މީގެ 81 އަހަރު ކުރިން ޖަރުމަން ވިލާތުގެ ނާޒީ ސިފައިން ރަޝިޔާއާ ދެކޮޅަށް ކުރި ހަނގުރާމައިގައި، މަރުވި ރަޝިޔާ ސިފައިންގެ ހަނދާން އާކުރުމުގެ ގޮތުން، ޖޫން 22، 2022ގައި މޮސްކޯގައި ބޭއްވި ރަސްމިއްޔާތުގައި، ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން (ވ) އެ ގައުމުގެ ދިފާއީ ވަޒީރު ސަރްގޭ ޝޮއިގޫއާ ވާހަކަ ދައްކަވަނީ. --އޭއެފްޕީ
29 ޖޫން 2022 - 13:21
ރަޝިޔާ އިން 2014 ވަނަ އަހަރު ހިފާފައިވާ ޔޫކްރޭންގެ ކްރީމިއާ މިނިވަންކުރުމުގެ ނަމުގައި ވިޔަސް، އެ ސަރަހައްދަށް ވެރިވެގަތުމަށް، ނޭޓޯގެ މެމްބަރު ގައުމަކުން މަސައްކަތް ފަށައިފި ނަމަ، ދުނިޔޭގެ ތިން ވަނަ ބޮޑު ހަނގުރާމަ ފެށޭނެ ކަމަށް ރަޝިޔާ އިން އިންޒާރުކޮށްފި އެވެ.
ރަޝިޔާ ސަރުކާރުން ނެރޭ ހަފުތާ ނޫހެއް ކަމަށްވާ އާގިއުމެންޓީ އައި ފަކްޓީ އަށް ދެއްވި އިންޓަވިއުއެއްގައި ރަޝިޔާގެ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ނައިބު ރައީސް އަދި އެ ގައުމުގެ ކުރީގެ ރައީސް ޑިމިޓްރީ މެޑްވެޑޭވް ވިދާޅުވީ، ނޭޓޯ އިން އެފަދަ ކަމެއް ކުރުމަކީ ރަޝިޔާއާ ދެކޮޅަށް ހަނގުރާމަ އިއުލާންކުރުން ކަމަށެވެ. އެފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ ދެން މަގު ފަހިވެގެން ދާނީ ދުނިޔޭގެ ތިން ވަނަ ބޮޑު ހަނގުރާމައަށް ކަމަށް ވެސް މެޑްވެޑޭވް ވިދާޅުވި އެވެ.
"އަހަރެމެންނަށްޓަކައި ކްރީމިއާއަކީ ރަޝިޔާގެ ބައެއް. އޭގެ މާނައަކީ ތާއަބަދަށް ވެސް އެއީ ރަޝިޔާގެ ބައެކޭ. ކްރީމިއާ އަށް އުދުވާނީ ހަމަލާއެއް ދިނުމަށް ކުރާ ކޮންމެ ކަމަކީ އަހަރެމެންގެ ގައުމާ ދެކޮޅަށް ހަނގުރާމަ އިއުލާން ކުރުން،" މެޑްވެޑޭވް ވިދާޅުވި އެވެ.
"އެކަން ކުރީ ނޭޓޯގެ މެމްބަރު ގައުމަކުން ކަމަށްވާ ނަމަ، އޭގެ މާނައަކީ މުޅި ނޭޓޯ ޖަމާއަތާއި ރަޝިޔާއާ ދެމެދު ކޯޅުމެއް އުފެދުން. އެއީ ދުނިޔޭގެ ތިން ވަނަ ބޮޑު ހަނގުރާމަ. އެއީ ފުރިހަމަ މާނައިގެ ކާރިސާއަކަށް ވާނެ."
