ޚަބަރު / ޑިޕާޓްމެންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން

އައިޑީ ކާޑުގެ ޑިޒައިން ބަދަލުކުރަނީ، އެންމެ ރަނގަޅު ޑިޒައިނަށް ދެ ލައްކަ ރުފިޔާ

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު.

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ޑިޒައިން ބަދަލުކުރަން ނިންމައި، އެ ކާޑު ޑިޒައިން ކޮށްދޭނެ ބަޔަކު ހޯދަން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އިން މިއަދު އިއުލާންކޮށްފި އެވެ.

އެ އިއުލާނުގައި ބުނީ، މިހާރު ބޭނުންކުރާ އައިޑީ ކާޑުގެ ޑިޒައިން ބަދަލުކޮށް، ސަލާމަތީ ގޮތުން ފުރިހަމަ، އިތުބާރާއި ޔަގީންކަން އޮންނަ ޒަމާނީ ސެކިއުރިޓީ ފީޗާތަކާއެކު ސްމާޓް އައިޑީ ކާޑެއް ތައާރަފުކުރަން ނިންމާފައިވާ ކަމަށެވެ.

އެހެންވެ، އެ ކާޑު ޑިޒައިން ކުރަން ޝައުގުވެރިވާ ފަރާތްތަކުން ޑީއެންއާރަށް ޕްރޮޕޯސަލް ހުށަހެޅުމަށް ވަނީ ހުޅުވާލައިފަ އެވެ. އައިޑީ ކާޑު ޑިޒައިން ކުރާނެ ފަރާތެއް ހޮވާނީ އެ ފަރާތުގެ ފަންނީ ގާބިލުކަމާއި ހުށަހަޅާ ކޮންސެޕްޓްގެ ފުރިހަމަ ކަމަށް ބެލުމަށް ފަހު ކަމަށް އިއުލާނުގައި ވެ އެވެ.

އައިޑީ ކާޑު އެންމެ ފުރިހަމަ އަށް ޑިޒައިންކުރާ ފަރާތަކަށް 200،000ރ. ގެ އިނާމެއް ވެސް ލިބެ އެވެ. އަދި އައިޑީ ކާޑު ޑިޒައިންކުރާ ޝޯޓްލިސްޓްވާ ތިން ފަރާތަށް އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ރަސްމީ ލިޔުމެއް ވެސް ލިބޭނެ ކަމަށް ބުންޏެވެ.

އެ ޑިޕާޓްމަންޓުން ބުނިގޮތުގައި، ހުށަހަޅާ ޑިޒައިންތައް ރަސްމީކޮށް އާންމުކޮށް، އެ ކުރެހުންތައް އާންމުކޮށް ހުޅުވާލާ މައުރަޒެއްގައި ވެސް ދައްކާލާނެ އެވެ.

އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހު 21 ގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަން ޖެހެ އެވެ. އެންމެ ރަނގަޅު ޕްރޮޕޯސަލް ޝޯޓްލިސްޓްކޮށް އެ ފަރާތްތަކަށް އައިޑީ ކާޑުގެ ދެފުށާއި ހޮލޮގްރާމް ކުރަހަން ހަވާލުކުރުމާއި ހޮވުނު ފަރާތުން ފައިނަލް ކުރެހުންތައް ހުށަހެޅުމާއި އަދި އެންމެ ފުރިހަމަ އަށް ފަރުމާކުރި ފަރާތް ހޮވުން އޮންނާނީ އަންނަ އޮގަސްޓް މަހު އެވެ.

ޑީއެންއާރުން އައިޑީކާޑުގެ ޑިޒައިން ބަދަލުކުރަން ނިންމާފައިވާއިރު، އެއީ މިދިޔަ ފެބްރުއަރީ މަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަޒީރުންގެ މަޖިލީހުގައި ނިންމެވި، ރާއްޖޭގައި ޑިޖިޓަލް އައިޑެންޓިޓީ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

އެ ނިޒާމުގެ ދަށުން އައިޑެންޓިޓީގެ ވެރިފަރާތް ބާރުވެރިކުރުވައި، އައިޑެންޓިޓީގެ ވެރިފަރާތާ ގުޅުން ހުރި ރަސްމީ މައުލޫމާތު އެ ފަރާތެއްގެ ރުހުމާ އެކު ފޯރުކޮށްދޭ ޕްލެޓްފޯމެއްގެ ގޮތުގައި ގާއިމުކުރުން ހިމެނެ އެވެ. އަދި ދައުލަތުގެ އިދާރާތަކަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އެ ހިދުމަތް އެންސީއައިޓީ އަދި ޑީއެންއާރާ ގުޅިގެން ތަރައްގީކޮށް ހިންގުން ހިމެނެ އެވެ.

