ކުޅިވަރު / އޭޝިއަން ބޮޑީ ބިލްޑިން ޗެމްޕިއަންޝިޕް

އޭޝިއާ ބޮޑީ ބިލްޑިން މުބާރާތުގެ ޕާޓްނަރުންގެ ގޮތުގައި "މިހާރު"، "އޯކާ" އަދި "އޮފިޝަލް އިވެންޓްސް"

އަންނަ މަހު ރާއްޖޭގައި ބާއްވާ އޭޝއިާގެ ބޮޑީ ބިލްޑިން މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރެއްގެ ގޮތުގައި "މިހާރު" ހަމަޖެއްސުމަށް އެއްބަސްވުމުގައި ސޮއި ކުރެއްްވުމަށް ފަހު "މިހާރު" ގެ ފަރާތުން ސިނާން (ކ) އާއި ބީބީއޭއެމްގެ ރައީސް އިބްރާހިމް ހަމީދު (ވ) އެއްބަސްވުން ހިއްސާ ކުރަނީ --- ފޮޓޯ: ޒިދާން ހުސައިން | ބީބީއޭއެމް

22 ޖޫން 2022 - 13:10

އަންނަ މަހު ރާއްޖޭގައި ބާއްވާ، އޭޝިއަން ބޮޑީ ބިލްޑިން ޗެމްޕިއަންޝިޕްގެ އޮންލައިން މީޑިއާ ޕާޓްނަރެއްގެ ގޮތުގައި "މިހާރު" ހަމަޖައްސައިފި އެވެ.

އިއްޔެ ޕީއެސްއެމް ސްޓޫޑިއޯގައި ބޭއްވި ރަސްމިއްޔާތުގައި، "މިހާރު"ގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރީ "މިހާރު" ސޭލްސް އެންޑް މާކެޓިން އެގްޒެކެޓިވް އަހުމަދު ސިނާން ރަޝީދެވެ. ބޮޑީ ބިލްޑިން އެސޯސިއޭޝަންގެ ފަރާތުން ސޮއި ކުރެއްވީ އެ އެސޯސިއޭޝަންގެ ރައީސް އިބްރާހިމް ހަމީދެވެ.

އިއްޔެ ވަނީ އިތުރު ޕާޓްނަރުންނާއެކު ވެސް އެއްބަސްވުމުގައި ސޮއި ކޮށްފަ އެވެ. އިވެންޓް ޕާޓްނަރެއްގެ ގޮތުގައި ހަމަޖެއްސީ "އޮފިޝަލް އިވެންޓްސް" އެވެ. އޮފިޝަލް އިވެންޓްގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރީ އަހްމަދު އަދުހަމް އެވެ.

މުބާރާތުގެ ކްރިއޭޓިވް ޕާޓްނާއެއެގެ ގޮތުގައި ހަމަޖެއްސީ "އޯކާ މީޑިއާ ގުރޫޕް" އެވެ. އޯކާގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޗީފް އޮޕަރޭޓިން އޮފިސާ އަހްމަދު ނާސިރެވެ. ބީއޭއެމްގެ ދަރާތުން ސޮއި ކުރެއްވީ ނައިބު ރައީސް އައިމަން އެވެ.

އަންނަ މަހު ރާއްޖޭގައި ބާއްވާ އޭޝިއާގެ ބޮޑީ ބިލްޑިން ޗެމްޕިއަންޝިޕްގެ ކްރިއޭޓިވް ޕާޓްނަރެއްގެ ގޮތުގައި ހަމަޖަެއްސި އޯކާ މީޑިއާ ގުރޫޕްގެ ސީއޯއޯ ނާސިރު (ވ) އާއި ބީބީއޭއެމްގެ ނައިބު ރައީސް އައިމަން (ވ) އެއްބަސްވުމުގައި ސޮއި ކުރުމަށް ފަހު އެއްބަސްވުން ދައްކާލަނީ --- ފޮޓޯ: ޒިދާން ހުސައިން | ބީބީއޭއެމް

އަންނަ މަހު 15-21 އަށް މާފުށީގައި ބާއްވާ އޭޝިއާގެ ބޮޑީ ބިލްޑިން މުބާރާތަކީ، މިހާތަނަށް ރާއްޖޭގައި ބާއްވާ އިންޓަނޭޝަނަލް ކުޅިވަރުގެ އެންމެ ބޮޑު އިވެންޓަށް ވާނެ އެވެ. ބޮޑީ ބިލްޑިން އެސޯސިއޭޝަނުން ލަފާ ކުރާ ގޮތުގައި އޭޝިއާގެ 30 ގައުމަކުން 500 އެއްހާ ޑެލިގޭޓުން މުބާރާތަށް ހާއްސަކޮށް ރާއްޖެ އަންނާނެ އެވެ.

