ކުޅިވަރު / ވޮލީބޯލް އެސޯސިއޭޝަން ކަޕް

ޕޮލިސް ބަލިކޮށް ވެމްކޯއިން އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަންކަން ދިފާއުކޮށްފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަނބިކަނބަލުން، ފަޒްނާ އަހުމަދު، ވެމްކޯ ޓީމަށް ޗެމްޕިއަން ޓްރޮފީ ހަވާލުކޮށް ދެއްވަނީ: ވެމްކޯ އިން ވަނީ ފައިނަލުގައި ސީދާ ތިން ސެޓުން ޕޮލިސް ކްލަބް ބަލިކޮށްފަ --- ފޯޓޯ: ފަޔާޒު މޫސާ | މިހާރު

09 ޖޫން 2022 - 23:45

1 comments

އަންހެން ޑިވިޝަންގެ ފައިނަލުގައި، ޕޮލިސް ކްލަބްގެ މައްޗަށް ސީދާ ތިން ސެޓުން ކާމިޔާބު ހޯދައި، އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަންކަން ކްލަބް ވެމްކޯއިން ދިފާއު ކޮށްފި އެވެ.

މެޗުގެ ސެޓުތައް ވެމްކޯއިން ގެންދިޔައީ 25-20، 25-16 އަދި 25-12 އިންނެވެ. އެސޯސިއޭޝަން ކަޕް މިބާއްވީ ތިން އަހަރަށް ފަހު އެވެ. ކޮވިޑް-19 އާ ގުޅިގެން މިދިޔަ ދެ އަހަރު މުބާރާތް ބާއްވާފަ އެއް ނުވެ އެވެ. މީގެ ކުރިން، 2019 ގައި ބޭއްވި މުބާރާތް ވެސް ވެމްކޯއިން ހޯދީ ފައިނަލުގައި ޕޮލިސް ކްލަބް ބަލި ކުރުމަށް ފަހު އެވެ.

ސޯޝަލް ސެންޓަރުގެ އިންޑޯގައި ކުޅުނު މެޗު ފެށިގެން ހުރީހާ ސެޓެއްގައި ވެސް ވެމްކޯއިން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ޕޮލިސްގެ ކޯޗު މުހައްމަދު ނަދީމް ބުނި ގޮތުގައި އޭނާގެ ޓީމަށް ކިރިޔާ ވެސް ކުޅެވުނީ ފުރަތަމަ ސެޓްގައި އެކަންޏެވެ. އެ ސެޓްގައި ތަފާތު ކުޑަ ކުރި އެވެ. އެކަމަކު ފަހު ދެ ސެޓް ވެމްކޯ ކާމިޔާބު ކުރީ ތަފާތު ބޮޑު ކޮށެވެ. އޭނާ ބުނީ ފައިނަލް މެޗެއްގައި ފެންނަން ޖެހޭ ކުޅުމެއް ޕޮލިސްގެ ޓީމަށް ނުދެއްކުނު ކަމަށެވެ.

"ފުރަތަމަ ސެޓް ކުޅެވުނު ވަރަށް ރަނގަޅަށް. ރަނގަޅު ފައިޓެއް ވެސް ދެވުނު. ވަރަށް ހަމަހަމަކޮށް ދިޔައީ،" ގާތްގަނޑަކަށް ފަސް އަހަރުގެ މެދުކެނޑުމަަކަށް ފަހު އަލުން ކޯޗިންގެ ތެރެއަށް އެނބުރި އައި ނަދީމް ބުންޏެވެ.

"އެ ސެޓް ދިއުމަށް ފަހު އަޅުގަނޑުމެންގެ ޕާފޯމަންސް ދަށް ވެގެން ދިޔަކަން ފާހަގަ ކުރެވޭ. ބޯޅަ އަށް މޫވް ކުރަން ޖެހޭ ތަންތަނަށް މޫވް ނުކުރެވުން ކަހަލަ ގޮތަކަށް ދިޔަކަން ބޮޑަށް ފާހަގަ ކުރެވެނީ."

މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ޕޮލިސް ބަލިކޮށް ވެމްކޯ ފައިނަލަށް ދަތުރު ކުރީ 3-2 ސެޓުން ޕޮލިސް ކްލްބް ބަލި ކުރުމަށް ފަހު އެވެ. ޕޮލިސް ފައިނަލަށް ދަތުރު ކުރީ ތިން ވަނަ ސެމީ ފައިނަލްގައި ކްލަބް އީގަލްސްގެ މައްޗަށް 3-1 ސެޓުން ކާމިޔާބު ހޯދައިގެންނެވެ.

