ބީޖޭޕީގެ އިސް ތަރުޖަމާނު ނުޕޫރު ޝަރުމާ: އޭނާގެ ވާހަކަ އެތައް ބަޔަކު އަންނަނީ ކުށްވެރި ކުރަމުން.
06 ޖޫން 2022 - 11:09
ކީރިތި ރަސޫލާ އަށް އިހާނެތި ބަސްތައް ރައްދުކުރި އިންޑިއާގެ ބީޖޭޕީގެ ގައުމީ ސްޕޯކްސްޕާސަން ނުޕޫރު ޝަރުމާ ހަމަލަދިނީ މުޅި އިސްލާމީ އުއްމަތަށް ކަމަށް އަދާލަތު ޕާޓީން ރޭ ބުނެފި އެވެ.
"މުޅި އިންސާނިއްޔަތަށް ރަހުމަތެއް ކަމުގައި މާތް ﷲ ފޮނުއްވެވި މަތިވެރި ނަބިއްޔާ މުހައްމަދު ސައްލަﷲ އަލައިހި ވަސައްލަމްގެ ކައިވެނިފުޅުތަކާ ގުޅޭ ގޮތުން ކަނޑައެޅިގެން ހަގީގަތާ ހިލާފަށް ދޮގު ވާހަކަ ދައްކައި އެކަލޭގެފާނުގެ ޝަހުސިއްޔަތަށް ބަދުބަސް ބުނެ ތައުހީނުކޮށް، އަވަށްޓެރި އިންޑިއާގެ ވެރިކަންކުރާ ޕާޓީ، ބީޖޭޕީގެ އިސްތަރުޖަމާނު ފާޅުގައި ބުނެފައިވާ ބަސްތަކަކީ މުޅި އިސްލާމީ އުންމަތާ ދެކޮޅަށް ބުނެފައިވާ ބަސްތަކެއް ކަމަށް، އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުން ދެކެމެވެ،" މި ސަރުކާރު ހިންގާ ކޯލިޝަންގެ އެއް ބައިވެރިޔާ އަދާލަތުގެ ބަޔާނުގައި ވެ އެވެ.
އެ ޕާޓީން ބުނީ، އެތައް މިލިއަން މުސްލިމުންނާއި ޣައިރު މުސްލިމުންގެ ލޯބި ހޯއްދަވާފައިވާ ކީރިތި ރަސޫލާގެ ޝަހުސިއްޔަތަށް ބަދުބަސް ބުނުމަކީ އެއްވެސް މުސްލިމަކު ތަހައްމަލު ކުރާނެ ކަމެއް ނޫން ކަމަށެވެ. އަދި ބީޖޭބީގެ އިސް ތަރުޖަމާނު ފަދަ މީހުން ކިތަންމެ ނުރުހުނަސް ކީިރިތި ރަސޫލާގެ ތާހިރު ސިޔަރަތާއި އެކަލޭގެފާނުގެ ޝަހުސިއްޔަތުން ނަމޫނާ ލިބިގަންނަ އައިރު މުސްލިމުން ވެސް އަންނަނީ އިތުރުވަމުން ކަމަށް އަދާލަތު ޕާޓީން ބުންޏެވެ.
"ހަމަ އެހެންމެ އެކަލޭގެފާނުގެ ޝަހުސިއްޔަތުގެ ދިފާއުގައި ތެދުވާނެ އެތައް މިލިއަން މުސްލިމުން އިންޑިއާ އާއި ދުނިޔޭގެ ކަންކޮޅުތަކުގައި ތިބިކަން ވެސް އެފަދަ ފަރާތްތަކަށް ހަނދާން ކޮށްދެމެވެ،" ބީޖޭޕީގެ އިސްތަރުޖަމާނުގެ އެ އަމަލު ކުށްވެރިކޮށް އަދާލަތު ޕާޓީން ނެރުނު ބަޔާނުގައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިންޑިއާ އައުޓު
10 September 2022
މިހެންވީމައޭ އިންޑިއާ އައުޓު ކިޔަންވީ!!!
ކީކޭހޭބުނީ
07 June 2022
އޭނަ ކީކޭތަ ބުނީ؟
ވސނ
06 June 2022
ދުޅަހެޔޮޑިމޮކުރަސީއެއްގައި މިކަހަލަކަމެއް ނުހިނގާނެއެވެ. މިފެންނަނީ އިންޑިޔާ ތާއަބަދު ދަޢުވާކުރާ ދުނިޔޭގެ "އެންމެބޮޑު ޑިމޮކުރަސީ" ކަމުން ވަކިނުފޫޒެއްގެ ޑިކްޓޭޓަރޝިޕަކަށް ބަދަލުވަމުން އަންނަކަމުގެ ނުރައްކާތެރި ކަމެއްގެ ފެށުންކަމުގައި ބަލަންޖެހެއެވެ. ތެދެކެވެ! ކާފަރަކުގޮވާއެއްްޗަކަށް ޑަރުހީވުމެއް ޙަޤީޤަތުގައި ބާއްވާނެ ބޭނުމެއްނެތެވެ. އެހެންނަމަވެސް މިގޮތަށް ދިމާކުރަން ދޫކޮށްފިނަމަ، ދެންފަށާނީ ޢަމަލީ މަސައްްކަތްކަމުގައި ބަލަންއެބަޖެހެއެވެ.
