ގާޒީ ދީބާނާޒް ފަހުމީ
21 ޖޫން 2022 - 12:58
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާގެ މައްސަލަ ކްރިމިނަލް ކޯޓުގައި ބައްލަވާ ބެންޗުގެ ރިޔާސަތަށް ގާޒީ ދީބާނާޒް ފަހުމީ އައްޔަންކޮށްފި އެވެ.
މިދިޔަ އަހަރުގެ މެއި މަހުގެ ނަޝީދަށް އަމާޒުކޮށް ބޮމެއް ގޮއްވާލި މައްސަލާގައި ދައުލަތުން ދައުވާކުރަނީ މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދާއި ނ. މަނަދޫ ނޫރީގޭ އަލީ ހައިޝަމާއި ގއ. ވިލިނގިލީ ހުދުރުވާގޭ ފަހުމީ އަލީގެ އިތުރުން މ، ކުދެހިގޭ އިސްހާގާއި އއ. މާޅޮހު، އަސަރީގޭ މުހައްމަދު ނާޒިމްގެ މައްޗަށެވެ.
އެ މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ގާޒީ އާދަމް މުހައްމަދު ދާދިފަހުން ވަނީ އެ މައްސަލަ ބެލުމުން ތަނާޒުލްވެވަޑައިގެންފަ އެވެ.
ގާޒީ އާދަމްގެ ބަދަލުގައި ގާޒީ ދީބާނާޒް ފަހުމީ އެ ބެންޗުގެ ރިޔާސަތަށް އައްޔަން ކޮށްފައިވާ ކަން ކްރިމިނަލް ކޯޓުން ވެސް ކަށަވަރުކޮށްދިނެވެ. ކުރިން ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްކަން ކުރެއްވި ގާޒީ ދީބާނާޒް ކްރިމިނަލް ކޯޓަށް އައްޔަންކުރީ 2020 ވަނަ އަހަރު އެވެ.
އެ މައްސަލަ ބައްލަވާ ބެންޗުގައި ދެން ހިމެނިވަޑައިގަންނަވަނީ ގާޒީ މުހައްމަދު މިސްބާހު އަދި ގާޒީ ސޮފްވަތު ހަބީބެވެ.
ގާޒީ އާދަމް އެ މައްސަލަ ބެއްލެވުމުން ތަނާޒުލްވެ ވަޑައިގަތީ އެ މައްސަލާގައި ދައުވާލިބޭ މީހެއްގެ ދަރިއަކު ގާޒީ އާދަމާއި އޭނާގެ އަނބިކަނބަލުންނަށް އިންޒާރު ދީފައިވާތީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމްސް
21 June 2022
އަސްލުބޮސް ހޯދަން ނޫޅެނީ ކީއްވެބާ؟
ގުއިއްޒު
21 June 2022
އިރުކޮޅަކުން އިންޒާރު ލިބިދާނެ. އަނެއްމާ އަނެކަކު އިސްތިއުފާދޭން އެވީ. އަޅެ މިއީ ގޭންގެއްގެ އަތްދަށުގައި ގައުމެއްތަ?
މޮޑީދީ
21 June 2022
މުޅި ޖުޑިސަރީ ހަލާކުކޮށްފި، މިވެރިންވެސް ނިމިދާނެ ދެރަވަނީ ދަރިންގެ ދަރިންނަށް ރަނގަޅު މާހައުލެއް ނުލިބިދާނެތީވެ.