އިރާގުގެ ކުރީގެ ރައީސް ސައްދާމު ހުސައިން ދަންޖެއްސުމަށް ކަރަށް ވާގަނޑު މަހާލަނީ. --ފޮޓޯ:އޭއެފްޕީ
30 ޑިސެމްބަރ 2016 - 12:42
ބަޣުދާދު (ޑިސެމްބަރު 30) - އިރާގުގެ ސުންނީ މުސްލިމުން ޑިސެމްބަރު 30، 2006 ވަނަ ދުވަހު އަޟްހާ އީދު ނަމާދަށް ދިއުމުގެ ކުރިން އެ މީހުންނަށް އިވުނީ އެހެން ޚަބަރެކެވެ. އިރާގުގައި 1979 ވަނަ އަހަރުން ފެށިގެން ވެރިކަން ކުރެއްވި ލީޑަރު އެ ދުވަހު ހެނދުނު 6 ޖެހިއިރު ދަންޖައްސާ މެރި ޚަބަރެވެ. އޭގެ ފަހުން މިއަދަށް 10 އަހަރުވީ އެވެ. އެކަމަކު އެ ހަނދާންތައް އިރާގުގެ ރައްޔިތުންގެ ހިތްތަކުން ފުހެވިގެން ނުދެ އެވެ. އިރާގު ޓީވީން ދެއްކި ސައްދާމުގެ ކަރަށް ވާގަނޑު މާހާލާ މަންޒަރު ބެލި ބައެއްގެ ހިތްތަކުން އެކަން ފިލައިގެންދާހާ ދުވަހެއް އަދި ނުވެ އެވެ.
ސައްދާމު ދަންޖެއްސި ދުވަހު އިރާގު ޓީވީން އެ މަންޒަރު މީހަކު ބަލަނީ. --ފޮޓޯ:ސީއެންއެން
އެމެރިކާ ކޯލީޝަނުގެ ލަޝްކަރު އިރާގަށް އަރާ ސައްދާމު އަތުލައިގަތުމަށް ހިންގި "ރަތް ފަތިހު" ގެ އޮޕަރޭޝަން ކާމިޔާބުކުރީ ޑިސެމްބަރު 13، 2003 ގަ އެވެ. ވެރިކަމުގައި ހުންނަވައިގެން ސައްދާމު ހިންގެވި ކަމަށް ބުނާ އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކުގެ ޝަރީއަތް ހިންގާ، މަރަން ވަނީ ހުކުމް ކޮށްފަ އެވެ. ސައްދާމުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި 1982 ވަނަ އަހަރު ދުޖައިލްގައި ޝިއައީންތަކެއް މަރާލުމާއި 1988 ވަނަ އަހަރު ކުރުދީ ޓައުން ހަލަބުޖާގައި ކެމިކަލް ހަތިޔާރުން ހަމަލާދީގެން އެތައް ބަޔަކު މެރުން ހިމެނެ އެވެ.
ސައްދާމު ހުސޭނުގެ ވެރިކަމުގައި އަނިޔާ ލިބުނު މީހުން ދަނީ އޭނާގެ މައްޗަށް ހުކުމް ތަންފީޒު ކުރި ދުވަހާ ދިމާކޮށް އުފާކުރަމުންނެވެ. އަނެއް ބަޔަކީ އެއީ ހިތާމަވެރި ދުވަހެކެވެ. މީގެ 10 އަހަރު ކުރިން ހިނގި އެ ހާދިސާގެ ހަނދާންތައް ބައެއް މީހުން ވަނީ ސީއެންއެން އަށް އާ ކޮށްދީފަ އެވެ.
އިރާގުގެ ކުރީގެ ރައީސް ސައްދާމު ހުސައިން ފިލާ އޮތް ތަނުން ހޯދާ އެމެރިކާ ސިފައިން ޑިސެމްބަރު 13، 2003 ގައި ހައްޔަރު ކުރަނީ. --ފޮޓޯ:އޭއެފްޕީ
ސައްދާމު ދަންޖެއްސިއިރު އަމިނާ ހުރީ ގޭގަ އެވެ. ސައްދާމަކީ ޚުދުމުޚުތާރު ވެރިއެއް ނަމަވެސް އަމީނާ ގަބޫލް ކުރަނީ އޭނާ ދަންޖެއްސުމަކީ އިރާގުގެ ހުރިހާ ރައްޔިތުންނަށް ދިން އަދަބެއް ކަމަށެވެ. އޭނާ ބުނި ގޮތުގައި ސައްދާމު ދަންޖެއްސިއިރު އަމީނާ ސިޔާސީ ކަންކަމަށް ޝައުގުވެރި ނުވި ނަމަވެސް އޭނާ ގަބޫލްކުރާ ގޮތުގައި ބޭރު ބަޔަކު ގައުމަކަށް އަރާ ރައީސް ހައްޔަރުކޮށް ހުކުމްކޮށް މަރައިގެން ނުވާނެ އެވެ. އަދި ބޭރު ބަޔަކު ގޮސް އިރާގަށް އެ ވަރުގެ ބޮޑު ގެއްލުމެއް ދޭން އިރާގުގެ އެއްވެސް މީހަކު ނޭދޭނެ ކަމަށް އޭނާ ބުންޏެވެ.
