އެސްޓީއޯ އާއި އެކު (އައިއައިޓީއެފްސީ) އިން އެއްބަސްުމުގައި ސޮއި ކުރަނީ. މި އެެއްބަސްވުމުގެ ދަށުން 175 މިލިއަން ޑޮލަރު ވަނީ ދޭން އެއްބަސްވެފައި--ފޮޓޯ:މިހާރު
02 ޖޫން 2022 - 10:59
ތެލާއި ކާޑު ގަންނަން އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސިން ކޯޕަރޭޝަން (އައިއައިޓީއެފްސީ) އިން އެސްޓީއޯ އަށް 175 މިލިއަން ޑޮލަރު (2.6 ބިލިއަން ރުފިޔާ)ގެ ކްރެޑިޓް ދޭން އެއްބަސްވެއްޖެ އެވެ.
މި އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރެވެ. އަދި އައިއައިޓީއެފްސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ހާނީ ސާލެމް އެވެ.
A US$175 million #Murabaha Trade Financing Facility has been signed between ITFC & @stoplc - Maldives today to facilitate the import of essential commodities including; petroleum products, staple food and medicine and medical equipment.#ITFCImpact #TradeDevelopment pic.twitter.com/gOjvIIrCVr
— ITFC (@ITFCCORP) June 1, 2022
މިދިޔަ އަހަރު ވެސް އައިއައިޓީއެފްސީން ވަނީ ކާޑާއި ތެލާއި ގަތުމަށް 75 މިލިއަން ޑޮލަރު (1.1 މިލިއަން ރުފިޔާ) ގެ ކްރެޑިޓް ފެސިލީޓެއް ދީފަ އެވެ. މި އަހަރުގެ ކްރެޑިޓް ފެސިލިޓީ ބޮޑު ކުރީ އެސްޓީއޯގެ މާލީ ހާލަތު ރަނގަޅުވެ، އެސްޓީއޯ އަށް އޮތް އިތުބާރު ބޮޑުވުމުން ކަމަށް އެ ކުންފުނިން ބުންޏެވެ.
މި ފެސިލިޓީއަކީ އިސްލާމިކް ފައިނޭންސިންގެ މުރާބަހާ ފައިނޭންސިން ފެސިލިޓީއެކެވެ. މި ފެސިލިޓީ ބޭނުންކުރާނީ ތެލާއި ކާޑުގެ ބާވަތްތައް ގަތުމަށް އެކަނި ކަމަށް އެސްޓީއޯއިން ބުންޏެވެ. މި ސްކީމުގައި އެސްޓީއޯ އިން ބޭނުންވާ މުދަލަށް ފައިސާ ދައްކާނީ އައިއައިޓީއެފްސީންނެވެ. އަދި އެ މުދަލަށް ވާ ފައިސާ އައިއައިޓީއެފްސީ އަށް ދައްކާނީ އެސްޓީއޯ އިންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަރަނި ދަންތުރަ
02 June 2022
އެސް ޓީ އޯ ޔަށް ހާދަ ފައިދާއެކޭ ތިޔަވަނީ ކަލޭނޭ ގައުމެތް ނެތް ، ލަންކާގެ ވާހަކަ ދެއްކިޔަކަސް ކަމަކުނުދާނެ
1206
02 June 2022
މިއީ ރަނގަޅު ފާލަކަށް ނުވާނެ.
ޑިމޮކްރަސީ
02 June 2022
ޤަވްމު ބަގުރޫޓްވާކަށްނެތް ބަގުރޫޓްވެ ނިމިއްޖެ ހަޑޫ ހަކުރު ފުށްވެސް މިގެންނަން ޖެހެނީ ލޯނުނގަިގެން
ށައިން
02 June 2022
ރިސޯޓު އޯނަރުން ގެންނަ ދޮން މީހާވެސް ކާން ދެނީ ނިކަމެތި ރައްޔިތު މީހާ ކާން ދައުލަތުން ގެންނަ ކާޑުކޮޅު މިވެސް އަރަތެއް. ޢެކަމަކުވެސަ ރިސޯޓު އޯނަރުން ދައުލަތަދައްކަން ޖެހޭ ކުލިނުދައްކައި ދައުލަތުން ގެންނަ ކާޑުކޮޅުވެސް އެބަ ގޮހޮރަލާ
އާސީނުތަށި
02 June 2022
އަސާސީ ތަކެތިވެސް ގެންނަން މި ޖެހެނީ ލޯނު ނަގައިގެންތަ؟ އެވެސް އެއް އަހަރު ނަގާ ލޯނަށްވުރެ އަނެއް އަހަރު ނަގާ ލޯނު އެތައް ގުނައެއް ބޮޑުކޮށް. ދެވަނަ ލަންކާއަކަށްނު މި ވީ
ހިމާރުލްގައުމު
02 June 2022
މިލިއަނުން ފައިދާވެޔޭ ކިޔާފަ ހިސާބު އަދަދުތަކެއް ދައްކާފަ ކާޑުކޮޅު ގަންނާނެ ފަދައެއްވެސް ނެތި ދަރަނި މި ނެގީ އެކަން ކުރަން. މިއީ ފެންވަރަކީ. ގައުމު ބަނގުރޫޓްވެ ނިމިއްޖެ.