އޭނާ ވިދާޅުވި ގޮތުގައި ފިންލޭންޑާއި ސްވިޑްން އެދިފައިވާ ގޮތަށް އެ ދެގައުމަށް ނޭޓޯގެ މެމްބަރުކަން ދީފިއްޔާ، ރަޝިޔާ އިން ރަޝިޔާގެ ސަރަހައްދީ އިމުގެ ސަލާމަތީ ކަންތައް ވަރަށް ވަރުގަދަ ކުރާނެ އެވެ. އޭގެ އިތުރުން ބަދަލު ހިފުމުގެ ފިޔަވަޅުތައް ވެސް ރަޝިޔާ އިން އަޅާނެ ކަމަށާއި، އޭގެ ތެރޭގައި އަޑަށް ވުރެ ބާރަށް ދަތުރުކުރާ އިސްކަންދަރު މަރުކާގެ މިސައިލްތައް، އެ ދެގައުމާ ވީ އެންމެ ކައިރިއެއްގައި ގާއިމުކުރުން ވެސް ހިމެނޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ތިން ވަނަ ބޮޑު ހަނގުރާމައެއް ފެށިދާނެ ކަމަށް ރަޝިޔާގެ އިސް ވެރިއަކު ވިދާޅުވި އިރު، އެ ގައުމުގެ ރައީސް ލަޑިމިއާ ޕުޓިންގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނޭ، ލެފްޓިނެންޓް ޖެނެރަލް އަންދްރޭ ގުރުލްޔޯވް ވަނީ، އެފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، ރަޝިޔާ އިން އެންމެ ފުރަތަމަ ބޮން އަޅާނީ ލަންޑަނަށް ކަމަށް ވިދާޅުވެފަ އެވެ. ރަޝިޔާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު އަންދްރޭ ގުރުލްޔޯވް، ރަޝިޔާގެ ޗެނަލް 1 ޓީވީގައި ވާހަކަ ދައްކަވަމުން މިދިޔަ ހުކުރު ދުވަހު ވިދާޅުވީ ތިން ވަނަ ބޮޑު ހަނގުރާމަ ފެށިއްޖެ ނަމަ، ރަޝިޔާގެ ރައްދު ހަމަލާތައް ހީނުކުރާހާ ވަރުގަދަ ވާނެ ކަމަށެވެ.
"ތިން ވަނަ ބޮޑު ހަނގުރާމަ ފެށިއްޖެ ނަމަ، އަހަރެމެން ވައިގެ މަގުން ދޭ ފުރަތަމަ ހަމަލާތަކުގައި ވެސް، ދުޝްމަނުންގެ ޖައްވީ ހުރިހާ ސެޓެލައިޓްތަކެއް ސުންނާފަތި ކޮށްލާނަން. އަހަރެމެން ނުބަލާނަން އެއީ އެމެރިކާތޯ ނުވަތަ އިނގިރޭސި ވިލާތްތޯއެއް. އަހަރެމެން އެ އެންމެންނާ މެދުވެސް ދެކޭނީ ނޭޓޯގެ ގޮތުގައި،" އަންދްރޭ ގުރުލްޔޯވް ވިދާޅުވި އެވެ.
"ދެ ވަނަ ކަމަކަށް އަހަރެމެން ކުރާނެ ކަމަކީ، ދުނިޔޭގެ ހުރިހާ ހިސާބެއްގައި ހުރި މިސައިލުން ދިފާއުވާ ނިޒާމުތަކުގެ ބާރު މުޅިން ކަނޑުވައިލުން. ތިން ވަނަ ކަމަކަށް، އަހަރެމެން ހަނގުރާމަ ފަށާނީ ވާސޯއަކުން ނުވަތަ ޕެރިހުން ނުވަތަ ބާލިންއަކުން ނޫން. ފުރަތަމަ ވެސް ހަމަލާ ދޭނީ ލަންޑަނަށް. ދުނިޔެއަށް މި ޖެހޭ ހުރިހާ ދުއްތުރާތަކެއް މި ކުރިމަތިވަނީ އިނގިރޭސި ވިލާތުންކަމީ، ކުރިކީލަހާ ސާފުކޮށް ފެންނަން އޮތް ކަމެއް."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޑިންޑިން
02 July 2022
އާނ. އަހަރުމެންގެ އިދިކީލިކޮށްއުޅެފާ ފިލަން ދުވާ ކޮންމެ މީހަކުވެސް މިދަނީ އިނގިރޭސިވިލާތަށް. އަލީ ވަހީދު ވީތަނެއް އަދި އަދަށް ދާންދެންވެސް ނޭނގިގެން މި އުޅެނީ.