ޑީއެންއާރުގައި ބޭނުންކުރާ އައިޑެންޓިޓީ މެނޭޖްމަންޓް ސިސްޓަމް ޒަމާނީ ބަޔޯމެޓްރިކް ސިސްޓަމަކަށް އަޕްގްރޭޑުކޮށް، އާ ނަމްބަރިން ސިސްޓަމަކާ އެކު ކޮންޓެކްޓްލެސް ސްމާޓް އައިޑެންޓިޓީ ކާޑުގެ ނިޒާމެއް އެންސީއައިޓީ އަދި ޑީއެންއާރު ގުޅިގެން ތަރައްގީކޮށް ހިންގުން ހިމެނެ އެވެ. ޑިޖިޓަލް އައިޑެންޓިޓީ ޕްލެޓްފޯމް، އަމިއްލަ ސެކްޓާ އަށް ހުޅުވާލުމަށް އިތުރަށް ކުރަން ޖެހޭ މަސައްކަތްތައް ދެނެގަނެ އެ ސެކްޓަރަށް ހުޅުވާލަން ވެސް ނިންމި އެވެ.

ރާއްޖޭގައި މިހާރު ބޭނުންކުރަމުން އަންނަ އައިޑީކާޑު ޑިޒައިން ހެދީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 1984 ގަ އެވެ.

46 ކޮމެންޓް, 31 ރިއެކްޝަންސް

icon happy icon happy 16%
icon sad icon sad 3%
icon angry icon angry 61%
icon wow icon wow 6%
icon inlove icon inlove 13%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނެތް މައްސަލަ

29 June 2022

ނެތް މައްސަލަތަކަށް ޙައްލު ހޯދަން ބޮޑެތި ޚަރަދު ކުރުމަށްވުރެ މިވަގުތު ލައިގަނެފައިވާ ބޮޑެތި މައްސަލަތަކަށް ޙައްލު ހޯދުން މާ މުހިންމު!

The name is already taken The name is available. Register?

އަލް އުސްތާޒު

28 June 2022

އަންނަ އިންތިހާބުން ވައްކަން ކުރާނެ ގޮތެއް ހޯދަން ކުރާ ކަމެއް. އަޑު އެހިން މިއީ އިންޑިއާގެ ސްޕެޝަލިސްޓުންގެ ބަޔަކު ދިން ލަފައެކޭ. ކިތަންމެ މޮޅު ވާހަކައެއް ދެއްކިޔަސް މިތަނުގެ ޕާސްޕޯޓާއި އައިޑީ ކާޑު އަދި ސަރުކާރުގެ އެހެނިހެން ލިޔުންތައް އެއީ މިސަރަހައްދުގެ ހަމަ އެންމެ ރަނގަޅު ކޮލިޓީ. ވެދާނެ އެއީ މިތަނުގެ މީސްކޮޅު މަދުވީމަ ކަމަށް. ކޮންމެއަކަސް އައިޑީ ކާޑުން ވައްކަން ކުރަން ކުރާ ކަމެއްނަމަ މިކަމާ އަހަރެން ދެކޮޅު

The name is already taken The name is available. Register?

ދައުރުން

28 June 2022

ޔުނީފޯމްތައް ވެސް ބަދަލްކުރަނީ ކާޑަށްވެސް ކޮންމެވެސް ބަދަލްެއް ގެންނަންވާނެ

The name is already taken The name is available. Register?

ބަޝީރާ

28 June 2022

ބައްޕަގެ ނަން ލިޔާނެ ގޮޅިއެއް ވ މުހިންމު.. އަދިވެސް އުފަންދުވަހުގެ ސެޓްފިކެޓް ބޭނުންވޭ ބައްޕަގެ ނަން ފެންނަން ނެތީމަ..

