ޚަބަރު

ނާޒިމް ސައްތާރު ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކޮށްފި

ނާޒިމް ސައްތާރު: އޭނާގެ އެއްޖިންސުން ގުޅުން ހިންގާ ކަމަށް ބުނާ މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުން. -- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު، ގާނޫނީ ވަކީލު ނާޒިމް ސައްތާރު އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް މިއަދު އާންމުވެފައިވަނިކޮށް، ފުލުހުންގެ އިދާރާ އަށް އޭނާ މިރޭ ހާޒިރުކޮށް، ސުވާލުކޮށްފި އެވެ.

ސޯޝަލް މީޑިއާގައި މިއަދު އާންމުކުރީ ނާޒިމާއި ބިދޭސީ ފިރިހެނަކު ކަމަށް ބެލެވޭ މީހަކު އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯއެކެވެ.

ނާޒިމް ފެންނަ ވީޑިއޯ އާންމުވުމާއެކު، ނޫސްވެރިން ސުވާލު ކުރަން ފެށުމުން ފުލުހުން ބުނީ، އެ ވީޑިއޯގެ މައްސަލަ އާއި އެފަދަ ވީޑިއޯތަކެއް ބޭނުންކޮށްގެން ގިނަ ބަޔަކު ބްލެކްމެއިލް ކުރާ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

ނާޒިމް ފުލުހުންގެ އިދާރާ އަށް ހާޒިރުކޮށް، ސުވާލުކުރިޔަސް އެ ކަމާ ގުޅޭ ގޮތުން ފުލުހުން އަދި މީޑިއާއާ ވާހަކައެއް ނުދައްކަ އެވެ. އެހެންވެ، އޭނާއާ ސުވާލުކުރީ އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގައި ކަމެއް ނުވަތަ ބަޔަކު އެ ވީޑިއޯ އާންމުކޮށް ނާޒިމް ބްލެކްމެއިލްވި މައްސަލައިގައި ކަމެއް އަދި ސާފެއް ނުވެ އެވެ.

އެ ވީޑިއޯއާ ގުޅިގެން ނާޒިމް ކުރެއްވި ޓްވީޓެއްގައި ވަނީ ވީޑިއޯގައި ފެންނަނީ އޭނާ ކަމަށް އިންކާރު ކުރައްވައިފަ އެވެ. އެކަމަކު އެއީ ނާޒިމް ކަމަށް ތުހުމަތުކޮށް އެތައް ބަޔަކު ދަނީ އޭނާ ހައްޔަރުކުރަން ގޮވައިލަމުންނެެވެ. ސިޔާސީ ނުފޫޒު ހުރި މީހުންނާ ޖެހުމުން ސަރުކާރުން އެފަދަ މައްސަލަތަކާ އަޅައި ނުލާ ކަމަށް ބުނެ ވެސް ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެ ވީޑިއޯއާ ގުޅިގެން ފުލުހުން ބުނީ އޭގައި ހިމެނޭ ދެ މީހުންގެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށާއި ތަހުގީގުގެ ތެރެއިން އަޅަން ޖެހޭ ފިޔަވަޅެއް އަޅާނެ ކަމަށެވެ.

37 ކޮމެންޓް, 24 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 4%
icon angry icon angry 29%
icon wow icon wow 8%
icon inlove icon inlove 8%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މޯކުޅި އެންޑީޢޭ

25 June 2022

އުޅުމާގުޅުން ދުނިޔެ ދަސްކޮށްދެވިފަ ނެތުމުގެ ހިތާމަނގޭތެރޭގަ އޮތީ މިނިވަން ކަމުގެ ވާހަކަ

The name is already taken The name is available. Register?

ސައިޚް

25 June 2022

ވައްތަރީ ބައެއްގެ ކެމްޕެއިން ކުރުންކަމަށް

The name is already taken The name is available. Register?

މަން މަނު

25 June 2022

އުޅޭ ފާޑެއް ދޯ؟ ވަރަށް ފޫހި

The name is already taken The name is available. Register?

އުލުފަތު

25 June 2022

މަކުނު ވިދުރީގަ ސާމްޕަލު ނަގަނީ ކޮންތާކުން؟

The name is already taken The name is available. Register?

ބުއްދިގަސް

25 June 2022

އެސޮރު އަމިއްލަޔަށް ކެމެރާ ބަހައްޓާތަންވެސް ފެނެޔޯ. އެކަމަކުވެސް ވާ ފޭކެކޯ.

The name is already taken The name is available. Register?

ލޫތުބާގަ

25 June 2022

އެތަނަށް ވަދެ ކޮޕީ އެއް ބޯލައިގެން އެނިކުތީ؟ އެހާ ފަސޭހ ކަމެއް..

The name is already taken The name is available. Register?

ވިކިލީކްސް

25 June 2022

ވީޑިއޯއިން ތަންކޮޅެއް ވަނީ ނާޒިމަށް ފޮނުވާފަ. ޓެލެގުރާމުން. ވީޑިއޯ އެއްކޮށް ނާޒިމަށް ދޭނެގޮތަށް ހަމަޖެހިފައި ވަނީ 1 މިލިއަން ޑޮލަރަށް ކަމަށް ވަނީ. ޕޭމެންޓް ހަދާނީ ޔޫކޭ ނުވަތަ ސިންގަޕޫރުން. 7 ދުވަހުގެ މުއްދަތެކޯ ދިނީ. ޑީލަށް އޯކޭ ޖަހައިފިއްޔާ އާޚިރުގަ ވީޑިއޯ އަކީ ފޭކަކަށްދެއްތޯ ވާނީ.

The name is already taken The name is available. Register?

އެދުވަހު

25 June 2022

އެތައް ބަޔަކަށް ހައްގަކާނުލާ އަނިޔާ ދޭން ތާއީދުކޮށް ހިތްވަރު ދިން މީހެއް ތީ. ﷲ ތަޢާލާ އެކި މީހުން ފަޟީހަތްކުރައްވާނީ އެކިގޮތަށް.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

24 June 2022

ހީނުކުރާ މީހެއްގެ ފަރާތުން ފެނިގެންދިޔަ ލަދު ހުތުރު ފާޙިޝް އަމަލެއް. މިކަމުގައިވެސް މިއޮތީ އިމިޤްރޭޝަން ޤާނޫނާއި ޙިލާފަށް ރާއްޖޭގައި އުޅެމުންދާ ބަންގްލަދޭޝް ރައްްޔިތަކު ބައިވެރިވެ މިކަމުގެ އިސްދައުރު އަދާކޮށް އަދި ލިވާތުގެ އަމަލުގެ ތެރެއިން ފައިސާ ހަދާނެ މަގު ތަނަވަސްކުރަން ވީޑިއޯ ކޮށްފަ. # ސީދާ މިފަދަ ކުޅިވަރު ނޫން ކަމުގައިވިޔަސް މާޒީގައި ވަރަށް ގިނަ ވިޔަފާރިވެރިންނާއި ރިސޯޓް އޯނަރުންވެސް ބޮނދުންގެ އުދަގުލާއި ކުރިމަތިލާފައި އެބަހުރި.

The name is already taken The name is available. Register?

ލަކުޑިކަޅޭ

24 June 2022

އެއީހަމަނާޒިމް މަށައްހަމަޔަގީން ކޮބާހޯރައިއްބެގެމައްސަލަ ހަމައެގޮތައްތިޔަކަންތައްނިމޭނީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454