"ކުޅިވަރު މުބާރާތަކަށް ރާއްޖޭގައި އަދި މިހާތަނަށް މިވަރުގެ ކޮންޓިޖެންޓަކަށް ކެޓާކޮށްފައި ވެސް ނުވާނެ. މިއީ ކުޅިވަރު މުބާރާތަކަށް ރާއްޖެ އަންނާނެ އެންމެ ބޮޑު ކޮންޓިންޖެންޓް،" މުބާރާތާ ބެހޭގޮތުން މީގެ ކުރިން "މިހާރު އަށް ދިން އިންޓަވިއުގައި ބޮޑީ ބިލްޑިން އެސޯސިއޭޝަންގެ ރައީސް އިބްރާހިމް ހަމީދު ވިދާޅުވި އެވެ.

"ރާއްޖޭގައި މުބާރާތް ބާއްވާތީ އަޅުގަނޑަށް އެނގޭ އެހެން ގައުމުތަކުން ބައިވެރިވާ އެތުލީޓުންނާއި އޮފިޝަލުން އެގްސައިޓްމެންޓް އޮތްވަރު. އެކަން އޭބީބީއެފް [އޭޝިއާ ބޮޑީ ބިލްޑިން ފެޑެރޭޝަން]ގެ ވެރިންގެ މެދުގައި ވެސް އެބައޮތް."

ބޮޑީ ބިލްޑިން އެސޯސިއޭޝަންގެ ރައީސް އިބްރާހިމް ހަމީދު (ކ) އާއި އޮފިޝަލް އިވެންޓްސްގެ އަހްމަދު އަދުހަމް: ރާއްޖޭގައި އަންނަ މަހު ބާއްވާ އޭޝިއާގެ ބޮޑީ ބިލްޑިން ޗެމްޕިއަންޝިޕްގެ އިވެންޓް ޕާޓަނަރަކީ އޮފިޝަލް އިވެންޓްސް --- ފޮޓޯ: ޒިދާން ހުސައިން | ބީބީއޭއެމް

ލޯކަލް ޓޫރިޒަމްގެ ހަބް، މާފުށީގައި މުބާރާތް ބޭއްވުމުން ރާއްޖޭގެ ޓޫރިޒަމްގެ މަގުބޫލުން އިތުރުވެގެންދާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ. އެއީ ކުޅިވަރު އިވެންޓަކުން އެންމެ ބޮޑަށް ރާއްޖެ އިސްތިހާރު ވާނެ އިވެންޓްގެ ގޮތުގައި އޭނާ ސިފަ ކުރައްވަ އެވެ. މުބާރާތަށް ހާއްސަކޮށް ހަދާ ސްޓޭޖް ވެސް ހަދަނީ މާފުށީގެ ބީޗް ސަރަހައްދުގަ އެވެ.

"މި މުބާރާތަކީ އޭގެ ޒާތުން ބެލިޔަސް ރާއްޖެ އަށް ކުޅިވަރުގެ އިވެންޓަކުން އެންމެ ބޮޑު އެކްސްޕޯޝާއެއް ލިބޭނެ އިވެންޓް. ބޮޑީ ބިލްޑިންގައި އޭޝިއާގެ އެންމެ މަޝްހޫރު އެތުލީޓުން ރާއްޖެ އަންނާނެ. އެ އެތުލީޓުން މެދުވެރިކޮށް އެތައް ބަޔަކަށް ރާއްޖެގެ ޕްރޮމޯޝަން ރީޗް ވާނެ،" އިބްރާހިމް ވިދާޅުވި އެވެ.

ރާއްޖެ އިން ވެސް 20 އެތުލީޓުން މުބާރާތުގައި ތަމްސީލު ކުރާނެ އެވެ. ބޮޑީ ބިލްޑިންގައި ރާއްޖޭގެ އެތުލީޓުން މީގެ ކުރިން ވެސް ވަނީ ދުނިޔޭގެ ލެވަލްގައި ވެސް ކާމިޔާބީތަކެއް ހާސިލުކޮށްފަ އެވެ. މިދިޔަ އަހަރު އުޒްބެކިސްތާންގައި ބޭއްވި ވޯލްޑް ބޮޑީ ބިލްޑިން އަދި ފިޒިކްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ދެ އެތުލީޓުން ކަމަށްވާ، މުހައްމަދު ރަޝީދު (ރަޗޭ) އާއި މުހައްމަދު މޫސާ (މޯޑް) ވަނީ ރިހި މެޑަލް ހޯދައިފަ އެވެ.

ދެކުނު ކޮރެއާގައި 2019 ގައި ބޭއްވި ވޯލްޑް ޗެމްޕިއަންޝިޕްގައި މޯޑް ލޯ މެޑަލް ވެސް ހޯދި އެވެ. ނޭޕާލްގައި 2019 ގައި ބޭއްވި ދެކުނު އޭޝިއާގެ ބޮޑީ ބިލްޑިން މުބާރާތުގައި މޯޑް ވަނީ ރަން މެޑަލް ވެސް ހޯދައިފަ އެވެ. މި ފަހަރުގެ މުބާރާތުގައި ރާއްޖޭގެ އަމާޒަކީ މަދުވެގެން 10 މެޑަލް ހޯދުމެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454