ޚަބަރު / އެޑިއުކޭޝަން މިނިސްޓްރީ

ހިދުމަތުން ވަކިވި މީހުން ތައުލީމީ ދާއިރާއަށް ވަނުމަށް ޝައުގުވެރިކަން ފާޅުކުރަނީ

މިދިޔަ އަހަރުގެ ޓީޗަރުންގެ ދުވަސް ފާހަގަކުރުމަށް ކަލާފާން ސްކޫލްގައި ބޭއްވި ހަރަކާތެއްގައި އެ ސްކޫލްގެ ޓީޗަރުން ބައިވެރިވަނީ- ފޮޓޯ: ފަޔާޒު މޫސާ / މިހާރު

މުސާރަ ކުޑަވުމުގެ ސަބަބުން ތައުލީމީ ދާއިރާއިން މީގެ ކުރިން ވަކިވި ބައެއް މީހުން، އެ ދާއިރާއާ އަލުން ގުޅުމުގެ ޝައުގުވެރިކަން ފާޅުކުރަން ފަށައިފި އެވެ.

ޓީޗަރުންނާއި ޕްރިންސިޕަލުންގެ މުސާރައަށް ގެނައި ބަދަލުތަކުގެ މައުލޫމާތު ނޫސްވެރިންނަށް ތަފްސީލުކޮށްދިނުމަށް އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ބައްދަލުވުމުގައި، އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު މުޖާހިދު ވިދާޅުވީ މުސާރައަށް ގެނައި ހެޔޮ ބަދަލުތަކުގެ ސަބަބުން އެ ދާއިރާއާ ދެވަނަ ފަހަރަށް ގުޅެން ބޭނުންވެގެން މިނިސްޓްރީއަށް ސިޓީ ފޮނުވާފައިވާ ކަމަށެވެ.

"ސެކްޓާ ދޫކުރައްވައި ވަޑައިގެންނެވި ބޭފުޅުން ނުވަތަ އެހެން ވަޒީފާތަކުގައި ތިއްބެވި ބޭފުޅުން ވެސް [އަލުން ތައުލީމީ ދާއިރާއަށް ވަނުމަށް] ޝައުގުވެރިކަން ފާޅުކޮށްފައި އެބަހުރި. މިނިސްޓްރީއަށް ސިޓީ ވެސް ފޮނުވާފައި އެބަހުރި،" މުޖާހިދު ވިދާޅުވި އެވެ.

"އުސޫލެއްގެ ގޮތުން ސިޓީ ފޮނުވާކަށް ނުޖެހޭނެ. މަގާމަށް އިއުލާންކުރީމަ ކުރިމަތިލުމުގެ ފުރުސަތު އޮންނާނެ."

ޓީޗަރުންނާއި ޕްރިންސިޕަލުން ކުރާ މަސައްކަތަށް އެކަށީގެންވާ އުޖޫރައެއް ނުލިބޭ ކަމުގެ ޝަކުވާތަކާ އެކު މީގެ ކުރިން ބައެއް ބޭފުޅުން ތައުލީމީ ދާއިރާ ދޫކޮށް އެހެން ދާއިރާތަކާ ގުޅިފައިފައިވެ އެވެ. އޭގެ ތެރެއިން އެއް ތަނަކީ ލޯކަލް ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) ގެ މަގާމެވެ.

އެސްޖީން ހޯދުމަށް މިދިޔަ އަހަރުގެ މެދުތެރޭގައި އިއުލާންކުރުމުން ތައުލީމީ ދާއިރާގެ ހިދުމަތުގައި ތިއްބެވި ބައެއް ބޭފުޅުން، އެ ދާއިރާ ދޫކޮށް ކައުންސިލްތަކުގެ އިދާރީ ހިންގުމުގެ އެންމެ އިސްވެރިޔާގެ މަގާމަށް ކުރިމަތިލި އެވެ. އެކަމަކު، ޓީޗަރުންގެ މުސާރައިގެ އާ އޮނިގަނޑަށް އެންމެ ފަހުން ގެނައި ބަދަލުން އެސްޖީންނަށް ވުރެ ޓީޗަރުންގެ މުސާރައަށް ވަރަށް ބޮޑު ކުރިއެރުމެއް އައިސްފައިވެ އެވެ.

