ފުވައްމުލަކުގައި މިއަދު ރޯވި ތެޔޮ ހުސްކުރި ޓޭންކު --
30 މެއި 2022 - 15:50
ފުވައްމުލަކުގައި، ތެޔޮ ހުސްކޮށްފައި އޮތް ޓޭންކެއްގައި މިއަދު ރޯވެ، އެކަކަށް ސީރިއަސް ޒަހަމްތަކެއް ވެއްޖެ އެވެ.
ފުވައްމުލަކު ސިޓީ ކައުންސިލްގެ ރައީސް އިސްމާއިލް ރަފީގު "މިހާރު" އަށް ވިދާޅުވީ ރޯވެފައިވަނީ ބަނދަރުމަތީގައި އޮތް، ތެޔޮ ހުސްކުރި ޓޭންކުތަކެއްގައި ކަމަށެވެ. އެކަން ދިމާވީ ބާ ދަގަނޑު ގަންނަ ބަޔަކު އެ ޓޭންކް ކަފަން އުޅެނިކޮށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފުވައްމުލަކުގައި މިއަދު ރޯވި ތެޔޮ ހުސްކުރި ޓޭންކު --
މޭޔަރު ވިދާޅުވީ އަލިފާން ރޯވެ ދެ މީހަކަށް އަނިޔާވެފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން އެކެއްގެ ހާލު ސީރިއަސް ކަމަށް އޭނާ ވިދާޅުވިއެވެ. އަނިޔާވި މީހުން މިހާރު ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެެވެ.
ޓޭންކުގައި ރޯވި އަލިފާންގަނޑު މިހާރު ވަނީ ނިއްވާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހިތަޑު 2
31 May 2022
ވަރިހަމަތާ ބޮނދު މީހާ ނުރައްކަލަށް ހުށާހަޅާފަ ބޮޑުމީހަ އަރާމުގަ، އޭނާ މަރާ ހަނގުރާމައިގަ މިހާރު. އަދަބު ދޭން ޖެހޭ ކޮބާ ވޯކްޕްލޭސް ސޭފްޓީ އަކީ؟
ވަޑިޔައްތޮކިނަބާ
30 May 2022
ތެޔޮ ހުސްކުރި ޓޭންކެއްގައިވެސް ރޯވާނެ އޭގައި ތެޔޮ ނުހިކި ހުއްޓައި ގޭސްކަޓަރު ބޭނުންކޮށްފިަނަމަ. "ވިސްނުމެއްނެތި ކޮށްފިކަމަކުން އެންމެފަހަރަކު ދޭހުގައި، ގިސްލަމުން ހިތިކަރު އޮއްސަންޖެހިދެއޭ ޢުމުރަށް މުޅިން"
އަަޅުގަނޑު
30 May 2022
ތެޔޮ ޓޭންކެއްގައިި ރޯވެެދާނެއެެވެ. ނަމަވެސް ތެޔޮ ހުސްްކުުރިި ޓޭންކެއްގައި ރޮލެއް ނުވާނެއެވެ.
އިޑިއަޓް
31 May 2022
ތިޔަކަހަލަ ކޮށި ވިސްނުން ގެންގުޅޭ މީހުން އުޅޭތީއޭ މިކަހަލަ އެކްސިޑެންޓްތައް ހިނގަނީ.
ޖަގަދާ
31 May 2022
ތިޔައީ ކޮށިވިސްނުމެކޭ ބުނުމަކީވެސް ކުރެވޭ ތައުރީފެއް....
ކޮރަލް
30 May 2022
އިހްމާލް ގަ ބަޔަކު ޒިންމާ ވާން ޖެހެ އެވެ.
ޕޮގުބާ
30 May 2022
އެހެން މީހުންނަށް ފިލާވަޅެއް
ށަވިޔަނި
30 May 2022
ހާދަ ހިތާމަހުރި ކަމެކޭ. މިފަދަ ހާދިސާތައް ތަކުރާރުވާއިރު ވެސް ފަރުވާތެރިނުވެވެނީއެވެ. އަނިޔާ ލިބުނު ދެ މީހުނަށް އަވަސް ޝިފާއެއް ދެއްވަވާށި.
ރަދީފްއޮފިޝަލް
30 May 2022
ކަނޑުކޮހުންތަކެއް ދޯ ތެޔޮ ހުސްކުރި ޓޭންކެއް ކަފަން / ކީހަން އުޅޭނީ.ތެލުގެ ވޭޕަރ ޓޭންކް ތެރޭގަ ހުންނާނެކަން 5 އަހަރުގެ ކުއްޖާއަށް ވެސް މިއަދު އެނގޭނެ.ސިމްޕަލް ކެމިސްޓްރީ.އަނިޔާ ލިބުނު މީހާއަށް އަވަސް ޝިފާއެއް މިންވަރުކުރައްވާށި.އާމީން.ވ.ވެދުން
ނައްކަވާރު
31 May 2022
ނޭނގޭތީތާ އެކަން ކުރާނީދޯ؟ އެންމެންނަކީ ކެމިސްޓްރީ ކިޔަވައިގެން އެލަމަންޓް ތަކާ ފޯމިއުލާތައް އަތަށް އަޅައިގެން އުޅޭ ބައެއް ނޫން.