އިރާގު ހިފުމަށް ފަހު ބަޣުދާދުގައި ހުރި ސައްދާމުގެ ބުދެއް އެޕްރީލް 9، 2003 ގައި އެމެރިކާ ސިފައިން ވައްޓާލަނީ. --ފޮޓޯ:ސީއެންއެން
ސައްދާމު ދަންޖެއްސިއިރު ރިދާ އުޅުނީ ބަޣުދާދުގެ ދެކުނުން 100 މޭލު ދުރުގައި އޮންނަ ޝިއައީ ޓައުނެއްގަ އެވެ. އޭނާ ބުނީ ހެނދުނު ހޭލިއިރު ބައްޕަ އިނީ ސައްދާމު ދަންޖައްސާ މަންޒަރު އަލް އަރަބިއްޔާ ޗެނަލުން ބަލަން ކަމަށެވެ. އެކަމަކު އެއީ ވެދާނެ ކަމެއް ކަމަށް އޭނާ ކުރިން ގަބޫލެއް ނުކުރެ އެވެ. އޭނާ ބުނީ ސައްދާމުގެ ފަރާތުން ޝިއައީންނަށް ލިބުނު އަނިޔާތަކަށް ބަލާއިރު އޭނާ ދަންޖެއްސި ދުވަހަކީ އުފާވެރި ދުވަހެއް ކަމަށެވެ. ރިދާ ބުނީ ސައްދާމު އަނިޔާ ދީފައި ވަނީ އިރާގުގެ ރައްޔިތުންނަށް އެކަނި ނޫން ކަމަށާއި އަވައްޓެރި ގައުމުތަކަށް ވެސް ސައްދާމުގެ ރަހުމްކުޑަކަން ދައްކާފައިވާ ކަމަށެވެ.
ސައްދާމު ދަންޖައްސާ މަންޒަރު ފެނުމުން ސަދުރު ސިޓީގެ ބައެއް މީހުން އުފާފާޅު ކުރަނީ. --ފޮޓޯ:ސީއެންއެން
އަލް ޒުބައިދީ އަކީ އިރާގުގެ މެދުތެރޭގެ ނަޖަފްގެ ކޫފާ ޔުނިވާސިޓީގެ ލެކްޗަރާއެކެވެ. ސައްދާމު ދަންޖެއްސި ދުވަހަކީ އޭނާގެ ވެރިކަމުގެ ދުވަސްވަރު އުނދަގޫތައް ތަހައްމަލު ކުރަން ޖެހުނު އެ ސިޓީގެ ރައްޔިތުންގެ ހިތްތަކަށް ހިތްހަމަޖެހުމެއް ލިބުނު ދުވަހެއް ކަމަށް އަލް ޒުބައިދީ ބުންޏެވެ. އެ ދުވަހަކީ އީދު ބަންދު ދުވަހަކަށް ވުމުން ނަޖަފުގެ ރައްޔިތުންނަށް ދެ އީދު ލިބުނު ކަމަށް އޭނާ ބުންޏެވެ. އެކަމަކު ސައްދާމު މެރި މަންޒަރު ޓީވީން ފެނުމުން ދެރަވި ކަމަށް އަލް ޒުބައިދީ ބުންޏެވެ. އަދި ސައްދާމުގެ ފަރާތުން އަނިޔާ ލިބުނު މީހުންނަށް އިންސާފު ލިބުމަކީ ސައްދާމު ދަންޖައްސާ މަންޒަރު ޓީވީން ފެނުމުން އެކަނި ނޫން ކަމަށް ވެސް އޭނާ ބުންޏެވެ.