ފެން
01 July 2022
ޔޫރަޕާއި އެމެރިކާއޮތީ ތިކަންވުން ލަސްވެފަ. ތިހަނގުރާމައެއްކޮށް ދުނިޔޭގެ ބޮޑުބައިދުއްވާލައި، އަޅުވެތިކުރެވިގެންނޫނީ އެމީހުން ކުރީގައިއުޅުނު ދިރިއުޅުމެއް އެމީހުނަށް އުޅެވޭކަށްނެތް. އެމެރިކާގެ ބުއްދިވެރިން މިހާރު އެޤައުމުދޫކޮށް ދުނިޔޭގެތެރެއަށް ފެތުރިގަންނަންފަށައިފި. އެމެރިކާގެ އިޤުތުޞާދު ދަށަށްގޮސް މެދުފަންތީންފެށިގެން ދަށުގެމީހުން މަގުމަތިވާންއުޅެނީ. އެމީހުނަށް ލިބޭއެއްޗަކުން އުޅޭތަންތަނަށް ކުލިދައްކާފައި ހަމަޖެހިލައިގެން އުޅެވޭވަރެއްނުވޭ.
ޓޯރޭ
30 June 2022
ތިންވަނަ ބޮޑުހަގުރާމަ ފެށިއްޖެނަމަ، ޕާލްހާބަރަށް ހަދާލިގޮތަށް ތިޔަ އިނގިރޭސީންގެ ރައްތަކަށް ހަދާލަންޖެހޭނެއެވެ. ދުނިޔޭގައި ހަންފަތުރަނީ އިނގިރޭސީންނާއި އެމެރިކާނުނެވެ. ތިޔަމީހުނަށް ފިލާވަޅެއް ނުދޭހާހިދަކު މައިތިރިނުވާނެއެވެ. އެމެރިކާގެ ރައީސް ރައީސް ބައިޓަން މިހާރު އެއުޅެނީ މާބަރުވެގެންނެވެ.
ޙުވާ
30 June 2022
ރަޝިޔާ ބަލި ކުރައްވާށި. ޢާމީން
ލަނގިރި
29 June 2022
ތިންވަނަ ބޮޑު ހަގުރާމަ ފެށިއްޖެނަމަ ރަސިޔާއަށް ވަކި މޮޅުތަކެއްވާނެތަ؟
ޖަހަންގިރި
30 June 2022
ރަޝިޔާ އެބުނާއެއްޗެއް ގެޓެއް ނުވޭދޯ.. އެބުނަނީ ޔޫރަޕުން ހަނގުރާމަ ފަށައިފިއްޔާ ރަޝިޔާ އެކަންޔެއް ނޫނޭ ފުޑޭނީ.. ހަނގުރާމަ ކުރާ އެހެން މީހުންވެސް ފުނޑޭނޭ.. ޔޫރަޕު ވިސްނުން ހުންނަ ގަމާރަކަށް އެހެން އަދި ރަޝިޔާ ބުނާ އެއްޗެއް ނުވިސްނިދާނެ ހަމަ.
ބީރުބޮލު ވަޒީރު.
30 June 2022
ހަނގުރާމައެއް ކޮށްގެން މޮޅުވީ އެމެރިކާއަށް. އެމީހުން އެއީ ގައުމުތަކާއި' ބިންތައް ފޭރި އެތަންތަނުގެ ގުދުރަތީ މުއްސަނދިކަން ފޭރޭ ބައެއް. މިފަހަރު މިވީގޮތަކީ އެމީހުންނަށްވުރެ ނުލަފާ ބަޔަކާ ޖެހުނީ. ދުނިޔެއަށް ކިތަންމެ ބޮޑު ގެއްލުމެއް ލިބުނަސް އެމެރިކާގެ މިނިކާ ސިޔާސަތު ބަދަލުކުރާކަށް އެމެރިކާ ބޭނުމެއްނޫން. އަހަރުމެންވެސް ހަނގުރާމަޔަކަށް ތާޢީދެއް ނުކުރަން.. އެންމެ ފުރަތަަމަ ބަނޑަށް ޖެހޭނީވެސް އަހަރުމެން.
