ކުނބުރުދޫގައި ވޭސްޓް ޓްރާންސްފާ ސްޓޭޝަނެއް އަޅަން އެމްޓީސީސީއާއި ހަވާލުކުރި ރަސްމިއްޔާތުގެ ތެރެއިން ---ފޮޓޯ: އެމްޓީސީސީ
07 ޖޫން 2022 - 11:37
އުތުރުގެ ރަށްތަކުން އުކާލާ ކުނި މެނޭޖް ކުރުމަށް ހދ. ކުނބުރުދޫގައި ވޭސްޓް ޓްރާންސްފާ ސްޓޭޝަނެއް އަޅަން އެމްޓީސީސީ އާ ހަވާލުކޮށްފި އެވެ.
ވޭސްޓް ޓްރާންސްފާ ސްޓޭޝަނަކީ ކުނި ޖަމާކޮށް ނައްތާލުމުގައި މުހިންމު ދައުރެއް އަދާކުރާ ތަނެކެވެ.
އެމްޓީސީސީން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ސްޓޭޝަންގައި ޒޯން އެކެއްގައި ހިމެނޭ ހއ. ހދ. އަދި ށ. އަތޮޅުގެ ރަށްތަކުގައި އުފެދޭ ކުނި ޖަމާކޮށް ނައްތާލުމަށް ޓަކައި ސްޓޭޝަން އެޅުމުގެ އިތުރުން ފެން ހިންދާ ނިޒާމަކާއި އެ ރަށަށް ފަސޭހައިން އަރައިފޭބޭނެ ނިޒާމެއް ވެސް ގާއިމްކުރާނެ ކަމަށެވެ.
އެ މަޝްރޫއު ފެށުމުގެ ކުރިން އެ މަޝްރޫއުގެ ސަބަބުން ތިމާވެއްޓަށް ކުރާނެ އަސަރުތައް ދެނެގަންނާނެ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.
މިއީ 7.6 މިލިއަން ރުފިޔާ އަށް، ފަސް މަސް ތެރޭގައި ނިންމަން އެމްޓީސީސީން ހަވާލުވި މަޝްރޫއެކެވެ.
އެންވަޔަރަމެންޓް މިނިސްޓްރީން އެމްޓީސީސީ އާއި ހަވާލުކުރި މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަ މުހައްމަދު އަންސަރެވެ. އެމްޓީސީސީން ސޮއިކުރެއްވީ ސީއޯއޯ ޝާހިދު ހުސައިން މޫސާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރަލް
07 June 2022
އާޒިމް އަކީ ހިންގުންތރެި އެކެވެ. އެކަން އެދަނީ އެމްޓީސީސީ އިން ފެންނަ މުންނެވެ. އެހެން ކުންފުނި ތަކަށް ވެސް ހިންގުންތެރި މީހުން ލާން ވީ އެވެ.