ހުޅުމާލެ ދެވަނަ ފިޔަވަހީގައި ސްޓެލްކޯ އިން އިމާރާތް ކޮށްފައިވާ ފްލެޓުތައް: ޖުލައި މަހު ވަދެވޭނެ -- ފައިލް ފޮޓޯ: މިހާރު
20 ޖޫން 2022 - 10:15
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެށި ހިޔާ މަޝްރޫއުގެ ދަށުން ސްޓެލްކޯ އިން ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ ފްލެޓްތަކަށް އެ ކުންފުނީގެ މުވައްޒަފުން ކުލި ދައްކަން ޖެހޭނީ ހަ މަސް ފަހުން ކަމަށް މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ރޭ ވިދާޅުވެއްޖެ އެވެ.
ސްޓެލްކޯ އަށް 25 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ހަފުލާގައި އޭނާ ވިދާޅުވީ، އެ ކުންފުނީގެ ފްލެޓްތަކަށް އެޑްވާންސް ޕޭމެންޓްގެ ގޮތުގައި ދައްކަން ޖެހޭ 20 ޕަސެންޓް ދެއްކެނީ މަދު މުވައްޒަފުންތަކަކަށް ކަމަށާއި މިހާރު ވެސް ބައެއް މީހުންގެ މުސާރަ އިން 10 ޕަސެންޓަށް ވާ ފައިސާ ކަނޑާ ކަމަށެވެ.
ޝަރީފް ވިދާޅުވިގޮތުގައި، ފްލެޓްތަކަށް ވަދެވޭ ހިސާބުން އެ އަދަދުތަކުގެ އިތުރުން ކުލި ވެސް ދައްކަން ޖެހުމުން އޭގެ އުނދަގޫ މުވައްޒަފުންނަށް ވަރަށް ބޮޑުވާނެ އެވެ. އެހެންވެ، ކުލި ނަގަން ފަށާނީ ހަ މަސް ފަހުން ކަމަށް މެނޭޖްމަންޓުން ނިންމާފައިވާ ކަމަށް ޝަރީފް ވިދާޅުވި އެވެ.
އަންނަ މަހުގެ ފަހު ހަފުތާގައި ސްޓެލްކޯގެ ފްލެޓަށް ވަދެވޭނެ ކަމަށާއި ކުލި ނަގާނީ އަންނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސްޓެލްކޯ އަށް ދިގު މުއްދަތެއް ވަންދެން ހިދުމަތްކުރި މުވައްޒަފަކަށް، އެ ކުންފުނީގެ އެމްޑީ ޝަރީފް ރޭ އިނާމު ދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް
"މެޖޭމަންޓުން ސްޓާފުންނަށް ލުއި ހޯދައި ދިނުމުގެ ގޮތުން ފްލެޓުތަކަށް ވަނުމަށް ފަހު ގްރޭސް ޕީރިއަޑެއް އެބަދެން. ޖެނުއަރީ 1 އިން ފެށިގެން އަޅުގަނޑުމެން އެ ތަނުގެ ކުލި ނަގަން ފަށާނީ،" ޝަރީފް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ، މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ވަޒީފާގެ އެއްވެސް ކުރިއެރުމެއް ނުލިބޭ 420 މުވައްޒަފުން އޭނާ މަގާމާ ހަވާލުވެވަޑައިގެންނެވިއިރު ސްޓެލްކޯގައި ތިބި ކަމަށެވެ. ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މުވައްޒަފުންނަށަް ވަޒީފާގެ ކުރިއެރުން ދީފައިވާ ކަމަށް ވިދާޅުވި އެވެ. އަދި ޕްރޮމޯޝަން ދޭ ޕޮލިސީ މުރާޖައާ ކުރަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ވަޒީފާގެ ކުރިއެރުމަކީ ވަކި މީހަކު ބޭނުންވީމާ ދޭ އެއްޗެއް ގޮތުގައި ނުބާއްވައި ވަޒީފާ އަދާކުރާ މީހެއްގެ ހައްގެއްގެ ގޮތުގައި ޕޮލިސީ ކަނޑައަޅާފައި މުވައްޒަފުންނަށް އެކަން ދައްކައި ދޭނަން،" ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި މުވައްޒަފުންނަށް ކޮށްދޭ އެކަންކަމުގެ ބަދަލުގައި ރައްޔިތުންނަށް ރަނގަޅު ހިދުމަތެއް މުއައްޒަފުންގެ ފަރާތުން ފޯރުކޮށްދޭން ޖެހެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢާންމުމީދާ
21 June 2022
ތަން ނުނިމޭ އަދި، އެކަމަކު ސްޓެލްކޯ ފްލެޓްތައް ވެސް ކުއްޔަށް ދޭން އިސްތިހާރު ޖަހަން ފަށައިފި. ޔުޓިލިޓީ ކުންފުނިތަކުގެ މުވައްޒަފުން އާންމުންނަށް ކުއްޔަން ދިނުމަށް ބޮޑެތި ބިލްޑިންގްތައް މިއަޅާ ދޭން ޖެހުނީ ކީއްވެ ބާ؟ މީ ވެސް ބޯހިޔާވެހިކަމުގެ ސިޔާސަތު ދޯ؟
ރަދީފްއޮފިޝަލް
20 June 2022
ސްޓެލްކޯގެ ނިންމުން ވަރަށް ސަޅި.ކުންފުނީގެ މުވައްޒަފުން އެއީ އެންމެ އަގުބޮޑު އެސެޓް.އިންޖީނުތަކަށްވުރެ ވެސް އަގުބޮޑުވާނެ.ގުޑް ލަކް އޯލް ސްޓާފްސް.މައި ގުޑް ފްރެންޑް މާލިކް ޓޫ.ވ.ވެދުން
ވަހީދު
20 June 2022
ޔާމީނުގެ ސިޔާސަތު މަށަށް މާ ސަޅި. ކޮމްޕެނީތަކާއި ހަވާލު ކޮށްގެން އިމާރާތް އެޅުމުގެ ވިސްނުން
ކަތްދައްތަ
20 June 2022
މިގައުމުގައި ކިތައް ދައުލަތާއި ކިތައް ސަރުކާރު އެބަ އޮތްހޭ؟ ސުވާލު ނުކުރަންވީ ސަބަބެއް ނެތެވެ.
