18 ޖޫން 2022 - 07:20
"ސްނެޕްޗެޓް ޕްލަސް"ގެ ނަމުގައި މަހު ފީ ދައްކައިގެން ބޭނުންކުރެވޭ ހިދުމަތެއް ތައާރަފުކުރަން އުޅޭ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ސްނެޕްގެ ސްޕޯކްސްޕާސަން ލިޒް މާކްމަން "ދި ވާޖް" ނޫހަށް ވިދާޅުވީ "ސްނެޕްޗެޓް ޕްލަސް"ގެ އިންޓާނަލް ޓެސްޓުތައް މިހާރު ހަދަމުން އަންނަ ކަމަށެވެ. އެ ހިދުމަތާ އެކު، ހަމައެކަނި ފީ ދައްކައިގެން ބޭނުންކުރެވޭ އާ ފީޗާތަކެއް ވެސް ލިބޭނެ ކަމަށް ވިދާޅުވި އެވެ.
އެޕް ރިސާޗުކުރާ މީހެއް ކަމަށްވާ އެލެސާންޑްރޯ ޕަލޫޒީ ޓުވިޓާގައި އާންމުކުރި ސްކްރީންޝޮޓްތަކާއި މައުލޫމާތުތަކުން އެނގޭ ގޮތުގައި، ސްނެޕްޗެޓް ޕްލަސްގައި ބޭނުން މީހަކު "ބީއެފްއެފް" ގޮތުގައި ޕިން ކުރެވޭ ގޮތް ހެދޭއިރު، ސްނެޕްގެ އައިކަން ބަދަލުކުރެވޭ ގޮތާއި އެއް ފަހަރަށް ވުރެ ގިނައިން ސްނެޕް ސްޓޯރީ ބަލާ މީހުން ފެންނާނެ ގޮތް ވެސް ހަދައިދެ އެވެ.
Here's how the #Snapchat+ badge will appear in the profile 👇🏻 pic.twitter.com/S5zrjZmVWH
— Alessandro Paluzzi (@alex193a) June 16, 2022
"ސްޕެންޗެޓް ޕްލަސް" އަށް ނަގާ ފީގެ އަގު އަދި ރަސްމީކޮށް ހާމަނުކުރިޔަސް، ޕަލޫޒީ ބުނީ އެ ހިދުމަތަށް މަހަކު 4.84 ޑޮލަރު ދައްކަން ޖެހޭނެ ކަމަށް ބެލެވެ އެވެ.
މިހާރު ގާތްގަނޑަކަށް މަޝްހޫރު ހުރިހާ ސޯޝަލް މީޑިއާ އެޕްތަކަކުން ވަނީ މަހު ފީ ދައްކަންޖެހޭ ހިދުމަތްތައް ތައާރަފުކޮށްފަ އެވެ. މަޝްހޫރު މެސެޖިން އެޕް ޓެލެގްރާމް އިން މި މަހު ފަހުކޮޅު "ޕްރިމިއަމް"ގެ ނަމުގައި މަހު ފީ ދައްކަންޖެހޭ ހިދުމަތެއް ތައާރަފުކުރަން އަންނަނީ ތައްޔާރުވަމުންނެވެ.
ޓުވިޓާއިން ވަނީ މިދިޔަ އަހަރު "ބްލޫ"ގެ ނަމުގައި އެ ހިދުމަތް ތައާރަފުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސްޓްރީކް
18 June 2022
ހާދަ ފައްކާ ފީޗާސްތަކެއް.. މައްސަލައަކީ ފީ ދައްކަން ޖެހޭތީ