ކުޅިވަރު / ވޮލީބޯލް އެސޯސިއޭޝަން ކަޕް

ކުރީގެ "ދަރިވަރު" ނާޒިމާގެ މަސައްކަތަށް އޮތީ އިހުތިރާމް: ނަދީމް

ޕޮލިސް ކްލަބްގެ ކޯޗު މުހައްމަދު ނަދީމް: ވެމްކޯގެ ކޯޗު ނާޒިމާ ވަނީ ނަދީމްގެ ބެލުމުގެ ދަށުން ކުރިން ކުޅެފަ --- ފޮޓޯ: ޝާފީ

09 ޖޫން 2022 - 10:27

2 comments

އޭނާގެ ކޯޗު ކަމުގެ ދަށުން ކުރިން ކުޅުނު އައިޝަތު ނާޒިމާ (ނާޒީ) ގެ ކޯޗު ކަމުގެ ދަށުން ވެމްކޯ ފައިނަލަށް ދިއުމުން، ނާޒިގެ މަސައްކަތައް އިހްތިރާމް ކުރާ ކަމަށް، ޕޮލިސް ކްލަބްގެ ކޯޗު މުހައްމަދު ނަދީމް ބުނެފި އެވެ.

ވޯލީބޯލް އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަންގެ ފައިނަލުގައި ޕޮލިހާއި ވެމްކޯ ބައްދަލު ކުރާ މެޗުގެ ކޯޓުގެ ބޭރުން، ދެ ޓީމުގެ ބެންޗުގައި ތިބީ މީގެ ކުރިން އެކުގައި މަސައްކަތް ކުރި ކުރީގެ ކުޅުންތެރިޔާ އާއި އޭނާގެ ކޯޗެވެ. ވެމްކޯގެ ކޯޗު ނާޒިމާ އަކީ ގިނަ ކުޅިވަރުތަކެއްގައި ގައުމީ ލެވަލްގައި ކުޅުނު ކުރީގެ ކުޅުންތެރިޔެކެވެ.

ވޮލީގައި އޭނާ އެންމެ ގިނަ މުއްދަތެއް ހޭދަ ކުރީ ވެސް ޕޮލިސް ކްލަބްގަ އެވެ. އޭރު ވެސް ޕޮލިސްގެ ޓީމަށް އިރުޝާދު ދިނީ މިހާރުގެ ވެސް ކޯޗު މުހައްމަދު ނަދީމެވެ.

ނާޒިމާ އާ މުހާތަބުކޮށް ނަދީމު ބުނީ ވެސް އެއީ އޭނާގެ "ދަރިވަރެއް" ކަމުގަ އެވެ.

"އެންމެ ފުރަތަމަ ކަމަކަށް ވެސް ވަރަށް ފަހުރުވެރިވޭ އެހާހިސާބަށް [ފައިނަލަށް] ދިޔައީމަ. އަޅުގަނޑުގެ ދަރިވަރެކޭ ބުންޏަސް ދެން މައްސަލައެއް ނެތް. ވަރަށް ގިނަ ދުވަސްތަކެއް ވަންދެން އަޅުގަނޑުގެ ކޯޗުކަމުގެ ދަށުން ކުޅެފަ ހުރި ކުއްޖެއް. ވަރަށް ގިނަ ކާމިޔާބުތަކެއް ޕޮލިސް ކްލަބަށް ވެސް ހޯދައިދީފައި ހުރި ކުއްޖެއް ނާޒީ އަކީ،" ނާޒިމާ އާ ބެހޭޣޮތުން ނަދީމް ބުންޏެވެ.

ވެމްކޯ ފައިނަލަށް ދަތުރު ކުރީ ފުރަތަމަ ސެމީ ފައިނަލުގައި ޕޮލިސް ކްލަބް ބަލި ކުރުމަށް ފަހު އެވެ. އޭނާގެ ކުރީގެ ކުޅުންތެރިޔާ އާ ބެހޭގޮތުން ނަދީނު އިތުރަށް ބުނީ އެކަހަލަ މަގާމެއްގައި ފައިނަލާ ހަމަ އަށް އެ ކްލަބް ގެންދަން ކުރި މަސައްކަތް ފެނުމުން އުފަލާއެކު މަރުހަބާ ކިޔާ ކަމަށެވެ.