ހެޔޮ ވިސްނުން
06 June 2022
މާދުރުގަ ހުރި ކާފަރަކު ދައްކާ ވާހަކަތަކަކަށް ޑަރު ހީވުމުގެ ބޭނުމެއް ނެތް. ބަޔާން ރަނގަޅު. ގައުމުތަކުގެ ގުޅުން ދެމެހެއްޓުމާއި ގައުމުތަކަށް އިޙްތިރާމް ކުރުމަށް އެ ގައުމުތަކުން އެކަމުގެ ފިޔަވަޅު އަޅާނެ. ދިވެހި ސަރުކާރުން ބަލަންވީ މީހަރަށް ވުރެ ބޮޑަށް އިސްލާމް ދީނުގެ ލޯބީގައި ދެމިތިބެ ދިވެހީންގެ ދިރިއުޅުން ފަސޭހަކޮށް ދެވޭތޯ.
ހަސަނު
06 June 2022
އިންޑިއާގެ ދާހިލީ ކަންކަމާ ބެހޭން ބޭނުންވާ ނަމަ އަދާލަތު ޕާޓީ ފޮނުވާލާ އިންޑިއާ އަށް..
ހެހެހެ
06 June 2022
ބަޔާން އިނގިރޭސިން ނެރެ ، ނަރެންދުރަ މޯދީއަށް ޓެގްކޮށް ތުވީޓް ކުރަން ކެރޭނެތަ ، ދިވެހި ސަރުކާރާއި ،އަދާލަތަށް. ޢަދި ކީރިތި ރަސޫލާއަށް ބަދުބަސް ބުނި ބުނުން ބަލައި ނުގަންނަ ކަން ހާމަކޮށް އިންޑިޔާ އެންބަސިއަށް ސިޓީ ފޮނުވަން ޖެހޭ ދިވެހި ސަރުކާރުން. ދިވެހި ރައްޔިތުން އެމް.ޑީ.ޕީ ގެ ދަފްތަރުގައި އޮތް މީހެއްގެ ސަރުކާރުތަކަށް ނޫނެކޭ ބުނަންޖެހޭ.. ދީނާއި ބެހޭ ހިސާބުން ބަސްބުނަން ނުކުރެމަކީ ވަރަށް ދަށު ދަރަޖައަށް ވެއްޓިއްޖެ ކަމުގެ އަލާމާތެއް
ގަމާރު އެދުރު
06 June 2022
ގަމާރު ދިވެހީން ލިއެ އުޅޭ ކޮންމެ އެއްޗެއް ތަރުޖަމާ ކުރާ މީހުން މަދު ނުވާވަރަށް ތިބޭ ހައިކޮމިޝަނުގަ.
މިތުރުކަލޮ
06 June 2022
ހާދަހާވާ ދެރައޭ، މާތްވެގެންވާ އިސްލާ ދީނަށް ބަދުބަސް ބުނެ ފުރައްސާރަ މިކުރަނީ އަހަރެމް ދިވެހީ އެބަޔަކާއި އެންމެ ގާތްކަން ބާއްވާގެން ތިބި މީހުންނޭ، އެކުވެރިޔާއޭ މީގޯހެކޭ ބުނެވިދާނެތާއޭ، މިވެސް ގައުމެއްވިއްޔާއޭ، ޖެހެނީ ޢެއްތާކުއޭ، އުއީޤޫރު މުސްލިމުންގެ ވޭނުގެ ވާހަކަ ދައްކާން އޭރު ތިބި މީހުންގެ އެކުވެރިން ކާރިޔަކުވެސް ނުކެރުނޭ، ރަގަޅު އެއްބަޔަކުވެސް ނެތްތާއޭ.
ކޮރަލް
06 June 2022
އެންމެ ބޮޑަށް ލޯބި ވާން ޖެހޭ ފަރާތަކީ ހެއްދެވި ފަރާތެވެ. ދެން އެކަލާނގެ ފޮނުއްވި ރަސޫލާ އެވެ. މައިން ބަފައިންނަށް ވުރެ ބޮޑަށް އެދެ ފަރާތް ދެކެ ލޯބި ވާން ޖެހެ އެވެ. އަދި އެދެފަރާތާ ބެހޭ މައުލޫމާތު ހޯދާ އޮޅުން ފިލުވަން ޖެހެ އެވެ. އެންމެ ފުރަތަމަ އިސްލާމް ދީން އެވެ. އެއަށް ފަހު ގައުމެވެ. އެއަށް ފަހު ޕާޓީ އެވެ. އެކަމު މިހާރު ފުރަތަމަ ޕާޓީގެ މަސްލަހަތު ކުރިއަށް ނެރެ އެވެ. އެއީ ރަނގަޅު ގޮތެއް ނޫނެވެ.
ހާމާނު
06 June 2022
ކޮބާތަ މިތާ ލީޑަރު މިކަން ކުއްވެރި ނުކުރޭތަ
އަހަތެން
06 June 2022
އަހަރެން އެދެނީ އެމަންޖެއަށް ރަސޫލާ (ސއވ) ގެ މަތިވެރިކަމާއި މާތްކަން އެނގި އެމަންޖެ އިސްލާމްދީނަށް ވަނުން. އެހެނީ ރަސޫލާ (ސއވ) އަކީ އާލަމްތަކަށް ރަހުމަތެއްކަމުގައި ﷲ ފޮނުއްވި ބޭކަލެއް. އެކަލޭގެފާނު ތާއިފަށް ވަޑައިގެންނެވުމުން ތާއިފްގެ އަހުލުވެރިންގެ ފަރާތުން ކުރިމަވެ ވަޑައިގަތް ކަންތަކަށް އެކަލޭފާނު ކެތްކުރައްވާ ހަދީޞް ކުރެއްވީ އަޅުގެ ގައުމުގެ މީހުންނަށް ފާފަ ފުއްސަވާނދޭ. އެމީހުން ހަމަ ނުދަންނަނީއެވެ.