21 ޖޫން 2022 - 12:30
ޑީޑޮސް ފަދަ ސައިބަ ހަމަލާތަކުން ރައްކާތެރިކަން ހޯދައިދޭ ކްލައުޑްފްލެއާ ހިދުމަތަށް ދިމާވި މައްސަލައަކާ ހެދި ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެބްސައިޓްތަކާއި އިންޓަނެޓްގެ އެކި ހިދުމަތްތަކަށް ބުރޫ އަރައިފި އެވެ.
ކްލައުޑްފްލެއާ އިން ކުރި ޓްވީޓެއްގައި ވަނީ އެ ހިދުމަތަށް މައްސަލައެއް ދިމާވެގެން އުޅޭ ކަމަށް ބުނެފަ އެވެ. ދިމާވެގެން އުޅޭ މައްސަލަ ދެނެގަނެވިފައިވާ ކަމަށާއި މައްސަލަ މިހާރު އަންނަނީ ހައްލުކުރަމުން ކަމަށް އެ ކުންފުނިން ބުންޏެވެ.
ރާއްޖޭގައި ވެސް ކްލައުޑްފްލެއާ ބޭނުންކުރާ ވެބްސައިޓްތަކާއި އޮންލައިންކޮށް ދޭ ބައެއް ހިދުމަތްތަކަށް ވަނީ މި މައްސަލަ ކުރިމަތިވެފަ އެވެ.
The Cloudflare team is aware of the current service issues and is working to resolve as quickly as possible. Updates can be followed here. https://t.co/22Yiyu3lKJ
— Cloudflare (@Cloudflare) June 21, 2022
"ކްލައުޑްފްލެއާ ބޭނުންކުރާ ނަމަ، އެރާ އަދި ޓައިމްއައުޓް މެސެޖު ލިބުމަކީ މި ވަގުތު އެކަށީގެންވާ ކަމެއް،" ކްލައުޑްފްލެއާ އިން ބުނެފައިވެ އެވެ.
މި މައްސަލަ ދުނިޔޭގެ އެހެން ބައެއް ހިސާބުތަކަށް މިދިޔަ ހަފްތާގައި ވެސް ކުރިމަތިވި އެވެ.
ކްލައުޑްފްލެއާގެ ސީޓީއޯ ގްރަހަމް-ކަމިން ހެކާސް ނިއުސް އަށް ބުނެފައިވާ ގޮތުގައި މައްސަލަ ދިމާވެގެން އުޅެނީ ދުނިޔޭގެ ހުރިހާ ހިސާބަކަށް ނޫނެވެ. އެކަމަކު ވަރަށް ގިނަ ސަރަހައްދުތަކަށް މައްސަލަ ދިމާވެފައިވާ ކަމަށާއި މިއީ ކްލައުޑްފްލެއާގެ "ބެކްބޯންގެ މައްސަލައެއް" ކަމަށާއި އެކަން ހައްލުކުރަން މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފުލެޔަރު ކުލައުޑު
21 June 2022
ތިއިންޓަރނެޓަކަށް ބުރަވެގެން ކަންތައްކުރީމަ ތިކަހަލަކަންތައްވާނެ. މާލޭގެ ރައްޔިތުންނަށް ދޫކުރަން ކަނޑައަޅާފައޮތް ގޯތިތައް ޕޯޓަލު މެދުވެރިކޮށްނުދީ ފޯމުނަގައި ފުރާފަ ލަންއޮތްތަނަކަށް ލުމުން، ފޯމުބަލައިގަނެ ރަސީދެއް ލިބިދިނުމަކީ އިތުބާރުހިފޭ، އަދި އެދެވޭގޮތެއްކަން ފާހަގަކުރަން.
ދެރަ
21 June 2022
ތިމީހުން މާގިނައިން މައްސަލަ ޖެހެނީ، އެހެން ސީޑީއެން އަކައް ބަދަލު ކުރަންވީ. ރާޖޭގަ ލޯކަލް ސީޑީއެން ނެޓްވޯކް ވެސް ހަރުދަނާކޮއްލަން ޖެހެ. އުރީދޫގެ ޑޭޓާ ސެންޓާވެސް ކޭޝް ކުރަނި އެންމެ 7 ސައިޓު، ޑ.ސ އޮތީ ހުސްކޮއް.
އަބޭޭ
21 June 2022
ކަލޯ މައްސަލަޖެހނީ ސީޑީއެންއެއްގަޔެއް ނޫން...ނޭގެނޔާ މަޑުން އިދެބަލަ