ހެރާ ޕެރީގެ ލީޑު ތިން ތަރިން.
25 ޖޫން 2022 - 07:16
ބޮލީވުޑްގެ މަޝްހޫރު ތިން ތަރިން ކަމަށްވާ، އަކްޝޭ ކުމާރާއި ސުނިލް ޝެޓީ އަދި ޕަރޭޝް ރާވަލް އެކުގައި ފެނުނު ފިލްމު "ހީރާ ޕޭރީ"ގެ ތިންވަނަ ބައެއް އުފައްދަން ތައްޔާރުވެއްޖެ އެވެ.
އެ ފިލްމުގެ ޕްރޮޑިއުސަރު ފޮރޯޒް ނަޑިއާވާލާ ވަނީ ކުރިން ވެސް، ހަމަ އެ ތަރިންނާ އެކު ތިންވަނަ ފިލްމު އުފެއްދުމުގެ ތައްޔާރީތައް ވަމުން އަންނަކަން ކަށަވަރުކޮށްދީފަ އެވެ. އެ ފިލްމު ސްކްރިޕްޓްގެ މަސައްކަތްކުރަމުން އަންނައިރު، ހަމަ ކުރިއެކޭ އެއްގޮތަށް ފިލްމުގައި ކެރެކްޓަރުންގެ މައުސޫމް ކަމާއި މަޖާކަން ފެންނާނެ ކަމުގެ ޔަގީންކަން އޭނާ ދިނެވެ.
"ހީރާ ޕޭރީ" އަކީ ގިނަ ބައެއްގެ ލޯބި ލިބިފައިވާ ފިލްމަކަށް ވާތީ ސްކްރިޕްޓް ތައްޔާރުކުރުމަށް ވަރަށް ބޮޑު ސަމާލުކަމެއްދޭ ކަމަށް ވެސް ބުންޏެވެ.
އެ ފިލްމު ޑައިރެކްޓްކުރާ މީހެއް އަދި އިއުލާނެއް ނުކުރެ އެވެ.
"ހީރާ ޕޭރީ" އަކީ ކްލޭސިކް ކޮމެޑީއެކެވެ. އެ ފިލްމުގެ ފުރަތަމަ ބައި 2000 ވަނަ އަހަރު ރިލީޒްކުރިއިރު ދެވަނަ ބައި ރިލީޒްކުރީ 2006 ގަ އެވެ.
އެ ފިލްމަށް ލިބިފައިވާ ތަރުހީބުގެ ބޮޑުކަމަކީ މިއަދު ވެސް އެ ފިލްމުގެ އެކި ސީންތައް ބޭނުންކޮށްގެން ސޯޝަލް މީޑިއާގައި މީމްސްތައް ދައުރުވަމުން ދިއުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޮރިއަލް
25 June 2022
ފުރަތަމަ ބަޔަށްވުރެ މަޖަލެއް ނުވާނެ ފަހުންނެރޭ ބައިބައެއް ތިކަމަކާ ނޫޅުނިއްޔާ ރަނގަޅުވާނީ.
މޭރީމޭރީ
25 June 2022
ތީވަރަށް ސަޅިކަމެއް. ކުކުޅު ހޯދަންއުޅޭގޮތް ވަރަށް މަޖާ އޭގެ ފުރަތަމަ ބައިގާ.