2020 ވަނަ އަހަރު ޕީއެސްއެމްގެ ބޯޑު މެމްބަރުންނާ އެކު ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު ކުންފުނިތަކާ ބެހޭ ކޮމިޓީ (އެސްއޯއޯ) އިން ބޭއްވި ބައްދަލުވުމެއް: ޕީއެސްއެމް އަށް ތުހުމަތުކުރެވޭ 100 މިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލައެއް ބަލަން އެ ކޮމެޓީން ނިންމާފައިވޭ -- ފައިލް ފޮޓޯ: މިހާރު
07 ޖޫން 2022 - 10:47
ދައުލަތުގެ މީޑިއާ ހިންގާ ކުންފުނި ޕީއެސްއެމްގެ ތެރޭގައި ހިންގި ކަމަށް ތުހުމަތުކުރެވޭ 100 މިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު ކުންފުނިތަކާ ބެހޭ ކޮމިޓީ (އެސްއޯއޯ) އިން ބަލަން އިއްޔެ ނިންމައިފި އެވެ.
އެސްއޯއޯ ކޮމެޓީ އަށް އެ މައްސަލަ ހުށަހެޅުއްވީ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު އެވެ.
އެ ކޮމެޓީގެ ބައްދަލުވުމުގައި ނިހާދު ވިދާޅުވީ، ޕީއެސްއެމް އިން 100 މިލިއަން ރުފިޔާ އަށް ހިޔާނަތްތެރިވި ކަމަށް ވާހަކަދެކެވެމުން ދަނިކޮށް، އެ ކުންފުނީގެ އޮޑިޓް ޑިޕާޓްމަންޓް ވެސް އުވާލައި، އެ މަސައްކަތް އައުޓް ސޯސްކުރަން ނިންމާފައި ވާތީ އަވަސް މައްސަލައެއްގެ ގޮތުގައި އެކަން ބަލަން ޖެހޭ ކަމަށެވެ.
"އެފަދަ ކަމެއް ހިނގަމުންދާ ނަމަ އަޅުގަނޑުމެން މޮނީޓާކުރަން ޖެހޭނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ،" އޭނާ ވިދާޅުވި އެވެ.
ނަމަވެސް، އެ ހިޔާނާތުގެ ތުހުމަތާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް އަދި އެކަން ހިނގި ދުވަސްވަރެއް ވެސް ކޮމިޓީގައި އޭނާ ވިދާޅެއް ނުވެ އެވެ.
އޭނާ ހުށަހެޅުއްވީ 100 މިލިއަން ރުފިޔާގެ ހިޔާތާނުގެ ތުހުމަތުތަކާ ގުޅޭ ގޮތުން އެ މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ބެލުމަށާއި އަދި އޮޑިޓް ޑިޕާޓްމަންޓް އުވާލި މައްސަލަ ވެސް ބެލުމަށެވެ.
ކޮމެޓީގެ ހުރިހާ މެމްބަރުން އެ ހުށަހެޅުމަށް ތާއީދުކުރެއްވިއިރު، އެ މައްސަލައާ ގުޅޭ ލިޔުންތައް ހޯދުމަށް ޕީއެސްއެމް އަށް ސިޓީ ފޮނުވަން ވެސް ނިންމި އެވެ.
މިދިޔަ ހުކުރު ދުވަހު ޕީއެސްއެމް އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ކުންފުނީގެ އޮޑިޓް ޑިޕާޓްމަންޓުގެ މަސައްކަތްތަކާ މެދު ހިތްހަމަނުޖެހޭތީ އައުޓްސޯސްކޮށްގެން ކުންފުނީގެ އޮޑިޓް ހަދަން ނިންމާފައިވާ ކަމަށެވެ. ހިޔާނާތުގެ މައްސަލައެއް ފެންމަތިވިއިރު، މުސާރައިގެ މައްސަލައިގައި ވެސް ޕީއެސްއެމްގެ ބައެއް މުވައްޒަފުން އެ ކުންފުންޏާ ދެކޮޅަށް ވަނީ ތެދުވެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުދުގުދާބެއްޔާ
07 June 2022
ސަރުކާރާއި ސަރުކާރުގެ ޚިއްސާވާ ކުންފުނި ތަކުން ޚިދުމަތް ހޯދާ ނުވަތަ ތަކެތި ގަންނައިރު މާލިއްޔަތު ގަވައިދާއި އެއްގޮތައް އެކަން ކުރަން ޖެހޭނީ! ފުރަޔަމަ މަރުހަލާ ޑިޕާރޓްމަންޓުން ރިކްއެސްޓް ސްޓޯރއަށް. ސްޓޯރުން ޕާޗަސް ރިކުއެސްޓް ޕުރޮކިއުމަންޓްއަށް، ޕުރޮކިއުމަންޓުން ބަޖެޓަށް އެޕްރޫވް ހޯދަން. ބަޖެޓުން އެޕްރޫވްހޯދަން ފިނޭންސައް!މިމަރުހަލާ ކަޑައްތުނުކޮއް އެކަމަށް ޚަރަދުކުރަން ފައިސާއެއްނުލިބޭނެ! އޮޑިޓް ޑިޕާރޓްމަންޓްއާއި މިކަމާ ގުޅުމެއްނެތް.
