ވިލިމާލެ ދާއިރާގެ އެމްއެންޕީ މެމްބަރު އުޝާމް: ކުރީގެ މެމްބަރުންނަށް އިނާޔަތް ދިނުން އިންސާފުވެރި ނޫން ކަމަށް ބުނެ ގާނޫނު އިސްލާހު ކުރަން ހުށަހަޅައިފި-- ފައިލް ފޮޓޯ: މިހާރު
23 ޖޫން 2022 - 10:30
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކޮށްފައިވާ ބޭފުޅުންނަށް ދައުލަތުން އިނާޔަތް ދޭން ނުޖެހޭ ގޮތަށް ހަދަން މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.
އެމްއެންޕީގެ ނައިބު ރައީސް އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނުގެ އަށް ވަނަ މާއްދާ އުނިކުރުމަށެވެ.
އެ މާއްދާގައި ބުނާ ގޮތުން މަޖިލީހުގެ ދައުރެއް ފުރިހަމަކޮށްފައިވާ މެމްބަރަކަށް އުމުރުން 55 އަހަރުވުމުން މާލީ އިނާޔަތެއްގެ ގޮތުގައި މަޖިލިސް މެމްބަރެއްގެ މުސާރައިގެ 30 ޕަސެންޓު ދައުލަތުން ދޭންޖެހެ އެވެ. އަދި މަޖިލިސް މެމްބަރުންނަށް އޮންނަ ފަދަ ހެލްތު އިންޝޫރަންސް ސްކީމެއްގެ ދަށުން ބޭސްފަރުވާ ކޮށްދޭން ޖެހެ އެވެ. އަދި އޮފިޝަލް ޕާސްޕޯޓު ވެސް ހަމަޖައްސައިދޭން ޖެހެ އެވެ.
އެކަމާ ގުޅޭ ގޮތުން އެމްއެންޕީން ނެރުނު ބަޔާނެއްގައި ބުނީ ދައުލަތަށް ވިހިތިރީސް އަހަރުގެ ހިދުމަތް ކޮށްދީފައިވާ ފަރާތްތަކަށް ލިބޭ އިނާޔަތްތަކާ ނުބައްދަލު އިނާޔަތެއް އެންމެ ފަސް އަހަރުގެ ދައުރެއް ފުރިހަމަކޮށްފައިވާ މީހަކަށް ދިނުން އިންސާފުވެރި ކަމަކަށް އެ ޕާޓީން ނުދެކޭ ކަމަށެވެ.
"...ރައްޔިތުންގެ މަޖިލީހަކީ މެމްބަރުންގެ އަމިއްލަ މަންފާއަށް މަސައްކަތްކުރުމަށް ނުވަތަ އަމިއްލަ މަސްލަހަތަށް ވުރެ ބޮޑަށް ރައްޔިތުންގެ އިހުސާސްތަކާއި އެއްގޮތަށް ކަންކަން ނިންމަން ޖެހޭ،" އެ ބަޔާނުގައި ބުނެފައިވެ އެވެ.
އެމްއެންޕީން މީގެ ކުރިން ވަނީ ރާއްޖޭގައި ރިޓަޔަމަންޓް ޕެންޝަން ސްކީމް ދެމުން އަންނަ ގޮތް އިންސާފުވެރި ނޫން ކަމަށް ބުނެ މަޖިލީހަށް މައްސަލައެއް ހުށަހަޅާފަ އެވެ. ނަމަވެސް މަޖިލީހުން އެ މައްސަލަ ފާހެއް ނުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާއަބްދޫ
29 August 2022
ގާނޫނުއަސާސީ ގެ 38 ބައްލަވާ ޕެންސަން ހައްގުވޭ
އުސާމެ
25 June 2022
މިހާރުގެ މެންބަރުންގެވެސް މުސާރައިން 1/2 ކަންޑާލަންވީ އޭރުން ހަރަދު ކުޑަކުރެވޭނީ... ކެމްޕެއިނަށް ލާރި ހޯދަން 2023 އަށް..... އުޝާމް: ވެސް މުސާރަފުޅެ އަމިއްލަޔަށް ނުނަގާން ނިންމަންވީ ހިއްވަރެއް ހުރިއްޔާ
ވިވެކް
24 June 2022
ކުރީގެ މެންބަރުންގެ ހުރިހާއެެެއްޗެއްވެސް ކަނޑާލަންވީ ... އައްެދިއްޔޯ
އަސް
24 June 2022
ރައްޔަތުން ކަމެއް ކުރަންޏާ ތެދުވެރި އަމާނާތްތެރިން ތަންތަނަށް ހޮވަންވީ އޭރުން ތި ހުރިހާ ކަމެއް ރަގަޅަށް ކުރާނެ. ވަގުން، ޖާހިލުން ހޮވާފަ އަހަރުމެން މި ނުބައިކުރަނީ އޭނަ.
ދޮން މަނިކު
24 June 2022
ކުރީގެ ރައީސުންނަށާއި، އެމީހުން އޮފީސް ހިންގަން ދައުލަތުން ކުރާ ހޭދަވެސް ހުއްޓާލަން ޖެހޭ.
ޢެރި
24 June 2022
ވަރަށްރަނގަޅު ބިލެއް
ކަކުނިބޯ
24 June 2022
ނުކެރޭނެ ތި ބިލު ފާސްކޮށް ޤާނޫނަށް ބަދަލުގެންނާކަށް އެކުދިން ރައްޔިތުންނާ ޤައުމު ދެކެ ވަރަށްލޯބިވަނެ ޙަރަދުކުޑަވެފަ އަމިއްލައެދުން ހުންނަބިލު ފާސްކުރާނެ ހިތްވަރެއްނުހުންނާނެ އަދި ތިޔަބިލު ހުށައަޅާމެމްބަރަކީ ވެރިކަންކުރާޕާޓީ މެންބަރެއްނަމަ ތިޔަބިލެއް ޗަރުކޭސްކުޅޭކަށް ނުވައްދާނެ ތިއީ ކުޅޭ ޗަރުކޭސްމޮޔަހައްދަން ނޫޅޭ ހުދުފޮތިކޮޅު
އިކޮނޮމިސްޓެއް
23 June 2022
ކޮންމެ އަތޮޅަކަށް 2 މެމްބަރުން އަދި ސިޓީތަކުން ކޮންމެ އަވަށަކަށް 1 މެމްބަރުން.
ދޮން މަނިކު
24 June 2022
އޭރުން މިހާރު ފުވައްމުލަކު 3 މެމްބަރުންގެ ބަދަލުގައި 8 މެމްބަރުން އަންނާނެ. މަދުކުރަންވީ...
ޝެލަރީ
23 June 2022
މިފަހަރު ފެންނާނެ ޒީރޯ ޓޮލެރެންސް ބޮޑުތަނުން
ޢަބްދުލް
23 June 2022
ވަރަށް ރަނގަޅު ބިލެއް. އެ އިނާޔަތަކީ މެމްބަރުން އެމީހުންނަށް ފައިދާވާގޮތަށް ޤާނޫނުތައް ހަދާފައިވާކަމުގެ ފުރިހަމަ ހެއްކެއް. ދައުރެއް ހަމަވާއިރު ދާއިރާއަށް ހަގީގީ މަންފާ ކުރުވަނިވި އެއްވެސް ކަމެއް ވަނީއެއް ނޫން. ކުރާހާ ކަމަކީ އެބޭފުޅެއްގެ ޕާޓީގެ އެތެރޭގެ އެޖެންޑާ އަދީ އަމިއްލަ ޖީބުގެ އެޖެންޑާ ކުރިއަށް ގެންދިއުން