ޓީޗަރުންގެ މުސާރަ ބޮޑުކުރިކަން ރައީސް އިއުލާންކުރެއްވުމަށް ފަހު މި މަހުގެ 1 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ރަށު ކައުންސިލްގެ އެސްޖީންނަށް މުސާރައިގެ ގޮތުގައި މަހަކު 9،300ރ. އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި 6،800ރ. އާ އެކު 16،100ރ. ލިބޭނެ އެވެ. އަތޮޅު ކައުންސިލްގެ އެސްޖީއަކަށް މުސާރައިގެ ގޮތުގައި ލިބޭ 12،130ރ. އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި ހަމަޖައްސާފައިވާ 8،870ރ. އާ އެކު ކޮންމެ މަހަކު ލިބޭނީ 21،000ރ. އެވެ.

ސިޓީ ކައުންސިލްތަކުގެ އެސްޖީންގެ މުސާރައަކީ 20،500ރ. އެވެ. އެ ބޭފުޅުންނަށް އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި 15،500ރ. އާ އެކު، މަހަކު 35،500ރ. ލިބެ އެވެ.

ނަމަވެސް، ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ގެނައި ބަދަލުތަކުގެ ސަބަބުން، އިތުރު ގަޑީގެ ފައިސާއާ އެކު މަހަކު ގެއަށް ގެންދަން ލިބޭ ވަރު އެތައް ގުނައެއް އިތުރުވެފައިވެ އެވެ.

މި މަހުން ފެށިގެން އަމަލުކުރާ އާ އޮނިގަނޑާ އެކު ޑިޕްލޮމާ ލެވެލްގެ ޓީޗަރަކަށް 13،266ރ. ޑިގްރީ ލެވެލްގެ ޓީޗަރަކަށް 19،467ރ. އަދި މާސްޓާސް ލެވެލްގެ ޓީޗަރަކަށް 20،895ރ. ލިބޭނެ އެވެ. ޕްރިންސިޕަލުންގެ ތެރެއިން ވެސް ރޭންކް 1 ގައި ހިމެނޭ ޕްރިންސިޕަލަކަށް 30،610ރ. އަދި ރޭންކް 2 ގައި ހިމެނޭ ޕްރިންސިޕަލަކަށް 33،075ރ. ލިބޭނެ އެވެ.

ނޫސްވެރިންގެ ބައްދަލުވުމަށް ފަހު އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ "މިހާރު" އަށް ވިދާޅުވީ މުސާރައިގެ އާ އޮނިގަނޑު އިއުލާންކުރުމުގެ ކުރިން ސްކޫލަކަށް ޕްރިންސިޕަލަކު ހޯދަން މި ފަހުން ތިން ފަހަރު އިއުލާން ކުރަން ޖެހުނު ކަމަށެވެ. ނަމަވެސް، މުސާރަ ބޮޑުކުރި ފަހުން އެ ސްކޫލަށް ޕްރިންސިޕަލަކު ހޯދަން އިއުލާނުކުރާނެ އިރެއް، އެ ސްކޫލްގައި މި ވަގުތު ހިދުމަތުގައި ތިބި ބައެއް މުވައްޒަފުން ބަލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ތައުލީމީ ދާއިރާގެ މުސާރައަށް ބޮޑު ބަދަލެއް ގެނެސްފައިވަނީ، އެ ދާއިރާއަށް ފެންވަރު ރަނގަޅު ދިވެހި ޓީޗަރުންނާއި ޕްރިންސިޕަލުން ނުލިބޭ ކަމުގެ ޝަކުވާ އާއި ކަންބޮޑުވުންތައް ވަރަށް ބޮޑުވެފައިވަނިކޮށެވެ. އެކަމަކު، މުސާރައަށް ގެނައި ބަދަލުތަކުގެ ސަބަބުން ފެންވަރު ރަނގަޅު ދިވެހިން ނުލިބުމުގެ ޝަކުވާއަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

58 ކޮމެންޓް, 19 ރިއެކްޝަންސް

icon happy icon happy 37%
icon sad icon sad 0%
icon angry icon angry 63%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ލުތުފީ

31 May 2022

މިއީ ތައުލީމީ ދައިރާއަށް ލިބުނު ކުރިއެރުމެއް. ރަގަޅު ޓީޗަރުން ލިބޭނީ ރަގަޅު މުސާރަ ލިބިގެން.

