ޚަބަރު

ހެއްކާ ބެހޭ ބިލު މިހާރު އޮތް ގޮތުން ބޮޑު ތަޅު އަޅުވާ ހިސާބަށް ނޫސްވެރިކަން ހިނގައިދާނެ: މީޑިއާ ކައުންސިލް

ޖުޑިޝަރީ ކޮމިޓީގައި މީޑިއާ ކައުންސިލްގެ މެމްބަރުން ބައިވެރިވަނީ.

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ހެއްކާ ބެހޭ ބިލުގައި، ނޫސްވެރިންނަށް މައުލޫމާތު ދިން މަސްދަރު ހާމަކުރަން މަޖުބޫރުވާ މާއްދާއެއް އޮތުމަކީ ކުރިމަގުގައި ބޮޑުތަޅު އަޅުވާ ހިސާބަށް ނޫސްވެރިކަން ހިނގައިދާނެ ކަމެއް ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީގައި މިއަދު ބުނެފި އެވެ.

ސަރުކާރުގެ ފަރާތުން ތިނަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލް މުޣުނީ ހުށަހެޅުއްވި ހެއްކާ ބެހޭ ބިލަށް ކަމާ ގުޅޭ އިދާރާތަކުގެ ހިޔާލު ހޯދުމުގެ މަސައްކަތް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން އަންނަނީ ކުރަމުންނެވެ.

މީޑިއާ ކައުންސިލާއި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން މިއަދު ވަނީ މިހާރު ބިލު އޮތް ގޮތުން ހުރި ކަންބޮޑުވުންތައް ޖުޑިޝަރީ ކޮމިޓީއާ ހިއްސާކޮށްފަ އެވެ.

މީޑިއާ ކައުންސިލްގެ މެމްބަރު މުއިއްޒު އިބްރާހިމް ވިދާޅުވީ، ބިލު މިހާރު އޮތް ގޮތުން އޭގެ އަސަރުކުރަނީ ހަމައެކަނި ނޫސްވެރިންނަށް ނޫން ކަމަށެވެ. އޭނާ ގަބޫލުކުރާ ގޮތުގައި ބިލުގެ ސަބަބުން ވިސްލްބްލޯކުރާ މީހުންނަށް ވެސް ވަރަށް ބޮޑު އަސަރެއް ކުރާނެ އެވެ. އައިޓެންޓިޓީ ރައްކާތެރި ނުކުރެވޭ ނަމަ، ވިސްލްބްލޯކުރަން އެ މީހުން ފަސްޖެހޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"މި ގޮތަށް ގާނޫނު ފަރުމާ ކޮށްފި ކަމަށްވާ ނަމަ، ވިސްލްބްލޯ ކުރާ ފަރާތްތައް، އެ މީހުންގެ އައިޑެންޓިޓީ ރައްކާތެރިވާނެ ކަމުގެ ޔަގީންކަން ނެތަތީ ވިސްލްބްލޯކުރުމަށް ފަސްޖެހޭނެ ކަމަށް ގަބޫލުކުރަން،،" މުއިއްޒު ވިދާޅުވި އެވެ.

މީޑިއާ ކައުންސިލްގައި "މިހާރު" އޮންލައިން ތަމްސީލު ކުރައްވާ މުއިއްޒު ސުވާލު އުފެއްދެވި އެއް ކަމަކީ، މައުލޫމާތު ދިން މީހާ ހާމަކުރުމުގެ ސަބަބުން ކުރާނެ އަސަރު ފަނޑިޔާރު ދެނެގަންނާނެ ގޮތެކެވެ.

"ނޫސްވެރިންގެ އާންމު ޕްރެކްޓިސް އަށް ބަލާއިރު ނޫސްވެރިން، ނޫސްވެރިންނާ ވެސް އެ މީހުންގެ ކޮންފިޑެންޝަލް ސޯސްތައް ހިއްސާ ނުކުރާނެ ވަރަށް މަދު ހާލަތެއްގައި މެނުވީ. އެއީ އެހެން ނޫސްވެރިއަކަށް ވެސް އެކަން އެނގިއްޖިއްޔާ ސޯސް އަށް ނުރައްކާ ބޮޑުވެދާނެތީ،" ޝަރުއީ ދާއިރާގެ ޚަބަރުތައް ކަވަރު ކުރުމުގައި ތަޖުރިބާކާރު އެއް ނޫސްވެރިޔާ މުއިއްޒު ވިދާޅުވި އެވެ.