މަލިކު އާދަނު
07 June 2022
ޤާނޫނު އޮތްގޮތުންނޭ ބުނެ ދައުލަތާއި ދައުލަތް ހިއްސާވާ ކުންފުނިތައް އޮޑިޓް ކުރުމުގެ ފުރުޞަތު ދައުލަތުގެ އޮޑިޓް އޮފީހަށް ނުދޭނަމަ އެޤާނޫނު އިޞްލާހު ނުކޮށް މިހުރިހާ ދުވަސް ވޭތުކޮށްލުމަކީ އެތަންތަނުން ބަޔަކު މުއްސަނދިވާން ސަރުކާރުތަކުން ދީން ފުރުޞަތުތަކެއް. އަދިވެސް އަދިވެސް މިވައްކަން ހުޓުވާނެ ސަރުކާރެއް ނާދޭ
ކޮރލަް
07 June 2022
ޕީ އެސް އެމް އުވާލަން ވީ އެވެ. އަހަރަކު އެތައް ސަތޭކަ މިލިއަން ސަރުކާރުން ދެ އެވެ. އެއަދަދު ތައް ނޫހުގަ ޖހާފަ އެއް ނެތެވެ.
އަލީ އިނގޭ
07 June 2022
ތިއީ ޙަލީލު ހުރެގެން ޔާމީނުގެ ވެރިކަމުގައި ހިންގި ޚިޔާނާތް ތައް! ބަލަން ޖެހޭ!
ޝުކ
07 June 2022
ސަރުކާރަށް ނުވަތަ އޮޑިޓަރ ޖެނެރަލަށް ނުބެލޭނަމަ، މަޖިީހަށް ބެލެވެންވާނެ. ރަށްތަކާއި ފަޅުތަކުގެ ޚިޔާނާތްވެސް މަޖިލީހުން ނުބެލެވޭކަން ޤަބޫލުކުރެވި މެންބަރުންނަށް އެގޯނިތަކުން ނެގުނުކަން އެނގެނީ މިހުރިހައިދުވަހެއްވީއިރުވެސް ތިގޮތަށް ނުބެލޭތީވެއެވެ. ޝުކުރިއްޔާ!
އިބްރ
07 June 2022
މަޖިލީހުގެ ކޮމިޓީގައި މިހާރު ތިއްބަވަނީ ދުނިޔޭގައިވެސް މިވަގުތު މިފަދަ ތަޙްޤީޤެއް ހިންގަން އެންމެ ޤާބިލް ޓީމެވެ. މޫނަށް ބައްލަވާފައި ކަންކަން ނިންމާލެވޭ ފެންވަރުގެ ބޭފުޅުން މިކޮމިޓީގައި ތިއްބަވާ ކަމަށްވެއެވެ.
ޢިރާދު
07 June 2022
ވަރަށް ފަހުންވެސް ހުރިހާ އެޗްއޯޑީންގެ އެލަވަންސް ބޮޑުކޮށްފި. 5000 އާއި 7000 ދެމެދު އަދަދަށް ބައެއް މީހުން ބޮޑުކުރި. ސިއްރުންކުރީ. ޤަދަ އަޅާ މަސައްކަތްކުރާ މުވައްޒަފުންނަށް އެއްވެސް ކުރިއެރުމެއް ނުދޭ. ޙުރިހާ ފައިސާއެއް އެމީހުން ޖީބަށް.
ކޮރަލް
07 June 2022
ސަރުކާރު ހުރިހާ ކުންފުނި ތަކުގަ ވެސް މިލިއަނުން ކޮރަޕްޝަން އެބަ ހިނގަ އެވެ. އެކަން ހާމަ ވާނީ މިނިވަން އޮޑިޓް އެއް ހަދައިގެންނެވެ. ޕީއެސްއެމް އަކީ ގެއްލުމުގަ ސަރުކާރުން އެތައް މިލިއަނެއް ދީގެން ހިންގާ ތަނެކެވެ. އެތައް ސަތޭކަ މިލިއަން ލިބޭ ކުންފުނިތަކުގެ މިނިވަން އޮޑިޓް އެއް ހަދާލަ ބަލާށެވެ. ހަގީގަތް ވ ސާފް ވާނެ އެވެ.
ރާއްޖެ
07 June 2022
ސަންޓީވީ ކިޔާ ބަޔަަކަށް ލައިންސަންސް ނުދިން ކަމަށް ވަނީ އެމީހުން ދަރަނީގަ ހިންގަން ޕްރޮޕޯސަލް ހުށަހެޅީމަ. މިއީ ވަކި ފައިދާގަ ހިންގާ ޗެނަލް ތަކެއްތަ؟ މުށް ޖަހާފަ ފައިސާ މި ކަނީ ޒީރޯޓޯލަރެންސްގެ ދަށުން. މީގެ ހެއްވާ ކަމަކީ މިލިޔަން ކެއިމަ މި ފަޅާއަރަނީ. ޢޭގެ ކުރިއަކުން ނޭގެ.
ހާމިދު ޝާހިދު
07 June 2022
އަސްލު މައްސަލަ ހިނގައިގެން އުޅޭނީ ކުރީގެ މެނޭޖްމެންޓްގެ ދުވަސްވަރު. އެކަމަކު ނޭންގޭ ކަމަކީ ކޮން ނުފޫޒެއް އައިސްގެންހޭ، އިބްރާހިމް ސޯލިހު އައްޔަންކުރި ބޯޑުން އޮޑިޓަރ ގެ މަގާމު އުވާލާ، މިކަންކަމުގައި ފަސްއަޅާ ފޮރުވަން މިއުޅެނީ. ބެލެވެނީ، އޭރުގެ މެނޭޖްމެންޓްގައިތިބެ އެކަންކަން ކުރަމުން ދިޔަ މީހުންނާ، މިއަދު މެނޭޖްމެންޓްގައި ތިބި މީހުންނާ މިއީ، ހަމަ އެކައްޗެއްހެން...!