"އަޅުގަނޑުގެ ސްޓޫޑެންޓެއް ވިޔަސް އެމީހަކު ކުރާ މަސައްކަތަކުން ކުރިއަށް ދެވޭނީ. އެހެންވީމަ ވަރަށް ފަހުރުވެރި ވޭ އަޅުގަނޑުގެ ދަރިވަރެއް އެލެވަލްގައި މަސައްކަތް ކުރާތަން ފެނުމުން،" ނަދީމް ބުންޏެވެ.

"ނާޒީ އެކަންޏެއް ވެސް ނޫން އީގަލްސްގެ ކޯޗު މުންނަ [މުނާ މުނީރު] އަކީ ވެސް އަޅުގަނޑުގެ ކޯޗު ކަމުގެ ދަށުން ކުޅުނު ކުޅުންތެރިޔެއް. އެކުދިން ކުރި މަސައްކަތާ މެދު އަޅުގަނޑުމެން ފަހުރުވެރިވަން."

ޕޮލިހުން ފައިނަލުގެ ޖާގަ ހޯދީ ތިން ވަނަ ސެމީ ފައިނަލުގައި އީގަލްސް ބަލި ކުރުމަށް ފަހު އެވެ. ފުރަތަމަ ސެމީގައި ވެމްކޯ އަތުން ބަލިވި މެޗުގައި ހެދުނު ގޯސްތައް ދެނެގަނެ އެކަންކަމަށް ހާއްސަކޮށް ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައިވާ ކަމަށް ނަދީމް ބުންޏެވެ. ފުރަތަމަ ސެމީ ފައިނަލުގައި ވެމްކޯ އާ ދެކޮޅަށް ވާދަކުރަން ޖެހުން ވެސް އެއީ ފައިނަލުގައި ޕޮލިހަށް ލިބޭނެ އެޑްވާންޓޭޖެއް ކަމަށް ނަދީމު ބުންޏެވެ.

އެންމެ ފަހުގެ އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަންކަން ވެމްކޯ ހޯދީ ޕޮލިސް ކްލަބް ބަލި ކުރުމަށް ފަހު އެވެ. ނަދީމް ބުނީ އެ ނާކާމިޔާބު ކުޅުންތެރިން މިހާރު ހަނދާން ނައްތާލާފައިވާ ކަމަށެވެ. މެޗަށް ނުކުންނަނީ ވެމްކޯގެ ކިބައިން އެ ނާކާމިޔާބުގެ ބަދަލު ހިފުމަށް ނޫން ކަމަށް ވެސް ތަޖުރިބާކާރު ކޯޗު ބުންޏެވެ.

"ފައިނަލުގައި ކޮންމެ ޓީމެއް އޮތަސް އިންޝާ ﷲ އަޅުގަނޑުމެން ނުކުންނާނީ ޕޮލިސް ޓީމަށް ކާމިޔާބު ހޯދަން،" ނަދީމް ބުންޏެވެ.

ނާޒިމާ ވެސް ބުނީ ކުރީގެ ކާމިޔާބަކުން މިހާރު ހިތްހަމަޖެހުމެއް ނެތް ކަމަށެވެ. ކުރީގެ ކޯޗާ ދެކޮޅަށް ފައިނަލެއްގައި ނުކުންނަން ޖެހުނަސް ނާޒިމާ ޖެހިލުމެއް ނެތެވެ. އޭނާގެ މިވަގުތު ހުރިހާ ވިސްނުމެއް ހުރީ ވެމްކޯ ޓީމާ މެދު ކަމަށް ވޮލީގެ އިތުރުން ބާސްކެޓްބޯޅަ އާއި ނެޓްބޯޅަ ވެސް ކުޅުނު ކުރިގެ ކުޅުންތެރިޔާ ބުންޏެވެ.