މުޅި މުބާރާތުގައި ވެސް ތަފާތު މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިޔަކީ، ވެމްކޯގެ ޕަޗްރާޕޯން ސިޓީސާޑް އެވެ. ތައިލެންޑްގެ ގައުމީ ޓީމުގެ ކުޅުތެރިޔާ ވަނީ މުބާރާތުގެ އެންމެ މޮޅު އިންޓަނޭޝަނަލް ކުޅުންތެރިޔާގެ އެވޯޑް ވެސް ހޯދައިފަ އެވެ. މިރޭގެ މެޗުގެ ފަހު ދެ ސެޓް ތަފާތު ބޮޑުކޮށް ވެމްކޯ އަށް ކާމިޔާބު ކޮށް ދިނުމުގައި ޕަޗްރާ ވަނީ ބޮޑު ހިއްސާއެއް ވެފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެސް އޭނާ އެވެ.

ނަދީމް ވެސް ބުނީ ވެމްކޯ އެންމެ ބޮޑު ތަފާތަށް ފެނުނީ ޕަޗްރާ ކަމަށެވެ. އެއާ ހިލާފަށް އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ ނޭޕާލްގެ ކަމަނަ ބިސްޓާގެ ކުޅުން ދިވެހި އެވްރެޖް ކުޅުންތެރިޔަކަށް ވުރެ ވެސް ދަށް ކަމަށް ނަދީމް ބުންޏެވެ.

"އަޅުގަނޑުމެންގެ ނަސީބު ދެރަ ކަމުން އަޅުގަނޑުމެންނަށް ގެނެވުނު ބިދޭސީ ކުޅުންތެރިޔާ ޕާފޯމަންސަށް ބަލާއިރު ދިވެހި ކުޅުންތެރިޔަކަށް ވުރެ ވެސް ދަށް،" އޭނާ ބުންޏެވެ.

"އެއާ ހިލާފަށް ވެމްކޯގެ ހުރި ބިދޭސީ ކުޅުންތެރިޔާ އެބަ ކުޅޭ މުޅި ޓީމުގެ 80 ޕަސެންޓް. އެތަފާތު ވެސް ފެނުނު."

ޕަޗްރާ އަށް ކުޅުން ތަފާތު ވުމުގެ ސަބަބަކަށްވީ ވެމްކޯގެ ސެޓަރު ފާތިމަތު ޖޫޒާން ޒަރީރު އެވެ. "ޔެސް" ޓީވީން ގެނެސް ދިން މެޗުގެ އެނަލިސްޓެއްގެ ގޮތުގައި ބައިވެރިވި ވީއޭއެމް ކޯޗާސް ކޮމިޝަންގެ ޗެއާމަން ޝުއައިބް އަހްުމަދު ބުނީ ޕަޗްރާގެ ކުޅުން ތަފާތު ވުމުގައި ޖޫޒާން ފޯރުކޮށްދޭ ބޯޅަ ތައް ވެސް ރަނގަޅު ވުމުން މުހިންމު ހިއްސާއެއް ވާ ކަމަށެވެ.

"ޕަޗްރާގެ ކުޅުމުގައި ޖޫޒާންގެ ދައުރު ވަރަށް ބޮޑު،" ޝުއައިބު ބުންޏެވެ.

ނަދީމް ވެސް ބުނީ ޖޫޒާން އަކީ ރާއްޖޭގައި މިވަގުތު ހުރި އެންމެ މޮޅު ސެޓަރު ކަމަށެވެ. ނަދީމް ވެސް ބުނީ ޖޫޒާން އަކީ ރާއްޖޭގައި މިވަގުތު ހުރި އެންމެ މޮޅު ސެޓަރު ކަމަށެވެ. ޖޫޒާން ވަނީ މުބާރާތުގެ ޑްރީމް ޓީމުގައި ވެސް ހިމެނިފަ އެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެމްކޯގެ އައިޝަތު މާޖިދާ އެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކީ ޗެމްޕިއަން ވެމްކޯގެ ކޯޗު އައިޝަތު ނާޒިމާ އެވެ.

-

1 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަދީފްއޮފިޝަލް

10 June 2022

މަރުހަބާ ވެމްކޯ.ޕޮލިސް ހެހެހެހެހެހެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454