"ދެން ކިހިނެއްތޯ ނޫސްވެރިކަމާ ގުޅުން ނެތް ދާއިރާއަކުން، ކޯޓެއްގައި ޝަރީއަތް ކުރަން ހުންނަ ފަނޑިޔާރަކަށް ކޮން މިންގަނޑަކުންތޯ ވަޒަން ކުރެވޭނީ މައުލޫމާތު ދިން މީހާ އަށް ލިބޭނެ ގެއްލުމަކީ ކޮބައިކަން. މި ބިލު މި ގޮތަށް އޮވެއްޖެ ނަމަ، މިއީ ފަހުގެ ތާރީހެއްގައި ނޫސްވެރިކަމަށް ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމަށް ވާނެ."

މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ ރާއްޖޭގައި ހެއްކާ ބެހޭ ބިލެއް ފުރަތަަމަ ފަހަރަށް ހަދާއިރު ވަރަށް ގިނަ ކަންކަމަށް ރިއާޔަތް ކުރާނެ ކަމަށެވެ. ނޫސްވެރިންގެ މަސްދަރު ހިމަނާފައި ވަނީ އެ ނުހިމަނައިފި ނަމަ، ކޮންމެވެސް އެހެން ބަޔަކު، ހަމަހަމަ ކަމެއް ނެތް ކަމަށް ބުނެ ޝަކުވާ ކުރާނެތީ ކަމަށް ބެލެވޭ ކަމަށާއި އެކަމަކު ސިޔާސަތެއް ކަނޑައަޅާއިރު، ގައުމުގެ ހާލަތަށް ވެސް ރިއާޔަތް ކުރާނެ ކަމަށް އިމްތިޔާޒު ވިދާޅުވި އެވެ.

އޭނާ ވަނީ އެންމެ ބޮޑަށް ހިޔާލުފާޅުކުރުމުގެ މިނިވަންކަން ދީފައިވާ ގައުމުތަކުގައި ވެސް ކޮންމެެވެސް ވަރަކަށް ގާނޫނުތައް ހަދައިގެން ހިފެހެއްޓުންތައް އެބަހުރި ކަމަށް ވިދާޅުވެފަ އެވެ.

އިމްތިޔާޒު ވިދާޅުވިގޮތުގައި، ބިލް މިހާރު ޑްރާފްޓް ކޮށްފައި އޮތް ވަރަށް ވުރެ ވެސް ހަނި ފުރުސަތެއް ފަނޑިޔާރަށް ލިބިދެވޭނެ ގޮތަށް އޮތުމާ ވެސް ދެކޮޅު ހަދާފާނެ ކަމުގެ ސުވާލު އުފެދެ އެވެ.

"ޓެރަރިޒަމްގެ މައްސަލަތަކާއި ކުޑަކުދިންގެ ހައްގު ގެއްލިގެންދާ މައްސަލަތަކާއި އެ ކަހަލަ ހާއްސަ ކޭސްތަކަށް އެކަނި ލިމިޓް ކުރެވޭނީ. ބައެއް އެހެން ޑިމޮކްރެޓިކް ގައުމުތަކުގައި ދީފައިވާ މިންވަރަށް ނޫނަސް، އެ އަށް ވުރެ ހަނިކޮށްގެން ވެސް ބިލުގައި ގެނައުމަށް ހަމަ މުޅިން ދެކޮޅީތޯއޭ. އެހެން މަސްލަހަތުތަކަށް ވެސް އިހުތިރާމުކުރުމުގެ ގޮތުން ޓެރަރިޒަމްގެ މައްސަލަތައް ވެސް ބެލޭނެ ގޮތަށް ނޫސްވެރިންގެ ހައްގު ވެސް ރައްކާތެރިވުމުގެ ގޮތަށް އެކަން ކުރަން ދެކޮޅީތޯ،" އެމްއެމްސީ އާއި އެމްޖޭއާ އިމްތިޔާޒު ސުވާލު ކުރެއްވި އެވެ.