ނުވިސްނޭ
02 June 2022
ބޭފުޅުންނޭ ، ގައުމު އާ އެސްޓީއޯ އާ ތަންތައް ހިންގަން ހަވާލު ކުރީމަ، ކުރެޑިޓައް ފައިސާ ނަގައިގެން ހިންގުނީމަ ތީ ހޭން ޖެހޭކަމެއް ނޫން. ނުހީ ސޮރީފީލްވެފަ ތިބެބަލަ. ވަރައް ހަޑި. މަ ފިސާރިފޫއްސެއް ކަރުވާ މިޒާތަް އުޅުނީމަ.
ކޮރަލް
02 June 2022
އެސްޓީއޯ އަށް އެތައް ބިލިއަނެއް ފައިދާ ވާއިރު ދެން ކޮން ކްރެޑިޓެއް ހެއްޔެވެ؟ މިއީ ދަރުވާލުމެވެ. ދެން ވެރިކަން ނިމި އޭނަ ދާނެ އެވެ. ދެން ހަވާލު ވާން ޖެހޭނީ ރައްޔިތުންނެވެ. ދެން ތަކެތި އަގު ބޮޑޫ ކޮށް ލޯން ފައިސާ ހޯދާނެ އެވެ.
ހަސަން2343ދދ
02 June 2022
ރާއްޖެ ބަގުރޫޓު ވާނެ ކަމެއް ނޫނީ ހާލަތު ރަގަޅު ވާނެ ކަމެއް ނޭގޭ ނަމަވެސް އިގޭ ހާވެސް އެއްޗަކީ ދުނިޔެ މިއޮތް ހާލަތުގައި ރާއްޖެއިން މި ހާލަތާ ނުގުޅޭ ނިންމުންތަކެއް ނިންމާފައި ވާކަން .. ޓީޗަރުންގެ މުސާރަ ބޮޑު ކުރުމާއި ބްރިޖް އެޅުންފަދަ ކަންކަމަކީ ހުޅުމާލޭގެ ބުރިޖް އަދި ފްލެޓް ތަކުގެ ލޯނު އަދި އެނޫންވެސް ބޮޑެތި ލޯނު މައިތި ކޮއްފައި ކުރަންޖެހޭ ކަންތައް ތައް .. ހަރަދު މިހާރުވެސް މާ ބޮޑީ ސަރުކާރުގެ
ނަސީ
02 June 2022
މިދަނީ ރާއްޖެ ބަގްރޫޓް ވާދިމާޅާލައް ކޮންމެ މީހަކު ކޮއްމެއެްޗެއް ބުނިކަމުގައި ވިޔަސް ، 2023/2024 ވާނެ ރައްއިތުންނައް ވަރައް ތަކުލީފު އަހަރުތަކަކައް މިބައިގަނޑަކައް ހަމައެއްވެސް އެއްޗެއް ނޭނގޭ ،
ކަކުނިބޯ
02 June 2022
ގަސްތުގަ ނޭންގިގެންނެއްނޫން 2023 ނުލިބޭނެތީވެ
ދޫވެހިގޭރާޖާ
02 June 2022
ތެދެއް ތިބުނީ މިގައުމުހަމައަކަށް އެޅެންއޮތީ ދޫވެހިގޭ ރާޖާއަށް ވެރިކަންދީ އޭނަގެގެދޮރުނިންމަން ބައިތުލްމާލަށް އަތްބާނަން ފުރުސަތުދީގެން.