ކުރިންބުނިން
29 June 2022
ރަޝިއާ ނުކުމެ އެމަރިކާ ފަނާކޮށްލާ ނިއުކްލިއަރ އެންމެ ވަރުގަދަ ހަނތިޔާރުތައްހުރީ ރަޝިއާއަތު. ސަތާން ބިޔަ އެޓޮމިކް 1 މިސައިލުން މުޅި ޔޫކޭ ދުނިޔެއިން ފޮހެލާނެ
ބީރުބޮލު ވަޒީރު.
29 June 2022
ސާބަހޭ ސާބަހޭ. އަހަރުމެން މިތިބީ ރަސިއާ އެކު. މިފަހަރު ދުނިޔޭގެ ވެރިކަން ބަދަލުވާނެ އިންޝާ ﷲ
ގެދާނޯމޮސް
29 June 2022
އެމެރިކާ އާއި ވިލާތުގެ ގައުމުތަކާއެކު އަސްކަރީ ގޮތުން ގުޅުން ބަދަހިކުރުމަށް ފަށާފަވާ ޕްލޭނަށް ސްވިޑްން ފިންލޭންޑުގެ ވެސްތާއީދު ލިބުމުން ދާދި އަވަހަށް ރަޝީޔާ ހަނގުރާމަޔާ ދެކޮޅަށް ނޭޓޯގެ އަސްކަރީ ބާރު ގަދަވެ 3 ވަނަ ބޮޑުހަނގުރާމަ ފެށުން ގާތެވެ. އަދި މިކަމުގެ ފެށުން ކަމަށް ރަޝިޔާ ހަދާނީ އިނގިރޭސިން ސައިޒުކުރުމެވެ. ކުދިގައުމުތަށް ދެންޖެހޭނީ ބާރުގަދަ އަވަައްޓެރިންގެ ބުނާގޮތަށް ބޯލަނބަން އަސްކަރީ ތަންތަން އެބަޔަކަށް ފަހިކޮށްދޭށެވެ.
ތަމީމު
29 June 2022
ދުނިޔެއަށް މި ޖެހޭ ހުރިހާ ދުއްތުރާތަކެއް މި ކުރިމަތިވަނީ އިނގިރޭސި ވިލާތުންކަމީ، ކުރިކީލަހާ ސާފުކޮށް ފެންނަން އޮތް ކަމެއް." ވަރަށް ރަނގަޅު ވާހަކަައެއް….!
ގެދާނޯމޮސް
29 June 2022
އިރާގު ފުނޑާލީވެސް އިނގިރޭސިން އެއިރު އިރާގަށް މަދަދު ދިނީ ރަޝިޔާ އެހެންވެ އިނގިރޭސިން ރަޝިޔާ ދެކެ ނައްޓާފަ އެތިބީ :
2553
29 June 2022
މީ ހަމަ ހައްގު ތެދު. ބަލާ ފަލަސްތީން މައްސަލަ މިސާލަކަށް.
އަފްރާސިޔާބު
29 June 2022
ތިންވަނަ ބޮޑުހަނގުރާމައިގެ ބައިވެރިންގެ ލިސްޓް. ފުރަތަމަ ގްރޫޕް. އެމެރިކާއާއި ނޭޓޯގެ އަދި އެމީހުންގެ ޕާޓީގެ ބައިވެރިން. ދެވަނަ ގްރޫޕް، ރަޝިޔާ، ތުރުކީ، މެދުތެރޭ އޭޝިޔާ، ޗައިނާ، އީރާން ޕާކިސްތާން، އަފްގާނިސްތާން، އިންޑިއާ. ކާމިޔާބު ކުރާ ގްރޫޕް ރަޝިޔާ ހިމެނޭ ގްރޫޕް. ފަތަހަ ކުރާނެ ތަންތަން. އަރަބި ކަރަ (ފަލަސްޠީނު ހިމެނޭ ގޮތުން). ބާރުގޮތުގައި ވެގެންދާނީ އިސްލާމީ ބާރު.
ފޫހި
30 June 2022
ބަލާ ކަޝްމީރު ފަލަސްތީން. އިނގިރޭސިންނަކީ ހަމަ ނިންމާލަންޖެހޭތަނެއް. މި ބުނީ އެމީހުންގެ ބާރު ކަނޑުވާލަންޖެހޭވާހަކަ. ހަމަ އެމެރިކާވެސް އެފަދަ.،