އެކަމާ ގުޅިގެން މުއިއްޒު ވިދާޅުވީ ވަރަށް މަދު ހާލަތުތަކެއްގައި މަސްދަރު ހާމަނުކުރެވޭނެ ކަމަށް ނުބުނާ ކަމަށެވެ.

"މިސާލަކަށް ޕަބްލިކް ސެކިއުރިޓީ، ނޭޝަނަލް ސެކިއުރިޓީއާ ގުޅުން ހުރި ހާލަތުތައް. އެކަމަކު މި ދަންނަވާ އެއްޗަކީ މިހާރު މި ބިލުގައި މިއޮތީ އެކްސެޕްޝަނެއް ގޮތަކަށް ނޫނޭ،" އިމްތިޔާޒުގެ ސުވާލުތަކާ ގުޅިގެން މުއިއްޒު ވިދާޅުވި އެވެ.

އިސްތިސްނާ ގޮތެއްގައި ފަށާ ކަންކަން ވަރަށް ފުޅާވެފައިވާ މަންޒަރު މާޒީގައި ވެސް ފެނިފައިވާތީ، ހެއްކާ ބެހޭ ގާނޫނުގެ ސަބަބުން ނޫސްވެރިންނަށް ގޮންޖެހުންތައް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އޭނާ ހިއްސާ ކުރެއްވި އެވެ.

ޖާނަލިސްޓް އެސޯސިއޭޝަންގެ ބޭފުޅުން ވަނީ މަސްދަރުގެ މައުލޫމާތު އާންމުކުރުމުން، އެ މީހަކާއި އެ މީހަކާ ގުޅުން ހުރި ބަޔަކަށް އަނިޔާއެއް ނުލިބޭނެ ކަމުގެ ޔަގީން ކަމެއް ނެތް ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ރާއްޖެ އިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހާދަތަކުގައި ހިޔާލުފާޅުރުމުގެ އަސާސީ އެއް ސިފައިގެ ތެރޭގައި ހިމެނޭ އެއް ކަމަކީ ނޫސްވެރިންގެ މަސްދަރު ނުވަތަ މައުލޫމާތު ދޭ މީހާ ހިމާޔަތްކުރުމުގެ ހައްގު ލިބިގެންވުން ކަމަށް އެ ދެ ޖަމިއްޔާ އިން ފާހަގަކުރި އެވެ.

ޖުޑިޝަރީ ކޮމިޓީން ބުނީ، ހެއްކާ ބެހޭ ގާނޫނަށް އަމަލުކުރަން ފަށާއިރު، އެ ހުރިހާ ކަމަކަށް ރިއާޔަތް ކުރާނެ ކަމަށެވެެ.

ވަކި ހާލަތްތަކެއްގައި ނޫސްވެރިންގެ މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވޭ ގޮތަށް އޮތީ ހެއްކާ ބެހޭ ގާނޫނުގެ 136 ވަނަ މާއްދާގަ އެވެ. އެ މާއްދާގެ (ހ) ގައި ވަނީ މަސްދަރު ހާމަކުރުމުގެ ސަބަބުން އެ މީހާ އަށް ނުވަތަ އެހެން ފަރާތަކަށް ވެސް ވެދާނެ ގެއްލުމަށް ވުރެ މަސްދަރު ހާމަކުރުމުގެ އާންމު މަސްލަހަތު ބޮޑުވާ ހާލަތްތަކުގައި މަސްދަރު ހާމަކުރަން މަޖުބޫރުކުރެވިދާނެ ކަމަށެވެ. ފަނޑިޔާރަށް ލިބިފައިވާ ބާރުގެ ތެރޭގައި މަސްދަރު ހާމަކުރަން ނޫސްވެރިންނަށާއި އޭނާ މަސައްކަތްކުރާ މީޑިއާއަށް މަޖުބޫރު ކުރެވިދާނެ އެވެ.