The name is already taken The name is available. Register?

22325

28 June 2022

މޮޅު ވާހަކަ ނުދައްކާ ޚިދުމަތް އަވަސްކުރިއްޔާ މާ ރަނގަޅުވާނެ. މަޢުލޫމާތެއް ސާފްކުރަން ގުޅިޔަސް ފޯނަށް ޖަވާބު ދޭ ތަނެއްނޫން. ތިޔަ 200،000 ހަރަދު ކޮށްފަ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރިއްޔާ މާ ރަނގަޅުވާނެ

The name is already taken The name is available. Register?

ނާ×ޒިމްބޭ ގެ ބަންގާޅީ

28 June 2022

އަލަށް ހަދާ ކާޑު ހުންނާނީ ފިޔާ ތޮށި ކުލަ އިން ޖަރީ ކޮށްފައި! އަދި ވޯޓަރ ޕުރޫފު ކުރުމަށްޓަކައި ހުންނާނީ އެއްކޮށް ޓިނު ޖަހާފައި

The name is already taken The name is available. Register?

އިނޫ

28 June 2022

ދެން އޭގަ ޖަހަންވީ ރޯޔަލް ލީކު ރިޕަބްލިކު! lol

The name is already taken The name is available. Register?

ރިސޯޓު ކުލި ކޮބާހޭ؟

27 June 2022

އެތައް ބިލިއަނަކުން ބޭރު ގައުމު ތަކުން ލޯނު ނަގާފައި އެދައްކަން މިކަހަލަ ގަނޑު މިގަންނަނީ ސޯލިހު ސަރުކާރުން. ދެން އަގުބޮޑު ކުރާނީ އައިޑީ ކާޑު ހެދުންވެސް. މިރާއްޖޭގައި ޕާސްޕޯޓު ގަނޑެއްގެ އަގުވެސް އެހާ ބޮޑު. އެކަހަލަ އަސާސީ ކަންކަމުން އާއްމުން ފެލައިގެން ސަރުކާރު ހިންގަނީ. ތިއަށް ވުރެ މާ ތާހިރުވާނެ ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރު ސިޔާމު މެން ކަހަލަ ދައުލަތަށް ރިސޯޓު ކުލި ނުދައްކާ މަހުޖަނުންގެ އަތުން އެފައިސާ ހޯދިއްޔާ ރައްޔިތުން ނުފެލާ ސޯލިހޫ!

The name is already taken The name is available. Register?

ނޫރާނީއިބުރާ

28 June 2022

އެކަމެެއް ނުވާނެ އެއީ ހިމާޔަތް ލިބިގެންވާ ޅިޔަނެއް

The name is already taken The name is available. Register?

ނައިބޮލިއަބުދު

27 June 2022

ކާޑު ސްކޭން ކުރެވޭގޮތަށް ރީޑުކުރެވޭގޮތަށް ޒަމަނަށް ފެތޭނެހެން ޗިޕުޖަހަންވީ ކިއުއާރުލާންވީ. އެކަމަކު މިވިޔަފާރިއަކަށްވެ ކާޑުހައްދަން ހާހުން ހަރުދުކުރަން ވެއްޖެނަމަ ދެންޖެހޭނީ ކާޑު ނައްތާލަން.

The name is already taken The name is available. Register?

Happy 123

27 June 2022

މިވަގުތު އިގްތިސާދީބޮޑު މުސީބާތެއްގައި އޮއްވައި އނެއްކާބޮޑު ހަރަދުކޮށްގެން އައިޑީކަޑު ހައްދަން ??

The name is already taken The name is available. Register?

އެނދިމަރިޔަނބު

27 June 2022

މި ދުވަސްކޮޅު ޚަރަދު ކުޑަކުރުމުގެ ގޮތުން މާލެ މަގުމަތީ ހުރި ހުރިހާ ގަލެއް އަނެއްފުށަށް ޖަހަން މެގަޕްރޮޖެކްޓެއް ހިންގުންބުއްދިވެރި. އެއަރޕޯޓު ރަހުނުކޮއްފަ 1ބިލިއަނުގެ ލޯނަކުންވާނެ. އަމީރު މި ކޮމެންޓު ކިޔާނެކަމަށް އުއްމީދު ކުރަން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454