ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ބަޔަކު ޑޮކްޓަރަށް ދައްކަން ގޮސް: މިދިޔަ މަހު ރާއްޖޭގައި އަރިދަފުސް ރޯގާ އާއި ޑެންގީ އަދި ބޭރަށް ހިންގުން ވަނީ އިތުރުވެފައި -- ފައިލް ފޮޓޯ
06 ޖޫން 2022 - 14:17
މިދިޔަ މަހު ރާއްޖޭގައި އަރިދަފުސް ރޯގާ އާއި ޑެންގީ އަދި ބޭރަށް ހިންގުން އިތުރުވެފައިވާ ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އެޗްޕީއޭ އިން ބުނީ މިދިޔަ އަހަރުގެ މިހާތަނާ އަޅާބަލާއިރު ވެސް، މި އަހަރު މިހާތަނަށް ރާއްޖޭގައި އެ ބަލިތައް އިތުރު ކަމަށެވެ. އަދި މިދިޔަ މަހާ އަޅާބަލާއިރު ވެސް އެ ބަލިތައް ޖެހޭ މީހުންގެ އަދަދު ވަނީ ގިނަވެފަ އެވެ.
● އަރިދަފުސް ރޯގާ: 13،361 މީހަކަށް ޖެހުނު
● ޑެންގީ ހުން: 185 މީހަކަށް ޖެހުނު
● ބޭރަށް ހިންގުމާއި ހޮޑުލުން: 1،824 މީހަކަށް ޖެހުނު
މި ދުވަސްވަރު އާންމު ބަލިތައް ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެ، ހޮސްޕިޓަލުތަކަށް ވެސް ބާރުބޮޑުވެފައިވެ އެވެ.
މިދިޔަ މަހު އާންމު ބަލިތައް އިތުރުވިޔަސް، ފާނަ ބަސަންދު އަދި ލޮލު ރޯގާ ފަދަ ބަލިތައް އިތުރު ނުވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
● ކެއްސައި ކިނބިހި އަޅާއިރު ނޭފަތާއި އަނގަ ނިވާކުރުން.
● އަތް ދޮވެ ސާފުކޮށްފައި ބެހެއްޓުން
● ރޯގާ ޖެހިއްޖެ ނަމަ، މީހުން އެއްވާ ތަންތަނަށް ނުދިއުން.
● މާ ބޮޑަށް ގޯސްވާ ނަމަ ޑޮކްޓަރަށް ދެެއްކުމާއި އިންފުލުއެންޒާއިން ރައްކާތެރިވުމަށް ވެކްސިން ޖެހުން.
● މަދިރި އުފެދޭ ތަންތަން ނައްތާލުން.
● މަދިރިން ރައްކާތެރިވުމަށް ހަށިގަނޑު ބޮޑަށް ނިވާވާ ގޮތަށް ހެދުން އެޅުމާއި މަދިރި ލޯޝަން ފަދަ އެއްޗެހި ބޭނުންކުރުން.
-●ގިނައިން ދިޔާ އެއްޗެހި ބުއިން.
● ހުން އަންނަ ނަމަ ޕެރެސެޓްމޯލް ކެއުމާއި މާ ބޮޑަށް ގޯސްވާ ނަމަ ޑޮކްޓަރަށް ދެއްކުން.
● ކެއުމުގެ ކުރިންނާއި ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިން ރަނގަޅަށް އަތްދޮވުން.
● ފާހަނާކުރުމަށް ފަހު ރަނގަޅަށް އަތްދޮވުން.
● ކާބޯތަކެތި ރަނގަޅަށް ކައްކައިގެން ބޭނުންކުރުން.
● ސާފު ބޯފެން ބުއިން.
● ގިނަގިނައިން ލޮނުޕެކެޓް ބުއިމާއި ފެނާއި ސޫޕާއި އަދި ކުރުނބާ ފަދަ އެއްޗެހި ބުއިން.
● މާ ބޮޑަށް ގޯސްވާ ނަމަ ޑޮކްޓަރަށް ދެއްކުން.
މިދިޔަ އެޕްރީލް މަހުން ފެށިގެން ރާއްޖޭގައި ޑެންގީ ހުން ވެސް ވަރަށް ބޮޑަށް އިތުރުވެ، މަދިރި ނައްތާލުމަށް "މަދިރި ހޯހޯ"ގެ ނަމުގައި އެޗްޕީއޭ އިން ހާއްސަ ކެމްޕެއިނެއް ވެސް ވަނީ ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޯދީ
07 June 2022
އެޗްޕީއޭއަކީ މިވަރުން ފުއްދާލަން ޖެހޭނެކަމެއް ނޫން. ހެލްތް އެޑިއުކޭޝަން ޕްރޯގްރާމްތައް ހިންގާ މީހުންތިބީ ނިދާފައި. އެކަންވަނީ މުޅިން ހުއްޓިފައި. އެޗްޕީއޭއަކީ ޒިންމާދާރުގޮތެއްގައި ޒިންމާނަގާ މުވައްޒަފުންއުޅޭ ތަނެއްނޫން. ކަމެއް ކުރެވޭނީ މުވައްޒަފުން ތަނުގެތެރޭގައި ރަސްމީ ގަޑީގައި އެތާގެތެރޭގައި ތިބިގެންތާދޯ.
ބަރީޒް
06 June 2022
ގޭގަ ތިބޭށޭ!
ކަބަޑޭ
06 June 2022
މީހުން ބަލިވެސް ވާނެ. މަރުވެސް ވާނެ. އަހަރެމެން ކަންބޮޑުވަނީ މިތާ އަރިދަފުސް ރޯގާ ގިނަވާތީއެއްނޫން. ކިހާ ދެރަކަމެއްމީ.
ހިބިރިންބެއްޔާގެ ކުޑަސޮރު
06 June 2022
އަރިދަފުސް ރޯގާ އާއި ޑެންގީ އަދި ބޭރަށް ހިންގުން އިތުރުވެއްޖޭކިޔަފާ ރައްޔިތުން ބަންދުކޮށް ލަކޮޑައުންކުރަންނަހަދާތި.