20 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 14%
icon sad icon sad 43%
icon angry icon angry 43%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވިކިލީކްސް

16 June 2022

ނޫސްވެރިކަން ކަފުންކޮށް ވަޅުލާން އެއްވެސް ބަޔަކަށް ފުރުސަތު ދިނުމަކީ ޑިމޮކްރަސީ މަރާލުން. ސޯސް ބުނެދޭންޖެހޭފަދަ ޙާލަތްތަކެއް އޮންނާނެ ކަމަށް ގަބޫލުކުރަން. އެކަމަކު ހަމަ ޓަސްލާފަ ކޮންމެ ފަހަރަކު ސޯސް ބުނެދޭނެވެއްޖެއްޔާ ނޫސްވެރިންނަށްވެސް ނަފްސުގެ ދިފާޢަށްވެސް ހުރަސް އެޅިގެންދާނެފަދަ ހާލަތުތަކެއް އަންނާނެ! ވަކިބައެއްގެ މަސްލަހަތު ގެއްލިދާނެތީ ނޫސްވެރިން ލައްވާ ކޯއްޗެއް ހޯދަން ތިޔައުޅެނީ؟ ތިގޮތް ކަމަކުނުދޭ!

The name is already taken The name is available. Register?

ނޭގުނަސްހެޔޮ

16 June 2022

ވިސްލް ބްލޯ ކުރުމަކީ މީހުންގެ ބޮލުގައި ތުހުމަތު އަޅުވައި އެމީހުންގެ އަބުރު ކަތިލުމެއްނޫނެވެ. އެއީ ކުށެއްކުރާކަން އެގިއްޖެނަމަ ދައުލަތުގެ ކަމާގުޅޭ މުއައްސަސާތަކަށް މައުލޫމާތު ފޯރުކޮށްދިނުމެވެ. ދެން އެ މުއައްސަސާއަކުން ތަހުގީގުކޮށް ހެކި ހޯދައި ކުށްވެރިވާނަމަ އަދަބުދެނީއެވެ. މިތާގައި ވިސްލްބްލޯ ކުރި މީހާގެ މައުލޫމާތު ކޮންމެހެން ދޭކަށް ނުޖެހެއެވެ. މަސްދަރު ހާމަކުރަންޖެހެނީ އަބުރުގެއްލޭގޮތަށް ޕަބްލިކްގައި ވާހަކަ ދެއްކީމަ.

The name is already taken The name is available. Register?

ނޯތު ކޮރެއާ ސްޓައިލް

16 June 2022

ދެންވެސް ނޫސްވެރިން ތިބޭ ރައީސް އޮފީހުން ސްޕޮންސައެއް ހޯދާއިދިނީމަ މިސަރުކަރުގެ މޫނު މަތި ރީތިކުރަން ލިޔެ ލިޔެ. މިރާއްޖޭގައި ނޫސްވެރިން ތިބޭނީ ވިޔަފާރިވެރިންނާ ސަރުކާރުގެ ދަށުވެފައި. މިނިވަން ނޫސްވެރިކަމެއް އޮތް ތަނެއްނޫން މިޔަަކީ

The name is already taken The name is available. Register?

އަދިރި ފަރާތް

15 June 2022

މިހެނޭ ދެން ވާނީ. ސޯލިހަކީ ނަމަކަށް ހުންނަ ބުދެއް ކަހަލަ މީހެއް.އަސްލުވެރިކަން ހިންގަނީ ބޯގަންވިލާއާ ސިއްކަގޭ ތެރެއިން ފައްޔާޒާ ފަޒުނާމެން. އެހެންވެތާ އެތައް ބިލިއަނަކުން ރިސޯޓު ކުލި ނުދައްކާ އިރުވެސް ފަޒުނާގެ ޅިޔަނަށް ވެގެން ރައީސް އޮފީހުގައި އެއުޅޭ ސިޔާމޭ ކިޔުނު ރިސޯޓު މަހުޖަނުވެސް މަގާމުގައި އެހެރީ.ޒީރޯ ޓޮލަރެންސޭ ކިޔާފައި ހާވާ ހަޑީގެ މިސާލެއް އެވެސް. ފަޒުނާއަކީ އަޑީގައި ހުރެގެން ސޯލިހަށް ނުބައި ނުފޫޒުފޯރިވާ މީހެއްކަން މަމެންނަށް މިހާރު ޔަގީނޭ

The name is already taken The name is available. Register?

