ލަންކާގެ ފޮރިން މިނިސްޓަރު ޕެއިރިސް އަދި ވޯލްޑް ބޭންކުން ލަންކާ އަދި ރާއްޖެ އަށް ކަނޑައަޅާފައި ހުންނެވި ކަންޓްރީ މެނޭޖަ ޗިޔޯ އާއި ބައްދަލުކުރައްވަނީ ---ފޮޓޯ: ފޮރިން މިނިސްޓްރީ
30 މެއި 2022 - 13:56
ސްރީ ލަންކާގެ އިިގްތިސާދީ ކާރިސާ އިން އަރައިގަންނަން، ވޯލްޑް ބޭންކުން 700 މިލިއަން ޑޮލަރު ދޭނެ ކަމަށް އެ ޖަމާއަތުން ލަންކާ އަދި ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ މެނޭޖަރު ޗިޔޯ ކަންޑާ ވިދާޅުވެއްޖެ އެވެ.
އޭނާ މިއަދު ވަނީ ލަންކާގެ ފޮރިން މިނިސްޓަރު ޕްރޮފެސާ ގަމިނީ ލަކްޝްމަން ޕެއިރިސްއާ އެކު ބައްދަލުވުމެއް ބާއްވައިފަ އެވެ.
ލަންކާގެ ފޮރިން މިނިސްޓްރީގެ ވެބްސައިޓްގައިވާ ގޮތުން، މި ބައްދަލުވުމުގައި ޕެއިރިސް ވަނީ އައިއެމްއެފް ފަދަ ޖަމާއަތްތަކާއި އެހީވާ ގައުމުތަކުގެ ދާއިމީ އެހީ ހަމަޖެހެންދެން ވޯލްޑް ބޭންކުގެ ފަރާތުން އެހީއަށް އެދިވަޑައިގެންފަ އެވެ. އަދި ލަންކާގެ މި އަހަރުގެ ބަޖެޓްގެ ހަރަދުތައް ކުޑަކުރުމުގައި ދިމާވާ ދަތިތައް ވެސް ޗިޔޯ އާއި ހިއްސާކުރެއްވި އެވެ.
"ދާއިމީ ހައްލެއް ލިބެންދެން، އަޅުގަނޑުމެން އެދެނީ ވަގުތީ އެހީއެއް ވޯލްޑް ބޭންކުގެ ފަރާތުން ލިބުމަށް" ޕެއިރިސް ވިދާޅުވި އެވެ.
ލަންކާ ރައްޔިތުން ގޭސް ގަންނަން ކިއޫ ހަދާފައި ---ފޮޓޯ: ފައިލް ފޮޓޯ
ވޯލްޑް ބޭންކުގެ ކަންޓްރީ މެނޭޖަ ޗިއޯ ވިދާޅުވީ އޭޝިއަން ޑިވަލޮޕްމެންޓް ބޭންކް (އޭޑީބީ)، އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމެންޓް ބޭންކް (އޭއައިއައިބީ) އަދި އދ. އޮފީހުން މިހާރު ކުރިއަށް ގެންދާ ޕްރޮޖެކްޓްތަކުން ލަންކާ އަށް އެހީވުމަށް ބާރު އަޅާނެ ކަމަށެވެ.
ލަންކާ އަށް ދިމާވެފައިވާ އިގްތިސާދީ ކާރިސާ އިން އަރައިގަތުމަށް، އެ ގައުމުގެ ބޮޑު ވަޒީރުކަމާ އެންމެ ފަހުން ހަވާލުވެވަޑައިގެންނެވި ރަނިލް ވިކްރަމަސިންހަ ވަނީ ބަޖެޓްގެ ހަރަދުތައް ކުޑަ ކުރުމުގެ ގޮތުން އެގައުމުގެ ހުރިހާ އިންފްރާސްޓްރަކްޗާ ޕްރޮޖެކްޓްތަކެއް ހުއްޓާލަން ނިންމަވައިފަ އެވެ.
ކޮވިޑުގެ ސަބަބުން ކުރިމަތިވި މި ހާދިސާގެ ގެއްލުން އެންމެ ބޮޑަށް ކުރީ ލަންކާގެ އާންމު ރައްޔިތުންނަށެވެ. ތަކެތީގެ އަގު އިންތިހާޔަށް ބޮޑުވެގެން ދިޔަ އެެވެ. އަދި މިކަންކަމާ ހެދި ލަންކާގެ ރައްޔިތުން އަންނަނީ އެ ގައުމުގެ ސަރުކާރާ ދެކޮޅަށް އަޑުއުފުލައި މުޒާހަރާ ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބީރުބޮލު ވަޒީރު.
30 May 2022
ތިއައީ މިރާއްޖޭގެ ބަރުލަމާނީ ބޮޑުވަޒީރުގެ މަސައްކަތް. ޝުކުރިއްޔާ ބަރުލަމާނީ ބޮޑުވަޒީރު.
ޅިން
30 May 2022
ވޯލްޑް ބެންކުން ލޯނު ދޭއިރު ހުންނާނެ ބައިވަރު ސަރުތުތަ، ސަބްސިޑީ ކަޑާލުން، މަނީ ޑީވެލިއުކުރުން، ސަރުކާރުގެ ހަރަދުތަ ކުޑަކުރުން، މަގު ހެދުމާ، ބަދަރު، ބިރިޖް މިކަހަލަ އިންފްރާ ޕުރޯޖެޓްތަ ހުއްޓަލުން. މިހެންވެ ކޮންމެ ގައުމެއްވެސް ބަލާނެ އެމީހުން ކައިރިޔަ ނުގޮސްވޭތޯ. މިސަބަބާހުރެ ބޮޑު އިންޓްރަސްޓް ދީފަ ނަމަވެސް ޗައިނާއިންނާ އިންޑިޔާއިން ލޯނުނަގަނީ. ލަންކާ ވަރަށް ހާލުގެ އުޅޭނީ ކުރިޔައް އައި 2 އަހަރު. ޢަހަރުންވެސް މިދަނީ ހަމައެދިމާލަ.
ޒަންޖަބީލްބެ
30 May 2022
ޝުކުރިއްޔާ "ދުނިޔޭގެ" ބޭންކް.