ޚަބަރު / ބްލެކްމެއިލް

ފޮޓޯގައި ފެންނަނީ އަޅުގަނޑު، ބަރަހަނާއެއް ނުވަން: ނަޝީދު

ޑީއާރުޕީގެ ކުރީގެ ލީޑަރު ކާނަލް މުހައްމަދު ނަޝީދު-- މިހާރު ފައިލް ފޮޓޯ

އެއްޖިންސުން ގިނަ ބަޔަކާ އެކު ގުޅުން ހިންގި ކަމަށް ތުހުމަތު ކުރެވޭ ބިދޭސީމީހާއާ އެކު، ޑީއާރުޕީގެ ކުރީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) ކޮޓަރިއެއްގައި ހުންނަވާ ފޮޓޯއެއް ދައުރުވަމުންދާއިރު، އެ ފޮޓޯ އިން ފެންނަނީ އޭނާ ކަމަށް އެއްބަސްވެ، އެކަމަކު އެ މީހާއާއެކު ޖިންސީ އަމަލެއް ނުހިންގާ ކަމަށް ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ޕީޕީއެމް/ ޕީއެންސީގެ ހަރަކާތްތަކުގައި މިހާރު އިސްކޮށް އުޅުއްވާ ނަޝީދަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖެ އިން ތައިލެންޑަށް ކަނޑައެޅި ސަފީރެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯގައި ފެންނަނީ މާސްކު އަޅައިގެން ނަޝީދު ކޮޓަރިއަކަށް ވަދެވަޑައިގަންނަވަނިކޮށެވެ. އޭރު އެ ކޮޓަރީގެ ތެރޭގައި ބިދޭސީ މީހާ ވެސް ހުއްޓެވެ. އެއީ ސިޔާސީ ގިނަ ބޭފުޅުންތަކަކާ އެކު އެއްޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތުކުރެވޭ ބިދޭސީމީހާ އެވެ. އެ ބިދޭސީމީއާއެކު، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު ވެސް އެއްޖިންސުން ގުޅުން ހިންގާ ކަމަށް ތުހުމަތު ކުރެވޭ ވީޑިއޯއެއް އާންމު ކޮށްފައިވާއިރު، ނާޒިމްގެ މައްސަލަ ފުލުހުން އަންނަނީ ބަލަމުންނެވެ.

ނޮޅިވަރަމް ދާއިރާގެ މެމްބަރުކަން ވެސް ކުރިން ކުރެއްވި ނަޝީދު، އެ ބިދޭސީމީހާއެކު އެއް ކޮޓަރިއެއްގައި ހުންނަވާ ފޮޓޯ ލީކުކޮށްލުމާ ގުޅިގެން، ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވީ، އެ ކޮޓަރި އަށް ގެންދިޔައީ "ވިޔަފާރި މީޓިން" އެއް ކަމަށް ބުނެ ތަކުރާރުކޮށް ގުޅައިގެން ކަމަށެވެ.

"ދައުރުވަމުންދާ ފޮޓޯތަކަކީ އަޅުގަނޑުގެ ފޮޓޯތަކެއް،" ނަޝީދު ވިިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އެ ކޮޓަރި އަށް އޭނާ ގެންދިޔަ މީހުންގެ މަގުސަދަކަށްވީ އޭނާ ލައްވައި އެއްޖިންސުން ގުޅުން ހިންގުވުން ކަމަށެވެ. އެކަމަކު އެފަދަ އަމަލެއް ހިންގާފައި ނުވާނެ ކަމަށް ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި އެ މީހުން ވަނީ ފޮޓޯތައް ލީކުކޮށްލާނެ ކަމުގެ ބިރު ދައްކައި ދެ ލައްކަ ޑޮލަރު ހޯދުމަށް މަސައްކަތްކޮށްފަ އެވެ. އެކަމަކު ލީކުކޮށްލިޔަސް ފައިސާ ނުލިބޭނެ ކަމަށް އެ މީހުން ގާތު ބުނެފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އެމީހުންގެ މަގްސަދަކަށް ވެފައި އޮތީ އަޅުގަނޑު ލައްވާ އެ އަމަލު ހިންގުން. އަޅުގަނޑު އެކަމުން ބަރީއަ ވިން. އެ މީހުން ފޮޓޯ ލީކުކޮށްލާނެ ކަމުގެ ބިރު ދެއްކި. ދެ ލައްކަ ޑޮލަރު ހޯދަން އެދުނު. އަޅުގަނޑު ބުނިން ލީކުކޮށްލާށޭ. ލާރިއެއް ނުލިބޭނެއޭ،" ނަޝީދުގެ ފޭސްބުކް ޕޯސްޓްގައި ވިދާޅުވި އެވެ.