ސްޓިކަރ ސަރުކާރު

16 June 2022

ގާނޫނާ ގަވައިދުން ބޭރުން ރޯޔަލް ދަރިކޮޅުގެ މީހުންނަށް އުޅެވޭނެ މިސަރުކާރުގައި ބޭނުން ގޮތަކަށް... އެހެން އުޅޭ ރޯޔަލް މީހުންނަށް ލިބޭނެ މަތީ މަގާމުތައްވެސް. އެކަމަކު އާދައިގެ ރައްޔިތުމީހާ ސައިކަލް ޕާކުކޮއްލާ ގޮތަކުންވެސް ސްޓިކާ ޖަހާ ޖޫރިމަނާކޮށް ޕޮލިސް ރެކޯޑު ހަޑިކޮށް އެކަމާ ހެދި ވަޒީފާ ގަނޑެއް ނުލިބޭ ވަރު މިސަރުކާރުން ކުރޭ. އެއޭ ސޯލިހުމެން އެބުނާ އިންސާފާ ހަމަހަމަކަމަކީ. ތަމެއް ތިބޭ ދެންވެސް ވޯޓު ދެން ސޯލިހުއަށް.މަމެންގެ ވޯޓު ހަރާން ދެން ސޯލިހަށް!

The name is already taken The name is available. Register?

ސޯލިހު އައުޓް

16 June 2022

ސިޔާމު މެން ރިސޯޓު މަހުޖަނުންވެފައި އަދި ސިއްކަގެއާ ގުޅުން އޮތީމަ އިތުރަށް މާތްވެއޭ. އެހެންވީމަ ރިސޯޓު ކުލި ނުދައްކާ ޓެކްސް ނުދައްކާ މުވައްޒަފުންނަށް މުސާރަ ނުދީ އުޅެވޭނެ. މިސީދާ ޖަންގަލީ ގާނޫނު ހިންގާ ސަރުކާރެއް.

The name is already taken The name is available. Register?

ސަދޫމް ޖަސްޓިސް

16 June 2022

ރީކޯ މޫސަވެސް އެބޮތްދޯ ރިސޯޓު ކުލި ނުދައްކާ ލިސްޓުގައި. ރީކޯވެސް ހަމަ ގަދަކޮށް ހުރީ. ނިކަމެތި މީހާ ކޮފީ ޕެކެޓެއް ފިހާރައަކުން ނަގައިގެންވެސް އިހަށް ދުވަހު އެކޮއްޕާލީ ޖަލަށް.

The name is already taken The name is available. Register?

ސޯލިހު އައުޓް

15 June 2022

ނޫސްވެރިކަމުގެ މިނިވަންކަމޭ ހިޔާލުފާޅުކުރުމޭ ފަޅޮލޭ ރިހާކުރޭ ސޯލިހު ކިޔާނެ އަދިވެސް. ލަދެއް ހަޔާތެއް ހުރި ސަރުކާރެއްނޫން މީ. ނަންވާނީ މައުމޫން!

The name is already taken The name is available. Register?

ނަން ވާނީ މައުމޫނު

15 June 2022

ބުނަން ނޫސްވެރިންނޭ. ސޯލިހު މީ ނަމުން ޑިމޮކްރެޓިކް ކަމުން ހުދުމުހުތާރު ވެރިއެއް. އެހެންނޫންނަމަ ނޫސްވެރިންގެ އަނގަ ބަންދުކުރާކަށް ނުތެޅޭނެ. މަޖުލިހުގައިވެސް އިދިކޮޅު ޕާޓީތަކުގެ އަޑު ކަނޑުވަން ހަދާ ގޮތް އެބަ އިގޭނު؟ އެމީހުންލާ ހުރިހާ ގަރާރެއް ސޯލިހަށް ވަފާތެރި މެންބަރުން އިސްނަގައިގެން ވޯޓުން ކުރަނީ ބޭރު. އެއީ އެމީހުން ގަބޫލު ކުރާ ޑިމޮކްރަސީގައި އެކަން ކުރާ ގޮތް އެކަމަކު އެޔަކީ ޑިމޮކްރަޓިކް ގައުމުތަކުގައި އެކަން އޮންނަ ގޮތެއް ނޫން.