"އެކަމަކު އަޅުގަނޑު ވަރަށް ރެސްޕެކްޓް ކުރަން ނަދީމް ކޯޗަށް. އަޅުގަނޑަށް ވޮލީގައި މީހަކަށް ހަދައިދިނީ ނަދީމް ކޯޗު. އެކަމަކު ނާޒީ ވެސް އެކްސްޕީރިއަންސް ވެސް އެބަހުރި ފައިނަލެއްގެ ޕްރެޝާ ވެސް ހޭންޑްލް ކުރެވޭނެ. އެހެން ކުޅުވަރުތަކުގައި ގައުމީ ޓީމުގެ ކޯޗެއްގެ ގޮތުގައި ކުރެވުނު ތަޖުރިބާއިން ޕްރެޝާ ވެސް ހޭންޑްލް ކުރެވޭނެ،" ކުރިން ނެޓްބޯޅަ ގައުމީ ޓީމަށް ކޯޗުކޮށްދިން ނާޒިމާ ބުންޏެވެ.

ޕޮލިހާ ދެކޮޅަށް ކުޅުނު ފުރަތަމަ ސެމީގައި ޕޮލިހުން ހޯދި ދެ ސެޓު އެޓީމަށް ލިބުނީ ވެމްކޯގެ ކުޅުންތެރިން އަތުން ހެދުނު ގޯސްތަކުގެ ސަބަބުން ކަމަށް ނާޒީމާ ބުންޏެވެ.

"އެކަމަކު އޭގެ ފަހުން އެ މިސްޓޭކުތައް ރަނގަޅުކޮށް ފަސް ވަނަ ސެޓް ކާމިޔާބު ވީ،" އޭނާ ބުންޏެވެ.

ނާޒިމާ ބުނި ގޮތުގައި އެ މެޗު ކާމިޔާވި ސެޓްގައި އޭނާގެ ޓީމުން ދެއްކި ކުޅުން، މިރޭ މުޅި މެޗުގައި ދެއްކުމަށް ޓީމު އެކަމަށް ހާއްސަކޮށް ޕްރެކްޓިސްތައް ކުރިއަށް ގެންދިޔަ އެވެ.

"ކުޅުންތެރިންނަށް އެ މެޗުގައި ހެދުނު ގޯސްތައް ވެސް މިހާރު އެނގޭނެ ވަރަށް ރަނގަޅަށް. އެޓީމުގެ އެންމެ ފަހު މެޗު ބަލާފަ އަޅުގަނޑުމެން ޕްރެކްޓިސް ކުރަން ބޭނުންވާ ކަންކަމަށް ޕްރެކްޓިސް ކުރެވި މިހާރު ވަރަށް ރަނގަޅަށް ތައްޔާރު ވެވިފައި މިވަނީ،" ނާޒިމާ ބުންޏެވެ.

އެހެން އަހަރުތަކަށް ވުރެ މިއަހަރުގެ އެސޯސިއޭޝަން ކަޕްގެ ފޯރި ވެސް ގަދަ އެވެ. ސޯޝަލް ސެންޓަރުގެ އިންޑޯގެ ފިނީގައި މިހާރު މެޗުތައް ބަލަންދާ މީހުން ވެސް ގިނަ އެވެ. މިރޭގެ މެޗު ފަށާނީ 8:30 ގަ އެވެ.

2 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 50%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢިހްސާސަ

10 June 2022

ފުޓުބޯޅައަށްވުރެ ފޯރިގަދަދޯ؟

The name is already taken The name is available. Register?

ދިވެހި ޓީމް

09 June 2022

އެކަމަކު އަޅުގަނޑު ވަރަށް ރެސްޕެކްޓް ކުރަން ނަދީމް ކޯޗަށް ، މިހެން ބުނެލާނެ ކުޅުން ތެރިޔަކު ވެސް ކޯޗަކު ވެސް ނެތް ބާސްކެޓް ގަ ސުޕުން ނައް ކަޑާ ދޯ ހެހެހެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454