"އަޅުގަނޑުގެ ބަރަހަނާ ފޮޓޯއެއް ނުހުންނާނެ އިރާދަކުރެއްވިއްޔާ. މޮޅަށް ދެނެވޮޑިގެންވަނީ ﷲ."

ނަޝީދުގެ ފޮޓޯއެއް ލީކުކޮށްލިއިރު ފުލުހުން ދަނީ އެއްޖިންސުން ގުޅުން ހިންގި މައްސަލަ އާއި ބްލެކްމެއިލްކުރި މައްސަލަތަކެއް ތަހުގީގުކުރަމުންނެވެ.

ފުލުުހުން މިއަދު ބޭއްވި މީޑިއާ ބްރީފިންގައި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވީ، އެއްޖިންސުން ގުޅުން ހިންގަނިކޮށް ނަގާފައިވާ ވީޑިއޯތައް ސޯޝަލް މީޑިއާގައި ލީކުކުރަމުންދާ މީހުން ދެނެގަނެވިފައިވާ ކަމަށެވެ.

"މި މައްސަލާގައި ހިމެނޭ ފަރާތްތަކެއްގެ މައުލޫމާތު މިހާރު ވަނީ ދެނެގަނެވިފައި. އެ ފަރާތްތަކުގެ މައްޗަށް ހިންގަން ޖެހޭ ތަހުގީގުތައް އެބަ ހިނގަމުންދޭ،" އޭނާ ވިދާޅުވި އެވެ.

65 ކޮމެންޓް, 31 ރިއެކްޝަންސް

icon happy icon happy 13%
icon sad icon sad 6%
icon angry icon angry 68%
icon wow icon wow 0%
icon inlove icon inlove 13%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޙަމީޒު

29 June 2022

ލީކުކުރަން އޮތީ ކޯޗެއް؟ މިވާހަކަ މުޅިއަކުން ހަމައެއް ނުޖެހޭ. ފައިސާ ދޭން އެހޭނީ ކަމަކައިގެން އުޅެވުނީމަ. އަނގަ ހެލެވުނަކަސް މޮޔައެއް ނޫނީ ތިޔަ ދައްކާވާހަކަ ޤަބޫލެއް ނުކުރާނެ، އިނގޭތޯ.

The name is already taken The name is available. Register?

ބޮޑުމީހާ

28 June 2022

މިވަރު މީހުންވެސް ޕާޓީތަކުގެ އިސްސަފުގައި އުޅޭ އަދި ރައްޔިތުންނަށް ގޮތް ކިޔައިދޭ. ބިސްނަސް މީޓިންގތައް ބާއްވާ ތަންތަނާއި ނުބާއްވާނެ ތަންތަން ނޭގޭނެ ވަރުގެ ކުޑަކުއްޖަކުވެސް މިގައުމުގަ ނޫޅޭ.

The name is already taken The name is available. Register?

އައްލާ

28 June 2022

ކީއްވެބަ، މަދިޔައީ އެސޮރަށް ދިވެހިން ޓިއުޝަން ދޭށޭ ނުބުނީ.

The name is already taken The name is available. Register?

ފާސްޓޭ

28 June 2022

ނުދަންނަ ބަޔަކު ވިހިތިރީސް ފަހަރު ގުޅާ އުުދަގޫ ކުރީމަ ފޯނުން ވާހަަަކަ ދައްކާލާފަ ސީދާ މީޓިންގްއަށް. އެވެސް އެކަނިމާއެކަނި (ޕްރޮފައިލްއަށާ މީހާގެ މުއްސަނދިކަމަށް ބެލުމެއްނެތި). އެވެސް ބާކޮޓަރިގަނޑަކަށް. ފާސްޓޭ..! މިވެސް ބިޒްނާސް ކުރާ ގޮތް؟؟؟ ދެކޮޅެއްނުޖެހޭ އަދި ތިދައްކާ ވާހަކައެއް. ދިސްއިސް ނޮޓް ގުޑް ބިޒްނަސް އެންޑް ނޮޓް ގުޑް އެކްސްކިއުޒް.