The name is already taken The name is available. Register?

ލޮޖިކަލް ތިންކާ

01 June 2022

މުސާރަ ބޮޑަސް ސިކުންޑިއެއް ހުރި މީހެއް ނުދާނެ މި ވަޒީފާ އަކަށް. ދިރިއުޅުން ސްކޫލަށް ބަދަލު ކޮށް އާއިލާ އައް ވަގުތު ނުދީ އުޅެން ? ވާނީ ވަރަށް އުޅުން ނެތް ބަޔެއް.

The name is already taken The name is available. Register?

އަރސަދު

31 May 2022

ކަމެއްނެތި އިއްޒަތް ތެރި އަދި 850000/ރ ލިބޭނެ ގޮތްވެސް އެބައޮތް ކީއްވެތަ ޓީޗަރުންގެ ފަހަތުން ތިއުޅެނީ

The name is already taken The name is available. Register?

ޓީޗަރ އޮފް ލައިފް

01 June 2022

ޓީޗަރުން ތެރޭ ވެސް ގިނައީ ހަމ ތި މެންބަރުން ގޮތަށް ކޮސް މީހުން. ކުރި އައް އޮތް ޖީލް ބިނާ ކުރަން ފެންވަރެށް ނެތް. ޓީޗަރަކައް 10 އަހަރު އުޅެގެން ފެނުނީ އަސްލު ފެންވަރު ހުރި މޮޅު ހިތް ހުޔޮ މީހުން 10 މީހުން ތެރެއިން އެކަކު. މިހިން ކަން އޮތީމަ ޕޭރަންޓުން ކަންބޮޑުވަނީ.

The name is already taken The name is available. Register?

ލާާރިފޮށި

31 May 2022

ދެން ޕުރިންސިފަލުންނަށް ތިބޭނީ ޕާޓީ ކުދިން ކޮޅު އެެހެޔޮ ފެންވަރު ނެތަސް ސުކޫލު ކުދިންވެސް ޕާޓީ ތަކަށް ވައްދާނެ

The name is already taken The name is available. Register?

ތެދު ޖާޑި

31 May 2022

މިހާރު ވެސް ތިކަން އޮތީ ތިޔަހެން. ފެންވަރު ނެތަސް ?

The name is already taken The name is available. Register?

އެއްގަޑި ފުރާ ޓީޗަރު

31 May 2022

ހަމަ އެކަނި ލިބޭ މުސާރައިގެ ބޭނުމުގަ ވަނުމެއް ނެތް މި ވިދާޅުވީ އޭ ކިޔައިގެން އަމިއްލައަށް މިހިރައް ދައްކާ ބޮލަށް ތުރާވުން ދިވެހި މުދައްރިސުން ރަނގަޅު ކޮށްލެވުނަސް ވަރެއްވީ

The name is already taken The name is available. Register?

އެޑިއުކޭޝަން އައިސްތު

31 May 2022

އެހެން ދާއިރާތަކަށް ވެސް މީހުން ވަންނާނެ އަނގަޔާ އަތާ ދިމާވާ ވަރަށް މުސާރަ ދެނިކޮށް. ހެނދުނު 8 އިން ހަވީރު 4 އަށް މަސައްކަތް ކުރީމަ ސަރުކާރު އޮފީހަކުން މިދެނީ 6000 ރުފިޔާ. ސްޕަރވައިޒަރުންނަށް ތިބޭ މީހުން އެދޭ ނަފްސާނީ އަނިޔާއަށް ބޭސް ކުރަން މަހަކު އެބަދޭ 10،000. މިވަރުން ކިހިނެތް އުޅޭނީ.

The name is already taken The name is available. Register?

@އާއިސަ

31 May 2022

ޤާނޫނޫ އަސާސީގެ ރޫޙާ ޚިލާފަށް ހަމަހަމަކަން ދޫކޮށްލާ ތިޔަހެން ވަކި ބަޔަކަށް ތަގުޅިލައި އުޅުމުގެ ނަތީޖާ ވޯޓުން ފެންނާނެ ތަކެތި ގަންނަނީ އެންމެން އެއް ބާޒާރަކުން ވިހެއުން ދަނީ ދަށަށް ކުދިން އިތުރެއް ނުވޭ މިހން އޮތް ކަމެއްގަ ވަކި ބަޔަކަށް މުސާރަ ބޮޑު ކުރުން ބަލައިގަނެވޭނެ ކަމެއް ނޫން

The name is already taken The name is available. Register?