ސައްދާމު ހުސައިންގެ ޝަރީއަތް ކުރިއަށް ދިޔައިރު ނޮވެމްބަރު 28، 2006 ގައި ކޯޓުގައި. --ފޮޓޯ:އޭއެފްޕީ
ސައްދާމު ދަންޖެއްސި ދުވަހު ސުރޫދު ހުރީ ސައްދާމުގެ ވެރިކަމުގައި ގަތުލްއާއްމު ހިންގި ހަލަބުޖާ ސިޓީގަ އެވެ. ކުރުދީ އާއިލާއަކަށް ނިސްބްތަވާ ސުރޫދު ބުނީ ސައްދާމުގެ ވެރިކަމުގައި ދިން ކެމިކަލް ހަމަލާގައި އޭނާގެ އާއިލާ އިން ތިން މީހުން މަރުވި ކަމަށެވެ. އޭގެ އިތުރަށް ސުރޫދު ގަބޫލް ކުރާ ގޮތުގައި އިރާގުން މިހާރު ފެންނަމުންދާ ހަމަނުޖެހުންތަކުގެ އަސްލަކީ ސައްދާމުގެ ވެރިކަމުގައި އިންދި އޮށްތަކުގެ ނަތީޖާ އެވެ. ސައްދާމު ވަނީ ޝިއައީންނާއި ސުންނީގެ މެދުގައި ހަމަނުޖެހުން އުފައްދާފައި ކަމަށް އޭނާ ބުންޏެވެ. އަދި ސައްދާމުގެ ދިގު މުއްދަތުގެ ޕްލޭނަކީ އަރަބިން ލައްވާ ކުރުދީން މަރާ، ސުންނީން ލައްވާ ޝިއައީން މެރުން ކަމަށް ސުރޫދު ގަބޫލް ކުރެ އެވެ. އެކަމަކު ސައްދާމު މެރި ގޮތާއި އެ މަންޒަރު މީޑިއާ އިން ދެއްކި ގޮތް ހިތްހަމަ ނުޖެހޭ ކަމަަށް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ އެކްޓިވިސްޓެއް ކަމަށްވާ ސުރޫދު ބުންޏެވެ. ނަމަވެސް ހަލަބުޖާގެ ރައްޔިތުން އެ ދުވަހު އުފާފާޅު ކުރި ކަމަށް އޭނާ ބުންޏެވެ.
ހަލަބުޖާގައި 1988 ވަނަ އަހަރު ދިން ކެމިކަލް ހަތިޔާރުގެ ހަމަލާގައި ގެއްލުން ލިބުނު މީހުންނަށް ހޮސްޕިޓަލުގައި ފަރުވާ ދެނީ. --ފޮޓޯ:އޭއެފްޕީ
ސައްދާމު ދަންޖެއްސި އިރު ބަޣުދާދުގެ ކްރިސްޓިއަނެއް ކަމަށްވާ ނިވާންގެ އުމުރުން 18 އަހަރުގަ އެވެ. އެކަމަކު އޭގެ ދެ އަހަރު ފަހުން 2008 ގައި އޭނާ ވަނީ އެމެރިކާ އަށް ބަދަލުވެފަ އެވެ. ނިވީން ބުނީ ސައްދާމު ދަންޖެއްސި މަންޒަރު ގޭ އެންމެން ވެސް ޓީވީން ބެލި ކަމަށެވެ. އަދި އެ މަންޒަރު ފެނުމާ އެކު ގޭގެ ވަރަށް ގިނަ މީހުން ރޯން ފެށި ކަމަށް އޭނާ ބުންޏެވެ. ނިވީން ބުނީ އޭނާގެ އާއިލާގެ އެކަކަށް ވެސް ސައްދާމު ހުސޭނުގެ ފަރާތުން ގެއްލުމެއް ނުލިބޭ ކަމަށެވެ. ސައްދާމު ވެސް ގޯސް ކަންތައްތަކެއް ކޮށްފައިވާ ކަމަށް އޭނާ އެއްބަސްވެ އެވެ. އެކަމަކު ނިވީން ގަބޫލް ކުރާ ގޮތުގައި އިރާގަށް މިހާރު ބޭނުން ވަނީ ސައްދާމު ކަހަލަ ވެރިއެކެވެ. ސައްދާމުގެ ވެރިކަމުގައި ކްރިސްޓިއަނުންނަށް ގެއްލުން ނުދޭ ކަމަށާއި އެކަމަކު އިރާގުން މިހާރު ފެންނަނީ ކްރިސްޓިއަން ތަންތަން ހަލާކުކުރާ މަންޒަރު ކަމަށް ވެސް އޭނާ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފާއިޒް
01 January 2017
އިރާގައް މިއަދައްވުރެ އަނިޔާވެރި ދުވަހެއް ދައްކަވާށި އެމީހުންނައް މިހާރު އެ ލިބެނީ ހައްގު ސަޒާ .. ސޫރިޔާ މީހުންވެސް މިހާރު އެ ބޮނޑި ބޮނީ މިހާރު
123
31 December 2016
ސޫރިޔާގެ ބައްޝަރު ދަންޖާސަތަން ބަލަން ބެނުން
އިބޫ
30 December 2016
އެމެރިކާއާއި އެމީހުންގެ ބައިވެރިން ހިންގި ޖަރީމާއެއް. އަސަދު ގައުމު އއތައް ބަޔަކު މަރާ ސިޓީތައް ހަލާކުކުރިއިރު އަސަދު ވެރިކަމުގައި ހުރުމަކީ އެމެރިކާއާ ޔޫރަޕުގެ މުނާފިގުކަން. އިރާގު ބައެއް ރައްޔިތުންއެދަނީ އެކަމުގެ ހިތާމަ ކުރަމުން.