The name is already taken The name is available. Register?

ގަހޭ

28 June 2022

އަހަރެން ހީކުރީ ކުރިން އުޅުނުގޮތް ހުއްޓާލީކަމަށް.

The name is already taken The name is available. Register?

ބޮކިނިއްވާކާނަލް

28 June 2022

އަހަރުމެންވެސް މީޓިންތަކަށް ދަން ލައްކަ ގިނައިން.. އެކަމު އެދާތަނެއް ބޮކިނިއްވާ ބަރަހަނާއެއް ނުވަން ލޮލް

The name is already taken The name is available. Register?

ބައިރަހާ

28 June 2022

މިހާވަރުންވެސް ބްލެކްމެއިލޭ ފަޅޮލޭ ކިޔާފައި ތިކަން ކުރި މީހުން ދޫކޮށްލާފަދޯ ބައިތިއްބަނީ؟ މިހާރުން މިހާރަށް ތިވީޑިޔޯތައް ނުކުމެގެން ތިއުޅޭ ހުރިހާ ސްޓާރުން ހައްޔަރުކުރުމަށް ގޮވާލަން.

The name is already taken The name is available. Register?

ރަތީބާ

28 June 2022

އަދި ވީޑިޔޯ ހެދި މީހުންވެސް. އެއީވެސް ހުއްދަކަމެއް ނޫން. ދެބައިވެސް އެއްވަރަށް ކުށްވެރިވޭ.

The name is already taken The name is available. Register?

ބުރުގާ

28 June 2022

ބޮޑެތި މީޓިންތަކައް ގޮސް ބަރަހަނާވުމާއި ނަހަމަގޮތުގަ އެއްޖިންސުން ގުޅުން ހިންގުމަކީ މަދުންނަމަވެސް ހިނގާފަހުރި ކަންކަން.

The name is already taken The name is available. Register?

އިސްމާލި

28 June 2022

ވިޔަފާރި ބައްދަލުވުމަކަށް ގެންގޮސް ކުލީ ކޮޓަރިއަކަށް ވެއްދުމުން ޝައްކެއް ނުއުފެދޭނީ ނޫނީ އެފަދަ ތަނަކަށް ވަންނާނީ ވަރަށް އެހެން ކަހަލަ ވިޔަފާރި ބައްދަލުވުންތަކަށް ގޮސްފައި ހުރީމައި. އަނެއްކާ ކާނަލް ކޯޗެއްބާ ގަނެވިއްކަނީ.

The name is already taken The name is available. Register?

ދެލަކި

28 June 2022

ގަނެވިއްކާއެއްޗެއް ބަލާނެކަމެއްނެތް. ހަމަ ހުރެލާފަ ރިސޯޓެއް ބީލަމުން ހޯދާލާ މުއްސަނދިވެލާފަަ އެެހުރީ. މޮޅެތި ވިޔަފާރިވެރިން ރޫމްއަށް ވަނީމަވެސް ދެލަކިޗޫވެދާނެ.

The name is already taken The name is available. Register?

ޙިނި

28 June 2022

ވަރައް މަދުމީހަކު ބިޒްނަސް މީޓިންއަކައް ގޮސް ބަރަހަނާ ނުވެ އަދި ލިވާތުނުކޮއް އަންނާނީ.

The name is already taken The name is available. Register?

Hello

28 June 2022

ހާހާހާ

The name is already taken The name is available. Register?

ރޯނު

28 June 2022

އިދިކޮޅު ޕީޕީއެމް ގެ ބާރުފޯރާ ގޮތަށް ހިންގައިގެން އުޅޭ ކަންތައްގަޑެއް. އެމީހުން ބޭނުންވާބައެއް ތީގަ ފަލީހަތްވާނީ.

The name is already taken The name is available. Register?

ބިމް

28 June 2022

ކޮންމެހެން އިދިކޮޅެކޭ ކިޔާނެ ކަމެއް ނެތް... ލިވާތު ކުރުމުގެ ނުބައި އަމަލް ހިންގި ބަޔަކު ފަލީހަތް ވީ.. ބަސްޓް ވީ އެކަހަލަ ނުބައި އަމަލް ތައް ކުރީމަ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454