، ރަދީފަށް ލަދުން މަރުހަބާ ކިޔާލަންވެސް ނުކެރުނު!

The name is already taken The name is available. Register?

ރަދީފްއޮފިޝަލް

29 May 2022

އަހަރެން ލަދުން ކޮމެންޓް ނުކުރަން ޖެހޭ ސަބަބެއް ނޯންނާނެ.ކަލޭގެ ކްލަބް މެންޗެސްޓާ ސިޓީ ބަލިކޮށްފަ ދޯ ރެއާލް ފައިނަލަށް ދިޔައީ.އެހެންވީމަ ރެއާލް ތަށި ހޯދީމަ އެންމެ ބޮޑު އަސަރެއް ކުރާނީ ކަލެއަށް ކަމަށް ފޭންސައިކޮލޮޖީގެ ސެކްޝަން 2 ގެ 3 ވަނަ މާއްދާ ބުނޭ.ރައިވަލްސް ކާމިޔާބީ ހޯދީމަ މަރުހަބާ ކިޔަން އަހަރުމެން ފަސްޖެހޭނެ ހާލަތެއް ނޯންނާނެކަން ކޮމެންޓް ސެކްޝަނުގެ މާޒީ ބުނެދޭނެ.ވ.ވެދުން #ލިވަރެއާލް #ޔޫސީއެލް #ފައިނަލް2022

The name is already taken The name is available. Register?

ލެއްގިކޮމޮޝަނަރ

29 May 2022

ކަލޯ ރަދީފުބެއްޔާ މީމަގޭ ކޮމެންޓެއްނޫން. ފާޑުފާޑަށް ސިޓީއާނުބެހޭތި. އެއީ މަނިކުފާނުގެ އާސެނަލްއާ އަޅާބަލާއިރު ހުރިހާގޮތަކަށްވެސް މިހާރު ފުރިހަމަ ބޮޑުކުލަބެއް. އާސެނަލް ގޮވައިގެން ޑޮމެސްޓިކް މުބާރާތްތަކުގަ ވާދަކޮށްގރންވެސް ޖެހެނީ ހުސްއަތާ ސީޒަން ނިންމާލަން. ލަދުން ބޮއިހަލާކު

The name is already taken The name is available. Register?

ޕޮގުބާ

29 May 2022

މައިކަލް އޮވެން ބުނިގޮތަށް ރެއާލްމެޑްރިޑް ފަސޭހަކަމާއެކު ބަލިކޮށް ޔުއެފާ ޗެމްޕިއަންސް ލީގު ލިވަޕޫލް ކާމިޔާބް ކޮށްފި

The name is already taken The name is available. Register?

މައިކަލް ދޮންކަލޯ

29 May 2022

އޭނަ މެޑްރިޑްގަ ފްލޮޕްވީމަ އަދިވެސް އެ ރުޅިގަނޑު. ދެން ކޮހެއް ނޫނިއްޔާ އެނގޭނެ ދޯ ދުނިޔޭގަ އުފެދުނު އެއްމެ މޮޅު ސްޓަރައިކަރާ ރައުލްއާ ތިއްބާ އިނގިރޭސީ މީޑިއާއިން މަޝްހޫރުކުރި މައިކަލް އޮވެން ސްޓާޓިންއަށް ނުލާނެކަން ރޮނާއާ ރައުލް ބެންޗަށް ލާފަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454