ކަބުލޮ

31 May 2022

"މުސާރަ ބޮޑުކުރި ފަހުން އެ ސްކޫލަށް ޕްރިންސިޕަލަކު ހޯދަން އިއުލާނުކުރާނެ އިރެއް، އެ ސްކޫލްގައި މި ވަގުތު ހިދުމަތުގައި ތިބި ބައެއް މުވައްޒަފުން ބަލާފައިވާ" ކަމަށް ވޭ - މީޕްރިންސިޕަލަކު ނެތީމަ ޕްރިންސިޕަލަކު ލިބޭނެ އިރެއް ބަލަން ނޫނީ މުސާރަ ބޮޑުވެގެން ގުޅާ ގުޅުމެއް ތޯއެވެ.

The name is already taken The name is available. Register?

ކަބުލޮ

31 May 2022

"މިނިސްޓްރީއަށް ސިޓީ ފޮނުވާފައިވާ" ވަނީ ގާތްގަޑަކަށް ކިތައް މީހުން ތޯއެވެ. ކޮން ކޮން ބައެއްތޯއެވެ - ކުރީގެ ޓީޗަރުން ތޯ އެވެ. މުސާރަ ބޮޑުވުމުގެ ސަބަބުން ބިދޭސީ ޕްރިންސިޕަލުން މަދުވާނެ ތޯ އެވެ. ޓިއުށަން ނެގުން މަދުވެދާނެތޯއެވެ. މާލޭގެ ކުދިން ގިނަ ކުލާސް ތަކުގައި ކުދިނަ މަދުވާނެތޯއެވެ، ނޫނީ ހެލްޕިނަ ޓީޗަރުން ލިބޭނެ ތޯއެވެ.

The name is already taken The name is available. Register?

އައިސްތު ދައްތަ

31 May 2022

ބޮޑު މުސާރަ ލިބެން ފެސީމަ ސައުގު ވެރިވާނެ ދޯ ކޮންމެ މީހަކުވެސް ލޮލް

The name is already taken The name is available. Register?

ޑިޕްލޮމާ

31 May 2022

ދާއިރާއަށް އެނބުރި އަންނަ ވަރެއްނުވޭ އަދި ތިޔަ މުސާރަޔަކުން. އިތުރު ގަޑިއޭ ކިޔާއިރު، މިހާރު ހޮނިހިރުގަވެސް 8ގަޑިއިރު މަސައްކަތް ކޮށްގެން ނޫނީ އިތުރުގަޑީގެ ލާރިއެއް ނުލިބޭ. ޑިޕްލޮމާ ގަނޑެއް ނެތަސް މީގެކުރިންވެސް ކިޔަވައިދިނީ ފެންވަރުގަ. މަޖިލީހަށް، ކައުންސިލަށް ވިއްޔާ ޑިޕްލޮމާ އެއް ކީއްކުރަން، ގުރޭޑު7 ގެ ފެންވަރު ނެތަސް 37ހާހުން މުސާރަ. މެޑިކަލް އާއި އެހެނިހެން އެލެވެންސް އަންލިމިޓެޑް. ޥަﷲއަޢުލަމް!

The name is already taken The name is available. Register?

ވސނ

31 May 2022

ދައުލަތުންކުރާ ބޭކާރުޚަރަދުތައް ކުޑަކޮށް މިކަހަލަ މުހުންމު މަސައްކަތުގައިއިޅޭ މުވައްޒިފުންނަށްދެވޭ މުސާރައާއި ޢިނާޔަތްތައް ބޮޑުކުރުމަކީ ވަރަށް ބޭނުންތެރިކަމެއް. އެކަމާއިމެދު ރަނގަޅުވިސްނުމަކުން ވިސްނަންއެބަޖެހޭ. އެހެންނޫނީ އެފަދަކަންތަކަށް ބިދޭސީންގެންނަން މަޖުބޫރުވާނެ. އެކަމުންލިބޭ ގެއްލުން ހީނުކުރާހައި ބޮޑުވާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454