ކޮރަލް
20 June 2022
ތަފާތު ކުރުމެވެ.
ގައިދޫރި
20 June 2022
ތަން ނިންމާފަ ދީފަވެސް 06 މަސް ފަހުން ހިޔާ ފްލެޓް ރޮލާ 4 ފާރު ދީފަ ބޮޑުކުލި ވަގުތުން ސުހޭލީމެން ޒަމާނަށް ހޭލައިނުގަންނަކަން
ދޮންބުރުހާން
20 June 2022
ރައްޔިތުންގެ ފައިސާ، ވަކި ކުންފުންޏެއްގަ އުޅުމުން އިތުރު މަންފާތަކެއް ދެވިގެންނުވާނެ. ސްޓެލްކޯގެ ފައިސާއަކީ ކުންފުނީގެ ނަމުގައި ހުރިކަމުގައި ވިޔަސް ރައްޔިތުންގެ ފައިސާ...ވަކި ބަޔަކަށް މަންފާހޯދައިދިނުމަށް ބަހާ ހުސްކުރާއިރު ތިޔަ ކުންފުންޏަށް ސަރުކާރުގެ ބަޖެޓުން މިލިއަނުން ސަބްސިޑީދީފަ، މާލެއާއި، ހުޅުމާލެއާއި އެކި ރަށްރަށުން ބޮޑެތި ބިންތައް ހިލޭ ދޫކޮށްފައި ހުންނަނީ ކުންފުނިން ލިބޭ ފައިސާ މުވައްޒަފުންނަށް ބެހުމުގެ ހައްގެއް ނޯންނާނެ
ަަައަހުމަދު
20 June 2022
މީ ހަމަ ދައްކާ ދަޅައެއް. ތިޔަތަނައް ފައިސާ ދައްކަން ޖެހެނީ ގަނދުކޮއް އެއްކޮށް ގަންނަ އުސޫލުން މިސާލަކައް ބެންކުން އެއްކޮށް ލޯނުނަގައިގެން. އެއީކީ އާދައިގެ ރައްޔަތަކައް ވާނެ ކަމެއް ނޫން. ކިޔަމާ ހިނގާ ތިޔާ ވިއްކަން ހަދާލި ތަން ތަނޭ މުއްސަންދިންނައް.
ލާމަސީލު
20 June 2022
ހިޔާފްލެޓް 4 ފާރު ދީފަ އެޗްޑީސީ އިން ކުލި ދައްކަން ނޯޓިސް ފޮނުވަނުން ގެންދާއިރު ސްޓެލްކޯ މިއޮތީ ނަމޫނާ ދައްކާފަ. ނިންމާފަ ހަވާލުކުރާތަނުން 6 މަސް ކުލި ނުނަގާގޮތަށް. ކޮވިޑް ބަލިމަޑުކަމުގަ މީހުން އަތުން ފައިސާ ހުސްވެފަ ހުރި ވަގުތުގަ އިންސާނިއްޔަތުކަން މުހިއްމު.
ހަމް67
20 June 2022
ރައްޔިތުންގެ ލާރިން ބަޔަކު މިއޮއް އަމިއްލަ މުއައްޒަފުންނައް ހިލޭ މުދާ ބަހާލަނީ މިއޮއްް. ފުލެޓު ލިބޭ މީހަކައް އެމީހެއްގެ އިނދެެގެން އުޅޭ މީހަކައް ސަރުކާރު އެހެން އެއްވެސް ހިޔާވަހިކަމައް ކުރިމަތި ލެވިގެން ނުވާނެ.
ހިެހހ
20 June 2022
ހުރިހާ އެއްޗަކީވެސް ރައްޔިތުންގެ ލާރި އިނގޭތޯވ
ދޭސީ
20 June 2022
މީ ވަރަށްބޮޑު ނާއިންސާފެއް. ދައުލަތުގެ ކުންފުންޏެއްގަ ހުންނާނީ ރައްޔިތުންގެ ފައިދާ. ބޯޑުހަދައިން އަމިއްލަ ފައިދާއަށް ކަންކަން ނިންމުމަކީ ކޮރަޕްޝަންގެ އަމަލެއް.