އަދުލު އިންސާފު
30 December 2016
ސައްދާމުގެ ބޮލުގަ އަޅުންވަ ކެމިކަލް ހަތިޔާރުވެސް ބޭނުންކޮށްފަ ވާނި އެމެރިކާގެ ވާގިވެރިން ކަމަށް ވާނި. ސައްދާމަކި ބަސްނާހަބަޔެއްގެ ވެރިޔެއް އެހެންވީމަ ބަސްއަހާބަޔަކާ ކަންކަން ކުރާގޮތް ތަފާތު ވާނެ. މިހާރު އެކަން އެގައުމުން ފެނެޔެއްނުން.އެމެރިކާޔަށް ނުރަށްކަލެއް އޮތީޔާ ދުޔޭގެ މުސްލިމު ގައުމު ތަކުގެ މޮޔައިންގެ ބޮލަޢް އެރި އެކަމެއް ހަލާކު ކޮށްލާނެ.އެއި ޔަހުދީން ކިޔާސަބަބަކީ.ހީލަތް ތެރި ރޭވުްން ރާވާތީ.މިގައުމުވެސް މޮޔައެއްގެ މަޢްޗަށް ނުގޮސް ފިއްޔާ ރަނަގަޅު.
އަކުރު
30 December 2016
ޕައްލަންބެ އަށް ތިގަބޫލުކުރެވެނީ ހުޅަނގުގެ މީޑިއާތަކުން ފަތުރާ ދޮގު ޚަބަރު. އެހެން ގައުމެއްގެ އާންމު ރައްޔިތުންނަށް ހެޔޮ އެދިގެން ހުޅަނގުން އުޅޭނަމަ، ކީއްވެ ބަރުމާއާ ދެކޮޅަށް ފިޔަވަޅު ނާޅަނީ؟ ކީއްވެ އެގައުމަށް އަރައިނުގަންނަނީ؟ ކީއްވެ އެގައުމުގެ ލީޑަރުން ނުމަރަނީ؟ ހަމައެކަނި އެމެރިކާ މީހުން ބޭނުންވީ އިރާގު ސުންނާފަތިކޮށް، އެޤައުމުގެ މުއްސަނދިކަން ފޭރިގަންނަން. އެކަން އެމެރިކާ މީހުން ކޮށްފި.
ނަސީރު
30 December 2016
މުސްލިމުންނަކީ ވަރަށް ކެއްތެރި ބައެއް އަދި މުސްލިމުންނަކީ އެމީހުންގެ ވެރި ﷲ ތައާލާ އަށް ކިޔަމަންތެރި ބައެއް! އެކަމަކް ބުނެލަން ބޭނުންވަނީ ކޮމެންޓް ކުރާބޭފުޅުން ތިކިޔާމުސްލިމުން ކެމިކަލް ހަމަލާ އަކުންވެސް މައިތިރިއެއް ނުވާނެ އަދި އެމީހުން "ކަލޮޅު" ދަނޑަށް ޝޯބަލަން ނުދާނެ ގޮތެއް ނެހެދޭނެ އަދި އެމީހުން ފޯރިންދަނޑު ގުގުމާލެ # "ރަގަޅު"
އަހުމަދު
30 December 2016
ސައްދާމް ކަހަލަ ވެރިން މުސްލިމް ގައުމު ތަކަށް ބޭނުންވަނީ!
ޕައްލަންބެ
30 December 2016
ތެދެއް، އާއްމު ރައްޔިތުންނަށް ކެމިކަލް ހަތިޔާރު ބޭނުންކުރާ ކަހަލަ ގަޓު ރައީސެއް ސައްދާމަކީ
ލާމް
30 December 2016
އެމެރިކާ އިން އަރާ އިރާގު މުޅިން ސުނާފަތި ކޮށްލައިފި. އެމެރިކާއިން ކިހާ ނިއުކްލިއާ ބޮމުގެ ހަމަލާ އެއ ދިން އިރާގުގެ ނިކަމެތި ކުށެއް ނެތް ރައްޔިތުންނާ ދެކޮޅަށް. އިރާގު މިހާރު އެއޮތީ ކަހާ ދަށު ގަރަޖައިގެ ހާލަތަކަށް ވައްޓާލާފަ އެމެރިކާއިން އަރާ. އެމެރިކާއިން އިރާގަށް އެތަކެއް ބައިވަރު ކެމިކަލް ހަމަލާދީ މިޑްލް އީސްޓް ދާހިލީ ހަގުރާމަ ކުރާ ގައުމުތަކަށް ހެދި. ކަހާ ދެރަ