The name is already taken The name is available. Register?

ސޮރޭ

15 June 2022

ނޫސްވެރިންކަމާއި ނޫސްވެރިންގެ ހައްގުގައި އެމްއެމްސީ އަދި އެމްޖޭއޭއިން މަޖިލީހުގައި ތިޔަދެއްކެވި ވާހަކަތަކައް އައްސަރިބަހާއި ސާބަސް، ނޫސްވެރިކަން ދިފާއުކުރުމަށާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ތަންމިނަށް ދިނުމަށް އައި ސަރުކާރުގެ އަމަލުތައް ތިޔަ ފެންނަނީ ދިމާ އިދިކޮޅަށް

The name is already taken The name is available. Register?

ނިކް

15 June 2022

ރަނަޅޭ މަށަށް އެންމެ ސަޅީ ޔާމީނު ފާސްކުރި އަބުރުގެ ބިލު. ކުޑަ މައްސަލައެއް އުޅެނީ އަބުރު ގެއްލޭ މީހާއަށް ނުލިބި ހުރިހާ ފައިސާއެއް ދަޢުލަތަށް ލިބުން. ދުނިޔޭގެ އެހެން ޑިމޮކްރެސީ އަދި މިނިވަން މުޖުތަމަޢުތަކުގަ ހެކި ނެތި މީހުންގެ އަބުރު ކަތިލައިފިނަމަ މިލިޔަނުން ބަދަލު ނަގަައިދޭ. ރާއްޖޭގަ އެކަހަލަ ޤާނޫނެއް ނެތީމަ ނޫސްވެރިންނަށް ވެސް ހީވެފަ އޮންނަނީ މިނިވަން ނޫސްވެރިކަމަކީ ހިތު ހުރި އެއްޗެއް ބޭނުން މީހަކަށް ގޮވުމޭ ހެކި ނެތަސް ތޯތޯ ވާހަކައަކަށް ވެސް.

The name is already taken The name is available. Register?

ވަޑިޔައްތޮކިނަބާ

15 June 2022

ނޫސްވެރިންނަށް މަޢުލޫމާތު ދޭފަރާތްތަކާއި، ނޫސްވެރިންވެސް ޖެހެނީ ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު އެކަންކުރަން. އޭރުން މަސްދަރު ހާމަކުރާކަށްނުޖެހޭނެއެވެ. މައްސަލައަކީ ނޫސްވެރިންވެސް ހަމަ މީހެއްގެ ފަރާތުން މަޢުލޫމާތެއްލިބޭއިރަށް އެއީ ތެދެއްތޯ ދޮގެއްތޯވެސް ބަލާނުލައި ނޫސްތަކުގައި ލިޔާކަމެވެ. އެގޮތަށް ލިޔުނީމަ ކޮބާދެން އެހެންމީހުންގެ ޙައްޤުތައް؟ ކޮންމެމީހަކުވެސްޖެހެނީ ތެދުވެރިމީހަކަށްވާށެވެ. ނޫސްވެރިޔާވެސް ހަމައެފަދައެވެ.

The name is already taken The name is available. Register?

ކިރު ސައި

15 June 2022

2023 ހިއްވަރާއެކު ނުކުމެ ސުމަކުން ދުއްވާލަންވީ ޔާމީން، ނަޝީދު، ސޯލިހް. ރައްޔިތުންގެ ފަހަރަކަށް ހަދަންވީ. ހުރިހާ ރަށެއްގެ ރައްޔިތުންގެ ފަހަރަކަށް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454